ހެޔޮއެދޭ ފަރާތަކުން ނޮޅިވަރަމް ސިއްޚީމަރުކަޒަށް ބައެއް ސިއްޚީ އާލާތް ހަދިޔާ ކޮށްފި
ހެޔޮއެދޭ ފަރާތަކުން ހދ. ނޮޅިވަރަމް ސިއްޚީމަރުކަޒަށް ބައެއް ސިއްޚީ އާލާތް ހަދިޔާ ކޮށްފިއެވެ. ހެޔޮއެދޭ ފަރާތެއް ކަމަށްވާ މުޙައްމަދު ރަޝީދު (ގަދަގޭ ރަޝީދު) ނޮޅިވަރަމް ސިއްޚީމަރުކަޒަށް ހަދިޔާ ކުރެއްވި ސިއްޚީ އާލާތްތަކުގެ ތެރޭގައި ސްޓެތޮސްކޯޕަކާއި، ޑިޖިޓަލް ބީޕީ މޮނިޓަރ އަކާއި، އެއްފަހަރާ ދެމީހުންނަށް ފަރުވާދެވޭ އޮކްސިޖަން މެޝިނަކާއި އަދި ސަކްޝަން މެސިނެއް ހިމެނެއެވެ. އަދި އޭގެ އިތުރު ސިއްޚީ އާލާތްތަކެއްވެސް ރަޝީދު ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެއެވެ. މިތަކެތި ހަދިޔާ ކުރުމާއި ގުޅިގެން ނޮޅިވަރަމް...