ކޮވިޑް-19: މިލަންދޫގައިވެސް ގިނަ ހަރަކާތްތަކެއް
ރާއްޖެ ހިމެނޭހެން މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އާއި މެދު ރައްޔިތުން ރައްކާތެރިކޮށް ރައްޔިތުން ހޭލުންތެރި ކުރުމަށް ށ. މިލަންދޫގައިވެސް ގިނަ ހަރަކާތްތަކެއް ހިންގަމުން އެބަދެއެވެ. ފިހާރަތަކާއި، ހޮޓާ ރެސްޓޯރެންޓު ކައިރީ އަތް ދޮވެވެވޭނެ އިންތިޒާމު ހަމަޖެއްސުން ކޮވިޑް-19 އިން ރައްކާތެރިވުމަށް އެރަށުގެ ފިހާރަތަކާއި، ހޮޓާ ރެސްޓޯރެންޓު ކައިރީ ސައިބޯނި ލައިގެން އަތް ދޮވެވެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަދި އެރަށުގެ ބީއެމްއެލް އޭޓީއެމުން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށްވެސް އަތް ދޮވެވޭނެ...