މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
އާދަމްބެގެ އިހުސާސް، އަހަރެމެންގެވެސް އިހުސާސް!

އާދަމްބެގެ އިހުސާސް، އަހަރެމެންގެވެސް އިހުސާސް!

ދާދި ދެންމެއަކު އާދަމްބެއާއި ބައްދަލުވީ ގޭ ދޮށު މިސްކިތު ހަރިންމަ ފާރުގައި އަތް އަޅުވާލައިގެން ހުއްޓައެވެ. އާދަމްބެ ހުރީ މިސްކިތާއި ކުރިމަތިލައި، އިސް އުފުލާލައިގެންނެވެ. އާދަމްބޭގެ ފަހަތުން ހުއްޓި ގޮވައިލީމެވެ. އާދަމްބެ ޖަވާބު ދެމުން “ކޮން ކުއްޖެއްތޯ؟” އަހައިލަމުން އެނބުރިލިއެވެ. އާދަމްބެ ހުރީ ފެންކަޅި ވެފައެވެ. “ކޮއްކޯއެވެ! މިއީ ބޭބެ ދުވަހަކުވެސް ވެދާނެ ގޮތެއްކަމަށް ހިތަށް އެރި ކަމެއް ނޫނެވެ! ބިރުވެރި ރޯގާއެއްގެ ސަބަބުން މިސްކިތްތައް ބަންދު ކުރީއެވެ! ޖަމާއަތުގައި ނަމާދު ނުކެރޭވޭ ހާލަތަށް ދިޔައ...

ޙުސައިން ޝަހުދީ
ދަރުމަވަންތައިން ބޭރު ބަލާލަން ރީއްޗެއް ކަމަކު، ދަރުމަވަންތަގެ ހާލަތު ގޯސްވުމަކީ ވަރަށް ކައިރީގައި ވާކަމެއް!: ޑރ މުޙައްމަދު އަލީ

ދަރުމަވަންތައިން ބޭރު ބަލާލަން ރީއްޗެއް ކަމަކު، ދަރުމަވަންތަގެ ހާލަތު ގޯސްވުމަކީ ވަރަށް ކައިރީގައި ވާކަމެއް!: ޑރ މުޙައްމަދު އަލީ

ދަރުމަވަންތައިން ބޭރު ބަލާލަން ރީއްޗެއް ކަމަކު ދަރުމަވަންތަގެ ހާލަތު ގޯސްވުމަކީ ވަރަށްކައިރީގަ ވާ ކަމެއްކަމަށް ޑރ މުޙައްމަދު އަލީ ވިދާޅުވެއްޖެއެވެ. ރަސްފަންނުގައި ދުވަން އަދި މޫދަށް އެރި އުޅޭ މަންޒަރުގެ ވީޑިއޯއެއް ހިމަނުއްވާ ޑރ މުޙައްމަދު އަލީ ކުރެއްވި ޓުވީޓެއްގައި އެދިފައިވަނީ އިޖްތިމާއީ ގައިދުރުކުރުން ނުވަތަ ސޯޝަލް ޑިސްޓެންސިން އަށް ރައްޔިތުން ސަމާލުކަން ދެއްވުމަށެވެ. އަނެއްކާވެސް އާދޭސް ކޮށްފަ ބުނަން، ދުވަންވެސް، ހިނގަންވެސް، ފަތަންވެސް، ފިނިބުރަށްވެސް ގޭންބޭރަށް ނުނިކުންނަވާ! ކުޅުދުއްފުއްޓަށ...

ޔުމްނާ ޢަލީ
ޓެގް ތި ކުރައްވަނީ އަޅުގަނޑާއި ގުޅުން ނެތް ކަމެއްގައި: އިންފޮމޭޝަން ކޮމިޝަނަރު

ޓެގް ތި ކުރައްވަނީ އަޅުގަނޑާއި ގުޅުން ނެތް ކަމެއްގައި: އިންފޮމޭޝަން ކޮމިޝަނަރު

މީސް މީޑިއާގައި އެމަނިކުފާނާއި އެއްވެސް ގުޅުމެއް ނެތް ކަމެއްގައި ޓެގް ކޮށް ޓުވީޓު ކުރަމުން ގެންދާތީ، އެގޮތަށް ޓެގް ކުރަމުން ގެންދަނީ އެމަނިކުފާނާއި ގުޅުން ނެތް ކަމެއްގައި ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ޙުސައިން ފިޔާޒު މޫސާ ވިދާޅު، އޮޅުން އަރާފައިވާ ފަރާތްތަކަށް އެކަން ސާފުކޮށްދެއްވައިފިއެވެ. ބެލެވޭ ގޮތުގައި އިންފޮމޭޝަން ކޮމިޝަނަރު ފިޔާޒު އެއިޝާރާތް ކުރެއްވީ ޗެނަލް-13 އިން ގެނެދޭ “މަޑިސީލަ” ޕްރޮގްރާމްގައި ރާއްޖޭގެ ކޮވިޑް-19ގެ ހާލަތާއި ގުޅުވައިގެން ޙަޤީޤަތާއި ޚިލާފު ވާހަކަތަކެއް ދެއްކުމުން އެކަމަށ...

ޝިއުނާ އާދަމް
ކޭއާރއެޗްއިން ވައިބަރ މެދުވެރިކޮށް ބޭސް ސިޓީ އާ ކުރެވޭނެގޮތް ހަމަޖައްސައިފި

ކޭއާރއެޗްއިން ވައިބަރ މެދުވެރިކޮށް ބޭސް ސިޓީ އާ ކުރެވޭނެގޮތް ހަމަޖައްސައިފި

ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ދިގު މުއްދަތަކަށް ބޭސް ބޭނުން ކުރައްވާ ފަރާތްތަކުން، ވައިބަރ މެދުވެރިކޮށް ބޭސް ސިޓީ އައު ކުރެވޭނެ ގޮތް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ހަމަޖައްސައިފިއެވެ. އެހޮސްޕިޓަލުން އިއްޔެ ނެރުނު އާންމު އިޢުލާނެއްގައި ބުނެފައިވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ “ކޮވިޑް-19” ގެ ޙާލަތަށް އަންނަމުންދާ ބަދަލުތަކަށް ރައްކާތެރިވެ، ރައްޔިތުން މި ރޯގާ އިން ސަލާމަތް ކުރުމަށް އެ ހޮސްޕިޓަލުން ވެސް ދަނީ ފިޔަވަޅުތަކެއް އަޅަމުންކަމަށާއި އެގޮތުގެ މަތީން، ދާޢިމީ ބަލިތަކަށް ބޭ...

އަލީ އާދިލް
އެމްޓީސީސީއިން ގަނެފައިވާ އިންޖީނުތަކަށް ފައިސާ ދެއްކުން ލުއިކޮށްދީފި

އެމްޓީސީސީއިން ގަނެފައިވާ އިންޖީނުތަކަށް ފައިސާ ދެއްކުން ލުއިކޮށްދީފި

ކޮވިޑް -19 ގެ ސަބަބުން ވިޔަފާރިތައް ހީނަރުވުމާއި ގުޅިގެން މަސްވެރިންނާއި އޮޑިވެރިން، އެމްޓީސީސީއިން ގަނެފައިވާ ޔަންމާ އަދި ސުޒުކީ އިންޖީނަށް ފައިސާދެއްކުމުގައި ލުއިފަސޭހަ އިންތިޒާމްތަކެއް އެކުންފުނިން ހަމަޖައްސައިދީފިއެވެ. މިގޮތުން އެމްޓީސީސީން ވަނީ ޔަންމާ އަދި ސުޒުކީ އިންޖީނު އިންސްޓޯލްމަންޓަށް ގަނެފައިވާ ކަސްޓަމަރުން ދައްކަން ހުރި ފައިސާ ތިން މަސް ދުވަހަށް ފަސްކޮށްދީފައެވެ. އެމްޓީސީސީން ބުނީ މިއީ ކޮވިޑް-19އާއި ގުޅިގެން އޮޑިވެރިންނާއި މަސްވެރިންގެ މަސައްކަތަށް އައިސްފައިވާ ހީނަރުކަމުން އަރައިގަ...

ޝިއުނާ އާދަމް
“ގްރޭޓާ މާލެ ކަަނެކްޓިވިޓީ ބްރިޖު" އެޅުމަށް ދިރާސާކުރާ ބޯޓު މާލޭގައި ބަނދަރު ކޮށްފި

“ގްރޭޓާ މާލެ ކަަނެކްޓިވިޓީ ބްރިޖު" އެޅުމަށް ދިރާސާކުރާ ބޯޓު މާލޭގައި ބަނދަރު ކޮށްފި

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލަދޭ ބްރިޖް “ގްރޭޓާ މާލެ ކަަނެކްޓިވިޓީ ބްރިޖު” އެޅުމަށް ހަދަންޖެހޭ ސާވޭތައް ހަދާ ބޯޓު މާލޭގައި ބަނދަރުކޮށްފިއެވެ. އެމްބަރޖެކް ނަމަކަށް ކިޔާ ސާވޭ ބޯޓު މާލެއާ ހަމައަށް އުފުލި އުޅަނދަކީ އެމް.ވީ ޑިވެލޮޕްމަންޓް ވޭ އެވެ. އެމް.ވީ ޑިވެލޮޕްމަންޓް ވޭ އަކީ މާލެ އާއި ހުޅުމާލެ ގުޅުވާލި ބްރިޖްގެ މަސައްކަތްތަކުގައި ބޭނުން ކުރި ކްރޭން ބާޖާއި ޓަގް ބޯޓުތައް އަނބުރާ ގެންދިއުމަށް ބޭނުން ކުރި އުނޅަދެވެ. މާލެ އާއި ވިލިނގިއްޔާއި، […]

އަލީ އާދިލް
"ކޮވިޑް19 ކުޑަކުދިންނަށް ޖެހޭލެއް މަދު، ޖެހޭއިރު އަލާމާތްތަށް ކުޑަ، ނަމަވެސް ރައްކާތެރިވާންޖެހޭ"

"ކޮވިޑް19 ކުޑަކުދިންނަށް ޖެހޭލެއް މަދު، ޖެހޭއިރު އަލާމާތްތަށް ކުޑަ، ނަމަވެސް ރައްކާތެރިވާންޖެހޭ"

“ކޮވިޑް-19 ކުޑަކުދިންނަށްޖެހޭލެއް މަދުކަމަށާއި އަދި ޖެހޭއިރު އަލާމާތްތަށް ވަރަށް ކުޑަ ނަމަވެސް ރައްކާތެރިވާންޖެހޭ ކަމަށް ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ކޮވިޑް19ގެ ޓެކްނިކަލް ލީޑް މާރިޔާ ވެން ގޮވާލައްވައިފިއެވެ. ކޮވިޑް19 އާއިބެހޭގޮތުން ދެއްވި ޕްރެސްއެއްގައި މާރިޔާ ބުނެފައިވަނީ ކުޑަކުދިން ބައެއްފަހަރު ވަރަށް ބަލިވެފައިވެސް އެބަހުރިކަމަށާއި މިހާތަނަށް ނިޔާވީ އެންމެ ކުޑަ ކުއްޖެއްކަމަށާއި އެއީ ޗައިނާއިންކަމަށެވެ. މިހާތަނަށް ކޮވިޑް-19 އަށް ޝައްކުކުރެވިގެން 1931 ކުދިން ޓެސްޓު ކުރެވިފަ...

ޝިއުނާ އާދަމް
ދެ ހަރަމްގައި ނަމާދުކުރުން ވަގުތީގޮތުން ހުއްޓާލައި ގޭޓު ތަޅުލައިފި

ދެ ހަރަމްގައި ނަމާދުކުރުން ވަގުތީގޮތުން ހުއްޓާލައި ގޭޓު ތަޅުލައިފި

މައްކާގެ މަސްޖިދުލް ހަރަމާއި މަދީނާގައި ހުންނަ ކީރިތި ރަސޫލާގެ މިސްކިތް މަސްޖިދުއްނަބަވީގައި ނަމާދުކުރުން ވަގުތީގޮތުން ހުއްޓާލައި ބޭރުން ތަޅުލައިފިއެވެ. ސައުދީގެ ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާއިއެކު ރޭވަނީ މަސްޖިދުލް ނަބަވީގެ ގޭޓު ބަންދުކޮށް ނަމާދުކުރަން އެތެރެއަށް ނުވަދެވޭހެން ބަންދުކޮށްފައެވެ. މިސްކިތުގެ އެރެއަށް އާންމުންނަށް ނުވަދެވޭހެން މިވަނީ ބަންދުކޮށްފައެވެ. “ކޮވިޑް-19 ފެތުރެން ފެށުމާއި ގުޅިގެން ކަމާއި ބެހޭ އިދާރާތަކާއި ސަލާމަތީ ބަރާއި ސިއްހީ އިދާރާތަކުން ވަނީ މަސްޖިދުލް ހަރަމާއި މަސްޖިދު...

އަލީ އާދިލް
ކެފޭ ތަކުގައި ޝީޝާ ބުއިން މަނާކޮށްފި

ކެފޭ ތަކުގައި ޝީޝާ ބުއިން މަނާކޮށްފި

ކޮވިޑް 19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ރެސްޓޯރެންޓާއި ކެފޭ ފަދަ ތަންތަނުން ޝީޝާގެ ހިދުމަތްދިނުން މަނާކޮށްފިއެވެ. އެޗްޕީއޭއިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ހިންގާ ކެފޭތަކާއި، ރެސްޓޯރަންޓްތަކާއި، ކާބޯތަކެތީގެ ޚިދުމަތް ދޭ އެހެނިހެން ތަންތަނުގައި ޝީޝާ ބުއިމާއި ޝީޝާގެ ޚިދުމަތް ދިނުން މަނާކުރުން ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރިކަމަށްޓަކައި، ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ފުރަތަމަ ފަހަރަށް އެމްއާރުއައި މެޝިނެއް!

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ފުރަތަމަ ފަހަރަށް އެމްއާރުއައި މެޝިނެއް!

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ފުރަފަހަރަށް އެމްއާރުއައި މެޝިނެއް ގެނެސްފިއެވެ. އެކަމާއި ގުޅިގެން ކުޅުދުއްފުށީ ސިޓީގައި ހުންނަ، ކުޅުދުއްފުށީ ރީޖަނަަލް ހޮސްޕިޓަލުން ބުނެފައިވަނީ އެއީ ކުޅުދުއްފުށީ ފަސްގަނޑަށް އެރުވުނު ފުރަތަމަ އެމްއާރުއައި މެޝިންކަމަށެވެ. އަދި އުއްމީދަކީ ހުރިހާ ގޮންޖެހުންތައް ކަޑައްތުކޮށް، އެމްއާރުއައި މެޝިންގެ އިންސްޓޮލޭޝަން ނިންމާ އަވަހަށް ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުންކަމަށެވެ. https://www.facebook.com/1172223119465447/posts/2954459024575172/   ކުޅުދުއްްފުށި ރީޖަނަލ...

ޝިއުނާ އާދަމް
މާލެ ސިޓީގައި މާދަމާ ހުކުރުގެ ބަދަލުގައި ކުރާނީ މެންދުރު ނަމާދު: އިސްލާމިކް މިނިސްޓްރީ

މާލެ ސިޓީގައި މާދަމާ ހުކުރުގެ ބަދަލުގައި ކުރާނީ މެންދުރު ނަމާދު: އިސްލާމިކް މިނިސްޓްރީ

މާލެ، ހުޅުމާލެ، ވިލިގިލީގައި ތިބި ރައްޔިތުން މާޗް 20 ވާ ހުކުރު ދުވަހު ގޭގައި ކުރާނީ 4 ރަކުޢަތުން މެންދުރު ނަމާދު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. އެމިނިސްޓްރީއިން ބުނީ ހުކުރު ، ޢީދު، ކޭތަ، އިސްތިސްޤާ ނަމާދު ފަދަ ޝިޢާރުތައް ޤާއިމުކުރުމަކީ ޝަރީޢަތުގައި ޙާކިމާއާ މަތިކުރެވިގެންވާ ޒިންމާއެއްކަމަށެވެ. ހުކުރު ، ޢީދު، ކޭތަ، އިސްތިސްޤާ ނަމާދު ފަދަ ޝިޢާރުތައް ޤާއިމުކުރުމަކީ ޝަރީޢަތުގައި ޙާކިމާއާ މަތިކުރެވިގެންވާ ޒިންމާއެއް. މިނިސްޓްރީން ނެރެފައިވާ ސަރކިއުލާގުޅިގެން މާލެ، ހުޅުމާލެ، ވިލިގިލީގައި ތ...

ޝިއުނާ އާދަމް
ރިޒޯޓްތަކުގެ ސްޕާތައް ފިޔަވައި އެހެން ސްޕާތައް ބަންދު ކުރަން އަންގައިފި

ރިޒޯޓްތަކުގެ ސްޕާތައް ފިޔަވައި އެހެން ސްޕާތައް ބަންދު ކުރަން އަންގައިފި

ރިޒޯޓްތަކުގެ ސްޕާތައް ފިޔަވައި އެހެން ސްޕާތައް ބަންދު ކުރަން އެޗްޕީއޭ އިން އަންގައިފިއެވެ. ރިޒޯޓްތަކުގައި ޤާއިމުކޮށްފައިވާ ސްޕާތައް ފިޔަވައި ދިވެހިރާއްޖޭގައި ހިންގާ އެހެނިހެން ސްޕާތައް ބަންދު ކުރުމަށް އެޗްޕީއޭއިން ނިންމި އިރު އޭގެ ތެރޭގައި ސެލޫން ތަކުގައި ހިންގާ ސްޕާތައްވެސް ހިމެނެއެވެ.       އޭގެ އިތުރުން އެޗްޕީއޭއިންވަނީ ‏އެހެން ޤައުމަކުން ފުރާ ޔޮޓާއި ސަފާރީ ފަދަ އުޅަނދު ރާއްޖެ އައުމާއި ރާއްޖޭގެ އެއްވެސް ރަށެއްގައި ބަނދަރުކުރުން މަނާކޮށްފައެވެ.   މިދެ ނިންމުމަށްވެސް ޢަމަލުކުރަން ފަށަން […]

ޝިއުނާ އާދަމް
މީހުން ހައްޔަރު ކުރާނެ ކަމަށް ބުނެ ދައުރުކުރަނީ ދޮގު މެސެޖެއް: ފުލުހުން

މީހުން ހައްޔަރު ކުރާނެ ކަމަށް ބުނެ ދައުރުކުރަނީ ދޮގު މެސެޖެއް: ފުލުހުން

ފުލުހުން ރޯޑް ބްލޮކްތައް ބަހައްޓައި މީހުން ހައްޔަރު ކުރާނެ ކަމަށް ބުނެ ދައުރުކުރަނީ ދޮގު މެސެޖްތަކެއް ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ ޟަރޫރީ ބޭނުމަކަށް ނުވާ ކަންކަމުގައި މަގުމަތީ އާންމު ތަންތަނަށް ނުކުމެ އުޅޭ ފަރާތްތައް ބޭރަށް ނުނިކުތުމަށާއި ގޭގައި މަޑު ކުރުމަށް ފުލުހުން ނަޞޭޙަތްތެރި ވަމުންދާކަމަށެވެ. Fuluhun road blocks bahattaa meehun hayyaru kuramun dhaane kamah bune dhauru kuraa message aky hageegatha khilaafu vaahakathakeh huri message ehkan […]

ޝިއުނާ އާދަމް
ބަޔަކު މިވަގުތުގެ ބޭނުން ނާޖާއިރު ގޮތުގައި ހިފަން މަސައްކަތް ކުރަމުން އެބަދޭ، ފަރުވާތެރިވޭ: ޕޮލިސް

ބަޔަކު މިވަގުތުގެ ބޭނުން ނާޖާއިރު ގޮތުގައި ހިފަން މަސައްކަތް ކުރަމުން އެބަދޭ، ފަރުވާތެރިވޭ: ޕޮލިސް

މިދަނޑިވަޅުގައި ބަޔަކު ނާޖާއިޒު ގޮތުގައި ޑޮނޭޝަންގެ ނަމުގައި ފައިސާ ހޯދަން މަސައްތަކަތް ކުރަމުންދާ ކަމަށާއި، އެކަމަށް ފަރުވާތެރިވެ ހަޤީޤަތް ބަލާފައިމެނުވީ އެފަދަ ކަމަކާއި ބައިވެރި ނުވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިލްތިމާސް ކުރަށްވައިފިއެވެ. ދަރުބާރުގޭގައި މިއަދު ކުރިއަށް ދިޔަ ފުލުހުންގެ ޕްރެސް ކޮންފަރެންސްގައި އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް ޢަބުދު ﷲ ފައިރޫޒް ވިދާޅުވީ ބަޔަކު މިކަމުގެ ނާޖާއިޒް ފައިދާ ހޯދަން، ކޮންމެސް ސިފައެއްގައި މަސައްކަތްތަކެއް ކުރަމުން ދާކަމަށް މަޢުލޫމާތު ލިބޭކަމަށެވެ...

ޝިއުނާ އާދަމް
ކުރިއަށް އޮތް ދެ މަހު ކަރަންޓް ބިލުން %40 ފެން ބިލުން %30 ހިލޭ

ކުރިއަށް އޮތް ދެ މަހު ކަރަންޓް ބިލުން %40 ފެން ބިލުން %30 ހިލޭ

ކޮވިޑް-19 ގެ ސަބަބުން ރައްޔިތުންގެ މާލީ ހާލަތަށް އަންނާނެ ހީނަރުކަމަށް ބަލައި، ކުރިއަށް އޮތް ދެ މަހުގެ ފެނާއި ކަރަންޓު ބިލުން ބައެއް ހިލޭކޮށްދޭން ސަރުކާރުން ނިންމައިފި އެވެ. އެގޮތުން އަންނަ އޭޕްރިލް އަދި މޭ މަހުގެ ކަރަންޓު ބިލުން 40 ޕަސަންޓު، އަދި ފެން ބިލުން 30 ޕަސަންޓު ސަބްސިޑައިޒްކުރަން ނުވަތަ ހިލޭކޮށް ދޭން ސަރުކާރުން ވަނީ ނިންމާފައެވެ. އެކަން ހާމަކުރެއްވީ ފިނޭންސް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. […]

ޝިއުނާ އާދަމް