ކަރަންޓު ބިލްތައް އެސްއެމްއެސް މެދުވެރިކޮށް ފޮނުވަން ސްޓެލްކޯއިން ނިންމައިފި
ކަރަންޓު ބިލްތައް އެސްއެމްއެސް މެދުވެރިކޮށް ފޮނުވަން ސްޓެލްކޯއިން ނިންމައިފިއެވެ. ސްޓެލްކޯ އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ކޯވިޑް-19 ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރެވެންދެން އެ ކުންފުނިން ކަރަންޓު ބިލްތައް ފޮނުވާނީ ކަސްޓަމަރުން ދީފައިވާ މޮބައިލް ނަންބަރުތަކަށް ކަމަށެވެ. އަދި ސްޓެލްކޯގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ވެސް ބިލްތައް ފޮނުވާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. މީގެ އިތުރުން މިހާރު ކަސްޓަމަރުންގެ މޯބައިލް ނަންބަރު ނެތް ކަރަންޓު ބިލުތައް އެގެއެއްގެ ގްރައުންޑް ފްލޯރ އަ...