މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ރިސޯޓު ތަކާއި އެހެން ރަށްރަށާއި ދެމެދު ދަތުރު ކުރުން މަނާކޮށްފި

ރިސޯޓު ތަކާއި އެހެން ރަށްރަށާއި ދެމެދު ދަތުރު ކުރުން މަނާކޮށްފި

ރިސޯޓު ތަކާއި އެހެން ރަށްރަށާއި ދެމެދު ދަތުރު ކުރުން މަނާކޮށްފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ އާންމު ސިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނުގެ ދަށުން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ، އެ ނިންމުމުގެ ދަށުން ޑިއިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތާއި މަތިކޮށްފައިވާ ބާރުގެ ދަށުން މިރޭ އާންމު ކުރި އެންގުން އާންމު ކުރި ވަގުތުން ފެށިގެން ވަކި އެންގުމެއް އަންގަންދެން އެ އެންގުމުގައިވާ ފިޔަވަޅުތައް އެޅުމަށް އަންގާ ކަމަށެވެ. […]

ޝިއުނާ އާދަމް
ރިސޯޓުން ފައިބަން ހުއްދަ ނުދިނުމުން ރޯކޮށްލާނެ ކަމަށް ބުނި މީހަކު ހައްޔަރަށް

ރިސޯޓުން ފައިބަން ހުއްދަ ނުދިނުމުން ރޯކޮށްލާނެ ކަމަށް ބުނި މީހަކު ހައްޔަރަށް

އަދާރަން ޕްރިސްޓީޖް ވާދޫ ރިސޯޓުގެ މުއައްޒަފަކު ރިސޯޓުން ފައިބަން ހުއްދަ ނުދިނުމުން، ރިސޯޓުގެ މުދަލަށް ގެއްލުންދީ ރޯކޮށްލާނެ ކަމުގެ އިންޒާރުދިނުމުން ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ އެ ހާދިސާ ހިނގީ އިއްޔެގެ ވަގުތެއްގައި ކަމަށާއި، އެކަމާ ގުޅިގެން ހައްޔަރު ކުރީ އެ ރިސޯޓުގެ އުމުރުން 40 އަހަރުގެ  ދިވެހި ފިރިހެން މުވައްޒަފަކު ކަމަށެވެ. A 40yo Maldivian man has been arrested today for threatening to damage resort property. The court has […]

ޔުމްނާ ޢަލީ
ވާލްޑް ބޭންކުން ރާއްޖެއަށް 10 މިލިއަން ޑޮލަރުގެ އެހީ ދީފި

ވާލްޑް ބޭންކުން ރާއްޖެއަށް 10 މިލިއަން ޑޮލަރުގެ އެހީ ދީފި

ވާލްޑް ބޭންކުން ރާއްޖެއަށް 10 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފައިވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހާމަކުރައްވައިފަ އެވެ. ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ހާލަތު އޮތް ގޮތް ރައްޔިތުންނާއި ހިއްސާކުރެއްވުމަށް މިއަދު ދަރުބާރުގޭގައި ގާއިމްކޮށްފައިވާ، އެމަޖެންސީ ރެސްޕޮންސް ސެންޓަރުގައި ކުރިއަށްދިޔަ ޕްރެސް ކޮންފަރެނެސްގައި ރައީސް ސޯލިހު ވިދާޅުވީ ވާލްޑް ބޭންކުން ރާއްޖޭގެ ކޮވިޑް-19 ފަންޑަށް 10 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފައިވާ ކަމަށެވެ. އޭގެ އިތުރުން، އޭޑީބީ އާއި އޮޕެކ...

ޝިއުނާ އާދަމް
ވިޔަފާރިތަކަށް މަދަދު ދޭ ލޯނުތައް އަންނަ ހަފުތާގައި ދޫކުރަން ފަށަނީ

ވިޔަފާރިތަކަށް މަދަދު ދޭ ލޯނުތައް އަންނަ ހަފުތާގައި ދޫކުރަން ފަށަނީ

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އިގުތިސޯދަށް އަންނަ ހީނަރުކަމުން އަރައިގަތުމަށް ސަރުކާރުން އިއުލާނުކޮށްފައިވާ 2.5 ބިލިއަން ރުފިޔާގެ ޕެކޭޖުގެ ދަށުން ވިޔަފާރިތަކަށް މަދަދު ދިނުމަށްޓަކައި ދޫކުރާ ލޯނަށް އެދުމުގެ ފުރުސަތު އަންނަ ހަފްތާގައި ހުޅުވާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ. ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ހާލަތު އޮތް ގޮތް ރައްޔިތުންނާއި ހިއްސާކުރެއްވުމަށް މިއަދު ދަރުބާރުގޭގައި ގާއިމްކޮށްފައިވާ، އެމަޖެންސީ ރެސްޕޮންސް ސެންޓަރުގައި ކުރިއަށްދިޔަ ޕްރެސް ކ...

ޔުމްނާ ޢަލީ
ފެނުގެ ދުވަހާ ގުޅިގެން އަދުގެ ހާލަތާއި ގުޅޭ އެމްޑަބްލިއުއެސްސީގެ ވީޑިއޯއެއް!

ފެނުގެ ދުވަހާ ގުޅިގެން އަދުގެ ހާލަތާއި ގުޅޭ އެމްޑަބްލިއުއެސްސީގެ ވީޑިއޯއެއް!

ދުނިޔޭގެ ފެނުގެ ދުވަހާ ގުޅިގެން ޤައުމީ ފެން ކުންފުނި، އެމްޑަބްލިއުއެސްސީން ޚާއްސަ ވީޑިއޯއެއް އާންމުކޮށްފި އެވެ. ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިކޮށްގެން ހަދާފައިވާ، ދެ މިނެޓްގެ މި ވީޑިއޯއިން ފެން އިސްރާފު ނުކުރުމަށް ހިތްވަރު ދިނުމުގެ އިތުރުން މި ދުވަސްވަރު މުޅި ދުނިޔެ އަށް ކުރިމަތިވެފައިވާ ކޮރޯނާވައިރަހުގެ ބަލި މަޑުކަމުން ސަލާމަތްވުމަށް ޓަކައި ކުރަން ޖެހޭ ކަންކަން އަންގައިދޭ މުހިންމު މެސެޖްތަކެއް ދެއެވެ. ވީޑިއޯ ފަށާފައިވަނީ “އުފެއްދީ ގައިދުރު ކަމަށް ސަމާލުކަންދީގެން” ބުނަމުންނެވެ. އެއަށްފަހު...

ޝިއުނާ އާދަމް
ސްޓޫޑެންޓް ލޯނު ދެއްކުންވެސް ހަ މަހަށް ފަސްކޮށްދީފި

ސްޓޫޑެންޓް ލޯނު ދެއްކުންވެސް ހަ މަހަށް ފަސްކޮށްދީފި

ސްޓޫޑެންޓް ލޯނުތައް ދެއްކުން ހަ މަހަށް ފަސްކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއުލާނު ކުރައްވައިފިއެވެ. ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ހާލަތު އޮތް ގޮތް ރައްޔިތުންނާއި ހިއްސާކުރެއްވުމަށް މިއަދު ދަރުބާރުގޭގައި ގާއިމްކޮށްފައިވާ، އެމަޖެންސީ ރެސްޕޮންސް ސެންޓަރުގައި ކުރިއަށްދިޔަ ޕްރެސް ކޮންފަރެނެސްގައި ރައީސް ސޯލިހު ވިދާޅުވީ މަތީ ތައުލީމް ހާސިލުކުރުމަށް ދޫކޮށްފައިވާ ސްޓޫޑެންޓް ލޯނު އަނބުރާ ދެއްކުމުގައިވެސް، މިދަނޑިވަޅުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް މިހާރު...

ޔުމްނާ ޢަލީ
ކޮވިޑް-19: ރަނގަޅުވި މީހުންގެ ޢަދަދު 8 އަށް

ކޮވިޑް-19: ރަނގަޅުވި މީހުންގެ ޢަދަދު 8 އަށް

ރާއްޖޭގައި ކޮވިޑް-19 ޖެހުނު އިތުރު ތިން މީހަކު ރަނގަޅުވެ، ރާއްޖޭގައި މި ބަލިން ރަނގަޅުވި މީހުންގެ އަދަދު އަށަކަށް އަރައިފި އެވެ. އެކަން ޢިއުލާން ކުރެއްވީ ދަރުބާރުގޭގައި ގާއިމްކޮށްފައިވާ، އެމަޖެންސީ ރެސްޕޮންސް ސެންޓަރުގައި ކުރިއަށްދިޔަ ޕްރެސް ކޮންފަރެނެސްގައި ރައީސް ޞާލިޙެވެ. އެ ނޫސްވެރިންގެ ބައްދަލްވުމުގައި ރައީސް ވަނީ މިހާރު ރާއްޖޭގައި ކޮވިޑް-19 އަށް ފަރުވާ ދެމުންދަނީ ފަސް މީހުންނަށްކަން ހާމަކުރައްވާފައެވެ. އަދި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އަށް މީހަކު ރަނގަޅުވެފައިވާ ކަމަށް ވިދާޅުވިއެވެ. މި...

ޔުމްނާ ޢަލީ
ބީއެމްއެލްގެ ލޯނުތައް ދެއްކުން 6 މަސްދުވަހަށް ފަސްކޮށްދެނީ

ބީއެމްއެލްގެ ލޯނުތައް ދެއްކުން 6 މަސްދުވަހަށް ފަސްކޮށްދެނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިހާތަނަށް ދޫކޮށްފައި ހުރި ލޯނުތައް، އަނބުރާ ދެއްކުން 6 މަސްދުވަހަށް ލަސްކޮށްދިނުމަށާއި، ލޯނު އަނބުރާ ދެއްކުމުގެ މުއްދަތަށް 6 މަސްދުވަސް އިތުރުކޮށްދޭން އެބޭންކުން ވަނީ ނިންމާފައި ކަމަށް ރައީސް ޞާލިޙް ޢިއުލާން ކުރަށްވައިފިއެވެ. އޭގެ އިތުރުން ޗް.ޑީ.އެފް.ސީން ދޫކޮށްފައިވާ ހައުސިން ސްކީމްގެ ލޯނުތަކަށް، މާރިޗު މަހުން ފެށިގެން ދައްކަންޖެހޭ ފައިސާވެސް މިހާރުވަނީ 6 މަސްދުވަހަށް ފަސްކޮށްދީފައި ކަމަށްވެސް ރައީސް ޞާލިޙް ޢިއުލާން ކުރެއްވިއެވެ. އެކަންކަން އެމަނިކުފާނު...

ޝިއުނާ އާދަމް
އިތުރު ހަފްތާއަކަށް ސަރުކާރު ބަންދު، އިތުރު ފިޔަވަޅު ތަކެއް

އިތުރު ހަފްތާއަކަށް ސަރުކާރު ބަންދު، އިތުރު ފިޔަވަޅު ތަކެއް

ކޮވިޑް19 އާ ގުޅިގެން އިތުރު ހަފްތާއަކަށް ސަރުކާރު ބަންދުކުރަން ނިންމައިފިއެވެ. އޭގެ އިތުރުން މުހިންމު ފިޔަވަޅުތަކެއް ސަރުކާރުން ޢިއުލާން ކުރަށްވައިފިއެވެ. އެގޮތުން ކޮވިޑް-19އާ ގުޅިގެން ރާއްޖޭން އޮން އެރައިވަލް ވިސާ ދޫކުރުން މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން ހުއްޓާލަންވަނީ ނިންމާފައެވެ. މިއަދު އެންމެ ފުރަތަމަވެސް އަޅުގަނޑު ބޭނުންވަނީ، ރާއްޖޭގައި މި ބަލި ފެތުރުނަ ނުދިނުމަށް، ޞިއްޙީ ޚިދުމަތްތެރިން ކުރައްވާ މަސައްކަތަށް، އެ ބޭފުޅުންނަށް ޝުކުރު ދަންނަވަން. pic.twitter.com/RY7moWflPR — The President'...

ޝިއުނާ އާދަމް
ޕްރިންސް ޗާލްސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ޕްރިންސް ޗާލްސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އިނގިރޭސި ސާހީއާއިލާގެ އުމުރުން 71 އަހަރުގެ، ޕްރިންސް ޗާލްސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އެކަން ވަނީ އިންޓަރނޭޝަނަލް މީޑިއާގައި ރިޕޯޓް ކޮށްފައެވެ. މީޑިއާ ރިޕޯޓުކޮށްފައިވަނީ ” ޕްރިންސް އޮފް ވޭލްވްސް ” ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. BREAKING: Prince Charles has tested positive for coronavirus Get the latest on #COVID19: https://t.co/yxUIrSFsob pic.twitter.com/KGaGyIDvzh — Sky News (@SkyNews) March 25, 2020   ޗާލްސްގެ ކިބައިން އެބަލީގެ […]

ޝިއުނާ އާދަމް
ކާބޯތަކެތީގެ ޚިދުމަތް ދިން 3 ތަނެއް -/5000 އިން ޖޫރިމަނާކޮށްފި

ކާބޯތަކެތީގެ ޚިދުމަތް ދިން 3 ތަނެއް -/5000 އިން ޖޫރިމަނާކޮށްފި

މާލޭގައި ކާބޯތަކެތީގެ ހިދުމަތް ދިން 3 ތަނެއް ޖޫރިމަނާކޮށްފިކަމަށް ފުލުހުން ބުނެފިއެވެ. ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން ބަންދުކުރަން ސަރުކާރުން ނިންމާފައިވަނިކޮށް އެ ނިންމުމާ ހިލާފުވި ތިން ތަނެއް -/5000 ރުފިޔާއިން ޖޫރިމަނާކޮށްފިކަމަށަ ފުލުހުން ބުނެފައިވަނީ މިއަދުއެވެ. ފުލުހުން ބުނީ ކާބޯތަކެތީގެ ހިދުމަތް ދީގެން ފުރަތަމަ ޖޫރިމަނާ ކުރީ މިމަހުގެ 22 ވަނަ ދުވަހު 1 ކެފޭކަމަށެވެ. އަދި މިމަހުގެ 24 ވަނަ ދުވަހު ކެފޭއެއް އަދި ރެސްޓޯރެންޓްއެއް ޖޫރިމަނާ ކުރެވިފައިވާކަމަށެވެ. މީގެ އިތުރުން މިމަހުގެ 20 ވަނަ ދު...

ޔުމްނާ ޢަލީ
ހައިޑަވޭ ބީޗް ރިސޯޓުވެސް ބަންދު ކުރަނީ

ހައިޑަވޭ ބީޗް ރިސޯޓުވެސް ބަންދު ކުރަނީ

ކޮވިޑް-19 އިގެ ސަބަބުން ޓޫރިސްޓުން އައުން މަދުވެފައިވާތީ، ހއ. އަތޮޅުގައި ހިންގަމުން އަންނަ ހައިޑަވޭ ބީޗް ރިސޯޓްވެސް ބަންދުކުރަން ނިންމައިފިއެވެ. 103 ކޮޓަރިއާއި އެކު ހިންގަމުން އަންނަ އެރިސޯޓު ބަންދުކުރަން ނިންމާފައިވަނީ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. އަލުން ހުޅުވާނެ ވަކިތާރީޚްއެއް އަދި ނިންމާފައިނުވާކަމަށް މަޢޫލޫމާތު ލިބިފައިވެއެވެ. ހއ އަތޮޅުގެ ގިނަރަށްތަކެއްގެ ޒުވާނުން ވަޒީފާ އަދާކުރަމުން އަންނަ މިރިސޯޓުގައި މުވައްޒަފުން ނޯޕޭއަށްދާން ބޭނުންވާނަމަ އެމުވައްޒަފުންނަށް އެފުރުޞަތުވަނީ...

އަލީ އާދިލް
ޖޭއޭ މަނަފަރު ރިސޯޓުން ދިވެއްސަކު ކޮވިޑް19 އަށް ޓެސްޓުކުރަނީ

ޖޭއޭ މަނަފަރު ރިސޯޓުން ދިވެއްސަކު ކޮވިޑް19 އަށް ޓެސްޓުކުރަނީ

ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ‏⁧‫ކޯވިޑް19‬⁩ އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ޖޭ. އޭ މަނަފަރު މޯލްޑިވްސް ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަމުންދާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ. އެ މީހާގެ ސާމްޕަލް ނަގައި ޓެސްޓުގެ ނަތީޖާ ލިބެންދެން އެ ރިސޯޓު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ. ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓުގައި ވަނީ މޮނިޓަރިންގްއަށް ލެވިފަ — Health Prot...

އިބްރާހިމް އަސްވާޤް
ޢަލީ ރަސްގެފާނު ޝަހީދު ވެވަޑައިގެންނެވީ ސޮލީބީ ހަނގުރާމައެއްގައި

ޢަލީ ރަސްގެފާނު ޝަހީދު ވެވަޑައިގެންނެވީ ސޮލީބީ ހަނގުރާމައެއްގައި

މަޝްހޫރު ޢަލީ ރަސްގެފާނު ޝަހީދުވެވަޑައިގެންނެވީ އިސްލާމްދީނާއި ޤައުމަށްޓަކައެވެ. ރާއްޖޭގައި ކްރިސްޓިއަންދީން ފެތުރުމަށް ކުރެވެމުންދިޔަ މަސައްކަތްތަކަކާގުޅިގެންނެވެ. ދިވެހިން ކްރިސްޓިއަން ދީނަށް ވެއްދުމަށް ކުރެވެމުންދިޔަ މަސައްކަތްތަކެއްގެ ސަބަބުންނެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ޢަލީ ރަސްގެފާނު ޝަހީދުވެވަޑައިގަތީ ސޮލީބީ ހަނގުރާމައެއްގައެވެ. ޢަލީ ރަސްގެފާނު ޝަހީދުވެ ވަޑައިގަތީ އިންޑިއާއިން އައި ޕޯޗްގީޒުންގެ ކިބައިން ރާއްޖެ ދިފާޢު ކުރެއްވުމުގައި ހިތްވަރުގަދަ، އިބުރަތްތެރި، ދީނީ އަދި ޤައުމީ ޖިހާދ...

ޢަބްދުﷲ ސަޢީދު
ކޮވިޑް-19: އިޓަލީން 743 މަރު، ބަލި ހަލުވިކަމާއެކު ފެތުރެނީ

ކޮވިޑް-19: އިޓަލީން 743 މަރު، ބަލި ހަލުވިކަމާއެކު ފެތުރެނީ

ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަކޮރޯނާ ވައިރަސް ގިނަ އަދަދެއްގެ އިޓަލީ ވިލާތު މީހުންނަށް ޖެހެހިއްޖެ ކަމަށް އަނެއްކާވެސް ރިޕޯޓްތައް ބުނެފިއެވެ. ދުނިޔޭގެ ރިޕޯޓުތައް ބުނާގޮތުން އެބަލީގައި އިޓަލީން އިއްޔެ 743 މީހުން މަރުވެ، 5249 މީހުން އަލަށް ޕޮޒިޓިވު ވެފައިވެއެވެ. މިއީ އެޤައުމުން މިބަލިމިހާ ގިނަ މީހުންނަށްޖެހި، އެހާ ގިނަމީހުން މަރުވި 2 ވަނަ ފަހަރެވެ. މިހިނގާ މާރިޗް މަހުގެ 22 ވަނަ ދުވަހުވެސް އިޓަލީން ވަނީ ގިނަ ޢަދަދެއްގެ ބަޔަކު މަރުވެ، އެބައްޔަށް ޕޮޒިޓިވް ވެފައެވެ. […]

ޝިއުނާ އާދަމް