ސީރިއަސްކަން ކުޑަ ނުކުރަށްވާ، ލުއިކޮށް ނުނަންގަވާ: ޑރ. މުރާދު
ރާއްޖެގައި ކޮވިޑް-19 އާއި ގުޅިގެން ނުކުންނަމުންދާ ނަތީޖާއަށް ބަލާއިރު ހޭލާތިބެން ޖެހޭކަން ފެންނަން އޮތްކަމަށާއި، މި ބައްޔާއި މެދު ސީރިއަސްކަން ކުޑަ ނުކުރުމަށާއި ލުއިކޮށް ނުނެގުމަށް ކޮވިޑް-19 ޓާސްކް ފޯހުގެ އައިޖީއެމްއެޗް ގެ ޑަކްޓަރު، ޑރ. މޫސާ މުރާދު އިލްތިމާސް ކުރަށްވައިފިއެވެ. ކޮވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ރޭ ނޭސަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. މުރާދު ފިލިޕީންސުން ރާއްޖެއައި ދިވެއްސެއް ކަރަންޓީނުގެ މުއްދަތު ހަމަކޮށް، ޑަބަލ...