އައިޖީއެމްއެޗްގައި މައްޔިތުންގެ މޫނު ދެއްކުން ހުއްޓާލައިފި
ކޯވިޑް-19 އާއި ގުޅިގެން އައިޖީއެމްއެޗް ތެރޭގައި މައްޔިތުންގެ މޫނު ދެއްކުން ހުއްޓާލައިފި އެވެ. އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ހޮސްޕިޓަލުގައި މީހަކު ނިޔާވުމުން މީގެކުރީގައިނަމަ ގިނަ އަދަދެއްގެ ބަޔަކު މައްޔިތާގެ މޫނު ދެކިލުމަށް ހޮސްޕިޓަލަށް އަންނަ ކަމަށާއި މިއީ ހޮސްޕިޓަލުގެ މުވައްޒަފުންގެ އިތުރުން ހޮސްޕިޓަލަށް ޖަމާވާ އާއްމުންނަށް ވެސް ބަލި ފެތުރިދާނެ ކަމަކަށް ވެދާނެ ކަމަށެވެ. އަދި މިއީ ޖުމްލަ ގޮތެއްގައި މިވަގުތު މާލޭގައި ކޮވިޑާއި ގުޅިގެން ކޮމިއުނިޓީ ސްޕްރެޑް އޮތް ހާލަތަށް ބަލާއ...