ޓެސްޓު ނުކޮށް އެޗް.ޕީ.އޭ އިން މޮނީޓަރިންގެ ހާލަތު ނެގުމާއި އެކު ކަންބޮޑުވުން!
ޓެސްޓު ނުކޮށް އެޗް.ޕީ.އޭ އިން މޮނީޓަރިންގެ ހާލަތު ނެގުމާއި އެކު ކައުންސިލްތަކާއި ތިލަދުންމަތީގެ ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ. ހއ. އުލިގަމުން ކޯވިޑް-19 އަށް ފައްސިވި (ކޭސް 52) އާއި ގުޅިގެން މޮނިޓަރިން ހާލަތަށް ގެނައި ހއ. އުލިގަމު ފިޔަވައި އެހެން ހުރިހާ ރަށެއް މޮނިޓަރިން ހާލަތުން ނަގައިފިއެވެ. ރޭ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޯވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، މޮނީޓަރިންގެ ހާލަތުން އާއްމު ހާލަތައް ގެނެސްފައިވާ އުތުރުގެ ރަށްތަކަ...