ކޯވިޑް-19 އާއި ގުޅިގެން ހޭދަކުރީ 560 މިލިއަން ރުފިޔާ
ކޯވިޑް-19 އާއި ގުޅިގެން މިހާތަނަށް ރާއްޖެއިން 560 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ. މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް-19 ގެ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މީގެ ތެރެއިން 84 މިލިއަން ރުފިޔާ އަކީ ނެޝެނަލް ޑިޒާސްޓާ އޮތޯރިޓީގެ ޓްރަސްޓް ފަންޑުގައި ހުރި 64 މިލިއަން ރުފިޔާ ކަމަށެވެ. ހަރަދުތަކުގެ ތަފްސީލް 84 މިލިއަން ރުފިޔާ: މި ފައިސާ ހަރަދުކޮށްފައިވަނީ ޑިޒާސްޓަރ ރިސަރޗް ފަނޑުން. މިއީ 10 މަސް ދުވަހަށް ކާޑު […]