ކުޅިވަރު ކިއުރަސާއޯގެ ގޯލްކީޕަރު ރޫމްގެ މޮޅު ކުޅުމާއެކު އިކުއެޑޯ ހިފަހައްޓައި، އެ ގައުމުން ފުރަތަމަ ޕޮއިންޓް ހޯދައިފި ވޯލްޑް ކަޕްގައި ރޭ ކިއުރަސާއޯ އާއި އިކުއެޑޯ ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވެ، ކިއުރަސާއޯ އިން އެ ގައުމުގެ ވޯލްޑް ކަޕް ތާރީޚުގައި ފުރަތަމަ ޕޮއިންޓް ހޯދައިފިއެވެ. މި މެޗުގައި ކިއުރަސާއޯގެ ގޯލްކީޕަރު އެލޯއީ ރޫމް ވަނީ އިކުއެޑޯގެ ވަރުގަދަ ހަމަލާތައް ހުއްޓުވުމުގައި އާދަޔާ ހިލާފު މޮޅު ކުޅުމެއް ދައްކައި، ޖުމްލަ 15 ސޭވް ކޮށްފައެވެ. އުމުރުން 37 އަހަރުގެ ރޫމް ދެއްކި މި ހިތްވަރުގަދަ ކުޅުމަކީ ވޯލްޑް ކަޕް ތާރީޚުގައި ގޯލްކީޕަރެއްގެ ފަރާތުން ފެނުނު […] އަޙްމަދު ވަހީދު · 4 މަސް ކުރިން
ރާއްޖެ ދީނީ ޚިދުމަތްތެރިޔާ ޝައިޚު އިސްމާޢީލް އަވަހާރަވުމުން ރައީސްގެ ތައުޒިޔާ ރާއްޖޭގެ އިސްލާމީ ތަޢުލީމާއި ތަރުބިޔަތަށް ބައި ޤަރުނަށްވުރެ ގިނަ ދުވަހު އަގުނުކުރެވޭފަދަ ޚިދުމަތްތަކެއް ކުރެއްވި ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚު އިސްމާޢީލް މުޙައްމަދު (މ. ޠައިބާ) އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ މަނިކުފާނުގެ ޢާއިލާއަށް ތައުޒިޔާ ފޮނުއްވައިފިއެވެ. ޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވީ އުމުރުފުޅުން 85 އަހަރުގައި އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ވ... ޔުމްނާ ޢަލީ · 4 މަސް ކުރިން
ޚަބަރު އުންޑާވްގެ ދެ ގޯލާއެކު އައިވަރީ ކޯސްޓް ބަލިކޮށް ޖަރުމަނު ނޮކްއައުޓް ބުރަށް ދަތުރުކޮށްފި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު މެޗުން އައިވަރީ ކޯސްޓް އަތުން 2-1 އިން މޮޅުވެ، ހަތަރު ފަހަރުގެ ޗެމްޕިއަން ޖަރުމަނުވިލާތުން މުބާރާތުގެ ނޮކްއައުޓް ބުރުން ޖާގަ ކަށަވަރުކޮށްފިއެވެ. މި މެޗުގައި ޖަރުމަނަށް މޮޅުކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ ދެ ލަނޑު ކާމިޔާބުކުރި ޑެނިޒް އުންޑާވް އެވެ. މެޗުގެ ފުރަތަމަ ހާފުގައި އައިވަރީ ކޯސްޓުން ވަނީ މޮޅު ކުޅުމެއް ދައްކައި ޖަރުމަނަށް ބާރުބޮޑުކޮށްފައެވެ. މެޗުގެ 30 ވަނަ […] އަޙްމަދު ވަހީދު · 4 މަސް ކުރިން
ރާއްޖެ ރާއްޖޭގައި އިސްލާމީ ދާއިރާއިން ބައި ޤަރުނު އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ޝައިހު އިސްމާއިލް އަވަހާރަވެއްޖެ ރާއްޖޭގެ އިސްލާމީ ތަޢުލީމާއި ތަރުބިޔަތަށް ބައި ޤަރުނަށްވުރެ ގިނަ ދުވަހު އަގުނުކުރެވޭފަދަ ޚިދުމަތްތަކެއް ކުރެއްވި ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚު އިސްމާޢީލް މުޙައްމަދު (މ. ޠައިބާ) އަވަހާރަވެއްޖެއެވެ. ޝައިޚް އަވަހާރަވީ އުމުރުފުޅުން 85 އަހަރުގައި އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ދ. މީދޫއަށް އުފަން ޝައިޚް އިސްމާޢީލް މުޙައްމަދަކީ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގައި ތަޢުލީމު ޙާސިލުކުރެއްވި ފުރަތަމަ ދިވެހި ދަރިވަރެވެ. އޭގެ ކުރިން އިންޑިއާގެ ޖާމިޔާ ދާރުއްސަ... ޔުމްނާ ޢަލީ · 4 މަސް ކުރިން
ކުޅިވަރު ބްރޮބީ އާއި ގަކްޕޯގެ ލަނޑުތަކާއެކު ނެދަލެންޑްސް އިން ސްވިޑަން ބަލިކޮށް ގްރޫޕްގެ އެއްވަނައަށް ވޯލްޑް ކަޕްގެ ގްރޫޕް އެފްގައި ބްރަޔަން ބްރޮބީ އާއި ކޯޑީ ގަކްޕޯ ކާމިޔާބުކުރި ދެ ލަނޑާއެކު، 5-1 ގެ ބޮޑު ތަފާތަކުން ސްވިޑަން ބަލިކޮށް ނެދަލެންޑްސް އިން ގްރޫޕްގެ އެއްވަނައަށް ޖެހިލައިފިއެވެ. މިއީ ފުރަތަމަ މެޗުގައި ޖަޕާނާ ދެކޮޅަށް ކުޅެ 2-2 އިން އެއްވަރުވުމަށްފަހު ނެދަލެންޑްސް އިން ހޯދި މުހިންމު މޮޅެކެވެ. މި މޮޅާއެކު ނެދަލެންޑްސް އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް ސްވިޑަން އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، މި ގްރޫޕްގައި ހިމެނޭ […] އަޙްމަދު ވަހީދު · 4 މަސް ކުރިން
ކުޅިވަރު ސައުދީއާ ދެކޮޅަށް މުޅި މެޗު ކުޅެވޭވަރަށް ފިޓް ނޫން ކަމަށް ޔަމާލް ބުނެފި ވޯލްޑް ކަޕްގައި އާދީއްތަ ދުވަހު ސައުދީ އަރަބިއްޔާއާ ދެކޮޅަށް ސްޕެއިން ކުޅޭ މެޗުގައި، މުޅި މެޗު ކުޅެވޭވަރަށް އަދި ފިޓް ނޫން ކަމަށް އެ ޓީމުގެ ޒުވާން ފޯވާޑް ލަމީން ޔަމާލް ބުނެފިއެވެ. ހޭމްސްޓްރިންގް އަނިޔާއަކުން ރަނގަޅުވަމުން އަންނަ 18 އަހަރުގެ ޔަމާލް ބުނީ މި މެޗުގައި އޭނާ ފުރަތަމަ އެގާރައިގައި ހިމެނުމުގެ ފުރުސަތު ކުޑަ ކަމަށެވެ. ޔަމާލް މި މުބާރާތަށް އައީ ވައަތު ފައިގެ ހޭމްސްޓްރިންގް މައްސަލައަކާ އެކުގައެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ކޭޕް ވާޑްއާ […] އަލީ އާދިލް · 4 މަސް ކުރިން
ވިޔަފާރި އަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ ޗުއްޓީ ހޭދަކުރާނީ ފުލިދޫގައި މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ހޫނު މަރުހަބާއެއް ކިޔައިފިއެވެ. މިއަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔަކީ ސްޕެއިންގެ ރައްޔިތެއް ކަމަށްވާ އަލްމުދެންޔާ އަރްޓޯނިއޯ އެސްޕާރްސާ އެވެ. އޭނާ ރާއްޖެއަށް އައިސްފައިވަނީ ގަތަރު އެއާވޭސްގެ ފްލައިޓެއްގައެވެ. އަލްމުދެންޔާ އޭނާގެ ފިރިމީހާއާއެކު ރާއްޖެއަށް ކުރި މި ފުރަތަމަ ޒިޔާރަތުގައި ޗުއްޓީ ހޭދަކުރުމަށް ހަމަޖެހިފައިވަނީ ވ. ފުލިދޫ “ދަ ޕާލް ސީވިއު” ގެސްޓް ހައުސްގައެވެ. ރާއްޖެ އަށް އެ... ޔުމްނާ ޢަލީ · 4 މަސް ކުރިން
ބައިނަލްއަގުވާމީ ލުބުނާނުގެ ހަނގުރާމަ ހުއްޓުވުމަށް އެމެރިކާ ނުކުޅެދުމުން ހޯރްމޫޒް ކަނޑުއޮޅި އަލުން ބަންދުކޮށްފި އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށް އެމެރިކާއިން ނަތަންޔާހޫއަށް ފިއްތުންތައް ކުރިމަތިކުރުވުމުގައި ނުކުޅެދުމާ ގުޅިގެން، ދުނިޔޭގެ އެންމެ މުހިންމު އެއް ކަނޑުގެ މަގު ކަމަށްވާ ހޯރްމޫޒް ކަނޑުއޮޅި ރަސްމީކޮށް ބަންދުކޮށްފިކަން އީރާނުން އިއުލާންކޮށްފިއެވެ. އީރާނުގެ މަރުކަޒީ އަސްކަރީ ކޮމާންޑް (ޚާތަމް އަލް-އަންބިޔާ ސެންޓްރަލް ހެޑްކުއާޓާސް) އިން ނެރުނު މި އިއުލާނާއެކު ސަރަހައްދީ މަސްލަހަތު ވަނީ ނުތަނަވަސްވެ، އެމެރިކާއާއި އީރާނާ ދެމެދު ދާދިފަހުން ގާއިމުކުރި ފަހުމުނާމާއަށް ބޮޑު ގޮންޖެހުމެއ... ނާޒިމާ އަލީ · 4 މަސް ކުރިން
ތިލަދުންމަތީ ޚަބަރު ބޮޑު ތިލަދުންމައްޗަށް ބޮޑު ޝަރަފެއް، ނޯތު ޗެމްޕިއަން ދިއްދޫ ދިވެހި ޕްރިމިއަލީގަށް ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށްގެންދަން ނިންމާފައިވާ 2026/2027 ދިވެހި ޕްރިމިއާ ލީގަށް ނޯތު ލީގުގެ ޗެމްޕިއަން ހއ. ދިއްދޫ ކޮލިފައި ވެއްޖެއެވެ. މިއަދު ކުޅު މެޗުގައި ގްރީން ސްޓްރީޓާއި 2-2 ލަނޑުން އެއްވަރުވެ، ނޯތު ޗެމްޕިއަން ދިއްދޫ ދިވެހި ޕްރިމިއަލީގަށް ކޮލިފައިވީ ހަތަރު މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. މިހާރު ކުރިއަށްދާ ކޮލިފައިން ބުރުން ގަދަ ހަތަރު ޓީމް ދިވެހި ޕްރިމިއަލީގަށް ކޮލިފައިވާނެއެވެ. ދިއްދޫ އަށް އަދި ބާކީ އެއް މެޗު އޮތްއިރު އެ […] ޔުމްނާ ޢަލީ · 4 މަސް ކުރިން
ރާއްޖެ ''އެންމެ ބޮޑު އިސްކަމެއް މަހަށް ހަމަ އަގު ހޯދައިދިނުމަށް، އަމާޒަކީ 20ރ. ގައި ހިފެހެއްޓުން'' މަސްވެރިކަމުގެ ސިނާއަތް ހަރުދަނާކޮށް، މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަންތައް ކަމަށާއި، އަމާޒަކީ ކަޅުބިލަ މަސް ގަންނަ އަގު ކިލޯއެއް 20 ރުފިޔާގައި ހިފެހެއްޓުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ “ދަ ޕަލްސް” ޕޮޑްކާސްޓްގެ ދެވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މަސްވެރިކަމުގެ ސިނާޢަތަށް ޚާއްޞަކޮށްގެން ގެނެސްދިން މި އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން އ... އަލީ އާދިލް · 4 މަސް ކުރިން
ރާއްޖެ ވޯލްޑް ކަޕުގައި އަނގަ ނިވާކުރުމުގެ ސަބަބުން ފުރަތަމަ ފަހަރަށް ކުޅުންތެރިއަކަށް ރަތް ކާޑެއް ދައްކައިފި ވޯލްޑް ކަޕް ގްރޫޕް ޑީގައި ތުރުކީއާ ދެކޮޅަށް ކުޅުނު މެޗުގައި، އަނގަ ނިވާކޮށްގެން ހުރެ ވާހަކަ ދެއްކުމުގެ ސަބަބުން ޕެރަގުއޭގެ މިޑްފީލްޑަރު މިގޭލް އަލްމިރޯންއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފިއެވެ. މިއީ މިފަހަރުގެ ވޯލްޑް ކަޕަށް އަލަށް ތައާރަފްކުރި ގަވާއިދެއްގެ ދަށުން މިފަދަ ކަމަކަށް ރަތް ކާޑު ދެއްކި ފުރަތަމަ ފަހަރެވެ. މި ހާދިސާ ހިނގާފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. ދަނޑުގެ މެދުތެރެއިން ހިނގި ފައުލަކާ ގުޅިގެން އަލްމިރޯން އާއި ތުރުކީގެ […] އަޙްމަދު ވަހީދު · 4 މަސް ކުރިން
ރާއްޖެ ރާއްޖެ އަށް ޑްރަގް އެތެރެކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ވ. ކެޔޮދޫއިން މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވ. ކެޔޮދޫ، ސޭންޑީސައިޑް، ފައުޒާން އަޙްމަދު ޙުސައިން (25އ) އެވެ. ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައިވަނީ ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ދިން މައުލޫމާތާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. މި އޮޕަރ... ޔުމްނާ ޢަލީ · 4 މަސް ކުރިން
ބައިނަލްއަގުވާމީ މޭޔަރަކު ދެ މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވުމަށް އަމިއްލައަށް ރަހީނުކުރިކަމަށް ހެދިއްޖެ ސަރުކާރުގެ ފައިސާއިން ދެ މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވުމުގެ ބޭނުމުގައި، ރަހީނުކުރި ކަމަށް ދައްކައިގެން ފައިސާ ހޯދަން އުޅުނު ކަމުގެ ތުހުމަތު މެކްސިކޯގެ މޭޔަރެއްގެ މައްޗަށް ކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ މެކްސިކޯ ސިޓީއާ ދުރުގައި އޮންނަ ޓެނަންސިންގޯގައެވެ. މި މައްސަލައިގައި ތުހުމަތު ކުރެވެނީ އެ ސިޓީގެ މުނިސިޕަލް މޭޔަރު ނޭންސީ ނަޕޯލްސް އަށެވެ. ނަމަވެސް ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއެއްގައި އޭނާ ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ. ނަޕޯލްސް ބުނި ގޮތުގައި މިއީ ސިޔާސީ މަގްސަދެއްގައި އޭނާއާ... ނާޒިމާ އަލީ · 4 މަސް ކުރިން
ޚަބަރު ސްޓެލްކޯގެ 2025 ވަނަ އަހަރު އެންމެ މޮޅު މުވައްޒަފުން ހޮވައި އިނާމް ދީފި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މުވައްޒަފުންގެ ޚިދުމަތުގެ އަގުވަޒަންކުރުމަށާއި، 2025 ވަނަ އަހަރު މަސައްކަތާއި ހުނަރުގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވުނު މުވައްޒަފުންނަށް އިނާމު ދީފިއެވެ. މި އިނާމުތައް ދީފައިވަނީ ސްޓެލްކޯގެ މުވައްޒަފުންގެ މަސައްކަތްތައް ފާހަގަކޮށް، އެ މުވައްޒަފުންގެ އަގުވަޒަންކުރުމަށްޓަކައި ބޭއްވި “ސްޓެލްކޯ ސްޓާފް ނައިޓް” ޙަފްލާގައެވެ. މި ޙަފްލާގައި ކުންފުނީގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދި މުވައްޒަފުންނަށް ވަނީ އެވޯޑް ހަވާލުކޮށްފައެވެ. މެނޭޖްމަންޓ... އަޙްމަދު ވަހީދު · 4 މަސް ކުރިން
ރާއްޖެ ''ބޮޑުކަންނެލީގެ މަސްވެރިނަށް ހައްލު ހޯދައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެ މަސްވެރިންގެ ބައިވެރިވުމާއެކު'' ބޮޑުކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާނީ ސީދާ އެ މަސްވެރިންގެ ބައިވެރިވުމާއެކު ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ “ދަ ޕަލްސް” ޕޮޑްކާސްޓްގެ ސިލްސިލާގެ ދެވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ. މަސްވެރިކަމުގެ ސިނާޢަތަށް ޚާއްޞަކޮށްގެން ގެނެސްދިން މި އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ބޮޑުކަންނެލީގެ މަސްވެރިންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ކަންބޮ... ޔުމްނާ ޢަލީ · 4 މަސް ކުރިން