''ރާއްޖެއަށް އަސަރެއް ކޮށްފާނެ ބިންހެލުމެއް އަތުވެއްޖެނަމަ ލަސްނުކޮށް އަންގާނެ''
ރާއްޖެއަށް އަސަރެއް ކޮށްފާނެ ބިންހެލުމެއް އަތުވެއްޖެނަމަ އެ މައުލޫމާތު ލަސްނުކޮށް އާންމުންނަށް ހިއްސާކުރަމުން ގެންދާނެކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (އެމްއެމްއެސް) އިން މިއަދު ބުނެފިއެވެ. އެމްއެމްއެސް އިން މިއަދު އާންމު ކުރި މައުލޫމާތެއްގައި ބުނީ ބިންހެލުންތައް ސައިންޓިފިކް ގޮތުން ކުރިއާލާ ދެނެގަނެވޭނެ އެއްވެސް ގޮތެއް އަދި ހޯދިފައެއްނުވާކަމަށެވެ. އެހެންނަމަވެސް ދިގު މުއްދަތަކަށް ބަލާއިރު ބިން ހެލުންތައް އައުން ގާތް ސަރަހައްދުތައް ސައިންސްވެރިންނަ...