މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ޓްރަންމްޕް ގުޅުއްވި، ގޮތް ނިންމާނީ ފީފާގެ މިނިވަން ބޮޑީތަކުން ކަމަށް ދެންނެވިން: އިންފަންޓީނޯ

ޓްރަންމްޕް ގުޅުއްވި، ގޮތް ނިންމާނީ ފީފާގެ މިނިވަން ބޮޑީތަކުން ކަމަށް ދެންނެވިން: އިންފަންޓީނޯ

އެމެރިކާގެ ފޯވާޑް ފޮލަރިން ބަލޯގަން އަށް ދެއްކި ރަތް ކާޑާ ގުޅިގެން ކުރި ސަސްޕެންޝަނާ ބެހޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާ އަށް ގުޅުއްވިކަމަށާއި، އެ މައްސަލައިގައި ގޮތް ނިންމާނީ ފީފާގެ މިނިވަން ޖުޑީޝަލް ބޮޑީތަކުން ކަމަށް ޓްރަމްޕަށް ދެންނެވި ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެއެވެ. ބަލޯގަންގެ ސަސްޕެންޝަނަށް ލުއިދިން މައްސަލަ ހޫނުވެފައި ވަނިކޮށް ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ހޯމަ ދުވަހު ކުރެއްވި ޕޯސްޓެއްގައި އިންފަންޓީނޯ ވިދާޅުވީ، ޓްރަމްޕާއެކު ދެކެވުނު ވާހަކައ...

އަޙްމަދު ވަހީދު
ނޮޅިވަރަންފަރު އަންހެނުންގެ ކޮމެޓީގެ ބަށި މުބާރާތުގެ ޗެމްޕިއަންކަން ވިދުވަރު ޓީމަށް

ނޮޅިވަރަންފަރު އަންހެނުންގެ ކޮމެޓީގެ ބަށި މުބާރާތުގެ ޗެމްޕިއަންކަން ވިދުވަރު ޓީމަށް

ހދ. ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވި ބަށި މުބާރާތުގެ ފޯރިގަދަ ފައިނަލް މެޗަށްފަހު، މުބާރާތުގެ ޗެމްޕިއަންކަން ވިދުވަރު ޓީމުން ހޯދައިފިއެވެ. މި މުބާރާތަކީ 2026 ވަނަ އަހަރުގެ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. ޖުލައި މަހުގެ 2 އިން 4 އަށް ކުރިއަށް ދިޔަ މި މުބާރާތުގައި ޖުމްލަ 6 ޓީމަކުން ވާދަކޮށްފައިވެއެވެ. ފައިނަލް މެޗުގައި ބައްދަލުކުރީ ވިދުވަރު ޓީމާއި އަމާޒު ޓީމެވެ. މި މެޗު ވިދުވަރު ޓީމުން […]

ޔުމްނާ ޢަލީ
ހުޅުމާލޭގެ ދުވާރުތަކުގައި އުޅަނދު ޕާކުކުރުން އިތުރުވަމުންދާތީ އެކަން ނުކުރުމަށް އިލްތިމާސްކޮށްފި

ހުޅުމާލޭގެ ދުވާރުތަކުގައި އުޅަނދު ޕާކުކުރުން އިތުރުވަމުންދާތީ އެކަން ނުކުރުމަށް އިލްތިމާސްކޮށްފި

ހުޅުމާލޭގެ މަގުތަކުގައި ހިނގާބިނގާވެ އުޅޭ މީހުންނަށް ހާއްސަކޮށްފައިވާ ދުވާރުތަކުގައި އުޅަނދު ޕާކުކުރުން އިތުރުވަމުންދާތީ، އެފަދަ ސަރަހައްދުތަކުގައި އުޅަނދު ޕާކުނުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ އިލްތިމާސްކޮށްފިއެވެ. ފުލުހުން ބުނީ ހުޅުމާލޭގެ ދުވާރުތަކުގައި އުޅަނދު ޕާކުކުރުން އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ހިނގާބިނގާވެ އުޅޭ މީހުންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވަމުންދާ ކަމަށެވެ. އެހެންކަމުން އެންމެހައި ފަރާތްތަކުން ވެސް ދުވާރުމަތީގައި އުޅަނދު ޕާކުނުކުރ...

ޔުމްނާ ޢަލީ
ބަލޯގަން މައްސަލާގައި ހޫނުފެނަށް ވެއްޓުމުން ޓްރަމްޕް ދިފާޢުގައި ވާހަކަދައްކައިފި

ބަލޯގަން މައްސަލާގައި ހޫނުފެނަށް ވެއްޓުމުން ޓްރަމްޕް ދިފާޢުގައި ވާހަކަދައްކައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އެމެރިކާގެ ފޯވާޑް ފޮލަރިން ބަލޯގަންއަށް ދެއްކި ރަތް ކާޑުގެ މައްސަލަ އަލުން މުރާޖައާ ކުރުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ގުޅުއްވައި ނުފޫޒު ފޯރުވިކަމުގެ ތުހުމަތާއެކު ބޮޑު ފާޑުކިޔުމެއް އަމާޒުވުމުން އޭނާގެ ޢަމަލުގެ ދިފާޢުގައި ވާހަކަދައްކަވައިފިއެވެ. މިދިޔަ ހަފުތާގައި ބޮސްނިއާ-ހެރްޒެގޮވިނާ އަތުން އެމެރިކާ މޮޅުވި މެޗުގައި ބަލޯގަންއަށް ދެއްކި ރަތް ކާޑު އުވާލުމަށް ފީފާއިން ނިންމުމާ ގުޅިގެން، އޭނާއަށް މިރޭ ބެލްޖިއަމާ ދެކޮޅަ...

އަޙްމަދު ވަހީދު
ބަލޮގަން ކުޅުމުގެ ހުއްދަ ދިންގޮތުގެ ތަފްސީލް ދިނުމަށް ފީފާގައި ބެލްޖިއަމުން އެދިއްޖެ

ބަލޮގަން ކުޅުމުގެ ހުއްދަ ދިންގޮތުގެ ތަފްސީލް ދިނުމަށް ފީފާގައި ބެލްޖިއަމުން އެދިއްޖެ

ވޯލްޑް ކަޕްގެ މެޗެއްގައި ރަތް ކާޑު ހޯދާފައިވާ އެމެރިކާގެ ފޯވާޑް ފޮލަރިން ބަލޮގަންއަށް، ބެލްޖިއަމާ ދެކޮޅަށް ކުޅޭ މެޗުގައި ބައިވެރިވުމުގެ ހުއްދަ ދިނުމަށް ފީފާއިން ނިންމި ނިންމުމާ ގުޅިގެން ބެލްޖިއަމްގެ ފުޓްބޯޅަ ފެޑެރޭޝަން (އާރް.ބީ.އެފް.އޭ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ބެލްޖިއަމުން ވަނީ މި މައްސަލައިގައި ފީފާގެ ފަރާތުން ތަފްސީލީ ބަޔާނަކަށް އެދިފައެވެ. ބޮސްނިއާ-ހެރްޒެގޮވިނާއާ ދެކޮޅަށް ކުޅުނު މެޗުގައި ބަލޮގަންއަށް ރަތް ކާޑު ދެއްކީ އިދިކޮޅު ކުޅުންތެރިއެއްގެ ފައިގެ ކޮޅަށް އެރުމާ ގުޅިގެންނެވެ. މިއީ...

އަޙްމަދު ވަހީދު
ޓްރަމްޕް ފީފާއަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ބެލްޖިއަމްގެ ސަޕޯޓަރުން ރުޅިގަދަވެއްޖެ

ޓްރަމްޕް ފީފާއަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ބެލްޖިއަމްގެ ސަޕޯޓަރުން ރުޅިގަދަވެއްޖެ

ވޯލްޑް ކަޕްގެ ގަދަ 16 ގައި އެމެރިކާއާއި ބެލްޖިއަމް ބައްދަލުކުރާ މެޗުގެ ކުރިން، އެމެރިކާގެ މުހިންމު ކުޅުންތެރިއަކަށް ދީފައިވާ ރަތް ކާޑުގެ ސަސްޕެންޝަން އުވާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފީފާއަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ބެލްޖިއަމްގެ ރައްޔިތުން ވަރަށް ބޮޑަށް ރުޅިގަދަވެ، ފާޑުކިޔައިފިއެވެ. އެމެރިކާގެ ފޯވާޑް ފޮލަރިން ބަލޯގަންއަށް ދީފައިވާ ރަތް ކާޑުގެ ސަސްޕެންޝަން ފީފާއިން އުވާލާފައިވަނީ، ރައީސް ޓްރަމްޕް އަމިއްލަފުޅަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ގުޅުއްވައި އެ މައްސަލަ މުރާޖައާ...

އަޙްމަދު ވަހީދު
ވައްކަން ކުރި ދެ މީހުން ހައްޔަރުކޮށް ވަގަށްނެގި ނަރު ރޯލުތައް ވެރިފަރާތާއި ހަވާލުކޮށްފި

ވައްކަން ކުރި ދެ މީހުން ހައްޔަރުކޮށް ވަގަށްނެގި ނަރު ރޯލުތައް ވެރިފަރާތާއި ހަވާލުކޮށްފި

މާލޭގައި ހުންނަ ހާޑްވެއަރ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި، އެ ފިހާރައިން ވައްކަންކުރި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މާލޭގެ ހިތަށްފިނިވާމަގުގައި ހުންނަ މި ފިހާރައިން ވައްކަން ކުރި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް، ދިގުވާނޑު، ފެއަރީ، އަޙްމަދު ނަޞްރު (46އ) އާއި ށ. ޅައިމަގު، ހިތަށްފިނިވާގެ، ފާރިސް ޢަލީ ޝަރީފް (35އ) އެވެ. ފުލުހުން ބުނި ގޮތުގައި، މި ދެމީހުން ހައްޔަރުކޮށްފައިވަނީ މި ޖުލައި މަހުގެ 4 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ. މި މަހުގެ […]

ޔުމްނާ ޢަލީ
ހޯރަފުށީ ފަރުމައްޗަށް ބޮޑުމަހެއް ލައްގައިފި

ހޯރަފުށީ ފަރުމައްޗަށް ބޮޑުމަހެއް ލައްގައިފި

ހއ. ހޯރަފުށީ ހުޅަނގު ފަރާތު ފަރުމައްޗަށް ލެއްގި ބޮޑު މަހެއް، ކަމާބެހޭ އިދާރާތަކުގެ އެހީތެރިކަމާއެކު ނަގައި ވަޅުލައިފިއެވެ. ހޯރަފުށީ ކައުންސިލުން މަޢުލޫމާތު ދީފައިވާ ގޮތުގައި، އެ ރަށު ހުޅަނގު ފަރުމައްޗަށް ލައްގާފައިވަނީ 30 ފޫޓުގެ ބޮޑުމަހެކެވެ. މި މަސް ފަރުމަތިން ނަގައި ގޮނޑުދޮށަށް އެރުވުމަށްފަހު، މިހާރު ވަނީ ރައްކާތެރިކަމާއެކު ވަޅުލާފައެވެ. މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ހޯރަފުށީ ކައުންސިލާއި، ހޯރަފުށީ ޕޮލިސް ސްޓޭޝަނާއި، އެމް.އެން.ޑީ.އެފް ނޮދަން އޭރިއާ ކޮމާންޑްގެ އިތުރުން އެމް.ޓީ.ސީ.ސީ ހ...

ޔުމްނާ ޢަލީ
ޓްރަމްޕްގެ ނުފޫޒާއެކު ބަލޯގަންގެ ސަސްޕެންޝަން އުވާލުމަކީ ފީފާއިން ރަތް ރޮނގު ހުރަސްކުރުން: ޔޫއެފާ

ޓްރަމްޕްގެ ނުފޫޒާއެކު ބަލޯގަންގެ ސަސްޕެންޝަން އުވާލުމަކީ ފީފާއިން ރަތް ރޮނގު ހުރަސްކުރުން: ޔޫއެފާ

އެމެރިކާގެ ފޯވާޑް ފޮލަރިން ބަލޯގަން އަށް ދެއްކި ރަތް ކާޑާ ގުޅިގެން އައި ސަސްޕެންޝަން ފީފާއިން އުވާލުމަކީ “ރަތް ރޮނގު ހުރަސްކުރުން” ކަމަށް ބުނެ ޔޫރަޕްގެ ފުޓްބޯޅަ މައި އިދާރާ، ޔޫރަޕިއަން ފުޓްބޯޅަ ފެޑަރޭޝަން (ޔޫއެފާ)އިން ވަރުގަދަ ބަޔާނެއް ނެރެފިއެވެ. ޔޫރަޕްގެ ފުޓްބޯޅަ އިދާރާއިން ބުނި ގޮތުގައި ފުޓްބޯޅަ ބިނާވެފައިވަނީ އުސޫލުތަކުގެ މައްޗަށް ކަމަށާއި، އެއީ އިންސާފުވެރި އަދި ދެފުށް ފެންނަ މުބާރާތެއް ބޭއްވުމުގެ އަސާސެވެ. މިދިޔަ ޖުލައި މަހުގެ 1 ވަނަ ދުވަހު ބޮސްނިއާ-ހެރްޒެގޮވީނާއާ ދެކޮޅަށް ކުޅުނު […]

އަޙްމަދު ވަހީދު
ޑްރަގް ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މުރައިދޫން ދެ މީހަކު ހައްޔަރުކޮށްފި

ޑްރަގް ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މުރައިދޫން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި، ހއ. މުރައިދޫން ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލައާ ގުޅިގެން 5 ޖުލައި 2026 ވަނަ ދުވަހުގެ ހެނދުނު 08:10 އެހައިކަންހާއިރު ވަނީ ދެމީހަކު ހައްޔަރުކޮށްފައެވެ. އެއީ، ހއ. މުރައިދޫ / ކިނާރާ، މުޙައްމަދު ޢާޝިރު (35އ) އާއި، އެ ރަށު ވެނީލާގެ، މުޙައްމަދު ޒައިން ޙަސަން (19އ) ކަމަށް ފުލުހުން ބުންޏެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ، މުރައިދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ […]

އަލީ އާދިލް
ރާއްޖޭގެ ތަރައްޤީއަށް ސައޫދީން ދެއްވާ އެއްބާރުލުމަށް ރައީސްގެ ޝުކުރު

ރާއްޖޭގެ ތަރައްޤީއަށް ސައޫދީން ދެއްވާ އެއްބާރުލުމަށް ރައީސްގެ ޝުކުރު

ދިވެހިރާއްޖެއަށް މިހާރު ޒިޔާރަތްކުރައްވަމުން ގެންދަވާ ސަޢޫދީ ޢަރަބިއްޔާގެ ވަފުދެއް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި، މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވަނީ މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް، ސަޢޫ...

ޔުމްނާ ޢަލީ
ކެރިއަރުގައި އުނިވާ އެއްޗެއް ނެތް، ބޭނުންވަނީ އެންމެ ފަހު ވޯލްޑް ކަޕްގެ ފުރިހަމަ އުފާ ހޯދަން: ރޮނާލްޑޯ

ކެރިއަރުގައި އުނިވާ އެއްޗެއް ނެތް، ބޭނުންވަނީ އެންމެ ފަހު ވޯލްޑް ކަޕްގެ ފުރިހަމަ އުފާ ހޯދަން: ރޮނާލްޑޯ

އޭނާގެ ކެރިއަރުގައި އުނިވާ އެއްވެސް އެއްޗެއް ނެތްކަމަށާއި، ބޭނުންވަނީ، އެންމެ ފަހު ވޯލްޑް ކަޕްގެ ފުރިހަމަ އުފާ ހޯދުމަށްކަމަށް ޕޯޗުގަލްގެ ފުޓްބޯޅަ ލެޖެންޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ. ގަދަ 16 ގައި ވާދަވެރި ސްޕެއިނާ ދެކޮޅަށް ކުޅޭ މެޗުގެ ކުރީ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރޮނާލްޑޯ ވަނީ މީގެ ކުރިންވެސް އޭނާ ބުނެފައިވާގޮތަށް މިހާރު ކުރިއަށްދާ ވޯލްޑް ކަޕަކީ އޭނާގެ ކެރިއަރުގައި ކުޅޭނެ އެންމެ ފަހު ވޯލްޑް ކަޕްކަން ތަކުރާރުކޮށްފައެވެ. “އަހަރެންގެ ހަނދާނުގައި ބާކީ ހުންނާނީ […]

އަޙްމަދު ވަހީދު
ޖެއްސުންކުރި މެކްސިކޯ ސަޕޯޓަރުންނަށް ބޮޑު ފިލާވަޅެއް، އިންގްލެންޑުން މެކްސިކޯ ކަޓުވާލައިފި

ޖެއްސުންކުރި މެކްސިކޯ ސަޕޯޓަރުންނަށް ބޮޑު ފިލާވަޅެއް، އިންގްލެންޑުން މެކްސިކޯ ކަޓުވާލައިފި

ވޯލްޑް ކަޕްގެ ތާރީޚުގައި މެކްސިކޯގެ އެސްޓާޑިއޯ އަޒްޓެކާ ސްޓޭޑިއަމްގައި އެ ގައުމު ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް ނިމުމަކަށް ގެނެސް، 3-2 އިން މެކްސިކޯ ބަލިކޮށް އިންގްލެންޑް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ. އާދީއްތަ ދުވަހުގެ ރޭ ކުޅުނު މި ފޯރިގަދަ މެޗުން މޮޅުވެ، އިންގްލެންޑް ދެން ބައްދަލުކުރާނީ ފްލޮރިޑާގެ މިއާމީ ގާޑަންސްގައި އަންނަ ހޮނިހިރު ދުވަހު ނޯވޭއާ އެވެ. މެޗުގެ 36 ވަނަ މިނެޓުގައި ޖޫޑް ބެލިންހަމް ބޮލުން ޖެހި ލަނޑުން އިންގްލެންޑަށް ކުރިހޯދައިދިންއިރު، އޭގެ […]

އަޙްމަދު ވަހީދު
ބަލޯގަންގެ ރަތް ކާޑު ސަސްޕެންޝަން އުވާލުމަށް ޓްރަމްޕް ގުޅައި ނުފޫޒު ފޯރުވި

ބަލޯގަންގެ ރަތް ކާޑު ސަސްޕެންޝަން އުވާލުމަށް ޓްރަމްޕް ގުޅައި ނުފޫޒު ފޯރުވި

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ގައި ބެލްޖިއަމާ ދެކޮޅަށް އެމެރިކާ ކުޅޭ މެޗުގައި ކުޅުމުގެ ފުރުސަތު އެމެރިކާގެ ތަރި ފޯލަރިން ބަލޯގަންއަށް ދިނުމަށް ފީފާއިން ނިންމާފައިވަނީ ބަލޯގަންއަށް ދެއްކި ރަތް ކާޑާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ކުރެއްވި ފޯނު ކޯލަކަށްފަހުކަމަށް ރިޕޯޓުތައް ބުނެފިއެވެ. ބޮސްނިއާ އެންޑް ހެރްޒެގޮވީނާ އަތުން 2-0 އިން އެމެރިކާ މޮޅުވި މެޗުގައި ބަލޯގަންއަށް ރަތް ކާޑު ދެއްކީ އިދިކޮޅު ކުޅުންތެރިއެއްގެ ފަޔަށް […]

އަޙްމަދު ވަހީދު
ވޯލްޑް ކަޕުން ކެޓުމާއެކު ނޭމާ ބްރެޒިލްގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

ވޯލްޑް ކަޕުން ކެޓުމާއެކު ނޭމާ ބްރެޒިލްގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

ވޯލްޑް ކަޕްގެ ގަދަ 16 ގެ ބުރުގައި ނޯވޭ އަތުން 2-1 އިން ބަލިވެ ބްރެޒިލް މުބާރާތުން ކެޓުމާ ގުޅިގެން، އެ ގައުމުގެ ތަރި ނޭމާ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އާދީއްތަ ދުވަހު އިއުލާންކޮށްފިއެވެ. މިއީ ބްރެޒިލްގެ ފުޓުބޯޅައަށް ލިބުނު ބޮޑު ސިހުމެކެވެ. “އަހަރެން މަސައްކަތް ކުރިން. މިކަން ފެށުނީވެސް މި ސްޓޭޑިއަމުން، އަދި ނިންމާލީވެސް މިތަނަށް. މިހާރު މިއޮތީ ނިމިފައި،” މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު މި މެޗަށްފަހު ނޭމާ ބުނެފަވެއެވެ. އުމުރުން 34 އަހަރުގެ […]

އަޙްމަދު ވަހީދު