ވިޔަފާރި އުރީދޫގެ މިނިވަން ދުވަހުގެ ހަދިޔާ: 61 ރުފިޔާއަށް 61 ޖީބީ ޑޭޓާ އާއި ހިލޭ ކޯލްތަކެއް! ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ އުފަލުގައި އުރީދޫ މޯލްޑިވްސްގެ ފަރާތުން ކަސްޓަމަރުންނަށް ތަފާތު ހާއްސަ އޮފާތަކެއް ވަނީ އިއުލާނުކޮށްފައެވެ. މި އޮފާތަކަކީ ކަސްޓަމަރުންނަށް އާއިލާ އާއި ރައްޓެހިންނާއެކު ގުޅުން ބަދަހިކޮށް، މިނިވަން ދުވަހުގެ އުފާވެރިކަން ހިއްސާކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ތައާރަފުކުރި ހަދިޔާތަކެކެވެ. މިނިވަން 61 ޑޭޓާ ޕެކް މިނިވަން ދުވަހުގެ އެންމެ ހާއްސަ އެއް އޮފާއަކީ “މިނިވަން 61” ޑޭޓާ ޕެކެވެ. މި ޕެކް މެދުވެރިކޮށް އެންމެ 61 ރުފިޔާއަށް 61 ޖީބީގެ ޑޭޓާ 24 […] އަޙްމަދު ވަހީދު · 3 މަސް ކުރިން
ރާއްޖެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގުވަޒަންކުރެއްވުމުގެ ގޮތުން، 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ އަދި ހަނދާނީލިޔުން މިއަދު އަރުވައިފިއެވެ. މި އިނާމުތައް އެ ބޭފުޅުންނާ ހަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައެވެ. ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ބޭއްވެވި މި ރަސްމީ ޖަލްސާގައި މި ޚިދުމަތްތެރީންނަށް ޝަރަފު އަރުވާފައިވަނީ ރައީސް ޑރ. މުޙަ... ޔުމްނާ ޢަލީ · 3 މަސް ކުރިން
ރާއްޖެ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން ޗަމްޕާ ޢަފީފަށާއި އުއްޗު އަށް ވެސް އަރުވައިފި ދިވެހި ދައުލަތުން ދޭ އެންމެ މަތީ ޝަރަފުތަކުގެ ތެރޭގައި ހިމެނޭ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.)، ރާއްޖޭގެ ފަތުރުވެރިކަމުގެ ބާނީން ކަމުގައިވާ ޗަމްޕާ ޙުސައިން ޢަފީފަށާއި، ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު) އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އަރުވައިފިއެވެ. މި ޢިއްޒަތް މި ދެ ބޭފުޅުންނަށް އެރުވީ މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ. ޙުސައިން ޢަފީފް: ފަތުރުވެރިކަމުގެ އެންމެ އިސް އެއް މޭސްތިރި ޙުސައިން ޢަފީފަކީ […] ޔުމްނާ ޢަލީ · 3 މަސް ކުރިން
ކުޅިވަރު ޕީއެސްޖީގެ ދެކުނު ކޮރެއާ މިޑްފީލްޑަރު ލީ އެތުލެޓިކޯ މެޑްރިޑަށް ސޮއިކޮށްފި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އައި ދެކުނު ކޮރެއާގެ ހުނަރުވެރި މިޑްފީލްޑަރު ލީ ކަންގް-އިން ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑަށް ބަދަލުވެފައިވާކަން އެ ކްލަބުން ހޮނިހިރު ދުވަހު އިއުލާންކޮށްފިއެވެ. އެތުލެޓިކޯ މެޑްރިޑުން ހާމަކުރި ގޮތުގައި އުމުރުން 25 އަހަރުގެ ލީ އެ ކްލަބާއެކު ސޮއިކުރާނީ ޖޫން 2031 ގެ ނިޔަލަށެވެ. މި ޓްރާންސްފާގެ އަގު ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، ރިޕޯޓްތައް ބުނާ ގޮތުގައި މިއީ 35 މިލިއަން އާއި 40 މިލިއަން ޔޫރޯ (39.8 […] އަޙްމަދު ވަހީދު · 3 މަސް ކުރިން
ރާއްޖެ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، އިބްރާހީމް ރަޝީދު މޫސާއަށް ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ޢިލްމުވެރި ބޭފުޅެއް ކަމަށްވާ އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަށް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އަރުވައިފިއެވެ. މި ޢިއްޒަތް އެމަނިކުފާނަށް އެރުވީ މިއަދު ހެނދުނު ބާއްވަމުން އަންނަ މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ. އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަކީ އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނީ ޢިލްމު އުނގަންނައިދެއްވުމުގެ އިތުރުން ދ... އަލީ އާދިލް · 3 މަސް ކުރިން
ރާއްޖެ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، ޑރ. ލަޠީފަށް އަރުވައިފި ދައުލަތަށް 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ޑރ. މުޙައްމަދު ލަޠީފަށް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އަރުވައިފިއެވެ. މި ޢިއްޒަތް އެ މަނިކުފާނަށް އެރުވީ މިއަދު ހެނދުނު ބާއްވަމުން އަންނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ. ޑރ. މުޙައްމަދު ލަޠީފަކީ ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ތަރައްޤީއަށާއި، ތަޢުލީމީ ނިޒާމަށް ޒަމާނީ ބަދަލުތައް ގެންނެވުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެ... ޔުމްނާ ޢަލީ · 3 މަސް ކުރިން
ބައިނަލްއަގުވާމީ ޓައިމްސްގެ 'ޕާސަން އޮފް ދަ އިޔަރ': ޓްރަމްޕަށް ވުރެ މުސްލިމް މޭޔަރު މަމްދާނީ ކުރީގައި ޓައިމް މެގަޒިންގެ 2026 ވަނަ އަހަރުގެ “ޕާސަން އޮފް ދަ އިޔަރ” ގެ މަގާމަށް ހޮވުމުގެ ފުރުސަތު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވުރެ ނިއުޔޯކް ސިޓީގެ ފުރަތަމަ މުސްލިމް މޭޔަރު ޒޮހްރާން މަމްދާނީ އަށް ބޮޑުވެފައިވާ ކަމަށް ލަފާކުރާ މާކެޓްތަކުން ދައްކައިފިއެވެ. ކަލްޝީ ފަދަ ޕްރެޑިކްޝަން ޕްލެޓްފޯމްތަކުން ދައްކާ ގޮތުގައި، މަމްދާނީ މި މަގާމަށް ހޮވުމުގެ ފުރުސަތު މިހާރު އޮތީ 19 އިންސައްތައިގައެވެ. މިއާއެކު އޭނާ ވަނީ މި ލިސްޓުގެ ކުރީގައި އުޅުއްވި ޕޯޕް ލިއޯ […] ނާޒިމާ އަލީ · 3 މަސް ކުރިން
ރާއްޖެ މިނިވަން ދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ދިދަނެގުމުގެ ޚާއްޞަ ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ބައިވެރިވެވަޑައިގެންފިއެވެ. މިއަދު ހެނދުނު 06:00 ގައި މާލޭގެ ޖުމްހޫރީ މައިދާނުގައި އޮތް މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފާއި، ދައުލަތުގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މިނިވަން ދު... ޔުމްނާ ޢަލީ · 3 މަސް ކުރިން
ބައިނަލްއަގުވާމީ އީރާނުގެ ނިއުކްލިއާ ޔުރޭނިއަމް އަތުލުމަށް ސިފައިން ފޮނުވުމަށް ޓްރަމްޕް ސަރުކާރުން މަޝްވަރާކޮށްފި އީރާނުގެ ނިއުކްލިއާ މަރުކަޒުތަކުގައި ހުރި މުއްސަނދިކޮށްފައިވާ ޔުރޭނިއަމް އަތުލުމަށް އެމެރިކާގެ ހާއްސަ ސިފައިން (ސްޕެޝަލް ފޯސަސް) ފޮނުވުމުގެ ފުރުސަތުތަކާ މެދު ޓްރަމްޕްގެ ސަރުކާރުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފިކަމަށް ނިއުޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފިއެވެ. ނަމަވެސް، އެމެރިކާގެ ވައިގެ ދިފާއީ މިސައިލްތަކުގެ ސްޓޮކް މަދުވެދާނެ ކަމުގެ ބިރަށްޓަކައި، އީރާނަށް ދެމުންދާ ހަމަލާތައް އިތުރަށް ފުޅާކުރުމުގެ ޕްލޭންތައް ރައީސް ޑޮނަލްޑް ޓްރަމްޕް މިވަގުތަށް ވަނީ މަޑުޖައްސަވާލައްވާފައެވެ. ނިއުޔޯކް ޓައިމްސް އި... ނާޒިމާ އަލީ · 3 މަސް ކުރިން
ރާއްޖެ ''އެންމެ ބުރަ މަސްއޫލިއްޔަތަކީ، ކާބަފައިން ފުރާނަދީގެން ހޯދި މިނިވަންކަން ދެމެހެއްޓުން'' ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ރައްޔިތުންނަށް މިއަދު ތަހުނިޔާ ފޮނުއްވައިފިއެވެ. މިއަދުގެ މުނާސަބަތުގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މިއަދު އަޅުގަނޑުމެންނަށް އޮތް އެންމެ ބުރަ މަސްއޫލިއްޔަތަކީ ކާބަފައިން ފުރާނަދީގެން ހޯދައިދިން މިނިވަންކަން ދެމެހެއްޓުން ކަމަށެވެ. ރައީސްގެ މެސެޖުގައި މިނިވަންކަމުގެ ކާމިޔާބީއަށްޓަކައި ޤުރުބާންވި ބަޠަލުންގެ ޒިކުރާ އާކުރައްވައި، އެ ބޭފުޅުންނަށް ހެޔޮދުއާ ރައްދުކުރެއްވިއެވެ. އަދި މި... ޔުމްނާ ޢަލީ · 3 މަސް ކުރިން
ވިޔަފާރި މާލޭ ކޯޓު ކޮމްޕްލެކްސްގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި ހުޅުމާލޭގައި ތަރައްގީކުރާ މާލޭ ކޯޓު ކޮމްޕްލެކްސް ބިނާކުރުމުގެ ބޮޑު މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި އިންފްރާސްޓްރަކްޗަރ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޔޫސުފް ޢަބްދުލްޢަފޫރު (ޔޫސޭ) އެވެ. އެމްޓީސީސީގެ ފަރާތުން ސޮއ... އަޙްމަދު ވަހީދު · 3 މަސް ކުރިން
ރާއްޖެ ބްރިޖުގައި ނުރައްކާތެރިކޮށް ދުއްވި ތިން ސައިކަލެއް ޓޯކޮށް، ދުއްވި މީހުން ޖޫރިމަނާކޮށްފި ސިނަމާލެ ބްރިޖުގައި އާންމުންގެ ހިތްތަކަށް ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް ދުއްވި ތިން ސައިކަލެއް 30 ދުވަހުގެ މުއްދަތަށް ޓޯކޮށް، އެ އުޅަނދުތައް ދުއްވި މީހުން ފުލުހުން ޖޫރިމަނާކޮށްފިއެވެ. މި ފިޔަވަޅު އަޅާފައިވަނީ ބްރިޖު މަތީގައި ނުރައްކާތެރިކޮށް ސައިކަލް ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވެފައިވަނިކޮށެވެ. ފުލުހުން ހާމަކުރި ގޮތުގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވައިލެވިފައިވާ ގަވާއިދުތަކާ ހިލާފުވުމުގެ ސަބަބުން މި ތިން ސައިކަލް ޓޯކޮށްފައ... ޔުމްނާ ޢަލީ · 3 މަސް ކުރިން
ރާއްޖެ ސުނާމީ ބިނާއާއި ހަމައަށް މަގު ހަދައި ނޮވެމްބަރުގެ ނިޔަލަށް ނިންމަނީ މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އެމްޕީއެލް ސަރަހައްދުން ފެށިގެން ސުނާމީ ބިނާއާއި ހަމައަށް މަގު ތަރައްގީކޮށް 2026 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިއަދު ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވަނީ މި ސަރަހައްދު ތަރައްގީކުރުމުގެ ޕްލޭންގެ ކުރެހުމެއް ހިއްސާކުރަށްވާފައެވެ. ރައީސް ވިދާޅުވީ މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގާއި ބަނދަރު ސަރަހައްދު ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީ... ޔުމްނާ ޢަލީ · 3 މަސް ކުރިން
ކުޅިވަރު ވޯލްޑް ކަޕްގައި ވިދާލި ކޭޕް ވާޑްގެ ކީޕަރު ވޮޒީނިއާ ޗިލީގެ ކޯލޯ ކޯލޯއަށް މިފަހަރުގެ ވޯލްޑް ކަޕްގައި އާދަޔާ ހިލާފު މޮޅު ކުޅުމެއް ދައްކައި ގިނަ ބައެއްގެ ސަމާލުކަން ހޯދި ކޭޕް ވާޑްގެ ގޯލްކީޕަރު ވޮޒީނިއާ، ޗިލީގެ އެންމެ ބޮޑު ކްލަބް ކަމަށްވާ ކޯލޯ ކޯލޯއަށް ސޮއިކޮށްފިއެވެ. އުމުރުން 40 އަހަރުގެ ވޮޒީނިއާ މި ކްލަބަށް ސޮއިކުރީ ވޯލްޑް ކަޕްގައި އޭނާ ދެއްކި މޮޅު ކުޅުމާއެކު ގިނަ ބަޔަކު އޭނާއަށް ތައުރީފު ކުރަމުންދަނިކޮށެވެ. ވޯލްޑް ކަޕްގެ ޗެމްޕިއަން ސްޕެއިން އާއި އާޖެންޓީނާ ފަދަ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ވޮޒީނިއާ ދެއްކި ހުޝިޔާރު […] އަޙްމަދު ވަހީދު · 3 މަސް ކުރިން
ތިލަދުންމަތީ ޚަބަރު މަދަދުވެނި 4.0 ޔޫތު ކްލައިމެޓް އިނޮވޭޝަން ޗެލެންޖް ކުޅުދުއްފުށީގައި ބާރުސްޕީޑުގައި ކުރިއަށް ދިވެހި ރެޑް ކްރެސެންޓް (އެމް.އާރް.ސީ) އިން އިންތިޒާމުކޮށްގެން ކުޅުދުއްފުށި ސިޓީގައި ބާއްވާ “މަދަދުވެނި 4.0 ޔޫތު ކްލައިމެޓް އިނޮވޭޝަން ޗެލެންޖް” ވަރަށް ބާރުމިނުގައި ކުރިއަށް އެބަދެއެވެ. މި ކެމްޕުގެ ހަތަރުވަނަ ދުވަހަށް ވާސިލުވިއިރު، ބައިވެރިވާ ހަތަރު ޓީމަކުން ދަނީ މިހާތަނަށް ދަސްކުރި ކަންތައްތައް އަމަލީ މަސައްކަތަށް ބަދަލުކުރަމުންނެވެ. އެމް.އާރް.ސީން ބުނިގޮތުގައި ވޭތުވެދިޔަ ތިން ދުވަހުގެ ތެރޭގައި، ބައިވެރިން ވަނީ މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމާއި، ކާރިސާތަކުން ރައްކާތެރިވުމާއި، ދިރުންތަކުގެ މުއ... ޔުމްނާ ޢަލީ · 3 މަސް ކުރިން