ބައިނަލްއަގުވާމީ މިސްރަށް 5.3 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް މިސްރުގެ އުތުރު އިރުމަތީ ސަރަހައްދުތަކަށް ހޯމަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ރިކްޓަރ މިންގަނޑުން 5.3 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. މިސްރުގެ ލޯކަލް ގަޑިން ފަތިހު 3:00 ހާއިރު އައި މި ބިންހެލުމުގެ އަސަރު ގާހިރާ ހިމެނޭހެން ގިނަ ސަރަހައްދުތަކަކަށް ވަނީ ކޮށްފައެވެ. ޔޫ.އެސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނި ގޮތުގައި މި ބިންހެލުން އައިސްފައިވަނީ ސުއޭޒްގެ އުތުރުން ގާތްގަނޑަކަށް 41 ކިލޯމީޓަރު ދުރަށެވެ. މިއީ އިސްމާއިލިއާ ޕްރޮވިންސް ކައިރި ސަރަހައްދެކެވެ. ބިންހެލުން އައިސްފަ... ނާޒިމާ އަލީ · 3 މަސް ކުރިން
ކުޅިވަރު އިންފަންޓީނޯއަކީ ފީފާގެ ރައީސްގެ މަގާމަށް އެންމެ އެކަށޭނަ މީހާކަމަށް ގަބޫލެއްނުކުރަން: އިނގިރޭސި ބޮޑުވަޒީރު ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަކީ އެ އިދާރާ ހިންގުމަށް އެންމެ އެކަށީގެންވާ ބޭފުޅެއް ނޫން ކަމަށް އިނގިރޭސި ބޮޑުވަޒީރު އެންޑީ ބާންހަމް އާދީއްތަ ދުވަހު ވިދާޅުވެއްޖެއެވެ. ބޮޑުވަޒީރު މިހެން ވިދާޅުވީ ވޯލްޑް ކަޕްގެ ހިއްސާ އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާއިން ރޭވި ރޭވުމާ ގުޅިގެން އުފެދިފައިވާ ހިތްހަމަނުޖެހުންތަކުގެ ތެރެއިންނެވެ. “ދުނިޔޭގެ ފެންވަރުގައި ފުޓްބޯޅަ ކުރިއަށް ގެންދިއުމަށް އޭނާއަކީ އެންމެ ރަނގަޅު މީހާ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން” ބޮޑުވަ... އަޙްމަދު ވަހީދު · 3 މަސް ކުރިން
ރާއްޖެ ޔޫތު ޕާލަމަންޓަކީ ޒުވާނުންނަށް ލިބޭނެ އެންމެ ވަރުގަދަ ފުރުޞަތު: ރައީސް ޔޫތު ޕާލަމަންޓަކީ ޒުވާނުންނަށް ލިބޭނެ އެންމެ ވަރުގަދަ ފުރުޞަތުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޕަބްލިކް ސަރވިސް މީޑިއާގެ “ނޭޝަން ޗެޓް” ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިނިވަން ދުވަހުގެ ޚިޠާބުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅަކީ ޒުވާނުންނަށް ޙަޤީޤީ މާނައިގައި މިނިވަންކަން އިޙްސާސްކޮށްދިނުމުގެ ވާހަކަ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި ޤައުމު ހިންގުމުގެ ނިޒާމުގައި ބައިވެރިވުމާއި، ޤައުމުގެ ކަންކަމުގައި ބަސް ބުނުމުގެ މިނިވަންކަން ޒުވާނުންނަށް އޮންނަން... ޝިއުނާ އާދަމް · 3 މަސް ކުރިން
ބައިނަލްއަގުވާމީ ޔޫކޭ، ޔޫކްރެއިން އަދި ބަލްގޭރިއާ އިން ހަނގުރާމައިގައި ބައިވެރިނުވާނެ ކަމުގެ ޔަގީންކަން ވަނީ ދީފައި: އީރާން އިނގިރޭސިވިލާތާއި، ޔޫކްރެއިން އަދި ބަލްގޭރިއާއިން އީރާނާ ދެކޮޅަށް ކުރެވޭ އެއްވެސް ހަނގުރާމައެއްގައި ބައިވެރިނުވާނެ ކަމުގެ ޔަގީންކަން އެ ގައުމުތަކުން ދީފައިވާ ކަމަށް އީރާނުން ބުނެފިއެވެ. އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވީ، ވިލާތުގެ އެކި ގައުމުތަކާއެކު ކުރެވުނު ޑިޕްލޮމެޓިކް މަޝްވަރާތަކުގައި އެ ގައުމުތަކުން އީރާނާ ދެކޮޅަށް ކުރެވޭ އަސްކަރީ އޮޕަރޭޝަންތަކުގައި ބައިވެރިނުވާނެކަން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އީރާނުގެ ފޮރިން މިނިސްޓަރު އަރަގްޗީ އާއި އިނގިރޭސި ފޮރިން ސެކްރެޓަރީ އެޑް... ނާޒިމާ އަލީ · 3 މަސް ކުރިން
ރާއްޖެ ހޮވާލެވޭ 10 ރަށެއްގައި އެގްރޮފޮރަސްޓްރީ ދަނޑު ތަރައްޤީކުރުމަށް ސޮއިކޮށްފި ރާއްޖޭގައި ކާނާގެ ޔަޤީންކަން ކަށަވަރުކުރުމަށާއި، ތިމާވެށި ހިމާޔަތްކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން، ހޮވާލެވޭ 10 ރަށެއްގައި އެގްރޮފޮރަސްޓްރީ ދަނޑުތައް ތަރައްޤީކުރުމަށް މިއަދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ބުނީ، މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ފައްޓަވާފައިވާ 5 މިލިއަން ގަސް އިންދުމުގެ ބިޔަ މަޝްރޫޢަށް އެއްބާރުލުން ދިނުމުގެ ގޮތުން ވެވުނު އެއްބަސްވުމެއްކަމަށެވެ. މ... ޔުމްނާ ޢަލީ · 3 މަސް ކުރިން
ރާއްޖެ ހުޅުމާލެ އަކީ އާއިލާތަކަށް ހިތްފަސޭހަ ސިޓީއަކަށް ހެދުމަށް މަސައްކަތް ފަށައިފި ހުޅުމާލެއަކީ އާއިލާތަކަށް އިތުރަށް ހިތްފަސޭހަ އަދި ރައްކާތެރި ސިޓީއަކަށް ހެދުމަށްޓަކައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެޑްވޮކޭޓިންގ ފޯ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން ދެ ފަރާތް ގުޅިގެން ހުޅުމާލޭގައި ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް އަށަގެންނެވުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ތިމާވެށީގެ ރައްކާތެރިކަމާއި، މޫސުމީ... އިބްރާހިމް އަސްވާޤް · 3 މަސް ކުރިން
ކުޅިވަރު މެސީ އެނބުރި އައި މެޗުގައި ކޮލަމްބަސް ކްރޫ އާއި އިންޓަ މިއާމީ އެއްވަރުވެއްޖެ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ އަލުން ކުޅުމުގެ ތެރެއަށް އެނބުރި އައި މެޗުގައި، ކޮލަމްބަސް ކްރޫ އާއި އިންޓަ މިއާމީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެއްޖެއެވެ. ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މި މެޗުގައި ކޮލަމްބަސް ކްރޫއިން ވަނީ މިއާމީގެ މޮޅުވުމުގެ ސިލްސިލާއަށް ނިމުމެއް ގެނެސްފައެވެ. މި ނަތީޖާއާއެކު އިންޓަ މިއާމީން ޖެހިޖެހިގެން ހަ މެޗުން މޮޅުވަމުން އައި އައުމަށް ހުއްޓުމެއް އައި ނަމަވެސް، އެ ޓީމު ވަނީ ބަލިނުވެ ހަތް މެޗު ފުރިހަމަކޮށްފައެވެ. މެޗުގެ […] ޔުމްނާ ޢަލީ · 3 މަސް ކުރިން
ޚަބަރު ކުޅުދުއްފުށީގައި މަގުކޮނުމުގެ މަސައްކަތް ކުރުމުގެ ލައިސަންސް 7 ފަރާތަކަށް ދޫކޮށްފި ކުޅުދުއްފުށި ސިޓީގައި މަގުކޮނުމުގެ މަސައްކަތް ކުރުމަށްޓަކައި ހަތް ފަރާތަކަށް މަގުކޮނުމުގެ ލައިސަންސް ދޫކޮށްފިއެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ ސިޓީގައި މަގުކޮނުމުގެ މަސައްކަތް ކުރެވޭނީ ހަމައެކަނި މި ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި ލައިސަންސް ދޫކުރުމާއެކު، މަގު ކޮނެ، މަގުގައި ތަކެތި ވަޅުލުމުގެ ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި މަގުގައި ތަކެތި ވަޅުލައިގެން އާންމު ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް ކަމ... ޝިއުނާ އާދަމް · 3 މަސް ކުރިން
ތިލަދުންމަތީ ޚަބަރު ކޭއާރުއެޗުގެ ސަލާމަތީ ކަންކަން ވަރުގަދަކުރަން ''ސްޕެޝަލް ކޮންސްޓެބިއުލަރީ'' ހިދުމަތް ތައާރަފްކުރަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކުރުމުގެ ގޮތުން، ދިވެހި ފުލުހުންގެ ހިދުމަތާ ގުޅިގެން “ސްޕެޝަލް ކޮންސްޓެބިއުލަރީ” ހިދުމަތް އެ ހޮސްޕިޓަލުގައި ފެށުމަށް މަޝްވަރާކޮށްފިއެވެ. މި ހިދުމަތް ފެށުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމުގައި ކޭއާރުއެޗްގެ ސީއީއޯ ނާޒިމާ އަލީ އާއި އެ ހޮސްޕިޓަލުގެ އިސް މެނޭޖްމަންޓް ޓީމުގެ އިތުރުން ފުލުހުންގެ ޚިދުމަތުގެ އޮފިސަރުން ވަނީ ބައިވެފައެވެ. ކޭއާރުއެޗުން ހާމަކޮށްފައިވާ ގޮތުގައި، މިއީ ހޮސްޕިޓަލުން ފަރުވާ ހޯދާ ބ... ޔުމްނާ ޢަލީ · 3 މަސް ކުރިން
ރާއްޖެ ޕީއެންސީގެ ނައިބު ރައީސް ކަމަށް ވަޒީރުންނާއި މެންބަރުން ހިމެނޭހެން ހަ ބޭފުޅަކު ވާދަކުރަށްވަނީ ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސްގެ މަގާމުތަކަށް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިމެނޭ ގޮތަށް ހަ ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރަށްވައިފިއެވެ. މި ބޭފުޅުން ވާދަކުރައްވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެންސީގެ ގައުމީ ކޮންގްރެސްގަ އެވެ. ޕީއެންސީގެ ނައިބު ރައީސް ކަމުގެ މަގާމަށް ކުރިމަތިލެއްވުމަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައު މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު (އަސްމ... ޔުމްނާ ޢަލީ · 3 މަސް ކުރިން
ރާއްޖެ ''ޢަޒުމަކީ ޤައުމަށް ވަފާތެރި، ދީންދެކެ ލޯބިވާ އަޚްލާޤު ރަނގަޅު ދުޅަހެޔޮ ޖީލެއް ބިނާކުރުން'' ސަރުކާރުގެ އެންމެ ބޮޑު އެއް ޢަޒުމަކީ ޤައުމުދެކެ ލޯބިވާ، ޤައުމަށް ވަފާތެރި، ދީންދެކެ ލޯބިވާ އަދި އަޚްލާޤު ރަނގަޅު ޞިއްޙަތު ހެޔޮ ކުދިންތަކެއް ބިނާކުރުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ސަރުކާރުން ފަށާފައިވާ ދިވެހި ވަތަނީ ޚިދުމަތުގެ ޕްރޮގްރާމާއި ގުޅޭގޮތުން ޕަބްލިކް ސަރވިސް މީޑިއާގެ “ނޭޝަން ޗެޓް” ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ފައްޓަވާފައިވާ ދިވެހި ވަތަނީ ޚިދުމަތުގެ މަޤްޞަދަކީ މަސައްކަތްކުރާހިތްވާ، ޤައުމަށް ޚިދުމަތްކުރާހިތްވާ ހަށިހެޔޮ ޖީލެއް... ޔުމްނާ ޢަލީ · 3 މަސް ކުރިން
ބައިނަލްއަގުވާމީ އިޒްރޭލު ދިފާޢު ނުކުރެވިދާނެކަން ޔޫރަޕްގެ ތިބޭ އެމެރިކާގެ ސިފައިން އެންގި އީރާނުން ފޮނުވާލާ ބެލިސްޓިކް މިސައިލް ހަމަލާތަކުން އިޒްރޭލު ދިފާއުކުރުމަށް ބޭނުންވާ މިންވަރަށް އެމެރިކާގެ ކަނޑުގެ އަސްކަރީ މަނަވަރުތައް ނެތް ކަމުގެ އިންޒާރު، ޔޫރަޕްގައި ތިބޭ އެމެރިކާގެ ސިފައިންގެ އެންމެ މަތީ ކޮމާންޑަރު ޕެންޓަގަންއަށް ދީފައިވާކަމަށް ވޮޝިންޓަން ޕޯސްޓުން ރިޕޯޓްކޮށްފިއެވެ. ވޮޝިންޓަން ޕޯސްޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޔޫއެސް ޔޫރަޕިއަން ކޮމާންޑް (އީޔޫކޮމް) ގެ ވެރިޔާ އަދި ނޭޓޯގެ ސުޕްރީމް އެލައިޑް ކޮމާންޑަރު ޖެނެރަލް އެލެކްސަސް ގްރިންކެވިޗް ވަނީ އިޒްރޭލު ދިފާއުކުރުމަށް ބޭނުންވާ މިންވަރ... ނާޒިމާ އަލީ · 3 މަސް ކުރިން
ތިލަދުންމަތީ ޚަބަރު ނަރުދޫ ކައުންސިލުން ރަމްޒު ސްޕޯޓްސް އެކަޑަމީއަށް ފުޓްސަލް ބޯޅަ ހަދިޔާކޮށްފި ށ. ނަރުދޫ ކައުންސިލުން ރަމްޒު ސްޕޯޓްސް އެކަޑަމީ ފުޓްސަލް ބޯޅަ ހަދިޔާކޮށްފިއެވެ. ނަރުދޫ ކައުންސިލްގެ ފަރާތުން މި ބޯޅަތައް ރަމްޒު ސްޕޯޓްސް އެކަޑަމީއާ ހަވާލުކޮށްދެއްވާފައި ވަނީ ކައުންސިލްގެ ނައިބު ރައީސް އަހްމަދު މާހިރެވެ. ނަރުދޫ ކައުންސިލުން ބުނިގޮތުގައި މިއީ ރަމްޒު ސްޕޯޓްސް އެކަޑަމީން ކުރިއަށްގެންދާ ޓްރެއިނިންގ ޕްރޮގްރާމްތަކުގައާއި އަދި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގައި ބޭނުންކުރުމަށް ދެވުނު އެހީތެރިކަމެކެވެ. މި އެހީތެރިކަމާއި ގުޅިގެން ރަމްޒު ސްޕޯޓްސް އެކަޑަމީގެ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއް... ޔުމްނާ ޢަލީ · 3 މަސް ކުރިން
ރާއްޖެ ''2.0 މަޝްރޫޢުގެ ބޭނުމަކީ ކޮރަޕްޝަން ނައްތާލައި އެފިޝަންޓް ގޮތެއްގައި ޚިދުމަތްތައް ޑެލިވަރ ކޮށްދިނުން'' ސަރުކާރުން ފަށާފައިވާ “މޯލްޑިވްސް 2.0” މަޝްރޫޢަކީ މުޅި މުޖުތަމަޢުން ކޮރަޕްޝަންގެ ވަބާ ނައްތައިލުމަށާއި، ހަރުދަނާ ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް އެފިޝަންޓް ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް ފަށާފައިވާ މުހިންމު މަސައްކަތެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޕަބްލިކް ސަރވިސް މީޑިއާގެ “ނޭޝަން ޗެޓް” ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް ޑިޖިޓަލައިޒް ކުރެވިގެންދާނެ ކަމަށެވެ. ރައީސް ވިދާ... ޔުމްނާ ޢަލީ · 3 މަސް ކުރިން
ރާއްޖެ ކޮޅުވެއްޓިން ގެއްލުނު ދެ މީހުން ހޯދުމަށް ދެހާހަށްވުރެ ބޮޑު ނޯޓިކަލް މޭލު ބަލައިފި މިދިޔަ ހުކުރު ދުވަހު ކ. ގާފަރު ކައިރިއަށް ކޮޅުވެއްޓިއެއް (ލޭންޑިންގ ކްރާފްޓް) ބަންޑުން ޖަހާލައި ފެތުނު ހާދިސާގައި ގެއްލުނު ދެ ބިދޭސީން ހޯދުމަށް، ކަނޑާއި ވައިގެ މަގުން 2,700 އަށްވުރެ ގިނަ އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ސިފައިން ބަލައިފިއެވެ. ޤައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އިން މަޢުލޫމާތު ދެއްވި ގޮތުގައި، ގެއްލުނު މީހުން ހޯދުމަށް ހިންގާ ހާއްސަ އޮޕަރޭޝަނުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރުން އެމްއެންޑީއެފް އެއަރ ކޯއިން ދަނީ ހަރަކާތްތެރިވަމުންނެވެ. މިގޮތުން މިހާތަނަށް ކަނޑާއި ވައިގެ […] އިބްރާހިމް އަސްވާޤް · 3 މަސް ކުރިން