ރާއްޖެ ރައްޔިތުންނާއި ތަރައްޤީގެ ބައިވެރިން ދޭ ކޮންމެ ޑޮލަރެއް ހޭދަކުރެވެން ވާނީ ކަނޑައެޅިފައިވާ މަގުސަދުގައި: ރައީސް ރައްޔިތުން ދައުލަތުގެ މާލިއްޔަތަށް ދޫކޮށްލާ ކޮންމެ ޑޮލަރަކީވެސް އަދި ތަރައްޤީގެ ބައިވެރިން ދޭ ކޮންމެ ޑޮލަރަކީވެސް ކަނޑައެޅިފައިވާ މަގުސަދުގައި ހޭދަކުރެވޭ ފައިސާއަށް ވާންޖެހޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންސް (ސިޑްސް-އެސް.އޭ.އައި) ސިމްޕޯޒިއަމް ނިންމުމާއި، އިންޓޮސާއީ ޑިވެލޮޕްމެންޓް އިނީޝިއޭޓިވް (އައި.ޑީ.އޭ) ގްލޯބަލް ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމު... ޔުމްނާ ޢަލީ · 3 މަސް ކުރިން
ވާހަކަ ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (12) 2 އޯގަސްޓްގެ އަދަދާއި ގުޅޭ: ” އަހަރެން މާޔާއަށް ދައްކާނީ ކޮން މޫނެއް؟” ލީނާއަށް މަޑުމަޑުން ބުނެވުނެވެ. ޖެހިގެން އައި ދުވަހެވެ. މާޒިން އޮތީ ޖޯލިފަތީގައެވެ. އޭނާގެ މޫނުމަތީގައިވަނީ ފުސްކަމެވެ. ފޫހިކަމެވެ. ވަރުބަލިކަމެވެ. އެއް އަތުގައި ހުރި ކަޅު ކޮފީ ޖޯޑު ހިހޫ ވި އިރު ވެސް އޭނާއަކަށް ނޭނގުނެވެ. ” އަދިވެސް ނުނިމޭތަ؟” ފިރާޝާ ބުންޏެވެ. ފަހަތުން އައިސް މާޒިންއާ ޖެހިގެން ހުރި ޖޯލީގައި ފިރާޝާ އިށީނެވެ. ” އަޅެ އިރެއް ވެއްޖެ. އަދިވެސް ކޮފީގަ؟” […] ސަލާމާ ޢަބްދުލް ޢަލީމް · 3 މަސް ކުރިން
ބައިނަލްއަގުވާމީ ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމަށް އެމެރިކާއާއި އީރާނުން އެއްބަސްވުމަކާ ގާތަށް އެމެރިކާއާއި އީރާނުން ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމާ ގުޅޭ ވަގުތީ އެއްބަސްވުމެއް ގާއިމުކުރުމުގެ ފަހު މަރުހަލާގައިވާ ކަމަށާއި، މާދަމާގެ ވަގުތެއްގައި މިކަން ރަސްމީކޮށް އިއުލާނު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ”އެކްސިއޯސް” އިން ރިޕޯޓްކޮށްފިއެވެ. އޮގަސްޓް 5، 2026 ގައި ޝާއިއުކުރި މި ރިޕޯޓުގައިވާ ގޮތުން، އެމެރިކާ، އީރާން އަދި އޮމާން ގުޅިގެން މަސައްކަތް ކުރަމުންދަނީ ވިޔަފާރި އުޅަނދުފަހަރަށް ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލައި، ކަނޑުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުވުމަށެވެ. މި އެއްބަސްވުމ... ނާޒިމާ އަލީ · 3 މަސް ކުރިން
ބައިނަލްއަގުވާމީ ގޯލްފް ކުޅުމުގައި ވެސް ޓްރަމްޕަކީ މަކަރުވެރިއެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ ވެރިކަމަށް ވަޑައިގެންނެވުމަށް ވެސް ރިޔާސީ ކެމްޕޭންގައި މީހުން ލައްވާ ބަޑިޖައްސުވައި މަކަރުވެރިކަންކަން ކުރެއްވިކަމުގެ ތުހުމަތުއޮތް ބޭފުޅެކެވެ. އަދި އެމަނިކުފާނުގެ މިޒާޖުގައި މަކަރުވެރިކަމަކީ ހުރި ސިފައެއްކަން އެކިފަހަރުމަތިން ވަނީ ސާފުވެގެން ގޮސްފައެވެ. މިފަހަރު މިއޮތީ އެމަނިކުފާނުގެ އަމިއްލަ ގޯލްފް ކްލަބެއްގައި ބޭއްވި މުބާރާތަކުން މޮޅުވިކަން އިޢުލާން ކުރަށްވައި ހެއްދެވި ބޮޑު މަކަރެއްގެ ވާހަކައެވެ. އެމަނިކުފާނުގެ އަމިއްލަ ގޯލްފް ކްލަބެއްގައި ބޭއްވި މުބާރާތަކ... ނާޒިމާ އަލީ · 3 މަސް ކުރިން
ތިލަދުންމަތީ ޚަބަރު ''ކުޅުދުއްފުށި K5'' ސެޕްޓެމްބަރު 25 ގައި، ރަޖިސްޓްރީވުމަށް ބޮޑު ތަރުހީބެއް ކުޅުދުއްފުށީ ރަނާސް އިން އިންތިޒާމް ކޮށްގެން ބާއްވާ “ކުޅުދުއްފުށި K5” ގެ ދެވަނަ ރޭހުގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލުމާއެކު ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް އެ ޖަމާއަތުން ބުނެފިއެވެ. ފޯރިގަދަ ހަރަކާތްތަކަކާއެކު ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ރޯޑު ރޭސް ބޭއްވުމަށް ތާވަލުކޮށްފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހަށެވެ. މިއީ ކުޅުދުއްފުށި K5 ބާއްވާ ދެވަނަ ފަހަރެވެ. މިދިޔަ އަހަރު ބޭއްވި މި ދުވުމުގެ ފުރަތަމަ ރޭހަށްވެސް ވަނީ ބޮޑު ތަރުހީބެއް […] ޔުމްނާ ޢަލީ · 3 މަސް ކުރިން
ތިލަދުންމަތީ ޚަބަރު ސިޓީ ކައުންސިލްގެ މަޝްވަރާއާއެކު ކުޅުދުއްފުށީ އިސްލާމީ މަރުކަޒުގެ ޑިޒައިނަށް ބަދަލުގެނެސް ލަހެއްނުވެ މަސައްކަތް ފެށޭނެ: ޝަހީމް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހުށަހެޅި އިސްލާހުތަކާ އެއްގޮތަށް އެ ރަށު އިސްލާމީ މަރުކަޒުގެ ޑިޒައިނަށް ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، ލަހެއްނުވެ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ކުޅުދުއްފުށީގައި އިސް... ޔުމްނާ ޢަލީ · 3 މަސް ކުރިން
ބައިނަލްއަގުވާމީ ހޮރްމުޒް ކަނޑުއޮޅިން މައިން ނެގުމުގެ ފުރުސަތު ވިލާތުގެ ގައުމުތަކަށް ދިނުމަށް އީރާނުން ވިސްނަނީ ދުނިޔޭގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ ހޮރްމުޒް ކަނޑުއޮޅީގައި އަތުރާފައިވާ ކަނޑުގެ މައިންތައް ނައްތާލައި، ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ވިލާތުގެ ގައުމުތަކަށް އެ ފުރުސަތު ދިނުމަށް އީރާނުން ވިސްނަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މިއީ މީގެ ކުރިން މިފަދަ ކަންކަމުގައި އީރާނުން ގެންގުޅުނު ހަރުކަށި ސިޔާސަތަށް އައި ބޮޑު ބަދަލެއްގެ ގޮތުގައި ބެލެވެއެވެ. ބްލޫމްބާގުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސިއްރު ޑިޕްލޮމެޓިކް މަޝްވަރާތަކެއްގައި އީރާނުގެ އޮފިޝަލުން ވަނީ ވިލާތުގެ... ނާޒިމާ އަލީ · 3 މަސް ކުރިން
ތިލަދުންމަތީ ޚަބަރު މިއަހަރު ނިމުމުގެ ކުރިން ހޯރަފުށީގައި އިސްލާމީ މަރުކަޒު އަޅަން ފެށުމަކީ އަމާޒު މިއަހަރު ނިމުމުގެ ކުރިން ހޯރަފުށީގައި އިސްލާމީ މަރުކަޒު އަޅަން ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހޯރަފުށީ ދާއިރާގެ މެންބަރު ޢަލީ މޫސާ، އެ ރަށު އިސްލާމީ މަރުކަޒުގެ އަމަލީ މަސައްކަތް ފެށޭނެ ތާރީޚެއް އޮޅުން ފިލުއްވުމަށް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ހޯރަފުށީގައި އިސްލާމީ މަރުކަޒެއް ގާއިމުކުރުމަކީ ސަރުކާރުން ވަރަށް [... އަލީ އާދިލް · 3 މަސް ކުރިން
ކުޅިވަރު ކޭޕް ވާޑްގެ ކޯޗު ބުބިސްޓާ މޮރޮކޯގެ އާރްއެސް ބާކޭންއާ ގުޅިއްޖެ ވޯލްޑް ކަޕްގައި ކޭޕް ވާޑަށް ތާރީޚީ ކާމިޔާބީތަކެއް ހޯދައިދިން ކޯޗު ބުބިސްޓާ، މޮރޮކޯގެ ކްލަބެއް ކަމަށްވާ އާރްއެސް ބާކޭންއާ މިދިޔަ އަންގާރަ ދުވަހު ގުޅިއްޖެއެވެ. އާރްއެސް ބާކޭންއިން ހާމަކުރި ގޮތުގައި، އާންމު ނަމުން ނަމަ ބުބިސްޓާ ގެ ގޮތުގައި މަޝްހޫރުވެފައިވާ ޕެޑްރޯ ބްރީޓޯ އެ ކްލަބާ ގުޅުނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާ މި މަގާމާ ހަވާލުވީ، ޓިއުނީޝިއާގެ ގައުމީ ޓީމާ ހަވާލުވުމަށް އެ ކްލަބް ދޫކޮށްދިޔަ މޮއިން ޝައުބާނީގެ ބަދަލުގައެވެ. ކޭޕް ވާޑްގެ […] އަޙްމަދު ވަހީދު · 3 މަސް ކުރިން
ރާއްޖެ އެލްޖީއޭ ބޯޑަށް ކައުންސިލަރުން ހޮވާ އިންތިހާބު މުއްދަތެއްނެތި ފަސްކޮށްފި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން މެމްބަރުން ހޮވުމަށް ބާއްވަން ނިންމާފައިވާ އިންތިހާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފިއެވެ. އައު ދައުރުގެ ރަށު ކައުންސިލަރުންގެ ތެރެއިން ކައުންސިލަރަކާއި، އަންހެނުންގެ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން މެމްބަރަކު އިންތިޚާބު ކުރުމަށް ކުރިން ތާވަލުކޮށްފައި އޮތީ ކުރިއަށް އޮތް ހޮނިހިރު ދުވަހަށެވެ. ނަމަވެސް، އެލްޖީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އިންތ... ޔުމްނާ ޢަލީ · 3 މަސް ކުރިން
ބައިނަލްއަގުވާމީ ޣައްޒާގެ އިމާރާތްތަކުގެ ދަށުން ފެނުނު 112 މީހެއްގެ ޖަނާޒާ ބާއްވައިފި އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި ސުންނާފަތިކޮށްލާފައިވާ އިމާރާތްތަކުގެ ދަށުން ފެނުނު 112 މީހެއްގެ ކަށުނަމާދާއި ޖަނާޒާ އަންގާރަ ދުވަހު ބާއްވައިފިއެވެ. މި ޖަނާޒާ ބާއްވާފައިވަނީ ގައްޒާ ސިޓީގެ ސަބްރާ އަވަށުގައެވެ. ބައިނަލްއަގްވާމީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފަލަސްތީނުގެ ދިދަ އޮޅާފައިވާ މި ހަށިތައް ބާއްވާފައިވަނީ އެމީހުން ޝަހީދުވި އިމާރާތްތަކުގެ ކައިރީގައެވެ. މި ޖަނާޒާގައި އެތައް ހާސް ބަޔަކު ބައިވެރިވެފައިވާއިރު، މިއީ ފަލަސްތީނުގެ ތާރީޚުގައިވެސް އެއްފަހަރާ އެނ... ނާޒިމާ އަލީ · 3 މަސް ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީ ސިޓީގެ ތަރައްޤީއާއި މަޝްރޫޢުތަކަށް ފައިސާ ހޯދާނެ ގޮތްތަކާމެދު ޖައިކާއާއެކު މަޝްވަރާކޮށްފި ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް މިސްޓަރ މޮޓޫ ޓާކީ އާއި، ޔުނިވަރސިޓީ އޮފް ޓޯކިޔޯގެ ޕްރޮފެސަރ އަދި މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގެ ޖައިކާ ޝޯޓް-ޓާމް އިކޮނޮމިކް ޕޮލިސީ އެޑްވައިޒަރ ޕްރޮފެސަރ ތޯޝީރޯ ނިޝިޒާވާ ކުޅުދުއްފުށި ސިޓީއަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިން އެ ސިޓީގެ ކައުންސިލާއެކު މިއަދު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ. މި ބައްދަލުވުމުގައި ކުޅުދުއްފުށީ ސ... ޝިއުނާ އާދަމް · 3 މަސް ކުރިން
ރާއްޖެ ޖުލައި މަހު ގިނަވީ އޮންލައިން ވިޔަފާރިއާއި ގުޅޭ ސްކޭމްތައް، 1.3 މިލިއަން ރުފިޔާގެ މާލީ ގެއްލުން މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ރާއްޖޭގައި އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އޮންލައިން ވިޔަފާރި ނުވަތަ އީ-ކޮމާސްއާ ގުޅުންހުރި ސްކޭމްތައްކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި، ޖުލައި މަހުގެ ތެރޭގައި ޖުމްލަ 180 ސްކޭމް މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، މި މައްސަލަތަކުގައި ރައްޔިތުންނަށް 1,368,844.56 ރުފިޔާގެ ބޮޑު މާލީ ގެއްލުމެއް ލިބިފައިވެއެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، ހުށަހެޅުނު މައްސަލަތަކުގެ 43.33 އިންސައްތަ ނުވަތަ 78 މައްސަލައ... ޔުމްނާ ޢަލީ · 3 މަސް ކުރިން
ރާއްޖެ ކަސްޓަމްސްގެ މަސައްކަތްތަކާމެދު ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް އިލްތިމާސްކޮށްފި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޤާނޫނީ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމަށް ކުރަމުންދާ މަސައްކަތްތަކާމެދު، ރައްޔިތުންގެ މެދުގައި ޝައްކު އުފައްދައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް އެއްވެސް ފަރާތަކުން ޢަމަލުނުކުރުމަށް އެ އިދާރާއިން މިއަދު އިލްތިމާސްކޮށްފިއެވެ. ކަސްޓަމްސް އިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، ރާއްޖެއަށް އިމްޕޯޓްކުރާ މުދަލާއި، ފަސިންޖަރުންނާއި އަދި ރާއްޖެއިން ބޭރުން އަންނަ އުޅަނދުފަހަރު ބަލައިފާސްކުރުމަކީ، ދިވެހިރާއްޖޭގެ ކަސްޓަމްސް ޤާނޫނުގެ ދަށުން އެ ސަރވިސްއާ މަތިކު... ޔުމްނާ ޢަލީ · 3 މަސް ކުރިން
ތިލަދުންމަތީ ޚަބަރު ނަރުދޫގައި ''މަންފާ ދަތުރު'' ދީނީ ޕްރޮގްރާމް މި މަހު 6 އަދި 7 ގައި ށ. ނަރުދޫގައި ޚާއްޞަ ދީނީ ޕްރޮގްރާމެއް މި އޯގަސްޓް މަހުގެ 6 އަދި 7 ގައި ކުރިއަށް ގެންދިޔުމަށް ތައްޔާރުވާން ފަށައިފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގައި އިސް ދައުރެއް އަދާކުރާ .ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ބުނީ މިއީ “މަންފާ ދަތުރު” ގެ ނަމުގައި ކުރިއަށް ގެންދަން ނިންމާފައިވާ ޕްރޮގްރާމެއް ކަމަށެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ “މަންފާ ދަތުރު” ގެ ނަމުގައި .ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ރަމްޒު ސްޕޯޓްސް […] ޔުމްނާ ޢަލީ · 3 މަސް ކުރިން