މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމަށް އެމެރިކާއިން ބައެއް ޝަރުތުތައް ފުރިހަމަކުރަންޖެހޭނެ: އީރާން

ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމަށް އެމެރިކާއިން ބައެއް ޝަރުތުތައް ފުރިހަމަކުރަންޖެހޭނެ: އީރާން

އީރާނާއި އޮމާނާ ދެމެދު ހޮރްމޫޒް ކަނޑުއޮޅީގައި ދަތުރުފަތުރު ކުރުމަށް އާ މަގުތަކެއް ކަނޑައެޅުމުގެ އެއްބަސްވުމަކާ ގާތްވެފައިވީނަމަވެސް، އިސްތިރާތީޖީ ގޮތުން މުހިންމު މި ކަނޑުއޮޅި އަލުން ހުޅުވާނީ އެމެރިކާއިން އީރާނުގެ ބައެއް ޝަރުތުތައް ފުރިހަމަކުރުމުން ކަމަށް އީރާނުން ވަނީ ތަކުރާރުކޮށް ބުނެފައެވެ. އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވިދާޅުވި ގޮތުގައި، އޮމާނާއެކު ވެވޭ އެއްބަސްވުން މިހާރު އޮތީ އެންމެ ފަހުގެ މަރުހަލާގައެވެ. ނަމަވެސް، އެމެރިކާއިން ދީފައިވާ ގެއްލުންތަކުގެ ބަދަލު ދިނުމާއި، ދަތިކުރ...

ނާޒިމާ އަލީ
ސޫރިޔާގެ މަޖިލީހުގައި ނިގާބު އެޅި މެމްބަރެއް، ޓީވީ ތަރިއެއް، އިންޖިނޭރެއް ހިމެނޭހެން އަންހެން މެންބަރުންގެ ތަފާތު ދައުރެއް

ސޫރިޔާގެ މަޖިލީހުގައި ނިގާބު އެޅި މެމްބަރެއް، ޓީވީ ތަރިއެއް، އިންޖިނޭރެއް ހިމެނޭހެން އަންހެން މެންބަރުންގެ ތަފާތު ދައުރެއް

ބައްޝާރުލް އަސަދުގެ ވެރިކަން 2024 ވަނަ އަހަރު ނިމުމަކަށް އައި ފަހުން، ސޫރިޔާގައި އެކުލަވާލި ފުރަތަމަ ޕާލަމަންޓުގައި އަންހެން މެންބަރުންގެ އަދަދު މަދު ނަމަވެސް، އެ މެންބަރުންގެ ތަފާތު ފެކްޝަންތަކާއި ފިކުރުތައް ތަމްސީލުވުން ވަނީ ފާހަގަކުރެވިފައެވެ. ޖުމްލަ 207 ގޮނޑީގެ ތެރެއިން އަންހެނުންނަށް ލިބިފައިވަނީ 22 ގޮނޑިއެވެ. މިއީ ކުރީގެ މަޖިލީހާ އަޅާބަލާއިރު ގާތްގަނޑަކަށް 10 އިންސައްތައިގެ ނިސްބަތެކެވެ. ތަފާތު ދާއިރާތަކުގެ އަންހެން މެންބަރުން މިފަހަރުގެ ޕާލަމަންޓުން ފާހަގަކޮށްލެވޭ އެއް މެންބަރަކީ މަޝްހޫރު...

ނާޒިމާ އަލީ
ނޭކުރެންދޫ ކައުންސިލުން ރަށް ވަށައިގެން 40 ފޫޓް ފުޅާ މަގެއް ހަދައިދޭނެ ފަރާތެއް ހޯދަނީ

ނޭކުރެންދޫ ކައުންސިލުން ރަށް ވަށައިގެން 40 ފޫޓް ފުޅާ މަގެއް ހަދައިދޭނެ ފަރާތެއް ހޯދަނީ

ނޭކުރެންދޫ ކައުންސިލުން ފާސްކޮށްފައިވާ ލޭނޑްޔޫސް ޕުލޭނުގައިވާ ގޮތަށް، ރަށްވަށައިގެން 40 ފޫޓް ފުޅާ މަގެއްހަދައިދޭނޭ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާނު ކޮއްފިއެވެ. މި މަގު ހެދުމަށް ހަމަޖެހިފައިވަނީ ލޭންޑް ޔޫސް ޕުލޭނުގައި ފާހަގަ ކޮށްފައިވާ ގޮތަށް، ގޮނޑުދަށުންފެށިގެން ހޭޅިފަށުގައި 100 ފޫޓްގެ އެރިޔާއެއް (ގްރީން ޒޯން އޭރިޔާ) ދޫކުރުމަށް ފަހުގައެވެ. އިޢުލާނުގައި ހީރަސް ކޮއްފައިވާ ރަށުގެ ޗާޓުންގައި ވެސް  ރަށް ވަށައިގެން ރަތް ކުލައިން އެ ސަރަޙައްދު ވަނީ ފާހަގަ ކޮއްފައެވެ. މިކަމަށް ޝައުގުވެރި ލައްވ...

ފާތިމަތު ސަޙާ
އުތުރުގެ 4 ރަށެއް ހިމެނޭހެން، ދިވެހި ވަޠަނީ ޚިދުމަތުގެ އައު ބެޗަށް ބައިވެރިން ހޮވުމުގެ މަރުހަލާތައް ފަށައިފި

އުތުރުގެ 4 ރަށެއް ހިމެނޭހެން، ދިވެހި ވަޠަނީ ޚިދުމަތުގެ އައު ބެޗަށް ބައިވެރިން ހޮވުމުގެ މަރުހަލާތައް ފަށައިފި

ދިވެހި ވަޠަނީ ޚިދުމަތުގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރޭނިންގެ 4 ވަނަ ބެޗަށް ބައިވެރިން ހޮވުމުގެ މަރުހަލާތައް މިއަދު ފަށައިފިއެވެ. ކުރީގެ ބެޗުތަކެކޭ އެއްފަދައިން، މިފަހަރުގެ ބެޗަށްވެސް ބައިވެރިން ހޮވުމުގެ ކަންކަން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، އުތުރުގެ 4 ރަށެއް ހިމެނޭހެން، ޖުމްލަ 13 ސަރަޙައްދެއްގައި މި މަރުހަލާތައް ކުރިއަށްދާނެއެވެ. އިންޓަވިއުތަކާއި އެހެނިހެން މަރުހަލާތައް ކ...

އިބްރާހިމް އަސްވާޤް
އެމްއެމްއޭ އިން 10 އިންޓާންޝިޕްގެ ފުރުސަތު ހުޅުވާލައިފި

އެމްއެމްއޭ އިން 10 އިންޓާންޝިޕްގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކި ދާއިރާތަކުން އަމަލީ މަސައްކަތުގެ ތަޖުރިބާ ހޯދުމަށް ޒުވާނުންނަށް 10 އިންޓާންޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމާ ގުޅޭގޮތުން އެމްއެމްއޭ އިން ބުނީ މިއީ ދެ ހަފުތާއާއި އެއް އަހަރާ ދެމެދުގެ މުއްދަތަކަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ. އަދި މި އިންޓާންޝިޕްގެ މަސައްކަތު ވަގުތަކީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:00 އިން މެންދުރުފަހު 3:00 އަށް ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ. މި އިންޓާންޝިޕްގެ […]

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެ ސިޓީގެ ސަރުކާރު ސްކޫލްތަކަށް ދޭ ގްރާންޓް އެއްބަސްވުންތަކުގައި ސޮއިކޮށްފި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެ ސިޓީގެ ސަރުކާރު ސްކޫލްތަކަށް ދޭ ގްރާންޓް އެއްބަސްވުންތަކުގައި ސޮއިކޮށްފި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެ ސިޓީގައި ހިންގަމުންދާ ސަރުކާރުގެ ސްކޫލްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދެމުން އަންނަ “ސްކޫލް ގްރާންޓް” ގެ މިއަހަރުގެ ގްރާންޓް އެއްބަސްވުންތަކުގައި މިއަދު ސޮއިކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިއަދު ބުނީ އެ ސިޓީގެ ސަރުކާރު 3 ސްކޫލަކަށް 2026 ވަނަ އަހަރު ދިނުމަށް އެ ކައުންސިލުން ކަނޑައަޅާފައިވާ ގްރާންޓް ހަވާލުކުރުމުގެ އެއްބަސްވުންތަކުގައި މިއަދު ވަނީ ސޮއިކޮށްފައެވެ. މި ގްރާންޓަށް ހުޅުވާލި ފުރުސަތުގައި ސްކޫލްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކު...

ޔުމްނާ ޢަލީ
ތޫފާން 'ޑޮލްފިން' ޗައިނާ އަށް، މިލިއަނަކަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފި

ތޫފާން 'ޑޮލްފިން' ޗައިނާ އަށް، މިލިއަނަކަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފި

މި އަހަރުގެ ތެރޭގައި ޗައިނާއަށް އެރި އެންމެ ބާރުގަދަ ތޫފާން ކަމަށްވާ ތޫފާން ‘ޑޮލްފިން’ އެ ގައުމުގެ އިރުމަތީ އައްސޭރިފަށަށް އަރައި، ބޮޑެތި ގެއްލުންތަކެއް ލިބެން ފަށައިފިއެވެ. އާދިއްތަ ދުވަހު އެރި މި ތޫފާނާ ގުޅިގެން ބޯކޮށް ވާރޭވެހި، ގަދަ ވަޔާއެކު ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ އިންޒާރު ވަނީ ނެރެފައެވެ. މި ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި މިހާތަނަށް އެއް މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. ޗައިނާގެ މީޓިއޮރޮލޮޖިކަލް އިދާރާތަކުން ބުނި ގޮތުގައި...

ނާޒިމާ އަލީ
ހިރިމަރަދޫ އާ ގުޅޭ މައްސަލައެއް އެމްޑީޕީން އެޗްއާރްސީއެމަށް ހުށަހަޅައިފި

ހިރިމަރަދޫ އާ ގުޅޭ މައްސަލައެއް އެމްޑީޕީން އެޗްއާރްސީއެމަށް ހުށަހަޅައިފި

ހދ. ހިރިމަރަދޫ އާއި ގުޅޭ މައްސަލައެއް އިދިކޮޅު އެމްޑީޕީން މިއަދު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް މައްސަލައެއް ހުށަހަޅައިފިއެވެ. މި މައްސަލަ ހުށަހެޅުއްވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒު ވިދާޅުވީ، އެ ކޮމިޓީން ހިރިމަރަދޫ ރައްޔިތުންގެ ހާލަތު ބެލުމަށްޓަކައި ‘ފެކްޓް ފައިންޑިން’ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި އެ މަސައްކަތުން ފާހަގަވި ކަންކަމާއި ހޯދުންތައް މިހާރު އެޗްއާރްސީއެމާ ހިއްސާކޮށްފައިވާ...

އައިޝަތު ޢާދަމް
ފިއްލަދޫން ވިޔަފާރި އުސޫލުން ދިރޭތަކެތި ގެންގުޅުމުގެ މަސައްކަތަށް ބިން ދޫކުރުމަށް ހުޅުވާލައިފި

ފިއްލަދޫން ވިޔަފާރި އުސޫލުން ދިރޭތަކެތި ގެންގުޅުމުގެ މަސައްކަތަށް ބިން ދޫކުރުމަށް ހުޅުވާލައިފި

ހއ. ފިއްލަދޫގައި ވިޔަފާރި އުސޫލުން ދިރޭތަކެތި ގެންގުޅުމުގެ މަސައްކަތަށް ބިން ދޫކުރުމަށް އެރަށު ކައުންސިލުން ހުޅުވާލައިފިއެވެ. މި ފުރުސަތު ހުޅުވާލައި ފިއްލަދޫ ކައުންސިލުން ކުރި ޢިއުލާނެއްގައި ބުނީ މި މަސައްކަތަށް 5000 އަކަފޫޓްގެ 4 ބިން އެރަށުން ދޫކުރުމަށް ނިންމާފައިވާކަމަށެވެ. މި ބިންތައް ދޫކުރުމަށް ނިންމާފައި ވަނީ ފިއްލަދޫގެ ފަސްމަގު (ނަރުދަމާ އައުޓް ފޯލް އަޅާފައިވާ މަގުގެ) އުތުރުންނެވެ. ފިއްލަދޫ ކައުންސިލުން މި ބިންތައް ދޫކުރުމަށް ނިންމާފައި ވަނީ ވިހި އަހަރު ދުވަހުގެ މުއްދަތަށެވެ. ވިޔަފާރި އުސޫ...

ޔުމްނާ ޢަލީ
ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން މި މަހުގެ 14 ގައި ފަށަނީ

ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން މި މަހުގެ 14 ގައި ފަށަނީ

ދީނީ ޢިލްމުވެރިންގެ މެދުގައި ބާއްވާ އަހަރީ ބައްދަލުވުން މި ހިނގާ އޮގަސްޓު މަހުގެ 14 ވަނަ ދުވަހު ފެށުމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ތައްޔާރުވެއްޖެއެވެ. މި ބައްދަލުވުން ކުރިއަށްދާނީ މި މަހުގެ 14 އިން 15 އަށެވެ. މި އަހަރުގެ ބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. މި ބައްދަލުވުމަކީ ރާއްޖޭގެ ދީނީ ޢިލްމުވެރިން އެއްވެ، މުހިއްމު ކަންތައްތަކާ މެދު މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުމެކެވެ. މި ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙު [...

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށީގެ ޑަބްލިޔުޑީސީ ނެޓްބޯލް ޗެލެންޖް ރާވާ ހިންގަން ޓީމް ބިއާރޑް އަށް

ކުޅުދުއްފުށީގެ ޑަބްލިޔުޑީސީ ނެޓްބޯލް ޗެލެންޖް ރާވާ ހިންގަން ޓީމް ބިއާރޑް އަށް

ކުޅުދުއްފުށީ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ގެ ”ޑަބްލިޔު.ޑީ.ސީ ނެޓްބޯލް ޗެލެންޖް 2026″ ރާވާ ހިންގަން ޓީމް ބިއާރޑް އާއި ހަވާލުކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލްގައި ބޭއްވި ރަސްމިއްޔާތެއްގައި މި މުބާރާތް ހިންގުމުގެ އެއްބަސްވުމުގައި ޑަބްލިޔުޑީސީގެ ފަރާތުން ސޮއިކުރެއްވީ ރައީސާ އައިމިނަތު އިބްރާހީމެވެ. ޓީމް ބިއާރޑްގެ ފަރާތުން ސޮައިކުރެއްވީ އަހްމަދު އާސިފެވެ. 25 ދުވަހަށް ވެވުނު މި އެއްބަސްވުމުގެ އަގަކީ 143,640.00 ރުފިޔާއެވެ. މި މުބާރާތުގައި ހޮވާ ވަނަތަކުގެ ތ...

ޔުމްނާ ޢަލީ
މަތީ އިމްތިހާނުގައި ބައިވެރިވާ މުރައިދޫ ދަރިވަރުންނަށް ކައުންސިލާއި ޑަބްލިޔުޑީސީން ހިތްވަރު ދިނުމަށް ޙަފްލާއެއް

މަތީ އިމްތިހާނުގައި ބައިވެރިވާ މުރައިދޫ ދަރިވަރުންނަށް ކައުންސިލާއި ޑަބްލިޔުޑީސީން ހިތްވަރު ދިނުމަށް ޙަފްލާއެއް

2026 ވަނަ އަހަރުގެ އޯލެވެލް އަދި އެސް.އެސް.ސީ އިމްތިހާނުގައި ބައިވެރިވާ މުރައިދޫ ސްކޫލްގެ ގްރޭޑް 10ގެ ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ޙަފްލާއެއް ބާއްވައިފިއެވެ. މިއީ މުރައިދޫ ކައުންސިލާއި އެރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ) އިން ގުޅިގެން ބޭއްވި ހަފްލާއެކެވެ. މުރައިދޫ ކައުންސިލުން ވަނީ މި ޙަފްލާ ކުރިއަށް ގެންދިއުމަށް އެ ކައުންސިލާއި، ޑަބްލިޔުޑީސީގެ މެމްބަރުންނާއި އަދި ކައުންސިލްގެ އިދާރީ މުވައްޒަފުންގެ ފަރާތުން ދިން އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮ...

ފާތިމަތު ސަޙާ
ނޮޅިވަރަންފަރު ބަނދަރު މަޝްރޫޢުގެ ތެރެއިން މަސްވެރިންނަށް ޚާއްޞަ ޖެޓީއެއް އެޅުމަށް އެހީތެރިވަނީ

ނޮޅިވަރަންފަރު ބަނދަރު މަޝްރޫޢުގެ ތެރެއިން މަސްވެރިންނަށް ޚާއްޞަ ޖެޓީއެއް އެޅުމަށް އެހީތެރިވަނީ

ހދ. ނޮޅިވަރަންފަރު ބަނދަރު މަޝްރޫޢުގެ ތެރެއިން މަސްވެރިންނަށް ޚާއްޞަ ޖެޓީއެއް އެޅުމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން އެއްބާރުލުންދޭނެކަމަށް އެ ވުޒާރާއިން ބުނެފައިވާކަމަށް ނޮޅިވަރަންފަރު ކައުންސިލުން ބުނެފިއެވެ. މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް މިހާރު ބޮޑުތިލަދުންމަތީގެ ބައެއް ރަށްތަކަށް ކުރަށްވަމުން ގެންދަވާ ދަތުރުގައި ނޮޅިވަރަންފަރަށް ވަޑައިގެން އެރަށުގެ ކައުންސިލާއެކު ބޭއްވެވި ބައްދަލުވުމުގައި ކައުންސިލުން ފާހަގަކުރިކަންކަމާއި ކައުންސިލުން ފާޅުކު...

ފާތިމަތު ސަޙާ
ޣައްޒާއާ ގުޅޭ ޓްރަމްޕްގެ 15 ނުކުތާގެ ޕްލޭނަށް އިސްރާއީލުން ދެކޮޅުހަދައިފި

ޣައްޒާއާ ގުޅޭ ޓްރަމްޕްގެ 15 ނުކުތާގެ ޕްލޭނަށް އިސްރާއީލުން ދެކޮޅުހަދައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ‘ބޯޑް އޮފް ޕީސް’ އިން ޣައްޒާގެ މައްސަލައަށް ހުށަހެޅި 15 ނުކުތާގެ ސުލްހައިގެ ޕްލޭން އިސްރާއީލުން ރަސްމީކޮށް ދެކޮޅުކަން ޢިއުލާންކޮށްފިއެވެ. އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ، ފަލަސްތީނުގެ ހަމާސް ޖަމާއަތުން ފުރިހަމައަށް ހަތިޔާރު ބަހައްޓަންދެން އިސްރާއީލުގެ ސިފައިން ޣައްޒާއިން ފޭބުމަށް ދެކޮޅު ހަދާ ކަމަށެވެ. އާދީއްތަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި ވާހަކަދަމުން ނަތަންޔާހޫ ބުނެފައި ވަނީ، އިސްރާއީލުން އެ 15 ނުކުތާގެ ލިޔުން ބަލައެ...

ނާޒިމާ އަލީ
ކުޅުދުއްފުށި ސިޓީގެ ''ތަރައްޤީގެ ޕްލޭން 2027-2031'' އަށް އާންމުންގެ ޚިޔާލު ހޯދުމުގެ ސާވޭ ކުރިއަށް

ކުޅުދުއްފުށި ސިޓީގެ ''ތަރައްޤީގެ ޕްލޭން 2027-2031'' އަށް އާންމުންގެ ޚިޔާލު ހޯދުމުގެ ސާވޭ ކުރިއަށް

ކުޅުދުއްފުށި ސިޓީގެ ”ތަރައްޤީގެ ޕްލޭން 2027-2031” އާންމުންގެ ޙިޔާލު ހޯދުމަށް ސާވޭ ފަށައިގެން ކުރިއަށް އެބަދެއެވެ. ކުޅުދުއްފުށި ސިޓީގެ ތަރައްޤީގެ ޕްލޭން 2027-2031 އެކުލަވާލުމުގެ މަސައްކަތުގައި ބައިވެރިވުމުގެ ފުރުޞަތު ވީހާވެސް ގިނަ ފަރާތްތަކަށް ދިނުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބޭނުންވާތީ، އެ ގޮތުން ފޯމެއް މެދުވެރިކޮށް ތަރައްޤީގެ ޕްލޭނަށް، ރައްޔިތުންގެ ޚިޔާލު ހުށަހެޅޭނެ އިންތިޒާމު އެ ކައުންސިލުން މިހާރުވަނީ ހަމަޖައްސާފައެވެ. މި ފުރުސަތު ހުޅުވާލައި ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ ރައްޔިތު...

ފާތިމަތު ސަޙާ