ތިލަދުންމަތީ ޚަބަރު ތިލަދުންމަތި އިހަވަންދޫ ބަނދަރު ފުންކޮށް ނިމެނީ ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 98 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ ބަނދަރު ފުންކުރުމުގެ އިތުރުން އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް މި މަހުގެ 20 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން، 30,509 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކޭއާރުއެޗްގައި އަލިފާނުގެ ހާދިސާއިން ރައްކާތެރިވުމަށް ބޭނުންވާ ނިޒާމެއް ގާއިމުކޮށްދޭނެ ބަޔަކު ހޯދަނީ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓް (ކޭއާރުއެޗް)އަށް އަލިފާނުގެ ހާދިސާއިން ރައްކާތެރިވުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދީ އެފަދަ ނިޒާމެއް ގާއިމްކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނެރުނު އިއުލާނެއްގައި ބުނީ މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައިބައިވެރިވުމަށް މާދަމާއިން ފެށިފެން މި މަހުގެ 27ގެ ނިޔަލަށް ރެޖިސްޓަރ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ރަޖިސްޓަރ ކުރަން ޖެހޭނީtenders@mtcc.com.mv އަށް އީމެއިލް ކޮ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ވިޔަފާރި ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް ބާރަށް ކުރިއަށް ގދ. ފަރެސްމާތޮޑާ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް އެ އެއާޕޯޓުގެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސްޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި އެއާޕޯޓުގެ ރަންވޭއާއި ޓާނިން ޕެޑްގެ ސަބްގްރޭޑް މަސައްކަތް މިހާރު ވަނީ ނިމިފައެވެ. ފަރެސްމާތޮޑާ އެއާޕޯޓުގެ ރަންވޭގެ ސަބްގްރޭޑް މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކޮނުމުގެ މަސައްކަތް އެމްޓީސީސީން ފެށީ މި އަހަރުގެ ޖެނުއަރީ މަހުގައެވެ. މި މަޝްރޫއުގެ ދަށު... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ އަނގޮޅިތީމު ބަނދަރު ހަދަން ބޭނުންވާ ކޮންކްރީޓު ގާތަށް ގެންގޮސްފި ރ. އަނގޮޅިތީމު ބަނދަރު ތަރައްގީކުރުމަށް ބޭނުންވާ ކޮންކްރީޓް ގާތައް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި ގާތަށް ގެންގޮސްފައިވަނީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ. އަދި ކޮންކްރީޓް ގާތަށްއެތުރުމުގެ މަސައްކަތް މި މަހުގެ ތެރޭގައި ފަށާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ. މި މަޝްރޫއުގެ ދަށުން 42،615 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 221 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 166 މީޓަރުގެސަރަހައްދެއްގައި... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ތިލަދުންމަތި ދިއްދޫ ބަނދަރު ބޮޑު ކުރުމަށް ސައިޓު މޮބިލައިޒް ކޮށް ހއ. ދިއްދޫ ބަނދަރު ބޮޑުކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ސައިޓް މޮބިލައިޒްކޮށްފިއެވެ. އެ މަސައްކަތް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވަނީ ސައިޓް މޮބިލައިޒްކުރުމުގެ ގޮތުން ހާއްސަރަސްމިއްޔާތެއް ދިއްދޫގައި ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި، ޕްރޮޖެކްޓް ހަވާލުކޮށްފައިވާ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި އެމްޓީސީސީގެ އިސްވެރިންބައިވެރިވެވަޑައިގެންނެވިއެވެ. ދިއްދޫ ބަނދަރު ބޮޑުކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ ދ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހޯރަފުށި ފެރީ ޓާމިނަލުގެ ބިންގާ އަޅައިފި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހއ. ހޯރަފުށީ ފެރީ ޓާރމިނަލް ބިންގާ އަޅައި އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިންނާއި، ހޯރަފުށީ ދާއިރާގެ މެމްބަރު އަޙުމަދު ސަލީމާއި، ހޯރަފުށީ ކައުންސިލްގެރައީސް މުޙައްމަދު ވަހީދު ބައިވެރިވެވަޑައިގެންނެވިއެވެ. މި ޓަރމިނަލަކީ ދިވެހިރާއްޖެ ހައި -ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ “އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް” މ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ވިޔަފާރި ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފި ނ. ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ. މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ޗެއަރމަން މުޙައްމަދު ފަހީމާއި، ސީއީއޯ އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިންނާއި، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދުއީސާ ބައިވެރިވެވަޑައިގެންނެވިއެވެ. ސަތޭކަ ދުވަހުގެ ތެރޭގައި ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫއަކީ ފަސް މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ނ. ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ތިލަދުންމަތި ބާރަށު ނެރު ފުން ކުރަން އެމްޓީސީސީއަށް ތިލަދުންމަތި ބާރަށު ނެރު ފުން ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕްރޭޓިންއޮފިސަރު ޝާހިދު ހުސައިން މޫސާއެވެ. މި މަޝްރޫއު އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 12.17 މިލިއަން ރުފިޔާ އަށެވެ. އަދި މި މަސައްކަތް ނިންމުމަށް 120 ދުވަހުގެ މުއްދަތެއް އެ ކުންފުންޏަށް ވަނީ ދީފައެވެ. ޑިޒައިން އެން... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއުގެ ބޮޑުބައި ނިމިއްޖެ ހދ. ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއުގެ 70 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން އިއްޔެ ވަނީ އޭބީސީ ފަށަލަ އެޅުމުގެމަސައްކަތް ފަށައިފައެވެ. އަދި ތާރު އެޅުމުގެ މަސައްކަތް އަންނަ މަހު ފެށޭނެ ކަމަށް އެ ކުންފުނިން ލަފާ ކުރެއެވެ. މި މަޝްރޫއު ނިމޭއިރު ފައިމަގުގައި ހިނގޭ ގޮތަށް 16،518 އަކަ މީޓަރުގެ ޕޭވްމަންޓެއް ހަދާނެ އެވެ. އަދި މަގުގައި ދުއްވޭ ގޮތަށް […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ވިޔަފާރި މީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީއިން ފަށައިފި އައްޑޫ ސިޓީ މީދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ މަހުގެ 25 ގައެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެރަސްމިއްޔާތުގައި އެމްޓީސީސީގެ ސިއީއޯ އާދަމް އާޒިމާއި މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް އަދި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝިފާޒު އަލީބައިވެރިވެވަޑައިންނެވިއެވެ. މި މަޝްރޫއުގެ ދަށުން 1،848 ކިއުބ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ވިޔަފާރި ލަންދޫ ބަނދަރު ފުން ކުރުމުގެ މަސައްކަތް ނިންމާލައިފި ނ. ލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަޙައްދު ފުންކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެންޓީސީސީ) އިން ބުނީ މި މަޝްރޫގެ ދަށުން އެއްގަމުތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެމަސައްކަތް 22 ހޯމަ ދުވަހު ފަށާފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން، 25000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 256 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 401 މީޓަރުގެސަރަޙައްދެއްގައި... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ވިޔަފާރި ދިއްގަރު ބިން ހިއްކުމާ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ފަށައިފި މ. ދިއްގަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންމިއަދު ފަށައިފިއެވެ. ދިއްގަރުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވައިދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަނެވެ. މި މަޝްރޫއަށް 121.84 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޓީސީސީ އިން ލަފާ ކުރެއެވެ. މި މަޝްރޫއުގެ ދަށުން ދިއްގަރުގައި 25 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އަދި […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ވިޔަފާރި ފެލިވަރު ބިން ހިއްކުމާއި ބަނދަރު ތަރައްގީ ކުރަން ސައިޓް މޮބިލައޮޒް ކޮށްފި ޅ. ފެލިވަރު ބިން ހިއްކުމާއި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ފެށުމުގެ ގޮތުން ސައިޓް މިއަދު މޮބިލައިޒް ކޮށްފިއެވެ. މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއު އެކުންފުންޏާ ހަވާލުކޮށްފައި ވަނީ 113.39 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ ދަށުން އެ ރަށުގެ 6 ހެކްޓަރުގެ ހިން ހިއްކައި 229،663.36 ކިއުބިކް މީޓަރުގެ ބަނދަރު ފުން ކުރުމުގެ […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ވިޔަފާރި ހިންނަވަރު ބަނދަރު ތަރައްގީ ކުރުމަށް ސައިޓް މޮބިލައޮޒް ކޮށްފި ޅ. ހިންނަވަރު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ފެށުމުގެ ގޮތުން ސައިޓް މިއަދު މޮބިލައިޒް ކޮށްފިއެވެ. މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއަށް 99.52 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާ ކުރެވެއެވެ. މި މަޝްރޫއުގެ ދަށުން އެ ރަށުގެ 3.2 ހެކްޓަރުގެ ބިން ހިއްކައި 65،170.76 ކިއުބިކް މީޓަރުގެ ބަނދަރު ފުން ކުރުމުގެ މަސައްކަތް […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ވިޔަފާރި ދުވާފަރު ބިން ހިއްކުމުގެ މަސައްކަތް ފަށައިފި ރ. ދުވާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ފަށައިފި އެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަވާލު ކޮށްފައިވަނީ މޯލްޑީވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. މި މަޝްރޫއުގެ ދަށުން 22.2 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އަދި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން 423 މީޓަރުގެ ސަރަހައްދުގެ ބޮޑު ހިލއިގެ ރިވެޓްމަންޓް ޖެހުމާއި 70 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ. […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން