މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ބިދޭސީއަކަށް ނެގޭނީ އެއް ސިމް، ޖަލުތަކަށް ވައްދާ ސިމްތަކުގެ ވެރިންނަށް ފިޔަވަޅު

ބިދޭސީއަކަށް ނެގޭނީ އެއް ސިމް، ޖަލުތަކަށް ވައްދާ ސިމްތަކުގެ ވެރިންނަށް ފިޔަވަޅު

ޖަލުތަކަށް ވައްދާ ފޯނުތަކުގައި ބޭނުންކުރާ ސިމްކާޑުތަކުގެ ވެރިފަރާތްތަކަށް ގާނޫނީ އަދި އިދާރީ ފިޔަވަޅު އެޅުމަށާއި، ރާއްޖޭގައި މޯބައިލް ސިމްކާޑު ދޫކުރުމުގެ އުސޫލު ހަރުދަނާކުރުމުގެ ގޮތުން، އަންސްކިލްޑް ކޮންމެ ބިދޭސީއަކަށް އެއް ސިމްކާޑަށް ވުރެ އިތުރަށް ދޫނުކުރެވޭ ގޮތަށް ހެދުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ. މިދިޔަ އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމެވި ނިންމެވުންތަކުގެ ތަފުސީލު ރައީސް އޮފީހުން ރޭ ހާމަކޮށްފައިވާއިރު، ޖަލުތަކަށް ވައްދާ މޯބައިލް ސިމްކާޑުތައް ރަޖ...

ޔުމްނާ ޢަލީ
މަސްތުވާތަކެތީގެ ފަރުވާއާއި ނަފްސާނީ ދުޅަހެޔޮކަމަށް އޭއައި ބޭނުންކުރަން ފަހުމުނާމާއެއްގައި ސޮއިކޮށްފި

މަސްތުވާތަކެތީގެ ފަރުވާއާއި ނަފްސާނީ ދުޅަހެޔޮކަމަށް އޭއައި ބޭނުންކުރަން ފަހުމުނާމާއެއްގައި ސޮއިކޮށްފި

މަސްތުވާތަކެތީގެ ވަބާއިން މީހުން ސަލާމަތްކުރުމަށް ދެވޭ ފަރުވާ އާއި ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތްތައް ތަރައްގީކުރުމަށްޓަކައި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ޑޭޓާ ސައިންސް ބޭނުންކުރުމަށް ޗައިނާގެ ޔުނާން ޔުނިވަރސިޓީ އާއި ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. އެންޑީއޭގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ އެ އެޖެންސީގެ ޗެއާޕާސަން، އަލްއުސްތާޛު އަޙްމަދު ޞިއްދީޤުއެވެ. މި ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ...

އަލީ އާދިލް
އީފާސް ޓީމުން ކުޅުއްފުށީގައި ކޮމިއުނިޓީ އެންގޭޖްމަންޓް ވޯކްޝޮޕެއް

އީފާސް ޓީމުން ކުޅުއްފުށީގައި ކޮމިއުނިޓީ އެންގޭޖްމަންޓް ވޯކްޝޮޕެއް

ޑިޖިޓަލް އައިޑެންޓިޓީ އަދި ‘އީފާސް’ އާ ގުޅޭގޮތުން މައުލޫމާތު ދިނުމާއި ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ހދ. ކުޅުދުއްފުށި ސިޓީގައި ކޮމިއުނިޓީ އެންގޭޖްމަންޓް ވޯކްޝޮޕެއް ބާއްވައިފިއެވެ. ”އީފާސް” ޓީމުގެ އަތޮޅު ދަތުރުގެ ތެރެއިން ހދ. އަތޮޅު ދަތުރުގައި މިހާރު ކުޅުދުއްފުށީ ސިޓީއަށް ކުރަމުންގެންދާ ދަތުރުގެ ތެރެއިން މި ވޯކްޝޮޕް ރަސްމީކޮށް ހުޅުއްވައިދެއްވީ ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަޙްމަދު ޢަބްދުﷲ އެވެ. އީފާސް އިން މަޢުލޫމާތު ދޭ ގޮތުގައި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައ...

ފާތިމަތު ސަޙާ
ކަޅުބާޒާރުގައި ޑޮލަރު ވިއްކުމާއި އިޝްތިހާރުކުރުން ބޮޑު ޖޫރިމަނާއެއް އަންނަ ކުށަކަށް

ކަޅުބާޒާރުގައި ޑޮލަރު ވިއްކުމާއި އިޝްތިހާރުކުރުން ބޮޑު ޖޫރިމަނާއެއް އަންނަ ކުށަކަށް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ރަސްމީ ރޭޓަށް ވުރެ ބޮޑު އަގުގައި ކަޅުބާޒާރުގައި ބޭރު ފައިސާ ވިއްކުމާއި އެކަން އިޝްތިހާރުކުރުމަކީ ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭ ކުށެއްގެ ގޮތުގައި ކަނޑައަޅައި، ބޭރު ފައިސާއާ ބެހޭ ބިލަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި މި ބިލު ކުރިން ކޮމިޓީން ފާސްކޮށް ތަޅުމަށް ފޮނުވި ނަމަވެސް، އިތުރު އިސްލާހުތ...

ޔުމްނާ ޢަލީ
ޤައުމީ އެއާލައިނުން ފަތުރުވެރިންނަށް ވިއްކާ ޓިކެޓްގެ އަގު ހެޔޮކުރަނީ

ޤައުމީ އެއާލައިނުން ފަތުރުވެރިންނަށް ވިއްކާ ޓިކެޓްގެ އަގު ހެޔޮކުރަނީ

ޤައުމީ އެއާލައިން މޯލްޑިވިއަނުން ފަތުރުވެރިންނަށް ވިއްކާ ޓިކެޓްގެ އަގު ހެޔޮކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ. ރައީސް އޮފީހުން ވަނީ އާދީއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ނިންމުންތައް ރޭ ވަނީ އާންމުކޮށްފައެވެ. އެއިގެ ތެރެއިން އެއްކަމަކީ މޯލްޑިވިއަނުން ފަތުރުވެރިންނަށް ވިއްކާ ޓިކެޓްގެ އަގު ހެޔޮކުރަން ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުމެވެ. މިގޮތުން ދަތުރުފަތުރުގެ ދާއިރާއިން، އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް) އިން ވައިގެ ދަތުރުފަތުރުގެ ޓިކެޓަށް ފަތުރުވެރިން އަތުނ...

ޔުމްނާ ޢަލީ
ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (16)

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (16)

އޯގަސްޓް 16 ވަނަ ދުވަހުގެ އަދަދާއި ގުޅޭ: ” ހަމަ ރަނގަޅު ވާހަކައެއްތަ ތި ދައްކަނީ. ޔަޤީނޭ އަހަރެންގެ ގޮތް ބަލަންކަން ތި އުޅެނީ؟” މާޔާ ސަމާސާ ރާގާކަށް ބުނެލިއެވެ. ” އަހަންނަށް އިތުބާރު ކޮއްފަ އިނގޭ ބައްޕަގެ ނަންބަރު ދޭން ވާނީ.” އާއިޒް ބުނެލިއެވެ. ” އެހާ އަވަހަށް މެރީ ކުރަން ބޭނުންވާނެ ކަމަށް އަހަރެން ހިއެއް ވެސް ނުކުރަން. އަހަރެމެންގެ ގުޅުން އަދިކިރިޔާ މި ފެށުނީ. މެރީ ކުރާ ފަހުން އާއިޒަށް އަހަރެން ކަމު […]

ސަލާމާ ޢަބްދުލް ޢަލީމް
ސެނެގާލްގެ ކޯޗުކަމަށް ފްރާންސްގެ ކުރީގެ ތަރި ޕެޓްރިކް ވިއޭރާ ހަމަޖައްސައިފި

ސެނެގާލްގެ ކޯޗުކަމަށް ފްރާންސްގެ ކުރީގެ ތަރި ޕެޓްރިކް ވިއޭރާ ހަމަޖައްސައިފި

ސެނެގާލް ގައުމީ ފުޓްބޯޅަ ޓީމުގެ އައު ކޯޗަކަށް ފްރާންސްގެ ކުރީގެ މަޝްހޫރު މިޑްފީލްޑަރު ޕެޓްރިކް ވިއޭރާ ހަމަޖައްސައިފިއެވެ. އޭނާ މި މަގާމަށް ހަމަޖައްސާފައިވަނީ ވަޯލްޑް ކަޕްގެ ގަދަ 32 ގެ ބުރުން ސެނެގާލް ކެޓުމާ ގުޅިގެން މަގާމުން ވަކިކުރި ޕަޕޭ ތިއޯގެ ބަދަލުގައެވެ. ސެނެގާލްގެ ފުޓްބޯޅަ އިދާރާއިން މިކަން އިއުލާނުކޮށްފައިވަނީ އިންސްޓަގްރާމް މެދުވެރިކޮށެވެ. ނަމަވެސް އުމުރުން 50 އަހަރުގެ ވިއޭރާ އެ ޓީމާއެކު ސޮއިކުރި އެއްބަސްވުމުގެ މުއްދަތާ ބެހޭ އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. ކުޅުންތެރިއެއްގެ ގ...

އަޙްމަދު ވަހީދު
އެމެރިކާ ބުނަނީ ހޮރްމޫޒް އޮތީ ހުޅުވާލާފައިކަމަށް، އީރާނުން ބުނަނީ އެއީ ދޮގެއްކަމަށް

އެމެރިކާ ބުނަނީ ހޮރްމޫޒް އޮތީ ހުޅުވާލާފައިކަމަށް، އީރާނުން ބުނަނީ އެއީ ދޮގެއްކަމަށް

އީރާނާއެކު އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާ ކަމަށާއި، ހޮރްމޫޒް ކަނޑުއޮޅި އޮތީ އާންމު ދަތުރުފަތުރަށް ހުޅުވާލެވިފައި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ނަމަވެސް، މުހިންމު މި ކަނޑުއޮޅި އަދިވެސް އޮތީ ބަންދުކޮށްފައި ކަމަށް އީރާނުން ދަނީ ބުނަމުންނެވެ. ހަ މަސްދުވަހަށް ދެމިގެން ގޮސްފައިވާ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ އުންމީދު ކުޑަވުމާ ގުޅިގެން ތެލުގެ އަގު ވަނީ އަނެއްކާވެސް އުފުލި، ހިއްސާގެ ބާޒާރުތަކަށް ވަނީ އަސަރުކޮށްފައެވެ. ހަނގުރާމަ މެދުކަނޑާލުމުގެ ވަގުތީ އެއްބަސްވުމުގެ...

ނާޒިމާ އަލީ
ދިރިއްޔާ ބަލިކޮށް އަލް ނަސްރު ކިންގްސް ކަޕްގެ ގަދަ 16 އަށް ދަތުރުކޮށްފި

ދިރިއްޔާ ބަލިކޮށް އަލް ނަސްރު ކިންގްސް ކަޕްގެ ގަދަ 16 އަށް ދަތުރުކޮށްފި

ސައުދީ ކިންގްސް ކަޕްގެ ގަދަ 32 ގެ ބުރުގައި ދިރިއްޔާއާ ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އަލް ނަސްރު މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދައިފިއެވެ. އާ ސީޒަނުގައި އަލް ނަސްރުން ދައްކަމުން އަންނަ މޮޅު ކުޅުމާއެކު އައު ކޯޗު އާންޖް ޕޮސްޓެކޮގްލޫގެ އިރުޝާދުގެ ދަށުން އެ ޓީމުން އަންނަނީ ސަޕޯޓަރުންނަށް އުފާވެރިކަން ގެނެސްދެމުންނެވެ. އަލް-އައްވަލް ޕާކުގައި އަންގާރަ ދުވަހު ކުޅުނު މި މެޗު ފެށިގެން ދެވަނަ މިނެޓުގައި އޮސްކާ […]

އަޙްމަދު ވަހީދު
ސްކޫލްތަކާއި ކްލަބް ޖަމިއްޔާތަކުގެ ބައިވެރިވުމާއެކު ދުންފަތާއި ދެކޮޅު ޤައުމީ ކެމްޕޭން ފުޅާކުރަނީ

ސްކޫލްތަކާއި ކްލަބް ޖަމިއްޔާތަކުގެ ބައިވެރިވުމާއެކު ދުންފަތާއި ދެކޮޅު ޤައުމީ ކެމްޕޭން ފުޅާކުރަނީ

ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ޢާންމުން ހޭލުންތެރިކުރުމާއި، ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމާ ގުޅޭގޮތުންނާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ. އާދީއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕޭން ކުރިއަށް ގެންދިއުމާއި، ސިނގިރޭޓުގެ އިމްޕޯޓު ޑިއުޓީ ރޭޓުތައް މުރާޖައާކުރުމާ ގުޅޭ ސަބް-ކޮމިޓީން ވަނީ މަސައްކަތްތަކުގެ އަދާހަމަ ހި...

ޔުމްނާ ޢަލީ
ހދ. ޕޮލިހުން ފިނޭ ސްކޫލްގައި ޓީމް ބިލްޑިން، ލީޑާޝިޕް ސްކިލްސް ހަރަކާތްތަކެއް

ހދ. ޕޮލިހުން ފިނޭ ސްކޫލްގައި ޓީމް ބިލްޑިން، ލީޑާޝިޕް ސްކިލްސް ހަރަކާތްތަކެއް

ހދ. ފިނޭ ސްކޫލްގެ ޕްރިފެކްޓް އަދި ސްޓޫޑެންޓް ކައުންސިލްގެ ދަރިވަރުންނަށް ޓީމް ބިލްޑިން އެންޑް ލީޑާރ ޝިޕް ސްކިލްސް ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. ހދ. އަތޮޅު ޕޮލިހުން ބުނިގޮތުގައި މިހަރަކާތް ރިއަށް ގެންގޮސްފައިވަނީ ނޮޅިވަރަން ޕޮލިސް ސްޓޭޝަންގެ އެހީތެރިކަމާއެކު އެވެ. 18 އޯގަސްޓް 2026 ވީ އަންގާރަ ދުވަހު ބޭއްވި މި ޚަރަކާތުގައި 19 ދަރިވަރުން  ބައިވެރިވެފައިވާއިރު، ދަރިވަރުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު ތަރައްޤީކުރުމަކީ މި ހަރަކާތުގެ މައިގަނޑު މަޤްޞަދުކ...

ފާތިމަތު ސަޙާ
ޔޫއޭއީން އީރާނާއެކު ކުރަމުންދިޔަ ހުރިހާ ވިޔަފާރީގެ މުއާމަލާތްތަކެއް މެދުކަނޑާލައިފި

ޔޫއޭއީން އީރާނާއެކު ކުރަމުންދިޔަ ހުރިހާ ވިޔަފާރީގެ މުއާމަލާތްތަކެއް މެދުކަނޑާލައިފި

ސަރަހައްދީ ނުތަނަވަސްކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އީރާނާއެކު ކުރަމުންދިޔަ އެންމެހައި ވިޔަފާރި އަދި މާލީ މުއާމަލާތްތައް ވަކި ގޮތެއް އަންގަންދެން މެދުކަނޑާލައިފި ކަމަށް އެ ގައުމުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ބުނެފިއެވެ. ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް ޑިޕާޓްމަންޓުގެ ޑިރެކްޓަރު އަފްރާ އަލް ހާމިލީ މި ނިންމުން އިއުލާނު ކުރައްވަމުން ވިދާޅުވީ، މިއީ މެދުއިރުމައްޗާއި ބައިނަލްއަގުވާމީ ސުލްހައާއި ސަލާމަތަށް ބުރޫއަރާ ފަދަ ސަ...

ޙުސައިން ޝަހުދީ
މާއުނގޫދޫގައި ޖެނެރަލް ހެލްތް ސްކްރީނިން ކޭމްޕެއް މިއަދު ފަށަނީ

މާއުނގޫދޫގައި ޖެނެރަލް ހެލްތް ސްކްރީނިން ކޭމްޕެއް މިއަދު ފަށަނީ

ށ. މާއުނގޫދޫގައި ޖެނެރަލް ހެލްތު ސްކްރީނިން ކޭމްޕެއް މިއަދު ފަށަން ތައްޔާރުވެއްޖެއެވެ. މާއުނގޫދޫ ކައުންސިލުން ބުނިގޮތުގައި މި ކޭމްޕަކީ އެ ކައުންސިލާއި، މާއުނގޫދޫ ޞިއްޙީ މަރުކަޒު ގުޅިގެން  ކުރިއަށްގެންދަން ނިންމާފައިވާ ކޭމްޕެކެވެ. ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމަށް ހިތްވަރު ދިނުމަށާއި، އާންމުންގެ ޞިއްޙީ ޙާލަތު ދެނެގަތުމަށްޓަކައި ބާއްވާ މި ކޭމްޕް އޮންނާނީ  އޯގަސްޓް މަހުގެ 19 އަދި 20  ވަނަ ދުވަހުގެ ހަވީރު 4:00 އިން 6:00 އަށެވެ. މި ކޭމްޕްގައި ބައިވެރިވާ ފަރާތްތަކުގެ ޞިއްޙީ ޙާލަތު ބެލުމަށްޓަކައި އެ...

ފާތިމަތު ސަޙާ
ކޮންމެ ދުވަހަކު ހޫނު ފެން ބޯން ޖެހެނީ ކީއްވެ؟

ކޮންމެ ދުވަހަކު ހޫނު ފެން ބޯން ޖެހެނީ ކީއްވެ؟

ޞިއްޙީ ދާއިރާގެ ތަޖުރިބާކާރުން ހާމަކުރާ ގޮތުގައި، ކޮންމެ ދުވަހަކު ހޫނުފެން ބުއިމަކީ ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމެކެވެ. ހެނދުނު ހޭލައިގެން ހޫނު ފެންތައްޓެއް ބުއިމުން ލިބޭ ފައިދާތައް ރަނގަޅަށް އެނގޭނަމަ، އެކަން ދިރިއުޅުމުގެ އާދަޔަކަށް ނުހަދާނެ ހަމަ އެކަކުވެސް ނުހުންނާނެއެވެ. މިފަދަ ކުދިކުދި ކަންކަމަށް ސަމާލުކަން ދީގެން، ދިގު މުއްދަތަކަށް ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރެވިދާނެއެވެ. ހެނދުނު ހުސްބަނޑާ ހުރެ، ހޫނުފެން ނުވަތަ ތާފަނާ ފެން ބުއިމުން ހަޖަމު ކުރުން ރަނގަޅުވެދެއެވެ. ހޫނު ފެނުގެ ސ...

ސަލާމާ ޢަބްދުލް ޢަލީމް
މިސައިލްގެ ނުރައްކަލެއް ފާހަގަކުރެވި ދުބާއީ އާއި ޝާރްޖާ ފަދަ ސަރަހައްދުތަކަށް އިންޒާރު

މިސައިލްގެ ނުރައްކަލެއް ފާހަގަކުރެވި ދުބާއީ އާއި ޝާރްޖާ ފަދަ ސަރަހައްދުތަކަށް އިންޒާރު

ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ވައިގެ ދިފާއީ ނިޒާމަށް މިސައިލްގެ ނުރައްކަލެއް ފާހަގަކުރެވި އެގައުމުގައި ދިރިއުޅޭ މީހުން ސަމާލު ވުމަށް އިންޒާރުގެ މެސެޖު ނެރެފިއެވެ. އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ސޯޝަލް މީޑިއާ ޕްލެޓްފޯމް ‘އެކްސް’ ގައި ކުރި ޕޯސްޓެއްގައިވަނީ މިކަން ކަށަވަރުކޮށްދީފައެވެ. މި ހާދިސާއާ ގުޅިގެން ޔޫއޭއީގެ އިންޓީރިއާ މިނިސްޓްރީ އާއި ނޭޝަނަލް އިމަޖެންސީ ކްރައިސިސް އެންޑް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންސީއީއެމްއޭ) ގުޅިގެން ވަނީ އާންމުންގެ ފޯނުތަކަށް ސަލާމަތީ އިންޒާރު ފޮނުވ...

ނާޒިމާ އަލީ