މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ދެ ކުދިން ނިޔާވުން: އިމާރާތްތަކާއި މަގުމަތީގެ ސަލާމަތީ ކަންކަން ވަރުގަދަކުރަން ރައީސް އިލްތިމާސްކުރައްވައިފި

ދެ ކުދިން ނިޔާވުން: އިމާރާތްތަކާއި މަގުމަތީގެ ސަލާމަތީ ކަންކަން ވަރުގަދަކުރަން ރައީސް އިލްތިމާސްކުރައްވައިފި

މަގުމަތީގައި ހިނގި އެކްސިޑެންޓެއްގައާއި އިމާރާތަކުން ވެއްޓި ދެ ކުޑަކުއްޖަކު ނިޔާވުމާ ގުޅިގެން، މަގުމައްޗާއި އުސް އިމާރާތްތަކުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށާއި އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފިއެވެ. ރައީސް މިކަމަށް އިލްތިމާސް ކުރެއްވީ މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސްގެ ޕޯސްޓުގައި ވިދާޅުވީ، މީގެ ދެ ދުވަސް ކުރިން ހިނގި މަގުމަތީ އެކްސިޑެންޓެއްގައި ޒަޚަމްވި ކުޑަ ކުއްޖަކު ނިޔާވުމާއި، މިއަދު އިމާރާތަކުން ވެއްޓުނު ތ...

އަލީ އާދިލް
ތިނަދޫއަށް ސިޓީގެ ދަރަޖަ ހޯދީ އޮޅުވާލައިގެން, މޭޔަރަށް ދައުވާކޮށްފި

ތިނަދޫއަށް ސިޓީގެ ދަރަޖަ ހޯދީ އޮޅުވާލައިގެން, މޭޔަރަށް ދައުވާކޮށްފި

ގދ. ތިނަދޫއަށް ސިޓީގެ ދަރަޖަ ހޯދާފައިވަނީ އެހެން ރަށްރަށުގެ މީހުންގެ ނަން އާބާދީގައި ހިމަނައިގެން އޮޅުވާލައިގެން ކަމަށާއި އެހެންވެ, އެ މައްސަލާގައި އެ ސިޓީގެ މޭޔަރު ސައުދު އަލީއަށް ޖިނާއީ ދައުވާ ކޮށްފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ. ސައުދުގެ މައްޗަށް ދައުލަތުން ދައުވާކުރީ އެމްޑީޕީގެ ވެރިކަމުގައި ތިނަދޫއަށް 2023 ވަނަ އަހަރު ސިޓީގެ ދަރަޖަ ހޯދުމަށްޓަކައި އެރަށުގެ އާބާދީ އޮޅުވާލި ކަމަށް ބުނާ މައްސަލާގަ އެވެ. ގާނޫނު އޮންނަ ގޮތުން ސިޓީއެއްގެ […]

ހުސައިން ހަބީބް
ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށް ކައުންސިލްތަކުގެ ބިން ނެގޭ ބިލު ތަޞްދީޤުކުރައްވައިފި

ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށް ކައުންސިލްތަކުގެ ބިން ނެގޭ ބިލު ތަޞްދީޤުކުރައްވައިފި

ސަރުކާރުގެ މަޝްރޫއުތަކަށް ކައުންސިލްތަކުގެ އިހްތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހްގެ ބިލު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވައިފިއެވެ. މި ބިލަކީ 2026 އޮގަސްޓު 26 ވީ ބުދަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 28 ވަނަ ޖަލްސާއިން ފާސްކުރައްވާފައިވާ ބިލެކެވެ. މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ ތެރ...

ޔުމްނާ ޢަލީ
ހުއްދަ ނެތި ބޭރު ފައިސާގެ ވިޔަފާރިކުރާ ކުންފުންޏެއްގެ އެކައުންޓްތައް ފްރީޒްކޮށް އޮފީސް ބަލައިފާސްކުރަނީ

ހުއްދަ ނެތި ބޭރު ފައިސާގެ ވިޔަފާރިކުރާ ކުންފުންޏެއްގެ އެކައުންޓްތައް ފްރީޒްކޮށް އޮފީސް ބަލައިފާސްކުރަނީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ފުޅާ ދާއިރާއެއްގައި ގާނޫނާ ހިލާފަށް ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރި ކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ނައިޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ބޭންކު އެކައުންޓްތައް ފްރީޒްކޮށް، އެ ކުންފުނީގެ އޮފީސް ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފުލުހުން ފަށައިފިއެވެ. ފުލުހުން ބުނީ މ. ދަނބުގޯޅީގައި ހުންނަ ނައިޑް އިންވެސްޓްމެންޓުގެ އޮފީސް ބަލައިފާސްކުރުމުގެ އޮޕަރޭޝަން ކުރިއަށްގެންދަނީ، އެ ކ...

އަލީ އާދިލް
ނިޢުމަތުގެ ދަތުރު: އަހަންނަށް ދެއްވި އެންމެ ފުރިހަމަ ރިޒްޤަކީ އަހަރެންގެ ދެ ވަަނަ ކައިވެނި

ނިޢުމަތުގެ ދަތުރު: އަހަންނަށް ދެއްވި އެންމެ ފުރިހަމަ ރިޒްޤަކީ އަހަރެންގެ ދެ ވަަނަ ކައިވެނި

ޝިފާ އަކީ އާއިލާގެ ހުރި ހަމައެކަނި އަންހެން ކުއްޖާއެވެ. މަންމައާއި ބައްޕަގެ ” ޕްރިންސަސް”އެވެ. ބޭބެ މެންގެ ” ބޭބީ” އެވެ. އެންމެން ވެސް  ޝިފާދެކެ އިންތިހާއަށް ލޯބިވެއެވެ. ކޫރުމެއް ވެސް ނާޅުވައި، ބިއްލޫރިކޮޅެއް ފަދައިން އެ މީހުން ޝިފާ ބޮޑުކުރީ ރިވެތި ތަރުބިއްޔަތާއެކުއެވެ. އިސްލާމީ ޒީނަތުން، ރިވެތި ސިފަތައް ޝިފާގެ ކިބައިގައި ހަރުލެއްވުނީ ވެސް  ދީނީ ކަންކަމަށް މަންމައާއި ބައްޕަ ދޭ ޚާއްސަ އަހަންމިއްޔަތަކުންނެވެ. އޭނާއަކީ ރީތި ކުއްޖެކެވެ. ރަށުގެ ފިރިހެންކުދިންގެ އުނދަގޫ ބޮޑު ކަމުން […]

ސަލާމާ ޢަބްދުލް ޢަލީމް
ތިނަދޫގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ

ތިނަދޫގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގދ. ތިނަދޫ ސިޓީގެ ސިނާއީ ސަރަހައްދުގައި ބިދޭސީން ދިރިއުޅޭ ތަނެއްގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. ފުލުހުންގެ އިދާރާއިން ބުނި ގޮތުގައި، ތިނަދޫ ސިނާއީ ސަރަހައްދުގައި ބިދޭސީން ދިރިއުޅެމުންދިޔަ ތަނެއްގައި މީހަކު މަރުވެފައި އޮތް ކަމުގެ މައުލޫމާތު ލިބިފައިވަނީ 2026 ސެޕްޓެންބަރު 1 ވަނަ ދުވަހުގެ ފަތިހު 4:11 އެހައިކަންހާއިރުއެވެ. މި ހާދިސާގައި މަރުވެފައި ވަނީ އުމުރުން 27 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ [...

ޔުމްނާ ޢަލީ
މޫސުމީ މާލިއްޔަތާއި ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާއިން ޕޯސްޓްގްރެޖުއޭޓް ސްކޮލާޝިޕްތަކެއް ދީފި

މޫސުމީ މާލިއްޔަތާއި ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާއިން ޕޯސްޓްގްރެޖުއޭޓް ސްކޮލާޝިޕްތަކެއް ދީފި

މޫސުމީ މާލިއްޔަތާއި (ކްލައިމެޓް ފައިނޭންސް)، ދެމެހެއްޓެނިވި ތަރައްޤީ އަދި ފެނުގެ ދާއިރާއިން ރާއްޖެއަށް ބޭނުންވާ ޚާއްޞަ ފަންނީ ޤާބިލުކަން އިތުރުކުރުމުގެ މަޤްޞަދުގައި، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ޕޯސްޓްގްރެޖުއޭޓް ސްކޮލަރޝިޕްތަކެއް ދީފިއެވެ. އެ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ސްކޮލަރޝިޕްތަކަކީ ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް) ގެ މާލީ އެހީތެރިކަމާއެކު، އަދި ޖަރުމަނުގެ ޖީ.އައި.ޒެޑްގެ ފަންނީ އެހީތެރިކަމާއެކު ކުރިއަށްގެންދާ “ޖީ.ސީ.އެފް ރެޑިނަސް ޕްރޮޖެކްޓް” ގ...

ޔުމްނާ ޢަލީ
ދެ ސައިކަލު ޖެހި އެކްސިޑެންޓެއް، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެގެން ފަރުވާދެނީ

ދެ ސައިކަލު ޖެހި އެކްސިޑެންޓެއް، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެގެން ފަރުވާދެނީ

މާލޭގެ ބޮޑުތަކުރުފާނު މަގު، ވިލާ ކޮލެޖު ކައިރީގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފިއެވެ. ފުލުހުން ބުނިގޮތުގައި މި އެކްސިޑެންޓު ހިނގާފައިވަނީ 2026 ސެޕްޓެމްބަރު 1 ވަނަ ދުވަހުގެ 8:15 އެހައިކަންހާއިރުއެވެ. މި ހާދިސާގެ މައުލޫމާތު ފުލުހުންގެ އިދާރާއަށް ރިޕޯޓުކޮށްފައިވަނީވެސް އެ ވަގުތުގައެވެ. މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އެ ތަނުން އެއް ސައިކަލުގެ ފަހަތުގައި އިން 17 އަހަރުގެ އަންހެން ކުއްޖާއަށެވެ. އެ...

ޔުމްނާ ޢަލީ
ވިނަރެސް ފްލެޓް ކައިރީ ހިނގި އެކްސިޑެންޓުގައި އަނިޔާވި ނުވަ އަހަރުގެ ކުއްޖާ ނިޔާވެއްޖެ

ވިނަރެސް ފްލެޓް ކައިރީ ހިނގި އެކްސިޑެންޓުގައި އަނިޔާވި ނުވަ އަހަރުގެ ކުއްޖާ ނިޔާވެއްޖެ

ހުޅުމާލެ ފޭސް 2 ގެ ހިތިގަސްމަގު، ވިނަރެސް 7 ކައިރީ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުން އައި އުމުރުން 9 އަހަރުގެ އަންހެން ކުއްޖާ ރޭ ފަތިހުގެ ވަގުތެއްގައި ނިޔާވެއްޖެއެވެ. ފުލުހުން ހޮނިހިރު ދުވަހުގެ ރޭ ބުނީ، ހުޅުމާލެ ފޭސް 2 ގެ ހިތިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލެއް އެކްސިޑެންޓްވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ އެ ރޭ 21:04 ހާއިރު ކަމަށެވެ. އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތަކުން މިހާތަނަށް ބެލިބެލުމުން މި އެކްސިޑެންޓް ހިނގަން […]

ޔުމްނާ ޢަލީ
ނ.އަތޮޅު ހޮސްޕިޓަލްގައި ތަފާތު ބަލިތަކަށް ޚާއްސަ ޑޮކްޓަރުންގެ މެޑިކަލް ކޭމްޕެއް ބާއްވަނީ

ނ.އަތޮޅު ހޮސްޕިޓަލްގައި ތަފާތު ބަލިތަކަށް ޚާއްސަ ޑޮކްޓަރުންގެ މެޑިކަލް ކޭމްޕެއް ބާއްވަނީ

ނ.އަތޮޅު ހޮސްޕިޓަލާއި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ގުޅިގެން، ނ.އަތޮޅު ހޮސްޕިޓަލްގައި، ތަފާތު ބަލިތަކަށް ޚާއްސަ ޑޮކްޓަރުންގެ މެޑިކަލް ކޭމްޕެއް ބާއްވަން ނިންމައިފިއެވެ. “ސަބް-ސްޕެޝަލިޓީ ކޭމްޕް 2026” ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކޭމްޕް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ 2 ސެޕްޓެމްބަރ 2026 ވާ ބުދަ ދުވަހެވެ. ނޫނު އަތޮޅު ހޮސްޕިޓަލްއިން މަޢުލޫމާތު ދޭ ގޮތުގައި މި ކޭމްޕުގައި ތަފާތު ބަލިތަކަށް ޚާއްޞަ ޑޮކްޓަރުން ބެއްލެވުމަށް ހަމަޖެހިފައިވެއެވެ. އެ ގޮތުން ހިތުގެ ބަލިތަކަށާއި، ނާރުގެ ބަލިތަކުގެ...

ފާތިމަތު ސަޙާ
ހަ މަސް ދުވަހަށް ފަހު އަލް ހިލާލުން ބެންޒެމާގެ ކޮންޓްރެކްޓް ބާތިލްކޮށްފި

ހަ މަސް ދުވަހަށް ފަހު އަލް ހިލާލުން ބެންޒެމާގެ ކޮންޓްރެކްޓް ބާތިލްކޮށްފި

ކުރީގެ ބެލޮންޑިއޯ ހާސިލްކުރި ފްރާންސްގެ ފޯވާޑް ކަރީމް ބެންޒެމާ، ސައުދީ އަރަބިއްޔާގެ އަލް އިއްތިހާދުން އަލް ހިލާލަށް ބަދަލުވިތާ އެންމެ ހަ މަސް ދުވަހުގެ ތެރޭގައި އެ ކްލަބް ދޫކޮށްލައިފިއެވެ. ސައުދީގެ އަލް ހިލާލުން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދެފަރާތް އެއްބަސްވެގެން ކޮންޓްރެކްޓް ބާތިލްކުރަން ނިންމާފައިވާ ކަމަށެވެ. އުމުރުން 38 އަހަރުގެ ބެންޒެމާ ދެން ގުޅޭނީ އެހެން ކްލަބަކާތޯ ނުވަތަ ފުޓުބޯޅަ ކުޅުން ހުއްޓާލާނީތޯ އަދި ސާފެއް ނުވެއެވެ. ބެންޒެމާ އަލް ހިލާލް ދޫކޮށްލިކަން […]

އަޙްމަދު ވަހީދު
ސަކާގެ ލަނޑާއެކު ވިލާ ބަލިކޮށް އާސެނަލުން ފެށުން ފުރިހަމަކޮށްފި

ސަކާގެ ލަނޑާއެކު ވިލާ ބަލިކޮށް އާސެނަލުން ފެށުން ފުރިހަމަކޮށްފި

އިންގްލިޝް ޕްރިމިއާ ލީގުގައި ހޯމަ ދުވަހު އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗު 1-0 އިން ކާމިޔާބުކޮށް، އެންމެ ފަހުގެ ޗެމްޕިއަން އާސެނަލުން ލީގުގެ ފެށުން ފުރިހަމަކޮށްފިއެވެ. މި މެޗުގައި އާސެނަލް މޮޅުވި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ 59 ވަނަ މިނެޓުގައި ބުކާޔޯ ސަކާއެވެ. މި މޮޅާއެކު އާސެނަލް ވަނީ ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އޮތް ހަތަރު ޓީމުގެ ތެރޭގައި ހިމެނިފައެވެ. އަނެއްކޮޅުން، ކޯޗު އުނައި އެމެރީގެ […]

އަޙްމަދު ވަހީދު
ފުޓްބޯޅާގައި އެތައް މިލިއަން މީހުންނެއްގެ ހިތްތައް އަތުލި މެސީ ބައިނަލްއަޤްވާމީ ފުޓްބޯޅައިން ރިޓަޔާކޮށްފި

ފުޓްބޯޅާގައި އެތައް މިލިއަން މީހުންނެއްގެ ހިތްތައް އަތުލި މެސީ ބައިނަލްއަޤްވާމީ ފުޓްބޯޅައިން ރިޓަޔާކޮށްފި

އާޖެންޓީނާގެ ސުޕަސްޓާރު ލިއޮނަލް މެސީ ބައިނަލްއަޤްވާމީ ފުޓްބޯޅައިން ރިޓަޔަރކުރިކަން ހޯމަ ދުވަހު އިޢުލާނުކޮށްފިއެވެ. މިއާއެކު އޭނާ ޤައުމީ ޓީމަށް ކޮށްދިން 21 އަހަރުގެ ޚިދުމަތަށް ނިމުން އައިސްފައިވާއިރު، މި ދަތުރުގެ އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަކީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށް، ދުނިޔޭގެ ތާރީޚު ދުށް އެންމެ މޮޅެތި ކުޅުންތެރިންގެ ސަފުން އޭނާގެ ޖާގަ ކަށަވަރުކުރުމެވެ. “މިއީ ނިންމަން ވަރަށް އުނދަގޫވި އަދި މިހާރުވެސް ހިތަށް ވަރަށް ތަދުވާ ނިންމުމެއް، އެކަމަކު ވަގުތު ޖެހިއްޖެކަން އަހަންނަށް...

ޔުމްނާ ޢަލީ
ލަންކާ ބަނދަރުން 463 ކިލޯގެ "އައިސް" މަސްތުވާތަކެތި އަތުލައިގަނެފި

ލަންކާ ބަނދަރުން 463 ކިލޯގެ "އައިސް" މަސްތުވާތަކެތި އަތުލައިގަނެފި

ސްރީލަންކާގެ ކޮލަމްބޯ ބަނދަރުގައި ހުރި ދެ ކޮންޓޭނަރަކުން 463 ކިލޯއާ ގާތްކުރާ އަދަދަކަށް “އައިސް” (ކްރިސްޓަލް މެތަމްފެޓަމިން) މަސްތުވާތަކެތި އަތުލައިގަނެފިއެވެ. މިއީ އެ ޤައުމުގެ ކްރައިމްސް އެންޑް ޓްރެފިކްއާ ހަވާލުވެ ހުންނެވި ސީނިއާ ޑެޕިއުޓީ އިންސްޕެކްޓަރ ޖެނެރަލްއަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި އަތުލައިގަތް ތަކެއްޗިކަމަށް އެގައުމުގެ ނޫހެއް ކަމުގައިވާ ނިއުސްވައަރ އިން ރިޕޯޓުކޮށްފައިވެއެވެ. ސްރީލަންކާ ފުލުހުންނާ ހަވާލާދީ އެނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ކޮލަމްބޯ...

އަލީ އާދިލް
ނަރުދޫ ''ރަމްޒު އެކަޑަމީ ސްޕޯޓްސް ފިއެސްޓާ 2026'' ފަށައިފި

ނަރުދޫ ''ރަމްޒު އެކަޑަމީ ސްޕޯޓްސް ފިއެސްޓާ 2026'' ފަށައިފި

ށ. ނަރުދޫ، ރަމްޒު ސްޕޯޓްސް އެކަޑަމީއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ “ރަމްޒު ސްޕޯޓްސް އެކަޑަމީ ސްޕޯޓްސް ފިއެސްޓާ 2026” މިއަދު ފަށައިފިއެވެ. ރަމްޒު ސްޕޯޓްސް އެކަޑަމީ ސްޕޯޓްސް ފިއެސްޓާ 2026 ފެށުން، ފޮޓޯ: ރަމްޒު އެކަޑަމީ ފުޓްސަލްއާއި ހޭންޑްބޯލްއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ފިއެސްޓާގެ ތިން މެޗެއް މިއަދު ކުޅެފައިވެއެވެ. އެއީ ފުޓްސަލްގެ ދެ މެޗާއި ހޭންޑްބޯލްގެ މެޗެކެވެ. މުބާރާތުގެ ފުރަތަމަ މެޗްގައި ޓީމް އޮރެންޖާއި ޓީމް ގްރީން ބައްދަލު ކުރި އިރު، މޮޅު ކުޅުމަކަށްފަހު 1-2 ގެ […]

ފާތިމަތު ސަޙާ