ފޯކައިދޫ ގެއެއްގައި އަލިފާންރޯވެ މުޅި ގެ އެއްކޮށް އަނދައި އަޅިއަށް
ށ. ފޯކައިދޫ ގެއެއްގައި އަލިފާން ރޯވެ އެގޭ އެއްކޮށް އަނދައިފިއެވެ. އެރަށު ކައުންސިލުން ބުނީ އަލިފާން ރޯވީ އެރަށު އިރުދޭމާގޭގައި ކަމަށެވެ. ފޯކައިދޫ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާގައި އެ ގެޔާއި ގޭގައި ހިފާގެންގުޅޭ އެންމެހާ ތަކެތި ވަނީ ބޭނުން ނުކުރެވޭ ވަރަށް އެއްކޮށް އަނދައިގެން ގޮސްފައެވެ. އަލިފާންގަނޑު ކޮންޓްރޯލްކޮށް ނިއްވާލުމަށްޓަކައި ފުލުހުންނާއި އާންމު ރައްޔިތުން ގުޅިގެން ވަރަށް ބޮޑު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ކައުންސިލުން ފާހަގަކުރެއެވެ.