މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ކުޅިވަރު

2,741 ޝާއިޢުކުރެވިފައިވާ ލިޔުން

ކުޅިވަރު - 88 ވަނަ ޞަފްޙާ

އުމުރުން 16 އަހަރުގެ ޔަމާލްގެ މޮޅު ކުޅުމާއިއެކު ބާސާއިން ވިލަރެއާލް ބަލިކޮށްފި

އުމުރުން 16 އަހަރުގެ ޔަމާލްގެ މޮޅު ކުޅުމާއިއެކު ބާސާއިން ވިލަރެއާލް ބަލިކޮށްފި

އުމުރުން އެންމެ ސޯޅަ އަހަރުގެ ލެމީން ޔަމާލްގެ މޮޅު ކުޅުމާއިއެކު ބާސެލޯނާއިން ވިލަރެއާލް ބަލިކޮށްފިއެވެ. ރޭ ސްޕެނިޝް ލަލީގާގައި ބާސާއާއި ވިލަރެއާލް ބައްދަލުކުރި މެޗު، ބާސާއިން ކާމިޔާބު ކުރީ 4-3 ގެ ނަތީޖާއިންނެވެ. ބާސާއިން އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވަނީ ޔަމާލްއަށް ފުރަތަމަ އެގާރައިން ފުރުޞަތު ދީފައެވެ. ކުރީ ހަފްތާ ހޮނިހިރު ދުވަހުގެ ރޭ ބާސާއާއި ކާޑިޒް ބައްދަލުކުރި މެޗުގެ ފުރަތަމަ އެގާރާގައި ޔަމާލް ހިމެނިއިރު އޭނާގެ އުމުރަކީ 16 އަހަރާއި 38 ދުވަހެވެ. […]

އިބްރާހިމް ޚަލީލް
ސިޓީން ލީގުގައި ކުޅުނު ތިންވަނަ މެޗު ވެސް ކާމިޔާބުކޮށްފި

ސިޓީން ލީގުގައި ކުޅުނު ތިންވަނަ މެޗު ވެސް ކާމިޔާބުކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެމްޕިއަން މެންޗެސްޓާ ސިޓީއާއި ޝެފީލްޑް ޔުނައިޓެޑް ބައްދަލުކުރި މެޗު ސިޓީން ކާމިޔާބު ކޮށްފިއެވެ. ޝެފީލްޑްގެ ދަނޑުގައި ކުޅުނު މި މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. މައިބަދައިގެ އޮޕަރޭޝަނެއް ކޮށް، މިވަގުތު ސިޓީގެ ކޯޗް ގާޑިއޯލާ ހުރީ ޓީމާއި ދުރުގައެވެ. ވުމާއިއެކު މި މެޗުގައި ސިޓީއަށް އިރުޝާދު ދީފައި ވަނީ އެސިސްޓެންޓް ކޯޗެވެ. މެޗުގެ ފުރަތަމަ ހާފުގައި ލީޑު ނަގާނެ ރަނުގެ ފުރުޞަތެއް ސިޓީއަށް ލިބުނެވެ. މެޗުގެ […]

އިބްރާހިމް ޚަލީލް
މިލާން މޮޅުވިއިރު ރޯމާ ބަލިވެއްޖެ

މިލާން މޮޅުވިއިރު ރޯމާ ބަލިވެއްޖެ

އިޓާލިއަން ލީގުގައި ރޭ އޭސީ މިލާން ކުޅުން މެޗުން އެ ޓީމް މޮޅުވިއިރު، ރޯމާ ބަލިވެއްޖެއެވެ. ރޭ މިލާންގެ އަމިއްލަ ދަނޑުގައި ޓޮރީނޯއާއި ދެކޮޅަށް ކުޅުނު މެޗު އެ ޓީމުން ވަނީ 4-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައެވެ. މެޗުގެ ފުރަތަމަ ލަނޑު 33 ވަނަ މިނެޓުގައި ޖަހައިދިނީ ޕުލިސިކްއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ލޮފްޓަސް-ޗީކް ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ. މިލާނުން ލީޑު ނެގިތާ ތިންމިނެޓް ފަހުން ޓޮރީނޯއިން ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ […]

އިބްރާހިމް ޚަލީލް
އެމްބާޕޭގެ ދެ ލަނޑުން ޕީއެސްޖީއަށް ފުރަތަމަ މޮޅު

އެމްބާޕޭގެ ދެ ލަނޑުން ޕީއެސްޖީއަށް ފުރަތަމަ މޮޅު

ފްރާންސް ލީގުގައި ރޭ ޕީއެސްޖީއާއި ރޭސިން ކްލަބް ޑި ލެންސްއާއި ބައްދަލުކުރި މެޗު ޕީއެސްޖީން ކާމިޔާބު ކޮށްފިއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ޕީއެސްޖީން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ. މިއީ މި ސީޒަންގައި ޕީއެސްޖީ ކުޅުނު ތިންވަނަ މެޗެވެ. ފުރަތަމަ ދެ މެޗުން އެ ޓީމް އެއްވަރުވީއިރު، ކޮންޓްރެކްޓް އައުކުރަން ދެކޮޅު ހެދުމުން ޕީއެސްޖީއާއި އެމްބާޕޭއާއި ދެމެދު އޮތް ގުޅުން ހީނަރުވެ، ލީގުގައި ޕީއެސްޖީ ކުޅުނު ފުރަތަމަ މެޗަށް އެކުލަވާލި ޓީމުން […]

އިބްރާހިމް ޚަލީލް
އެކަކު މަދުކޮށް ކުޅެ ފުލަމްއިން އާސެނަލް ހުއްޓުވައިފި

އެކަކު މަދުކޮށް ކުޅެ ފުލަމްއިން އާސެނަލް ހުއްޓުވައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލްއާއި ފުލަމް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. އާސެނަލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވެފައި ވަނީ 2-2 ގެ ނަތީޖާއިންނެވެ. ލީގުގައި މިހާތަނަށް އާސެނަލުން ތިން މެޗު ކުޅެފައިވާއިރު، މިއީ އެ ޓީމް އަތުން ޕޮއިންޓް ގެއްލުނު ފުރަތަމަ ފަހަރެވެ. ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއިއެކު އާސެނަލް މިވަގުތު އޮތީ ތާވަލުގެ ތިން ވަނާގައެވެ. ފުލަމްއޮތީ 11 ވަނާގައެވެ. ފުލަމްއަށް ތިން މެޗުން ލިބިފައި ވަނީ ހަތަރު […]

އިބްރާހިމް ޚަލީލް
ޔުނައިޓެޑުން ފަހަތުން އަރާ ފޮރެސްޓް ބަލިކޮށްފި

ޔުނައިޓެޑުން ފަހަތުން އަރާ ފޮރެސްޓް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗުގައި، ފޮރެސްޓުން ދެ ލަނޑު ޖަހާފައި ވަނިކޮށް ފަހަތުންއަރައި ތިން ލަނޑު (3-2) ޖަހައި ޔުނައިޓެޑުން މެޗު ކާމިޔާބު ކޮށްފިއެވެ. މި މެޗު ފެށިތާ ހަތަރު މިނެޓްތެރޭ ދެ ލަނޑުޖަހައި ފޮރެސްޓުން ވަނީ ޔުނައިޓެޑް ސިއްސުވާލާފައެވެ. މިއީ ޕްރިމިއާ ލީގުގައި މެޗުގެ ފުރަތަމަ ހަތަރު މިނެޓްގެ ތެރޭ ޔުނައިޓެޑް ކޮޅަށް ދެ ލަނޑު ވަތް ފުރަތަމަ ފަހަރެވެ. ފޮރެސްޓްގެ ފުރަތަމަ ލަނޑު މެޗުގެ ދެވަނަ […]

އިބްރާހިމް ޚަލީލް
ބެލިންހަމް ރެއާލް މޮޅުކޮށްދިންއިރު ވިނީއަށް އަނިޔާވެއްޖެ

ބެލިންހަމް ރެއާލް މޮޅުކޮށްދިންއިރު ވިނީއަށް އަނިޔާވެއްޖެ

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އިންގްލެންޑްގެ އެޓޭކިން މިޑްފީލްޑަރ ޖޫޑް ބެލިންހަމްގެ މޮޅު ކުޅުމާއިއެކު، ރެއާލުން ސެލްޓަ ވީގޯ ބަލިކޮށްފިއެވެ. ރޭ ސެލްޓަ ވީގޯގެ ދަނޑުގައި، ރެއާލާއި ސެލްޓަ ވީގޯ ބައްދަލުކުރި މެޗު ރެއާލުން ވަނީ 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައެވެ. މިއީ މި ސީޒަންގެ ލަލީގާގައި ރެއާލުން ކުޅުނު ތިންވަނަ މެޗެވެ. ތިން މެޗު ވެސް ރެއާލުން ވަނީ ކާމިޔާބު ކޮށްފައެވެ. މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އެ ޓީމް އޮތީ ނުވަ ޕޮއިންޓާއި […]

އިބްރާހިމް ޚަލީލް
އެމްބާޕޭ މި ސީޒަންގައި ރެއާލުން ނުފެންނާނެ – އަންޗެލޮޓީ

އެމްބާޕޭ މި ސީޒަންގައި ރެއާލުން ނުފެންނާނެ – އަންޗެލޮޓީ

ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ މި ޓްރާންސްފާގައި ރެއާލް މެޑްރިޑާއި ނުގުޅޭނެކަން، ރެއާލްގެ ކޯޗް ކާލޯ އަންޗެލޮޓީ ޔަގީން ކޮށްދީފިއެވެ. އުމުރުން 24 އަހަރުގެ އެމްބާޕޭ ޕީއެސްޖީއާއިއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަންގެ (2023/24) ނިޔަލަށް ހަމަވާނެއެވެ. އެމްބާޕޭ ޕީއެސްޖީއާއިއެކު ހަދާފައިވާ އެއްބަސްވުން އައު ކުރަން ބޭނުން ނުވާކަން ކުލަބަށް އެންގުމުން ޕީއެސްޖީއާއި އެމްބާޕޭއާއި ދެމެދު ބޮޑު ހިޔާލުތަފާތުވުމަކަށް ގޮސް ނުތަނަވަސްކަން އުފެދުނެވެ. އެ މައްސަލާގައި ޕީއެސްޖީން...

އިބްރާހިމް ޚަލީލް
ސިޓީ ދޫކޮށް ލަޕޯޓް ސައުދީ ލީގުގެ އަލް ނަސްރަށް ބަދަލުވެއްޖެ

ސިޓީ ދޫކޮށް ލަޕޯޓް ސައުދީ ލީގުގެ އަލް ނަސްރަށް ބަދަލުވެއްޖެ

މެންޗެސްޓާ ސިޓީއަށް ކުޅެމުންއައި ސްޕެއިންގެ ޑިފެންޑަރ ލަޕޯޓް ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލް ނަސްރަށް ބަދަލުވެއްޖެއެވެ. އުމުރުން 29 އަހަރުގެ ލަޕޯޓް، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ ނަސްރަށް ބަދަލުވެފައި ވަނީ 23.6 މިލިއަން ޕައުންޑްގެ ޑީލެއްގެ ދަށުންނެވެ. ލަޕޯޓް ސިޓީއަށް ގެނެސްފައި ވަނީ 2018 ވަނަ އަހަރު ސްޕެއިންގެ އެތުލެޓިކް ބިލްބާއޯއިންނެވެ. ސިޓީގައި އޭނާ ހޭދަކުރި ފަސް އަހަރާއި ބައި، މުއްދަތުގައި އޭނާ ވަނީ އެ ޓީމަށް 180 މެޗު ކުޅެ 12 […]

އިބްރާހިމް ޚަލީލް
މައުންޓަށް އަނިޔާވެ ކުޅުމާއި ދުރަށް

މައުންޓަށް އަނިޔާވެ ކުޅުމާއި ދުރަށް

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑްގެ މިޑްފީލްޑަރ މޭސަން މައުންޓަށް އަނިޔާވެ ކުޅުމާއި ދުރަށްދާން ޖެހިއްޖެއެވެ. އުމުރުން 24 އަހަރުގެ މައުންޓަށް އަނިޔާވެފައި ވަނީ ހަފްތާ މިދިޔަ ވީކް އެންޑްގައި ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކޮށް 2-0 ގެ ނަތީޖާއިން ޔުނައިޓެޑް ބަލިވިމެޗުގައެވެ. ޔުނައިޓެޑުން ހާމަކޮށްފައިވާ ގޮތުގައި މައުންޓްގެ އަނިޔާ ސީރިއަސްއެއް ނޫނެވެ. ނަމަވެސް އަނިޔާގެ ސަބަބުން މައުންޓަށް ދެ މެޗު ގެއްލޭނެއެވެ. އެއީ މި ހަފްތާ ބަންދުގައި ނޮޓިންހަމް ފޮރެސްޓާއި ބައްދަލުކުރާ މެޗާއި އަން...

އިބްރާހިމް ޚަލީލް
ބެލްޖިއަމްގެ ވިންގަރ ޖެރެމީ ޑޮކޫ ސިޓީއަށް

ބެލްޖިއަމްގެ ވިންގަރ ޖެރެމީ ޑޮކޫ ސިޓީއަށް

ފްރާންސް ލީގުގެ ރެނެސްއަށް ކުޅެމުންއައި ބެލްޖިއަމްގެ ވިންގަރ ޖެރެމީ ޑޮކޫ މެންޗެސްޓާ ސިޓީއަށް ސޮއިކޮށްފިއެވެ. އުމުރުން 21 އަހަރުގެ ޑޮކޫ ސިޓީއަށް ސޮއި ކޮށްފައި މިވަނީ 60 މިލިއަން ޔޫރޯގެ ޓްރާންސްފާފީއެއްގެ ދަށުންނެވެ. ޑޮކޫ ރެނެސްއަށް ކުޅެދިން 92 މެޗުގައި ވަނީ 12 ލަނޑު ޖަހާފައެވެ. ޑޮކޫއަކީ ސިޓީން މި ޓްރާންސްފާގައި ސޮއި ހޯދި ތިންވަނަ ކުޅުންތެރިޔާއެވެ. ސިޓީން ވަނީ މީގެ ކުރިން ޗެލްސީއަށް ކުޅެމުންއައި ކޮރޭޝިއާގެ މިޑްފީލްޑަރ ކޮވެސިޗްގެ އިތުރުން ޖަރުމަނުގެ އާރުބީ ލައިޕްޒިގަށް ކުޅެމުންއައި […]

އިބްރާހިމް ޚަލީލް
މައިބަދާގެ އޮޕަރޭޝަނެއްކޮށް ގާޑިއޯލާ ޓީމާއި ދުރަށް

މައިބަދާގެ އޮޕަރޭޝަނެއްކޮށް ގާޑިއޯލާ ޓީމާއި ދުރަށް

މެންޗެސްޓާ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ މައިބަދާގެ އޮޕަރޭޝަނެއްކޮށް ކުޑަ ދުވަސްކޮޅަކަށް ޓީމާއި ދުރުގައި ހުންނަން ޖެހިއްޖެއެވެ. އުމުރުން 52 އަހަރުގެ ގާޑިއޯލާގެ މައިބަދައަށް ތަދުވާތީ އޭނާ ވަނީ، އޭނާގެ އުފަން ސިޓީ ކަމަށްވާ ބާސެލޯނާއަށް ދަތުރުކޮށް މިހާރު އޮޕަރޭޝަން ކޮށްފައެވެ. ސިޓީން ބުނެފައިވަނީ ގާޑިއޯލާގެ އޮޕަރޭޝަން ކާމިޔާބު ކަމަށެވެ. މި އޮޕަރޭޝަނުން ރިކަވާވެގެން ގާޑިއޯލާ ސިޓީއާއި ގުޅޭނެކަމަށް ވަނީ އަންނަ ސެޕްޓެމްބަރ މަހުގެ 4 ދުވަހުން ފެށިގެން 12 ދުވަހުގެ ނިޔަލަށް އޮންނަ އިންޓަނޭޝަނަލް ބްރޭކަށް […]

އިބްރާހިމް ޚަލީލް
ކުޅުންތެރިއަކު މަދުކޮށް ކުޅެ އާސެނަލުން ޕެލަސް ބަލިކޮށްފި

ކުޅުންތެރިއަކު މަދުކޮށް ކުޅެ އާސެނަލުން ޕެލަސް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލްއާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު އާސެނަލުން ކާމިޔާބު ކޮށްފިއެވެ. ޕެލަސްގެ ދަނޑުގައި ކުޅުނު މި މެޗު އާސެނަލުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މި މެޗުގެ އާސެނަލުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 53 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީން ކާމިޔާބު ކޮށްދިނީ އެ ޓީމްގެ ކެޕްޓަން މާޓިން އޮޑެގާޑެވެ. މި ޕެނަލްޓީ އާސެނަލްއަށް ލިބިފައި ވަނީ ޕެލަސްގެ ކީޕަރު އާސެނަލްގެ އެންކެޓިއާއަށް ކުރި ފައުލަކާއި ގުޅިގެންނެވެ. […]

އިބްރާހިމް ޚަލީލް
ސިޓީގެ ޑިފެންޑަރ ސްޓޯންސްއަށް އަނިޔާވެ ކުޅުމާއި ދުރަށް

ސިޓީގެ ޑިފެންޑަރ ސްޓޯންސްއަށް އަނިޔާވެ ކުޅުމާއި ދުރަށް

މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އިންގްލެންޑްގެ ޑިފެންޑަރ ޖޯން ސްޓޯންސްއަށް އަނިޔާވެ ކުޅުމާއި ދުރަށްދާން ޖެހިއްޖެއެވެ. ސްޓޯންސްގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވެފައި ވަނީ ޕްރީ ސީޒަން ތެރޭގައެވެ. އޭނާއަށް ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކްގެ ކުރިން ކުޅުމުގެ ތެރެއަށް ނާދެވޭނެކަން ސިޓީގެ ކޯޗް ގާޑިއޯލާ ވަނީ ކަށަވަރު ކޮށްދީފައެވެ. އަންނަ ސެޕްޓެމްބަރ މަހުގެ 4 ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށް އިންޓަނޭޝަނަލް ބްރޭކް ކުރިއަށްދާއިރު، އިންގްލެންޑުން ދެ މެޗެއް ކުޅޭނެއެވެ. އެއީ ޔޫރޯ […]

އިބްރާހިމް ޚަލީލް
ކާޑިޒް ބަލިކޮށް ބާސާއަށް ފުރަތަމަ މޮޅު

ކާޑިޒް ބަލިކޮށް ބާސާއަށް ފުރަތަމަ މޮޅު

ސްޕެނިޝް ލަލީގާއި ރޭ ޗެމްޕިއަން ބާސެލޯނާއާއި ކާޑިޒް ބައްދަލުކުރި މެޗުން ބާސެލޯނާ މޮޅުވެއްޖެއެވެ. މި މެޗުން ބާސާ މޮޅުވެފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މިއީ މި ސީޒަންގައި ލީގުގައި ބާސާ ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި ބާސާ ރަށުން ބޭރުގައި ކުޅެފައި ވަނީ ގެޓާފޭއާއި ދެކޮޅަށެވެ. އެ މެޗު ނިމުނީ 0-0 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެގެންނެވެ. މި ދެ މެޗުގައި ވެސް ބާސާ ކޮޅަށް ލަނޑެއް ވަދެފައި ނުވެއެވެ. ބާސާގެ ކޯޗް […]

އިބްރާހިމް ޚަލީލް