މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ކުޅިވަރު

2,741 ޝާއިޢުކުރެވިފައިވާ ލިޔުން

ކުޅިވަރު - 73 ވަނަ ޞަފްޙާ

ބްރައިޓަން ބަލިކޮށް އާސެނަލް އެއްވަނައަށް

ބްރައިޓަން ބަލިކޮށް އާސެނަލް އެއްވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އާއި ބަރައިޓަން ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް އާސެނަލް ޖެހިލައިފިއެވެ. ބްރައިޓަންގެ ދަނޑުގައި ކުޅުނު މި މެޗު އާސެނަލުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ. މި މޮޅާއިއެކު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އާސެނަލް އޮތީ ދެވަނާގައި އޮތް ލިވަޕޫލަށް ވުރެ އެއް ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. އާސެނަލަށް 31 މެޗުން 71 ޕޮއިންޓް ލިބިފައިވާއިރު ލިވަޕޫލުން ވަނީ 30 މެޗުން 70 ޕޮއިންޓް ހޯދާފައެވެ. […]

އިބްރާހިމް ޚަލީލް
ޑި ބްރޭނާގެ މޮޅު ކުޅުމާއިއެކު ޕެލަސް އަތުން ސިޓީއަށް މުހިންމު މޮޅެއް

ޑި ބްރޭނާގެ މޮޅު ކުޅުމާއިއެކު ޕެލަސް އަތުން ސިޓީއަށް މުހިންމު މޮޅެއް

ކެވިން ޑިބްރޭނާގެ މޮޅު ކުޅުމާއިއެކު މެންޗެސްޓާ ސިޓީން ކްރިސްޓަލް ޕެލަސް އަތުން މުހިންމު މޮޅެއް ހޯދައިފިއެވެ. ޕެލަސްގެ ދަނޑުގައި ކުޅުނު މި މެޗު ސިޓީން ވަނީ 4-2 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައެވެ. މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ސިޓީން ވަނީ އެއްވަނާގައި އޮތް ލިވަޕޫލާއި ޕޮއިންޓްގެ ގޮތުން އަރާ ހަމަކޮށްފައެވެ. ލިވަޕޫލް އެއްވަނާގައި އޮތި 30 މެޗުން 70 ޕޮއިންޓް ހޯދައިގެންނެވެ. ސިޓީ 70 ޕޮއިންޓް ހަމަކޮށްފައި މިވަނީ ލިވަޕޫލަށްވުރެ އެއް މެޗު އިތުރަށް […]

އިބްރާހިމް ޚަލީލް
އަލް ނަސްރަށް އުނދަގޫ މޮޅެއް، އަލް ހިލާލުން ފަސްބެލުމެއްނެތި ކުރިއަށް

އަލް ނަސްރަށް އުނދަގޫ މޮޅެއް، އަލް ހިލާލުން ފަސްބެލުމެއްނެތި ކުރިއަށް

ސައުދީ ޕްރޮފެޝަނަލް ލީގުގައި ރޭ އަލް ނަސްރާއި ދަމަކް ބައްދަލުކުރި މެޗުން އަލް ނަސްރަށް އުނދަގޫ މޮޅެއް ހޯދުނުއިރު، އަލް ހިލާލުން ފަސޭހަކަމާއިއެކު ޚަލީޖް ކުލަބް ބަލިކޮށްފިއެވެ. ރަށުން ބޭރުގައި ރޭ ކުޅުނު މެޗު އަލް ނަސްރުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. ނަސްރުން މި މެޗު ފެށީ އެ ޓީމްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ފުރަތަމަ އެގާރާގައި ނުހިމަނައެވެ. ނަމަވެސް ދެވަނަ ހާފުގެ ވަކި ހިސާބަކުން އޭނާ ވަނީ ކުޅެން ނުކުމެފައެވެ. މި […]

އިބްރާހިމް ޚަލީލް
ލިވަޕޫލް އެއްވަނައަށް

ލިވަޕޫލް އެއްވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި ޝެފީލްޑް ޔުނައިޓެޑް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ލިވަޕޫލް ޖެހިލައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ލިވަޕޫލުން ވަނީ 3-1 ގެ ނަތީޖާއިން ޝެފީލްޑް ބަލިކޮށްފައެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ލިވަޕޫލުންނެވެ. މި ލަނޑު 17 ވަނަ މިނެޓުގައި ޖަހައިދިނީ ޑާވިން ނުނޭޒްއެވެ. މެޗުގެ 58 ވަނަ މިނެޓުގައި ލިވަޕޫލްގެ ކޯނޯ ބްރެޑްލީ އަތުން ބައިކޮޅަށް ވަތް ލަނޑާއިއެކު ނަތީޖާ ހަމަހަމަވިއެވެ. މެޗުގައި ލިވަޕޫލަށް […]

އިބްރާހިމް ޚަލީލް
ފަހުވަގުތު ދެ ލަނޑުޖަހައި ޗެލްސީން ޔުނައިޓެޑް ބަލިކޮށްފި

ފަހުވަގުތު ދެ ލަނޑުޖަހައި ޗެލްސީން ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗުން، ޔުނައިޓެޑް މޮޅުވާން ދަނިކޮށް އިތުރު ވަގުތުގެ ތެރޭ ދެ ލަނޑުޖަހައި ޗެލްސީން ޔުނައިޓެޑް ބަލިކޮށްފިއެވެ. ރޭ ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދީ 4-3 ގެ ނަތީޖާއިންނެވެ. ބަލާހިތްވާ ކަހަލަ ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގެ ވަރަށް ކުރީކޮޅު ޗެލްސީން ވަނީ ދެ ލަނޑުގެ ލީޑެއް ހޯދާފައެވެ. ފުރަތަމަ ލަނޑު ހަތަރުވަނަ މިނެޓުގައި […]

އިބްރާހިމް ޚަލީލް
އާސެނަލް އެއްވަނައަށް، ފޮޑެންގެ ހެޓްރިކުން ސިޓީއަށް ފުރިހަމަ މޮޅެއް

އާސެނަލް އެއްވަނައަށް، ފޮޑެންގެ ހެޓްރިކުން ސިޓީއަށް ފުރިހަމަ މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެލަންއާއި ލޫޓަން ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް އާސެނަލް ޖެހިލިއިރު، ފޮޑެންގެ ހެޓްރިކުން އެސްޓަންވިލާ އަތުން މެންޗެސްޓާ ސިޓީ މޮޅުވެއްޖެއެވެ. ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އާސެނަލުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. އާސެނަލްގެ ފުރަތަމަ ލަނޑު 24 ވަނަ މިނެޓުގައި ހަވާޓްޒް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ކެޕްޓަން އޮޑެގާޑެވެ. އާސެނަލްގެ ދެވަނަ ލަނޑަކީ 44 ވަނަ މިނެޓުގައި ލޫޓަންގެ ޑައިކީގެ އަތުން […]

އިބްރާހިމް ޚަލީލް
އެމްބާޕޭގެ ގޯލުން މޮޅުވެ ޕީއެސްޖީ ފައިނަލަށް

އެމްބާޕޭގެ ގޯލުން މޮޅުވެ ޕީއެސްޖީ ފައިނަލަށް

ފްރެންޗް ކަޕް ފައިނަލުން ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ) އިން ޖާގަ ހޯދައިފިއެވެ. ފްރެންޗް ކަޕް ސެމީ ފައިނަލުގައި ރޭ ޕީއެސްޖީއާއި ރެނެސް ބައްދަލުކުރި މެޗު، ޕީއެސްޖީން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. ފައިނަލުގައި ޕީއެސްޖީ ބައްދަލު ކުރަން ޖެހޭނީ ލިޔޯންއާއެވެ. ލިޔޯން ވަނީ ސެމީ ފައިނަލުގައި 3-0 ގެ ނަތީޖާއިން ވެލެންސިއެންސް ބަލިކޮށްފައެވެ. ރޭ މެޗުގައި ޕީއެސްޖީން ޖެހި ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އެމްބާޕޭއެވެ. މެޗުގެ 40 ވަނަ މިނެޓުގައި […]

އިބްރާހިމް ޚަލީލް
ބިލްބާއޯ ބަލިކޮށް އެއްވަނާގައި ރެއާލަށް އަށް ޕޮއިންޓްގެ ލީޑެއް

ބިލްބާއޯ ބަލިކޮށް އެއްވަނާގައި ރެއާލަށް އަށް ޕޮއިންޓްގެ ލީޑެއް

އެތުލެޓިކް ބިލްބާއޯ ބަލިކޮށް ރެއާލް މެޑްރިޑުން ޕޮއިންޓް ތާވަލުގެ އެއްވަނާގައި އަށް ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ. ސްޕެނިޝް ލަލީގާގައި ރޭ އަމިއްލަ ދަނޑުގައި ރެއާލުން ވަނީ 2-0 ގެ ނަތީޖާއިން އެތުލެޓިކް ބިލްބާއޯ ބަލިކޮށްފައެވެ. ދެ މެޗުގެ ސަސްޕެންޝަނަށް ފަހު ޖޫޑް ބެލިންހަމް ވަނީ ރޭ ރެއާލުގެ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅެފައެވެ. ރޭ މެޗުގައި ރެއާލުން ޖެހި ދެ ލަނޑުވެސް ކާމިޔާބު ކޮށްދިނީ ރޮޑްރިގޯއެވެ. ފުރަތަމަ ލަނޑު 8 ވަނަ މިނެޓުގައި ބްރަހިމް ޑިއާޒް ދިން […]

އިބްރާހިމް ޚަލީލް
އިންގްލެންޑް އަތުން ބްރެޒިލް މޮޅުކޮށްދިނީ، ޒުވާން ފޯވާޑް އެންޑްރިކް

އިންގްލެންޑް އަތުން ބްރެޒިލް މޮޅުކޮށްދިނީ، ޒުވާން ފޯވާޑް އެންޑްރިކް

ރޭ ކުޅުނު އެކުވެރިކަމުގެ މެޗުގައި ބްރެޒިލުން އިންގްލެންޑް ބަލިކޮށްފިއެވެ. އިންގްލެންޑްގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ބްރެޒިލުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއިންނެވެ. ދެ ޓީމްގެ ފަރާތުން ފޯރިގަދަ ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ބްރެޒިލުން ކާމިޔާބުކުރި ހަމައެކަނި ލަނޑި 80 ވަނަ މިނެޓުގައި ޖަހައިދިނީ އެންޑްރިކެވެ. އޭނާ ކުޅެން ނުކުމެފައި ވަނީ ދެވަނަ ހާފުގެ ފަހުބައިގައި ބަދަލު ކުޅުންތެރިއެއް ގޮތުގައެވެ. އުމުރުން 17 އަހަރުގެ އެންޑްރިކަކީ މިހާރު ބްރެޒިލް ލީގުގެ ޕަލްމޭރާސް އަށް […]

އިބްރާހިމް ޚަލީލް
އެޗްވައިއެމް ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން ބްލެކް ފްލޭޝް ހޯދައިފި

އެޗްވައިއެމް ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން ބްލެކް ފްލޭޝް ހޯދައިފި

ހުޅުމާލެ ޔޫތު މޫވްމަންޓް (އެޗްވައިއެމް) އިން އިންތިޒާމުކޮށްގެން ބޭއްވި “އެޗްވައިއެމް ރަމަޟާން ޔުނިޓީ ފުޓްސަލް ޗެލެންޖް 1445” ގެ ޗެމްޕިއަންކަން ބްލެކް ފްލޭޝް ކާމިޔާބުކޮށްފިއެވެ. ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މި މެޗު ބްލެކް ފްލޭޝް އިން ކާމިޔާބު ކުރީ ފައިނަލުގައި ބުލްޝާކްސްގެ މައްޗަށް ޕެނަލްޓީގައި 6-5 އިން ކުރި ހޯދައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، ދެ ޓީމު ވެސް ވަނީ 1-1 އިން އެއްވަރުވެފައެވެ. އެހެންވެ، ނަތީޖާ ނެރުމަށް ޖެހުނީ […]

މުޙައްމަދު
އެޗްވައިއެމް ފުޓްސަލް ޗެލެންޖުގެ ފައިނަލްގައި މިރޭ ބްލެކް ފްލޭޝް އާއި ބުލް ޝާކްސް

އެޗްވައިއެމް ފުޓްސަލް ޗެލެންޖުގެ ފައިނަލްގައި މިރޭ ބްލެކް ފްލޭޝް އާއި ބުލް ޝާކްސް

ހުޅުމާލެ ޔޫތު މޫވްމަންޓް (އެޗްވައިއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ “އެޗްވައިއެމް ރަމަޟާން ޔުނިޓީ ފުޓްސަލް ޗެލެންޖް 1445” ގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިއްޖެއެވެ. ހުޅުމާލެ ރެހެންދި އެއް ނަމްބަރު ފުޓްސަލް ދަނޑުގައި ކުޅޭ ފައިނަލް މެޗުގައި ބައްދަލު ކުރާނީ ބްލެކް ފްލޭޝް އާއި ބުލް ޝާކްސްއެވެ. ބުލް ޝާކްސްއަކީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. ބްލެކް ފްލޭޝް މުބާރާތުގެ ފައިނަލަށް ދަތުރު ކުރީ ސެމީ ފައިނަލްގައި 5-2 އިން އެޗްވައިއެމް ވެޓަރަންސް ބަލިކޮށްގެންނެވެ. ބުލް ޝާކްސް […]

މުޙައްމަދު
އެޗްވައިއެމް ފުޓްސަލް ޗެލެންޖުގެ ފައިނަލަށް ބްލެކް ފްލޭޝް އާއި ބުލް ޝާކްސް

އެޗްވައިއެމް ފުޓްސަލް ޗެލެންޖުގެ ފައިނަލަށް ބްލެކް ފްލޭޝް އާއި ބުލް ޝާކްސް

ހުޅުމާލެ ޔޫތު މޫވްމަންޓް (އެޗްވައިއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ “އެޗްވައިއެމް ރަމަޟާން ޔުނިޓީ ފުޓްސަލް ޗެލެންޖް 1445” ގެ ފައިނަލަށް އެޗްވައިއެމްގެ ދެ ޓީމު ކަމަށްވާ ބްލެކް ފްލޭޝް އާއި ބުލް ޝާކްސް ރޭ ދަތުރުކޮށްފިއެވެ. ހުޅުމާލެ ރެހެންދި އެއް ނަމްބަރު ފުޓްސަލް ދަނޑުގައި ކުޅުނު ސެމީ ފައިނަލް ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ބްލެކް ފްލޭޝް ވަނީ 5-2 އިން އެޗްވައިއެމް ވެޓަރަންސް ބަލިކޮށްފައެވެ. އަދި ދެވަނަ ސެމީގައި ބުލް ޝާކްސް އާއި ޓީމް […]

މުޙައްމަދު
އެޗްވައިއެމް ފުޓްސަލް ޗެލެންޖުގެ ސެމީ ފައިނަލް ދެ މެޗު މިރޭ

އެޗްވައިއެމް ފުޓްސަލް ޗެލެންޖުގެ ސެމީ ފައިނަލް ދެ މެޗު މިރޭ

ހުޅުމާލެ ޔޫތު މޫވްމަންޓް (އެޗްވައިއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ “އެޗްވައިއެމް ރަމަޟާން ޔުނިޓީ ފުޓްސަލް ޗެލެންޖް 1445” ސެމީ ފައިނަލް މެޗުތައް މިރޭ ކުޅުމަށް ހަމަޖެހިއްޖެއެވެ. މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި މިރޭ 22:15 ގައި ބައްދަލު ކުރާނީ އެޗްވައިއެމް ވެޓަރަންސް އާއި އެޗްވައިއެމް ބްލެކް ފްލޭޝްއެވެ. ދެވަނަ މެޗުގައި މިރޭ 23:15 ގައި ބައްދަލު ކުރާނީ އެޗްވައިއެމް ބުލް ޝާކްސް އާއި ޓީމް އެފްއެފްއެވެ. ބުލް ޝާކްސްއަކީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނެވެ. […]

މުޙައްމަދު
އެޗްވައިއެމް ފުޓްސަލް ޗެލެންޖު: ބްލެކް ފްލޭޝް އާއި ޓީމް އެފްއެފް ސެމީއަށް

އެޗްވައިއެމް ފުޓްސަލް ޗެލެންޖު: ބްލެކް ފްލޭޝް އާއި ޓީމް އެފްއެފް ސެމީއަށް

ހުޅުމާލެ ޔޫތު މޫވްމަންޓް (އެޗްވައިއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ “އެޗްވައިއެމް ރަމަޟާން ޔުނިޓީ ފުޓްސަލް ޗެލެންޖް 1445” ގެ ސެމީ ފައިނަލްގައި ކުޅޭ ހަތަރު ޓީމު ކަށަވަރުވެއްޖެއެވެ. ހުޅުމާލެ ރެހެންދި އެއް ނަމްބަރު ފުޓްސަލް ދަނޑުގައި ކުރިއަށްދާ މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި މާދަމާރޭ 22:15 ގައި ބައްދަލު ކުރާނީ އެޗްވައިއެމް ބްލެކް ފްލޭޝް އާއި އެޗްވައިއެމް ވެޓަރެންސެވެ. ސެމީ ފައިނަލްގެ ދެވަނަ މެޗުގައި މާދަމާރޭ 23:15 ގައި ބައްދަލު ކުރާނީ އެޗްވައިއެމް ބުލް ޝާކްސް […]

މުޙައްމަދު
އެޗްވައިއެމް ފުޓްސަލް ޗެލެންޖު: ބުލް ޝާކްސް އާއި ވެޓަރަންސް ސެމީއަށް

އެޗްވައިއެމް ފުޓްސަލް ޗެލެންޖު: ބުލް ޝާކްސް އާއި ވެޓަރަންސް ސެމީއަށް

ހުޅުމާލެ ޔޫތު މޫވްމަންޓް (އެޗްވައިއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ “އެޗްވައިއެމް ރަމަޟާން ޔުނިޓީ ފުޓްސަލް ޗެލެންޖް 1445” ގެ ސެމީ ފައިނަލަށް އެންމެ ފުރަތަމަ ދަތުރު ކުރި ދެ ޓީމުގެ ތެރޭގައި އެޗްވައިއެމްގެ ދެ ޓީމު ކަމަށްވާ ބުލް ޝާކްސް އާއި ވެޓަރަންސް ހިމެނިއްޖެއެވެ. ހުޅުމާލެ ރެހެންދި އެއް ނަމްބަރު ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި އެޗްވައިއެމް ވެޓަރަންސް ވަނީ 6-3 އިން ޓީމް އެފްއެފް ބަލިކޮށްފައެވެ. ވެޓަރަންސްގެ ލަނޑުތަކުގެ […]

މުޙައްމަދު