މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ކުޅިވަރު

2,741 ޝާއިޢުކުރެވިފައިވާ ލިޔުން

ކުޅިވަރު - 71 ވަނަ ޞަފްޙާ

ކަސެމީރޯ އަށް ބްރެޒިލް ސްކޮޑުން ފުރުސަތެއް ނެތް

ކަސެމީރޯ އަށް ބްރެޒިލް ސްކޮޑުން ފުރުސަތެއް ނެތް

އަންނަ މަހު 20 ވަނަ ދުވަހު ފަށާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތަށް ބްރެޒިލުން އެކުލަވާލި ސްކޮޑުން، ކަސެމީރޯއަށް ފުރުސަތު ގެއްލިއްޖެއެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އުމުރުން 32، އަހަރުގެ ކަސެމީރޯއަށް ބްރެޒިލްގެ ސްކޮޑުން ފުރުސަތު ގެއްލިފައި މިވަނީ، ޕްރިމިއާ ލީގުގައި ވެސް އޭނާގެ ޕާފޯމެންސް ދަށްވެފައި ވާ ދަނޑިވަޅެއްގައެވެ. ކަސެމީރޯ ވަނީ ބްރެޒިލް ސީނިއާ ޓީމަށް 75 މެޗު ކުޅެފައެވެ. ބްރެޒިލްގެ ކޯޗްގެ މަގާމުގައި ހުރި ޑޮރިވާލް، ކޮޕަ އެމެރިކާއަށް […]

އިބްރާހިމް ޚަލީލް
59 އަހަރުވީ ރެކޯޑް މުގުރާލައި ބަޔާން ލެވަކޫސަން ފައިނަލަށް

59 އަހަރުވީ ރެކޯޑް މުގުރާލައި ބަޔާން ލެވަކޫސަން ފައިނަލަށް

ޔޫރަޕް ފުޓްބޯޅައިގައި ބަލިނުވެ އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް މުގުރާލައި ބަޔާން ލެވަކޫސަން އިން ޔުއެފާ ޔޫރޮޕާ ލީގުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ. ލެވަކޫސަން ފައިނަލުން ޖާގަ ހޯދާފައި މިވަނީ ސެމީ ފައިނަލުގައި އިޓަލީގެ ރޯމާ ބަލިކޮށްގެންނެވެ. މި ދެ ޓީމް ވާދަކުރި ފުރަތަމަ ލެގުގެ މެޗު ކުޅުނީ ރޯމާގެ ދަނޑުގައެވެ. އެ މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ލެވަކޫސަން އިންނެވެ. ސެމީފައިނަލުގެ ދެވަނަ ލެގުގެ މެޗު ރޭ ލެވަކޫސަންގެ ދަނޑުގައި […]

އިބްރާހިމް ޚަލީލް
ފަހަތުން އަރާ ބަޔާން ބަލިކޮށް ރެއާލް ޗެމްޕިއަންސް ލީގު ފައިނަލަށް

ފަހަތުން އަރާ ބަޔާން ބަލިކޮށް ރެއާލް ޗެމްޕިއަންސް ލީގު ފައިނަލަށް

މެޗުގެ ފަހުވަގުތު ބަޔާން މިއުނިކް ކޮޅަށް ވައްދާލި ލަނޑުތަކުން މޮޅުވެ ރެއާލް މެޑްރިޑް ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ. ބަޔާނާއި ރެއާލް ވާދަކުރި ސެމީ ފައިނަލުގެ ފުރަތަމަ މެޗު ކުޅެފައިވަނީ ބަޔާންގެ ދަނޑުގައެވެ. އެ މެޗު ނިމުނީ 2-2 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ. ވުމާއިއެކު ރޭ މެޗުން މޮޅުވާ ޓީމަކަށް އޮތީ ފައިނަލުން ޖާގަ ލިބޭ ގޮތަށެވެ. ރޭ މެޗުގައި ރެއާލުން އަމިއްލަ ދަނޑުގައި ބަޔާންގެ މައްޗަށް ކުރި ހޯދީ 2-1 ގެ ނަތީޖާއިންނެވެ. […]

އިބްރާހިމް ޚަލީލް
ސީޒަންގެ ފަހުބައިގައި ތަފާތުދައްކައި، ޗެލްސީން ޔޫރަޕް ފުޓްބޯޅައާއި ދިމާއަށް

ސީޒަންގެ ފަހުބައިގައި ތަފާތުދައްކައި، ޗެލްސީން ޔޫރަޕް ފުޓްބޯޅައާއި ދިމާއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީއާއި ވެސްޓް ހޭމް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ޗެލްސީން ކާމިޔާބު ކޮށްފިއެވެ. އަމިއްލަ ދަނޑުގައި ޗެލްސީން ވަނީ 5-0 ގެ ނަތީޖާއިން ވެސްޓްހޭމް ބަލިކޮށްފައެވެ. ކުޅުންތެރިން ހޯދުމަށް ބިލިއަނުން ހަރަދުކޮށް ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން އައު އެތައް ކުޅުންތެރިންނާއިއެކު ސީޒަންފެށި ޗެލްސީ، ސީޒަންގެ ފުރަތަމަ ކޮޅު ނެރުނީ ވަރަށް ދަށް ނަތީޖާތަކެކެވެ. ނަތީޖާތައް ދަށްވުމުގެ ސަބަބުން ސީޒަންގެ ބޮޑުބައިގައި ޗެލްސީ އޮތީ ވެސް ޕޮއިންޓް ތާވަލުގެ ދިހަވަނައަށް ވުރެ ދަށުގައެވެ....

އިބްރާހިމް ޚަލީލް
ރެއާލް މެޑްރިޑުން 36 ވަނަ ފަހަރަށް ލަލީގާގެ ޗެމްޕިއަންކަން ހޯދައިފި

ރެއާލް މެޑްރިޑުން 36 ވަނަ ފަހަރަށް ލަލީގާގެ ޗެމްޕިއަންކަން ހޯދައިފި

ރެއާލް މެޑްރިޑުން ސްޕެނިޝް ލަލީގާގެ ޗެމްޕިއަންކަން 36 ވަނަ ފަހަރަށް ކާމިޔާބު ކޮށްފިއެވެ. ލީގުގައި ބާކީ ހަތަރު މެޗު އޮއްވައި ރެއާލަށް ލީގު ޗެމްޕިއަންކަން ކަށަވަރުވެފައި މިވަނީ ރޭ ރެއާލް ކުޅުން މެޗުން މޮޅުވެ ދެވަނާގައި އޮތް ބާސާއާއި ތިންވަނާގައި އޮތް ޖިރޯނާ ބައްދަލުކުރި މެޗުން ބާސާ ބަލިވުމާއި ގުޅިގެންނެވެ. ރޭ ރެއާލުން މުހިންމު ގިނަ ކުޅުންތެރިންތަކަކާއި ނުލައި އަމިއްލަ ދަނޑުގައި ނުކުތީ ކާޑިޒްއާއި ދެކޮޅަށެވެ. ރެއާލުން ވަނީ 3-0 ގެ ނަތީޖާއިން ކާޑިޒް ބަލިކޮށްފައެވެ. މި […]

އިބްރާހިމް ޚަލީލް
ބާރަ އަހަރަށް ފަހު ރެއުސް ޑޯޓްމަންޑް ދޫކޮށްލަން ނިންމައިފި

ބާރަ އަހަރަށް ފަހު ރެއުސް ޑޯޓްމަންޑް ދޫކޮށްލަން ނިންމައިފި

ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑްގައި ބާރަ އަހަރު ދުވަހުގެ ދިގު ކެރިއާއެއް ހޭދަކުރުމަށް ފަހު، މާކޯ ރެއުސް އެ ޓީމް ދޫކޮށްލަން ނިންމައިފިއެވެ. އެ ޓީމްގެ ކެޕްޓަންގެ މަގާމް ފުރަމުން އަންނަ ރެއުސް މި ސީޒަންގެ ނިޔަލަށް އޭނާ އެ ޓީމާއިއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނެއެވެ. އުމުރުން 34 ގެ ރެއުސް ވަނީ ޑޯޓްމަންޑަށް 424 މެޗު ކުޅެދީ، 168 ލަނޑު ޖަހައިދީފައެވެ. ރެއުސް އަކީ ޑޯޓްމަންޑްގެ އެކަޑަމީން ތަމްރީންވި ކުޅުންތެރިއެކެވެ. ނުވަ އަހަރު ދުވަސް ޔޫތުކެރިއާ އެ […]

އިބްރާހިމް ޚަލީލް
ޓޮޓެންހަމް ބަލިކޮށް ޗެލްސީ ޔޫރަޕް ފުޓްބޯޅައާއި ދިމާއަށް

ޓޮޓެންހަމް ބަލިކޮށް ޗެލްސީ ޔޫރަޕް ފުޓްބޯޅައާއި ދިމާއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމްގެ މައްޗަށް ކުރި ހޯދައި ޗެލްސީން އަންނަ ސީޒަންގައި ޔޫރަޕް މުބާރާތަކަށް ކޮލިފައިވުމަށް ކުރަމުން އަންނަ މަސައްކަތަށް ކުޑަ އުންމީދެއް ލިބިއްޖެއެވެ. ރޭ އަމިއްލަ ދަނޑުގައި ޗެލްސީން ވަނީ 2-0 ގެ ނަތީޖާއިން ޓޮޓެންހަމްގެ މައްޗަށް ކުރި ހޯދާފައެވެ. ލީގުގައި ޓޮޓެންހަމް ދަނޑުގައި މި ދެ ޓީމް ވާދަކުރި މެޗު ވެސް ކާމިޔާބު ކުރީ ޗެލްސީންނެވެ. ރޭ ލިބުނު މޮޅާއިއެކު ޗެލްސީ ވަނީ ޕޮއިންޓް ތާވަލުގެ 8 ވަނައަށް ކުރިއަށް ޖެހިލާފައެވެ. […]

އިބްރާހިމް ޚަލީލް
ރޯމާ ބަލިކޮށް ލެވަކޫސަން ފައިނަލުގެ އުންމީދު ބޮޑުކޮށްފި

ރޯމާ ބަލިކޮށް ލެވަކޫސަން ފައިނަލުގެ އުންމީދު ބޮޑުކޮށްފި

ޔުއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޯމާ ބަލިކޮށް ފައިނަލުގެ އުންމީދު ބަޔާން ލެވަކޫސަން އިން ބޮޑުކޮށްފިއެވެ. ރޭ ރޯމާގެ ދަނޑުގައި ކުޅުނު މެޗު ލެވަކޫސަން އިން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މި ސީޒަންގައި އާދަޔާ ހިލާފް ނަތީޖާއެއް ނެރެމުން އަންނަ ލެވަކޫސަން އިން ވަނީ މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ހޯދާފައެވެ. ހުރިހާ މުބާރާތެއް ހިމެނޭހެން މިހާތަނަށް އެ ޓީމް ކުޅުނު 47 […]

އިބްރާހިމް ޚަލީލް
ރޮނާލްޑޯގެ ލަނޑުތަކުން މޮޅުވެ އަލް ނަސްރު ފައިނަލަށް

ރޮނާލްޑޯގެ ލަނޑުތަކުން މޮޅުވެ އަލް ނަސްރު ފައިނަލަށް

ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑުތަކުން މޮޅުވެ ކިންގް ކަޕް އޮފް ޗެމްޕިއަންސްގެ ފައިނަލުން އަލް ނަސްރު ޖާގަ ހޯދައިފިއެވެ. ރޭ މުބާރާތުގެ ސެމީ ފައިނަލުގައި އަލް ނަސްރުން ވަނީ 3-1 ގެ ނަތީޖާއިން ޚަލީޖް ކުލަބް ބަލިކޮށްފައެވެ. މުބާރާތުގެ ފައިނަލުން ޖާގަ ހޯދި ދެވަނަ ޓީމަކީ މިވަގުތު ސައުދީ ޕްރޮފެޝަނަލް ލީގުގެ އެއްވަނާގައި އޮތް އަލް ހިލާލެވެ. އަލް ހިލާލުން ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގައި 2-1 ގެ ނަތީޖާއިން އަލް އިއްތިހާދު ބަލިކޮށްގެނެވެ. މި މަހު […]

އިބްރާހިމް ޚަލީލް
ޓީމެއް ގޮތުގައި ކުޅެ ޕީއެސްޖީ ބަލިކޮށް ޑޯޓްމަންޑުން ފައިނަލާއި ގާތަށް

ޓީމެއް ގޮތުގައި ކުޅެ ޕީއެސްޖީ ބަލިކޮށް ޑޯޓްމަންޑުން ފައިނަލާއި ގާތަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ޕީއެސްޖީ ބަލިކޮށް ފައިނަލާއި ގާތަށް ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑުން ޖެހިލައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ޑޯޓްމަންޑުން ވަނި 1-0 ގެ ނަތީޖާއިން ޕީއެސްޖީ ބަލިކޮށްފައެވެ. ޑޯޓްމަންޑްގެ ސަޕޯޓަރުންނަކީ ޓީމަށް ސަޕޯޓް ދިނުމުގައި އާދަޔާ ޚާލާފް ބައެކެވެ. ރޭ މެޗުން ވެސް އެކަން ފެނިގެން ދިޔައިރު، މުޅި ދަނޑު އޮތީ ރީނދޫ ކުލައިން ޖަރީކޮށްލާފައެވެ. ޔޫރަޕްގެ ނަން މަޝްހޫރު ކުޅުންތެރިންތަކެއް ނެތްނަމަވެސް ރޭ ޕީއެސްޖީއާއި ދެކޮޅަށް ޑޯޓްމަންޑުން ވަނީ […]

އިބްރާހިމް ޚަލީލް
ފުރަތަމަ ލެގުގައި ބަޔާންއާއި ރެއާލް މެޗަށް ހަމަހަމަ ނިމުމެއް

ފުރަތަމަ ލެގުގައި ބަޔާންއާއި ރެއާލް މެޗަށް ހަމަހަމަ ނިމުމެއް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ބަޔާން މިއުނިކާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ބަޔާންގެ ދަނޑުގައި ރޭ ކުޅުނު މެޗު އެއްވަރުވެފައި ވަނީ 2-2 ގެ ނަތީޖާއިންނެވެ. މެޗު ފަށައިގެން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ބަޔާންއެވެ. ނަމަވެސް މެޗުގައި ފުރަތަމަ ލީޑު ނެގީ ރެއާލުންނެވެ. މެޗުގެ 24 ވަނަ މިނެޓުގައި ރެއާލަށް ލީޑު ނަގައިދިނީ ވިނީސިއަސްއެވެ. މެދުތެރެއިން ޓޯނީ ކްރޫސް ކުޅުނު މޮޅު ބޯޅައަކުން ތަނަވަސްވީ ފުރުސަތުގައި ވިނީ […]

އިބްރާހިމް ޚަލީލް
ފަސޭހަކަމާއިއެކު ބްރައިޓަން ބަލިކޮށް ސިޓީ ތައްޓާ ދިމާއަށް

ފަސޭހަކަމާއިއެކު ބްރައިޓަން ބަލިކޮށް ސިޓީ ތައްޓާ ދިމާއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެމްޕިއަން މެންޗެސްޓާ ސިޓީއާއި ބްރައިޓަން ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް، ސިޓީ އެއްވަނައަށް މިސްރާބު ހިފައިފިއެވެ. ރޭ ރަށުން ބޭރުގައި ސިޓީ ވަނީ ބްރައިޓަން އަތުން 4-0 ގެ ތަފާތު ބޮޑު ނަތީޖާއިން މޮޅުވެފައެވެ. މި މޮޅާއިއެކު ސިޓީ ވަނީ ޕޮއިންޓް ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. އެ ޓީމަށް 33 މެޗުން 76 ޕޮއިންޓް ލިބިފައިވާއިރު، އެއްވަނާގައި އާސެނަލް އޮތީ ސިޓީއަށްވުރެ އެއް މެޗު އިތުރަށް ކުޅެގެން ހޯދި 77 ޕޮއިންޓާއިއެކުއެވެ. […]

އިބްރާހިމް ޚަލީލް
އެވަޓަން އިން ލިވަޕޫލުގެ އުންމީދަށް ހުރަސްއަޅައިފި

އެވަޓަން އިން ލިވަޕޫލުގެ އުންމީދަށް ހުރަސްއަޅައިފި

މި ސީޒަންގައި އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކުރުމަށް ލިވަޕޫލުން ކުރަމުން އަންނަ މަސައްކަތަށް އެވަޓަން އިން ހުރަސްއަޅައިފިއެވެ. ލީގުގައި ރޭ އެވަޓަން ދަނޑުގައި މި ދެ ޓީމް ވާދަކުރި މެޗު ނިމިގެންދިޔައީ 2-0 ގެ ނަތީޖާއިން އެވަޓަން މޮޅުވެގެންނެވެ. މި ބައްޔާއިއެކު ލިވަޕޫލް އޮތީ ކުޅުނު 34 މެޗުން ލިބުނު 74 ޕޮއިންޓާއިއެކު ޕޮއިންޓް ތާވަލުގެ ދެވަނާގައެވެ. އެ އަދަދަށް މެޗު ކުޅެގެން އެއްވަނާގައި އާސެނަލް އޮތީ 77 ޕޮއިންޓް ހޯދައިގެންނެވެ. މި ދެ ޓީމަށްވުރެ […]

އިބްރާހިމް ޚަލީލް
ލޮރިއެންޓް ބަލިކޮށް ޕީއެސްޖީ ލީގު ހޯދުމާއި ގާތަށް

ލޮރިއެންޓް ބަލިކޮށް ޕީއެސްޖީ ލީގު ހޯދުމާއި ގާތަށް

ފްރާންސް ލީގުގައި ޕީއެސްޖީއާއި އެފްސީ ލޮރިއެންޓް ބައްދަލުކުރި މެޗު ކާމިޔާބުކޮށް، ލީގު ޗެމްޕިއަންކަން ހޯދުމާއި ގާތަށް ޕީއެސްޖީ ޖެހިލައިފިއެވެ. ރޭ ރަށުން ބޭރުގައި ކުޅުނު މެޗު ޕީއެސްޖީން ކާމިޔާބު ކޮށްފައި ވަނީ 4-1 ގެ ނަތީޖާއިންނެވެ. ކުޅުނު 30 މެޗުން ޕީއެސްޖީ ވަނީ 69 ޕޮއިންޓް ހަމަކޮށްފައެވެ. ދެވަނާގައި އޮތް މޮނާކޯއަށް 30 މެޗުން ލިބިފައި ވަނީ 58 ޕޮއިންޓެވެ. ކޮންމެ ޓީމަކަށް ބާކީ ހަތަރު މެޗު އޮތްއިރު، ޕީއެސްޖީއަށް ލީގު ކާމިޔާބު ކުރުމަށް ބޭނުންވަނީ އެންމެ […]

އިބްރާހިމް ޚަލީލް
ޒަވީ ބާސާގައި މަޑުކުރަން ނިންމައިފި

ޒަވީ ބާސާގައި މަޑުކުރަން ނިންމައިފި

ބާސެލޯނާގެ ކޯޗް ޒަވީ ހެންނާންޑޭޒް ބާސެލޯނާގެ ކޯޗުކަމުގައި މަޑުކުރަން ނިންމައިފިއެވެ. އޭނާ ބާސާއާއިއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުއެވެ. ނަމަވެސް އޭނާގެ އިރުޝާދުގެ ދަށުން މި ސީޒަންގައި ބާސާގެ ނަތީޖާތައް ދައްވުމުގެ ސަބަބުން އޭނާ ވަނީ މި އަހަރުގެ ޖަނަވަރީ މަހު، ސީޒަން ނިމުމުން ބާސާގެ ކޯޗުކަން ދޫކޮށްލަން ނިންމާފައިވާ ކަމަށް ބުނެފައެވެ. އެކަން ހާމަކޮށް އޭރު އޭނާ ބުނީ އެއްވެސް ސަބަބަކާއި ގުޅިގެން އޭނާގެ ނިންމުން ބަދަލު ނުވާނެ ކަމަށާއި، ބާސާ […]

އިބްރާހިމް ޚަލީލް