ޗެލްސީއާއި އާސެނަލުން ޕޮއިންޓް ގެއްލުވާލިއިރު ސިޓީއަށް ތިން ޕޮއިންޓް
އިނިގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާއި އާސެނަލުން މުހިންމު ޕޮއިންޓްތައް ގެއްލުވާލިއިރު މެންޗެސްޓާ ސިޓީން މުހިންމު ތިން ޕޮއިންޓް ހޯދައިފިއެވެ. ރޭ ރަށުން ބޭރުގައި ޗެލްސީ ނުކުމެފައި ވަނީ ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށެވެ. މެޗު ނިމިގެން ދިޔައީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ޗެލްސީން ކޯލް ޕާމާގެ ގޯލުން މެޗުގެ ކުރީކޮޅުގައި ލީޑުނަގާފައިވަނިކޮށް، ޕެލަސް އިން އެއްވަރުކުރީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނިޓަށް ވެފައި ހުއްޓައެވެ. މި ލަނޑު […]