ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި އެތުލެލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު ތަފާތު ބޮޑު ނަތީޖާއަކުން އެތުލެޓިކޯއިން ކާމިޔާބު ކޮށްފިއެވެ. އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން ރެއާލުގެ މައްޗަށް ކުރި ހޯދީ 5-2 ގެ ނަތީޖާއިންނެވެ. މި ސީޒަންގައި ލީގުގައި ރެއާލުން ކުޅުނު ފުރަތަމަ ހަ މެޗުން ވެސް ވަނީ މޮޅުވެފައެވެ. ރޭ އެތުލެޓިކޯ އަތުން ވީ ބައްޔަކީ މި ސީޒަންގައި އެ ޓީމްގެ ފުރަތަމަ ބައްޔެވެ. ޒަބީ އެލަންސޯގެ އިރުޝާދުގެ ދަށުން […]
އިބްރާހިމް ޚަލީލް
ސައުދީ ޕްރޮފެޝަނަލް ލީގުގައި ރޭ އަލް ނަސްރާއި އަލް އިއްތިހާދު ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް އަލް ނަސްރު ޖެހިލައިފިއެވެ. ލީގުގައި ނަސްރުން މިހާތަނަށް ކުޅުނު ހަތަރު މެޗު ވެސް ވަނީ ކާމިޔާބު ކޮށްފައެވެ. އެ ޓީމް އެއްވަނާގައި އޮތީ ހަތަރު މެޗުން ލިބުނު 12 ޕޮއިންޓާއިއެކުއެވެ. ދެވަނާގައި އިއްތިހާދު އޮތީ ހަތަރު މެޗުން ލިބުނު 9 ޕޮއިންޓާއިއެކުއެވެ. ރޭ މެޗުގައި ޖެހި ދެ ލަނޑު ވެސް ޖަހާފައި ވަނީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ […]
އިބްރާހިމް ޚަލީލް
ޖަރުމަނު ލީގުގައި ރޭ ބަޔާން މިއުނިކާއި ވާޑަރ ބްރޭމަން ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ބަޔާނުން ކާމިޔާބުކޮށްފިއެވެ. އަމިއްލަ ދަނޑުގައި ބަޔާން މޮޅުވެފައި ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. މި މެޗުގައި ހެރީ ކޭން ވަނީ ބަޔާނަށް ދެ ލަނޑު ޖަހައިދީފައެވެ. މި ދެ ލަނޑާއިއެކު އޭނާ ބަޔާނަށް ޖަހައިދިން ގޯލުގެ އަދަދު ވަނީ 100 އަށް އަރާފައެވެ. އޭނާވެފައި ވަނީ ޔޫރަޕްގެ އެންމެ ވަރުގަދަ ފަސް ލީގުގައި އެންމެ މަދު މެޗުން 100 ލަނޑު […]
އިބްރާހިމް ޚަލީލް
ސްޕެއިން އާއި ބާސެލޯނާގެ ލެޖެންޑަރީ މިޑްފީލްދަރ ސާޖިއޯ ބުސްކެޓްސް، މި ސީޒަނަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމައިފިއެވެ. އެމެރިކާގެ އިންޓަ މިއާމީ އަށް މިހާރު ކުޅެމުން އަންނަ (37) ސާޖިއޯ ބުސްކެޓްސް މި ސީޒަނަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާކަން އޭނާ އިއުލާން ކޮށްފައިވަނީ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއް މެދުވެރިކޮށެވެ. ބުސްކެޓްސްއަކީ ސްޕެއިނުން އުފެއްދި ގޯލްޑެން ޖެނެރޭޝަންގައި ހިމެނޭ އެންމެ މުހިންމު އެއް ކުޅުންތެރިޔާއެވެ. ބާސެލޯނާގެ އެކަޑަމީން ތަމްރީންވި ބުސްކެޓްސް ބާސާގެ ސީނި...
އިބްރާހިމް ޚަލީލް
ސްޕެނިޝް ލަލީގާއި ރޭ ރެއާލް އޮވިއޭޑޯ ބަލިކޮށް ބާސެލޯނާއިން، ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ރެއާލް މެޑްރިޑާއި ދެމެދު އޮތް ފަރަގު ކުޑަކޮށްފިއެވެ. އޮވިއޭޑޯގެ ދަނޑުގައި ކުޅުނު މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ، އޮވިއޭޑޯއިން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރާ ތިން ލަނޑު (3-1) ޖަހައިގެންނެވެ. މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި ރެއާލް އޮތީ ކުޅުނު 6 މެޗު ވެސް ކާމިޔާބުކޮށް 18 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި ބާސާ އޮތީ 6 މެޗުން 16 […]
އިބްރާހިމް ޚަލީލް
އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގައި އިސްރާއީލް ކޮލިފައިވެ ބައިވެރިވެއްޖެނަމަ، ސްޕެއިން އެ މުބާރާތުން ވަކިވެދާނެކަމަށް އެ ގައުމުގެ އިސް ފަރާތްތަކުން ބުނެފިއެވެ. ސްޕެއިންގެ ނޫސް މާކާގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، ސްޕެއިންގެ ޕާލިމެންޓުގައި ސޯޝަލިސްޓް ޕާޓީގެ ސްޕޯކްސްޕާސަން ޕަޓްޝި ލޯޕެޒް ވިދާޅުވެފައިވަނީ ޣައްޒާގައި ހިނގަމުންދާ އިންސާނިއްޔަތާ ދެކޮޅު ޢަމަލުތަކާ ދެކޮޅަށް އިހުތިޖާޖުކުރުމުގެ ގޮތުން ވޯލްޑް ކަޕުން ވަކިވުމުގެ ފުރުސަތު އޮތްކ...
އަލީ އާދިލް
އިނގިރޭސި ލީގު ކަޕް (ކަރަބޯ ކަޕް) ގައި ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް، މުބާރާތުގެ ހަތަރުވަނަ ބުރުން މެންޗެސްޓާ ސިޓީއާއި އާސެނަލް ޖާގަ ހޯދައިފިއެވެ. ރޭ ރަށުން ބޭރުގައި ހަޑާރސްފީލްޑް ޓައުންގެ މައްޗަށް ސިޓީން ކުރި ހޯދާފައިވަނީ 2-0 ގެ ނަތީޖާއިންނެވެ. މި މެޗުގައި ސިޓީގެ ފަރާތުން ރަގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެ ޓީމުން ފުރަތަމަ ލަނޑުޖަހާފައި ވަނީ 18 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ފިލް ފޮޑެންއެވެ. ސިޓީގެ ދެވަނަ […]
އިބްރާހިމް ޚަލީލް
ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ލެވަންޓޭ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ރެއާލުން ކާމިޔާބު ކޮށްފިއެވެ. ރޭ ލެވަންޓޭގެ ދަނޑުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއިންނެވެ. މި ސީޒަންގައި ރެއާލްގެ ކޯޗުކަމާއި ހަވާލުވީ އަލޮންސޯގެ އިރުޝާދުގެ ދަށުން އެ ޓީމް މިހާތަނަށް ލީގުގައި ކުޅުނު ހަ މެޗުންނާއި ޗެމްޕިއަންސް ލީގު މެޗުން ވަނީ މޮޅުވެފައެވެ. މީގެކުރިން މިވަރުގެ ނަތީޖާއެއް ރެއާލުގައި ނެރެވިފައިވަނީ 2005 ވަނަ އަހަރު އެ ޓީމުގައި ހުރި ވަންޑަލެއި […]
އިބްރާހިމް ޚަލީލް
ފުޓްބޯޅައިގައި ދެމުން އަންނަ، އިންޑިވިޖުއަލް އެންމެ ޝަރަފްވެރި އެވޯޑް ކަމަށްވާ ބެލޮންޑިއޯ އެވޯޑް ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އޮސްމާނޭ ޑެމްބެލޭ (28) ކާމިޔާބު ކޮށްފިއެވެ. ރޭ ފްރާންސްގެ ޕެރިހުގައި އޮތް ބެލޮންޑިއޯ ހަފްލާގައި ޑެމްބެލޭ މި އެވޯޑް ކާމިޔާބު ކޮށްފައިވަނީ ބާސެލޯނާއަށް ކުޅެމުން އަންނަ ސްޕެއިންގެ ޒުވާން ތަރި (18)، ލެމީން ޔަމާލް އާއި ވާދަކޮށެވެ. ތިން ވަނަ އަކީ ޕީއެސްޖީގެ ޕޯޗުގީޒް މިޑްފީލްޑަރު ވިޓީނިއާއެވެ. ހަތަރު ވަނަ އަށް ލިވަޕޫލުގެ މިސްރު ފޯވާޑް […]
އިބްރާހިމް ޚަލީލް
ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ގެޓާފޭ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ބާސާއިން ކާމިޔާބު ކޮށްފިއެވެ. މި މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ. މިހާރު ރިނޮވޭޝަންގެ މަސައްކަތް ކުރަމުން އަންނަ ބާސާގެ ކޭމްޕް ނޯ ސްޓޭޑިއަމްގައި މި ސީޒަން ފެށުނުއިރު މެޗުތައް ކުޅެން ފެށުމުގެ އުންމީދު އޮތް ނަމަވެސް ތާވަލުކޮށްފައިވާވަރަށް މަސައްކަތް ކުރިއަށް ނުދިޔުމާއި ގުޅިގެން އަދި އޮތީ އެ ދަނޑުގައި މެޗުތައް ކުޅެން ނުފެށިއެވެ. ވުމާއިއެކު ރޭ ބާސާގެ ހޯމް މެޗު […]
އިބްރާހިމް ޚަލީލް
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި އާސެނަލް ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއިން އެއްވަރުވެއްޖެއެވެ. ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާއަކީ، ޓީމް ލައްވައި ޕޮޒިޝަން ފުޓްބޯޅަ ކުޅުވުމުގައި މަޝްހޫރު ކޯޗެކެވެ. ނަމަވެސް ރޭ އާސެނަލްއާއި ދެކޮޅަށް ސިޓީއަށް ގޭމް ކޮންޓްރޯލް ކުރެވޭ ގޮތެއް ނުވިއެވެ. މުޅި މެޗަށް ބަލާއިރު އެ ޓީމަށް ބޯލް ޕޮޒިޝަން ހިފެހެއްޓިފައި ވަނީ އެންމެ 33% އެވެ. މިއީ ގާޑިއޯލާގެ އިރުޝާދުގެ ދަށުން މިހާތަނަށް އެ ޓީމު އެންމެ ދަށްކޮށް […]
އިބްރާހިމް ޚަލީލް
ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި އެސްޕަނިޔޯލް ބައްދަލުކުރި މެޗު ކާމިޔާބުކޮށް، ރެއާލުން މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފިއެވެ. ރޭ މެޗުން ރެއާލް މޮޅުވެފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. ލީގުގައި މިހާތަނަށް ރެއާލުން ފަސް މެޗު ކުޅެފައިވާއިރު، އެ ފަސް މެޗު ވެސް ވަނީ ކާމިޔާބު ކޮށްފައެވެ. މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި ރެއާލް އޮތީ 15 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި އޮތް ބާސާއަށް 4 މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު، ރޭ ބަލިވި އެސްޕަނިޔޯލް އޮތީ […]
އިބްރާހިމް ޚަލީލް
މި ސީޒަންގައި ދަށް ނަތީޖާތަކެއް ނެރެމުން އަންނަ މެންޗެސްޓާ ޔުނައިޓެޑުން ރޭ ދުނިޔޭގެ ޗެމްޕިއަން ޗެލްސީގެ މައްޗަށް ހޯދި މޮޅާއިއެކު އެ ޓީމަށް ހަމަޖެހުމެއް ލިބިއްޖެއެވެ. ރޭ އަމިއްލަ ދަނޑުގައި ޔުނައިޓެޑުން ވަނީ 2-1 ގެ ނަތީޖާއިން ޗެލްސީ ބަލިކޮށްފައެވެ. ފާއިތުވި ސީޒަންތަކުގައި ޔުނައިޓެޑްގެ ފަރާތުން ޖުމްލަ ގޮތެއްގައި އަމިއްލަ ދަނޑުގައި ވެސް ފެނިގެން ގޮސްފައިވަނީ ދަށް ނަތީޖާ ތަކެކެވެ. ނަމަވެސް އެ ޓީމުން އަމިއްލަ ދަނޑުގައި ޗެލްސީއާއި ދެކޮޅަށް އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. އެ […]
އިބްރާހިމް ޚަލީލް
ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި ނަޕޯލީ ބައްދަލުކުރި މެޗު، 2-0 ގެ ނަތީޖާއިން ސިޓީ ކާމިޔާބު ކޮށްފިއެވެ. ސިޓީއަށް ގިނަ އަހަރުތަކެއްގައި ކުޅެ އެ ޓީމް ކެޕްޓަންކަން ވެސް ކޮށްފައިވާ ކެވިން ޑިބްރޭނާ ސިޓީ ދޫކޮށް ނަޕޯލީއަށް ބަދަލުވީ މި ސީޒަނަށެވެ. ޗެމްޕިއަންސް ލީގުގައި ނަޕޯލީއާއި ސިޓީ ވާދަކުރަން ޖެހުނުއިރު، ގިނަބައެއްގެ ލޯތައް އަމާޒުވީ ޑިބްރޭނާއަށެވެ. ސަބަބަކީ އޭނާގެ ފުޓްބޯޅައިގެ ގިނަ ކާމިޔާބީތަކާއި ގިނަ ހަނދާންތަކުގައި ސިޓީ ޝާމިލުވުމެވެ. އަދި ސިޓީގެ ސަޕޯޓަރުންގެ މެދުގައި […]
އިބްރާހިމް ޚަލީލް
ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ބާސެލޯނާއާއި ނިއުކާސަލް ބައްދަލުކުރި މެޗު، ބާސާއިން ކާމިޔާބު ކޮށްފިއެވެ. ނިއުކާސަލްގެ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި، ތަރިއަކަށްވީ މި ސީޒަނަށް ބާސާއާއި ގުޅުނު އިނގިރޭސި އެޓޭކަރ މާކަސް ރަޝްފޯޑެވެ. ރަޝްފޯޑްގެ ޓްރާންސްފާއަކީ ވަރަށްގިނަ ބަޔަކަށް ހައިރާންކަން ލިބުނު ޓްރާންސްފާއަކަށްވީއިރު، ސީޒަން ފަށައިގެން ބާސާއިން އޭނާއަށް ކުޅުމަށް ދިން ފުރުސަތުތަކުގައި މާއެދ...
އިބްރާހިމް ޚަލީލް