މެޗަށްފަހު ބައްޕަ މަރުވެއްޖެކަމަށް ލިބުނު ޚަބަރާއެކު ކޮންގޯ ކޯޗަށް ބޮޑު ސިހުމެއް
ވޯލްޑް ކަޕްގެ ގަދަ 16 ގައި ކޮންގޯ ކުޅުނު މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ޓީމުގެ ކޯޗު ސެބަސްޓިއަން ދެސާބްރޭގެ ބައްޕަ މަރުވެއްޖެކަމަށް ޚަބަރު ލިބުމުން އޭނާއަށް ބޮޑު ސިހުމެއް ލިބިއްޖެއެވެ. މި ޚަބަރު އާންމުކޮށްފައިވަނީ ބުދަ ދުވަހު އިންގްލެންޑް އަތުން 2-1 އިން ބަލިވެ، ކޮންގޯ މުބާރާތުން ކެޓި މެޗަށްފަހުގައެވެ. ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދީ ނިމުނުތަނާހީ، ޓީމުގެ ތަރުޖަމާނު ފަރަންސޭސި ބަހުން ވަނީ ކޯޗުގެ ބައްޕަ މި ދުނިޔެއާއި ވަކިވެފައިވާކަމަށް ބުނެ، ކޯޗަށް ތައުޒިޔާ ކިޔާފައެވެ. […]