ޖެއްސުންކުރި މެކްސިކޯ ސަޕޯޓަރުންނަށް ބޮޑު ފިލާވަޅެއް، އިންގްލެންޑުން މެކްސިކޯ ކަޓުވާލައިފި
ވޯލްޑް ކަޕްގެ ތާރީޚުގައި މެކްސިކޯގެ އެސްޓާޑިއޯ އަޒްޓެކާ ސްޓޭޑިއަމްގައި އެ ގައުމު ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް ނިމުމަކަށް ގެނެސް، 3-2 އިން މެކްސިކޯ ބަލިކޮށް އިންގްލެންޑް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ. އާދީއްތަ ދުވަހުގެ ރޭ ކުޅުނު މި ފޯރިގަދަ މެޗުން މޮޅުވެ، އިންގްލެންޑް ދެން ބައްދަލުކުރާނީ ފްލޮރިޑާގެ މިއާމީ ގާޑަންސްގައި އަންނަ ހޮނިހިރު ދުވަހު ނޯވޭއާ އެވެ. މެޗުގެ 36 ވަނަ މިނެޓުގައި ޖޫޑް ބެލިންހަމް ބޮލުން ޖެހި ލަނޑުން އިންގްލެންޑަށް ކުރިހޯދައިދިންއިރު، އޭގެ […]