އިސްރާއީލުން ޝަހީދުކޮށްލި އެތުލީޓުންގެ ހަނދާނުގައި ފަލަސްތީނުން '1000 ޝަހީދުންގެ ކަޕް' ލޯންޗުކޮށްފި
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ޝަހީދުކޮށްލާފައިވާ ފަލަސްތީނުގެ 1،014 އެތުލީޓުންގެ ހަނދާނުގައި “1000 ޝަހީދުންގެ ކަޕް” ނަމުގައި މުބާރާތެއް ބޭއްވުމަށް ފަލަސްތީނުން ނިންމައިފިއެވެ. މި މުބާރާތް ލޯންޗުކުރިކަން އިއުލާން ކުރެއްވީ ފަލަސްތީނުގެ ސުޕްރީމް ކައުންސިލް ފޯ ޔޫތު އެންޑް ސްޕޯޓްސްގެ ރައީސް ޖިބްރީލް ރާޖޫބް އެވެ. ހިފާފައިވާ ހުޅަނގު އައްސޭރީގެ އަލް ބީރޭގައި ހުންނަ ޖޯސެފް ބްލެޓާ ފުޓްބޯޅަ އެކަޑަމީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރާޖޫބް ވިދާޅުވީ، މި މުބާރާތު...