ޔޫރަޕްގެ ކުލަބް ފުޓުބޯޅައިގެ އެންމެ ފޯރިގަދަ އަދި އެންމެ ޝަރަފުވެރި މުބާރާތް ކަމުގައިވާ ޗެމްޕިއަންސް ލީގުގެ މިސީޒަންގެ ގްރޫޕް ސްޓޭޖްގެ ކުޅުން ނިމި ގަދަ 16 އަށް ދަތުރުކޮށްފައިވާ ޓީމުތަކުގެ މެދުގައި އިއްޔެ ވަނީ ގުރުއަތުލުން ބާއްވާފައެވެ. ގަދަ 16 ގައި އެންމެ ފަހުގެ ޗެމްޕިއަން ކަމުގައިވާ އިނގިރޭސި ވިލާތަށް ނިސްބަތްވާ ލިވަޕޫލް ބައްދަލު ކުރަން ޖެހޭނީ ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑާއެވެ. ލިވަޕޫލް ވަނީ ހަ ފަހަރު ޖެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. ޗެމްޕިއަންސް ލީގުގެ ތާރީހުގައި އެންމެ […]
އަޙްމަދު އަސްފާން
ސްޕެނިޝް ލަލީގާގެ ތާވަލްގެ އެއްވަނަޔަށް އެރުމަށް ލިބުނު ފުރުސަތު ރިއާލް މެޑްރިޑުން ބޭކާރުކޮށްލައިފިއެވެ. ރޭގެ މެޗާއި ރިއާލްއިން ކުރިމަތިލިއިރު ރޭގެ މެޗުން މޮޅުވެގެން ލީގު ތާވަލްގެ އެއްވަނައަށް އެރުމުގެ ފުރުސަތު އޮތީ ރިއާލްއަށް ތަނަވަސްވެފައެވެ. އެއީ މިދިޔަ ހޮނިހިރު ދުވަހު ވާދަވެރި ބާސެލޯނާ ރިއަލް ސޮސިޑާޑްއާއި ބައްދަކުރި މެޗް އެއްވަރުވުމާއި ގުޅިގެންނެވެ. ލަލީގާގައި ރޭ ރިއާލް މެޑްރިޑާއި ވެލެންސިއާ ބައްދަލުކުރި މެޗް ނިމުނީ 1-1 އިން ދެޓީމު އެއްވަރުވެގެންނެވެ. މެޗްގެ ފުރަތަމަ ގޯލްޖަހާ ލީޑް ނެގީ ވެލެނ...
އަޙްމަދު އަސްފާން
އިނގްލިޝް ޕްރިމިއަރ ލީގުގައި ރޭ ކުޅުނު މެޗުތަކުން އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އަދި ޓޮޓެންހަމް ހޮޓްސްޕަރސް މޮޅުވިއިރު މެންޗެސްޓަރ ޔުނައިޓެޑަށް ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެއެވެ. ޗެމްޕިއަން މެންޗެސްޓަރ ސިޓީން މެޗް ކާމިޔާބުކުރީ އާސެނަލް އާއި ބައްދަލުކޮށް ފަސޭހަކަމާއިއެކު 3-0 ގެ ނަތީޖާއަކުންނެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގެ ތިން ގޯލްވެސް ފެނިގެނދިޔައީ ފުރަތަމަ ހާފްގައެވެ. އެގޮތުން ފުރަތަމަ ގޯލް ދެވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ކެވިން ޑިބްރުއިންއެވެ. އަދި 15...
އަޙްމަދު އަސްފާން
އިނގްލިޝް ޕްރިމިއަރ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލެސްޓަރ ސިޓީ އާއި ނޮވިޗް ސިޓީ ބައްދަލު ކުރިމެޗް އެއްވަރުވި އިރު ބޯންމަތް އަތުން ޗެލްސީ ބަލިވެއްޖެއެވެ. ތާވަލްގެ ދެވަނައިގައި އޮތް ލެސްޓަރ ސިޓީ އަދި ތާވަލްގައި ފަހަތުން ދެވަނަ އަދި ރެލިގޭޝަ ޒޯންގައި އޮތް ނޯވިޗް ސިޓީ އާއި ބައްދުކުރިމެޗް އެއްވަރު ވެފައި ވަނީ 1-1 ގެ ނަތީޖާއަކުންނެވެ. މެޗްގެ ފުރަތަމަ ގޯލްޖަހާ ލިދު ނެގީ ނޯވޮޗްއިންނެވެ. 26 ވަނަ މިނިޓަގައި ނޯވިޗްގެ ގޯލް ކާމިޔާބުކޮސްދިނީ މިސީޒަނގައި […]
އަޙްމަދު އަސްފާން
އިނގްލިޝް ޕްރިމިއަރ ލީގުގައި މިއަދު ކުޅުނު މެޗްވެސް ލިވަޕޫލްއިން ކާމިޔާބުކޮށް ލީޑް 11 ފޮއިންޓަށް ފުޅާކޮށްފިއެވެ. ލިވަރޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މިމެޗް ލިވަޕޫލްއިން ކާމިޔާބުކުރީ ތާވަލްގެ ފުލުގައި އޮތް ވޮޓްފޮޑްގެ މައްޗަށް 0-2 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ ލިވަޕޫލްއިން މިއަދު މެޗްގައި ކާމިޔާބުކުރި ދެގޯލްވެސް ކާމިޔާބުކޮށްދިނީ މިސްރުގެ ތަރި މުހައްމަދު ސަލާހްއެވެ. މެޗްގެ ފުރަތަމަ ގޯލް ފެނިގެން ގޮސްފައިވަނީ 38 ވަނަ މިނިޓްގައެވެ. މިގޯލަކީ ވޮޓްފޮޑަށް ލިބުނު ކޯނަރުގެ ބޭނުން ނުކުރެވުމުގ...
އަޙްމަދު އަސްފާން
މައި ކަޕް 13 ވަނަ ފުޓުބޯޅަ މުބާރާތުގެ ކުއާޓަރ ފައިނަލްގެ ފަހު ދެ ޖާގަ ގްރޫޕް ތިނެއްގެ ސެންސިޓީ އަދި ގަބީލާ ހޯދައިފިއެވެ. އެ ގްރޫޕްގެ 1 ވަނަ ޓީމުގެ ގޮތުގައި ކުޅިމަގު ކުއާޓަރ ފައިނަލުން ޖާގަ ހޯދާފައިވާއިރު ސެންސިޓީ، އަރާދުވާ އަދި ގަބީލާއަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ. ސެންސިޓީއަށް ކުއާޓަރއިން ޖާގަ ލިބުނީ ގޯލް ތަފާތުން ކުރި ހޯދައިގެންނެވެ. ސެންސިޓީ ގެއްލުން 1 ގޯލު އޮތްއިރު އަރާދުވާ އަދި ގަބީލާއަށް ގެއްލުން ގޯލުގެ ގޮތުގައި 2 […]
އިބްރާހިމް އަސްވާޤް
ނޭޕާލުގައި ކުރިއަށްދިޔަ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރި ރާއްޖޭގެ ގައުމީ ބާސްކެޓްބޯޅަ ޓީމުތަކާއި ހޭންޑްބޯލް ޓީމްތައް އަދި މީޑިއާ ޓީމު ދަތުރުކުރުމަށް ހަމަޖެހިފައިވާ ފްލައިޓް ކެންސަލް ވުމުގެ ސަބަބުން އިންޑިއާގެ ނިއުދިއްލީގައި ތާށިވެއްޖެއެވެ. ރޭ ފުރަން ދިޔަ ހަތަރު ޓީމުގެ ކުޅުންތެރިންނާ އޮފިޝަލުން އަދި މީޑިއާ ޓީމުގައި ހިމެނޭ ފަރާތްތަކާއެކު ޖުމްލަ 71 މެމްބަރުން އެއާޕޯޓުގައި 17 ގަޑިއިރަށްވުރެ ގިނަ ވަންދެން ތާށިވެފައި ތިބިކަމަށް މައުލޫމާތު ލިބެއެވެ. އެކަމާ ގުޅިގެން ޔޫތު މިނިސްޓަރު އަހްމަދު މ...
ޔުމްނާ ޢަލީ
ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާއިން އިންތިޒާމު ކޮށްގެން ބާއްވާ އާދަމް ސަލީމް ކަޕް ފުޓްބޯޅަ މުބާރަތް 2019 ފަށައިފިއެވެ. ހަނިމާދޫ ފުޓްބޯޅަ ދަނޑުގައި ކުޅެވެމުންދާ މިމުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ ރޫހް އަދި ޔޫތު ފްރެންޑްސްއެވެ. މުބާރާތުގެ ފުރަތަމަ މެޗް ނިމުނީ 1-1 ލަނޑުން މެޗް އެއްވަރު ވެގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރޫހު ޓީމުގެ ޖޯޒީ ނަންބަރު 14 މުޙައްމަދު ޢަލީއެވެ. މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ފުރަތަމަ މެޗް ޝަރަފްވެރި ކޮށްދެއްވީ މުބާރާތުގެ މެއިން ސްޕޮންސަރ،...
ޙުސައިން ޝަހުދީ
އެލަޔަންސް ފުޓްސެލް ކަޕް 2019ގެ ޗެމްޕިޔަންކަން ވިޔޯރާ ސިޓީ ހޯދައިފިއެވެ. ވިޔޯރާ ސިޓީ ޗެމްޕިޔަކަން ހޯދައިފައިވަނީ ރޭ ފައިނަލް މެޗްގައި ސްޓަރ ފޯސް އާއި ބައްދަލުކޮށް 10-2 އަކުންނެވެ. މި ފޯރިގަދަ ފައިނަލް މެޗްގެ މޭން އޮފް މެޗަކަށް ހޮވިފައިވަނީ ވިޔޯރާ ސިޓީގެ ހަސަން ސޮލާހެވެ. ފައިނަލް މެޗަށްފަހު މުބާރާތުގެ އެކި ވަނަ ތަކަށް ދިޔަ ފަރާތްތަކަށް ހަނދާނީ ލިޔުމާއި ޓްރޮފީ ވަނީ ހަވާލުކޮށްފައެވެ. އެގޮތުން މުބާރާތުގެ ރަނަރަޕް ޓީމަކީ ސްޓާރ ފޯސް އެވެ. މުބާރާތުގެ ފެއަރ […]
އިބްރާހިމް އަސްވާޤް
ކުޅިވަރުގައި ކާމިޔާބީ ހޯދުމަށް ކޮންމެހެން ބޮޑު ޤައުމަކަށް ވާކަށް ނުޖެހޭކަމަށާއި، ބޭނުންވަނީ ރަނގަޅު ޕްލޭނަކާއިއެކު ކުޅިވަރު ކުޅޭނެ ރަނގަޅު ވަޞީލަތްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މި ހެން ވިދާޅުވީ ސައުތް އޭޝިއަން ގޭމްސްގައި މެޑަލް ހޯދި އެތުލެޓިކްސް ޓީމާއި ޓޭބަލް ޓެނިސް (ޓީޓީ) ޓީމުގެ އެތުލީޓުންނަށް މަރުޚަބާ ވިދާޅުވުމަށް ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރ...
އިބްރާހިމް އަސްވާޤް
ސައުތު އޭޝިއަން ގޭމްސްއިން ލިބުނު ފަހުރުވެރި ކާމިޔާބީއަށް ފަހު އެމްއެންޑީއެފް ގެ ސާޖެންޓް ހަސަން ސާއިދު ރާއްޖެ އައުމުން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ. މިއަދު ހެދުނު ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުން ސާއިދު އަށް މަރުހަބާ ދެއްނެވީ މިނިސްޓަރ އޮފް ޑިފެންސްފޯސް މާރިޔާ ދީދި ގެ އިތުރުން ޗީފް އޮފް ޑިފެންސްފޯސް އަބްދު ﷲ ސަމާލްއެވެ. ސާއިދު ރާއްޖެއަށް މި ހޯދައިދިން ތާރީހީ މެޑަލް އަކީ ސާއިދު އާއި މެދު މުޅި ރާއްޖެ ފަހުރުވެރިވާ ފަދަ މެޑަލް އަކަށް […]
ފާތިމަތު ސިނާޒާ
ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާއިން އިންތިޒާމު ކޮށްގެން މިޑިސެމްބަރ 10 ގައި ފެށުމަށް ހަމަޖެހިފައިވާ، އާދަމް ސަލީމް ކަޕް ފުޓްބޯޅަ މުބާރަތް 2019 ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވެއްޖެއެވެ. މިގޮތުން މިމުބާރާތުގައި ބައިވެރިވި ހަޓީމުގެ މެދުގައި ގުރުއަތުލުން 06 ޑިސެމްބަރު 2019 ވީ ހުކުރު ދުވަހުގެ ރޭ 21:00 ގައި ވަނީ ހަނިމާދޫ ޔޫތު ކެފޭގައި ބާއްވާފައެވެ. މިއަހަރުގެ މުބާރާތުގައި ވާދަކުރާ ހަޓީމަކީ ޔުނީފޯމް، ރިއަލްސްޓާރސް، ރޫހު، ޝީލްޑު، އަހުލީ އަދި ޔޫތު ފުރެންޑްސްއެވެ. މިމުބާރާތުގެ ފަހުގެ […]
ޙުސައިން ޝަހުދީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސައުތު އޭޝިއަން ގޭމްސްގައި ދިވެހިރާއްޖެއަށް ރަން މެޑަލް ހޯދައިދިން ދުވުންތެރިޔާ ޙަސަން ސާޢިދަށް، ފޯނުން ގުޅުއްވައި މަރުޙަބާ ވިދާޅުވެއްޖެއެވެ. ސާޢިދާއި ފޯނުން ގުޅުއްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ސާޢިދު ހޯއްދެވި ކާމިޔާބީއަކީ މުޅި ރާއްޖެއަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވައި މިއީ ޤައުމަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމުގައި ވިދާޅުވިއެވެ. އަދި، މިއީ މި މުބާރާތުން ރާއްޖެއަށް ރަން މެޑެއްޔެއް ލިބުނު ފުރަތަމަ ފަހަރުކަން...
އިބްރާހިމް އަސްވާޤް
ފެނަކަ ރިކްރިއޭޝަން އިން އިންތިޒާމްކޮށްގެން ބާއްވަމުންއަންނަ ޒޯން ފުޓްސަލް މުބާރާތް ބާއްވައިފިއެވެ. މ، ފ، ދ އަތޮޅުގެ ބުރާންޗްތަކުގެ ޒޯން ފުޓްބޯޅަ މުބާރަތް ފ.ނިލަންދޫގައި ފަށާފައިވަނީ އިއްޔެ އެވެ. އިއްޔެ ފެށި މި މުބާރާތް ޝަރަފްވެރިކޮށްދެއްވީ ފެނަކަ ކުންފުނީގެ ޑިރެކްޓަރ އަތުހަރު ހަލީމެވެ. މި މުބަރާތުގައި 12 ބުރާންޗަކުން 9 ޓީމް ބައިވެރިވެފައިވާއިރު 75 މުވައްޒަފުން ވަނީ ކުޅެފައެވެ. މި މުބާރާތުގައި ޓީމް ކުޑަހުވަދޫ، ޓީމް މަޑުއްވަރީ، ޓީމް މުލަކު، ޓީމް ދިއްގަރު- ބަނޑިދޫ، ޓީމް މަގޫދޫ، […]
ފާތިމަތު ސިނާޒާ
ބީ.އެމް.އެލް ޤައުމީ ފެތުމުގެ 44 ވަނަ މުބާރާތުގެ ޗެމްޕިއަންކަން ނިއުލެގޫންސް ސްވިމިންގ ކްލަބް ހޯދައިފިއެވެ. އަންހެން އަދި ފިރިހެނުންގެ ކެޓަގަރީގެތަކުގެ ޗެމްޕިއަންކަން ނިއުލެގޫންސް ސްވިމިންގ ކްލަބުން ހޯދިއިރު މިއީ، ފިރިހެނުންގެ ކެޓަގަރީގެ ޗެމްޕިއަންކަން ނިއުލެގޫންސް ސްވިމިންގ ކްލަބް ޖެހިޖެހިގެން ހޯދި 5 ވަނަ ފަހަރެވެ. ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ޝަރަފްވެރި ކޮށްދެއްވި މި ޙަފްލާގައި މިނިސްޓަރ އޮފް ޔޫތު ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަޙްމަދު މަޙު...
އިބްރާހިމް އަސްވާޤް