މައި ޚަބަރަށް ދިޔުމަށް

ކުޅިވަރު

2,739 ޝާއިޢުކުރެވިފައިވާ ލިޔުން

ކުޅިވަރު - 173 ވަނަ ޞަފްޙާ

ރޭގެ މެޗުން މޮޅުވެ ލަލީގާ ކާމިޔާބުކުރުމާ ގާތަށް ރެއާލް މެޑްރިޑުން ޖެހިލައިފި

ރޭގެ މެޗުން މޮޅުވެ ލަލީގާ ކާމިޔާބުކުރުމާ ގާތަށް ރެއާލް މެޑްރިޑުން ޖެހިލައިފި

ރޭގައި ސްޕެނިޝް ލަލީގާގައި ކުޅުން މެޗު ކާމިޔާބުކޮށް ލީގުތަށި ކާމިޔާބު ކުރުމާ ގާތަށް ރެއާލް މެޑްރިޑުން ޖެހިލައިފިއެވެ. ރޭގައި ކުޅުނު މެޗު ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފައިވަނީ ޑިޕޯޓިވޯ އަލާވޭސް އާއި ބައްދަލުކޮށް 0-2 ގެ ނަތީޖާއަކުންނެވެ. އެ ޓީމުންވަނީ ލީގުގައި އެންމެ ފަހުން ކުޅުނު އަށް މެޗުވެސް ކާމިޔާބު ކޮށްފައެވެ. ރެއާލް މެޑްރިޑުން އެ ޓީމުގެ މުހިންމު ތިން ޑިފެންޑަރުން ކަމުގައިވާ ސާޖިއޯ ރާމޯސް އަދި ޑެނީ ކަރަވަހާލް ސަސްޕެންޝަނުގެ ސަބަބުން މި މެޗުގައި ކުޅެފައިނުވާއިރު މާސެލޯ ވެސް […]

އިބްރާހިމް ޚަލީލް
އިމްރާން ފީފާ ސެންޗަރީ ކްލަބްގައި ހިމެނި، ތާރީޚްގެ ތެރެއަށް!

އިމްރާން ފީފާ ސެންޗަރީ ކްލަބްގައި ހިމެނި، ތާރީޚްގެ ތެރެއަށް!

ރާއްޖެއިން އެންމެ ފުރަތަމަ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރ،ާ ފިފާގެ ސެންޗަރީ ކްލަބުގައި ހިމެނުނު ފުރަތަމަ ދިވެހި ކުޅުން ތެރިޔާގެ ގޮތުގައި، ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ގޯލްކީޕަރު އިމްރާން މުހައްމަދު ހިމެނި، ފުޓް ބޯޅައިގެ ތާރީޚުން އިތުރު ޖާގައެއް ކަށަވަރު ކޮށްފިއެވެ. ފީފާ އިން އެ އެސޯސިއޭޝަނުގެ ސެންޗަރީ ކްލަބުގައި އިމްރާން ހިމަނާފައި ވަނީ ގައުމީ ޓީމަށް އޭނާ ކުޅެދީފައިވާ 109 މެޗު ބަލައިގަތުމާއި އެކުގައިއެވެ. މިގޮތުން އިމްރާނަކީ، 100 ނުވަތަ އެއަށް ވުރެ […]

ހުސައިން ހަބީބް
އެފްއޭމްގެ އިންތިޚާބަކީ ބާޠިލް އިންތިޚާބެއް ކަމަށް މިނިސްޓަރު ވިދާޅުވާން ޖެހޭ: އެމްޕީ ޢަލީ އާޒިމް

އެފްއޭމްގެ އިންތިޚާބަކީ ބާޠިލް އިންތިޚާބެއް ކަމަށް މިނިސްޓަރު ވިދާޅުވާން ޖެހޭ: އެމްޕީ ޢަލީ އާޒިމް

ފުޓްބޯލް އެސޯސިއޭސަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިޚާބަކީ ބާޠިލް އިންތިޚާބެއް ކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަޙުމަދު މަޙްލޫފް ވިދާޅުވާން ޖެހޭ ކަމަށް ކުރީގެ އެފްއޭމްގެ ރައީސްކަން ކުރަށްވާފައިވާ، މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެމްބަރު ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ. ޢަލީ އާޒިމް ވިދާޅުވީ ސަރުކާރަށް ގޮންޖަހާފައި އެފްއޭއެމްގެ އިންތިޚާބު ބޭއްވީ، ޤާނޫނާއި ޤާނޫނުން ބާރު ލިބިގެން ހަދާފައިވާ ޤަވާޢިދާ ޚިލާފަށް ކަމަށެވެ. އެހެންކަމުން އެފްއޭއެމް ގެ އިންތިޚާބަކީ ބާޠިލް އިންތިޚާބެއް ކަމަށް ކުޅިވަރާއި...

ހުސައިން ހަބީބް
އަތޮޅު ތަކަށްވެސް ދިވެހި ޕްރިމިއާ ލީގު ފުޅާކުރަނީ!

އަތޮޅު ތަކަށްވެސް ދިވެހި ޕްރިމިއާ ލީގު ފުޅާކުރަނީ!

2023 ވަނަ އަހަރު އޮންނަ ދިވެހި ޕްރިމިއާ ލީގުގެ ސީޒަން މާލޭގެ އިތުރުން އަތޮޅުތަކަށް ފުޅާ ކުރާނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ. އެފްއޭއެމްގެ ރައީސް ކަމަށް ދެ ވަނަ ދައުރަކަށް އިންތިހާބު ވުމަށް ފަހު މީޑިއާ އާ ވާހަކަ ދައްކަމުން ބައްސާމް ވިދާޅުވީ ކުރިއަށް އޮތް ދައުރުގައި އެފްއޭއެމްގެ މިހާރުގެ ލީޑަޝިޕުން އެންމެ ބޮޑު އިސްކަމެއްދީގެން ކުރާނެ އެއް ކަމަކީ 2023-2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު މުޅި […]

ހުސައިން ހަބީބް
ސާނޭ ބަޔާން އާއި ގުޅެން އެއްބަސްވެއްޖެ

ސާނޭ ބަޔާން އާއި ގުޅެން އެއްބަސްވެއްޖެ

މެންޗެސްޓާ ސިޓީއަށް ކުޅެމުންއަންނަ ޒުވާން ޖަރުމަނު ފޯވާޑް ލިއޮރީ ސާނޭ ބަޔާން މިއުނިކް އަށް ސޮއެކުރަން އެއްބަސްވެއްޖެއެވެ. ސާނޭ ސިޓީ އާއި ގުޅުނީ 2016 ވަނަ އަހަރު ޖަރުމަނުގެ ޝާލްކޭ އިންނެވެ. ސިޓީ އިން އޭނާ ގަނެފައި ވަނީ 37 މިލިއަން ޕައުންޑަށް ކަމަށްވާއިރު ސާނޭ ވިއްކާލުމުން އެ ކުލަބަށް 17 މިލިއަން ޕައުންޑުގެ ފައިދާއެއް ވާނެ ކަމަށް އަންދާޒާ ކުރެވެއެވެ. ފާއިތުވެދިޔަ 4 އަހަރު ސާނޭ ވަނީ ސިޓީގައި މޮޅުކުޅުމެއް ދައްކާފައެވެ. “ވިންގަރެއް” ނުވަތަ “ވިންގް […]

ޒިޔާން އަމްޖަދު
ސާފު ޗެމްޕިއަންޝިޕް އަންނަ އަހަރަށް ފަސްކޮށްފި

ސާފު ޗެމްޕިއަންޝިޕް އަންނަ އަހަރަށް ފަސްކޮށްފި

ކޯވިޑް19 އާއި ގުޅިގެން ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް އަންނަ އަހަރަށް ފަސްކޮށްފިއެވެ. މުބާރާތް އަންނަ އަހަރަށް ފަސްކޮށްފައި ވަނީ ހޯމަ ދުވަހު ސާފުގެ މެންބަރު ގައުމުތަކުގެ ސެކެއްޓްރީ ޖެނެރަލުންނާއި އެކު ބޭއްވުނު ވީޑިއޯ ކޮންފަރެންސް ބައްދަލުވުމެއްގައި އެކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ފަހު އެވެ މިމުބާރާތް ފަސްކޮށްފައިވަނީ ސާފުގެ މެންބަރު ގައުމުތަކުގެމު ހާލަތު ހުރި ގޮތުން މި އަހަރު މުބާރާތް ބޭއްވޭނެކަމަށް ނުފެންނާތީއެވެ. ސާފް ސެކްޓަރީ ޖެނެރަލް އަންވަރު ހައްގާ ހަވާލަދީ ބޭރުގެ މީޑިޔާ […]

އަލީ އިބްރާހިމް
އޭއެފްސީގެ އެންމެ މޮޅު ސޯލޯ ގޯލަކަށް ދަގަނޑޭގެ ގޯލު ހޮވިއްޖެ

އޭއެފްސީގެ އެންމެ މޮޅު ސޯލޯ ގޯލަކަށް ދަގަނޑޭގެ ގޯލު ހޮވިއްޖެ

އޭއެފްސީ ކަޕްގެ އެންމެ މޮޅު ސޯލޯ ގޯލަކަށް ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ގެ މޮޅު ގޯލެއްވެސް ހިމަނައިފިއެވެ. އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ތާރީހުގައި މިހާތަނަށް ޖަހާފައިވާ ގޯލްތަކުގެ ތެރެއިން އެންމެ މޮޅު ސޯލޯ ގޯލަކަށް ދަނގަޑޭގެ މިގޯލު ހޮވިފައިވަނީ  ބޮޑު ތަފާތަކުންނެވެ. އޭއެފްސީ ޑޮޓްކޮމް އިން ކުރިޔަށް ގެންދިޔަ ވޯޓުގައި 54 % މީހުން ވަނީ ދަގަނޑޭއަށް […]

ހުސައިން ހަބީބް
އޭއެފްސީގެ މޮޅު 5 ސޯލޯ ގޯލުގެ ތެރޭގައި ދަގަނޑޭގެ ގޯލެއް ހިމެނިއްޖެ

އޭއެފްސީގެ މޮޅު 5 ސޯލޯ ގޯލުގެ ތެރޭގައި ދަގަނޑޭގެ ގޯލެއް ހިމެނިއްޖެ

އޭއެފްސީ ކަޕްގެ އެންމެ މޮޅު ފަސް ސޯލޯ ގޯލުގެ ތެރޭގައި ދިވެހި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ގެ މޮޅު ގޯލެއްވެސް ހިމަނައިފިއެވެ. ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި އެއް ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށްވާ އަޝްފާގުގެ މި ގޯލަކީ އޭއެފްސީ ކަޕްގައި 2013 ވަނަ އަހަރު ނިއުރޭޑިއަންޓްގެ ޖޯޒީގައި ގްރޫޕް ސްޓޭޖްގެ މެޗެއްގައި އިންޑޮނޭޝިއާގެ ޕާސިބޯ ބޮޖެންނެގޮރޯ އާއި ދެކޮޅަށް އަޝްފާގު ޖަހާދިން ގޯލެކެވެ. މި ގޯލަކީ ޕާސިބޯގެ ހާފުގެ ތެރެއިން އަޝްފާގަށް […]

ޖަލްވާން ޖާދުﷲ
މޮނިޓަރިން ނެތް ރަށްރަށުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ދޭން ނިއްމައިފި

މޮނިޓަރިން ނެތް ރަށްރަށުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ދޭން ނިއްމައިފި

ކޮވިޑް-19 އާ ގުޅިގެން މޮނިޓަރިން ހާލަތުގައި ނެތް ރަށްރަށުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފާގެ މަތިން ދިނުމަށް ޔޫތު މިނިސްޓްރީން މިއަދު ނިންމައިފިއެވެ. ޔޫތް މިނިސްޓްރީ އިން ބުނީ ކުޅިވަރުތަށް ކުޅުމުގެ ހުއްދަ ލިބޭނީ މޮނިޓަރިން ހާލަތު އުވާލިތާ 14 ދުވަސްވެފައިވާ ރަށްތަކަށް އެކަނި ކަމަށެވެ. ޔޫތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދުނިޔެ އާއި ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާ އިރު، އެ ބަލި ފެތުރިފައި ނުވާ ރަށްތަކާއި މޮނިޓަރިން […]

ޔުމްނާ ޢަލީ
ޤައުމު އުފަލުން ރޮއްވާލި ގޯލު

ޤައުމު އުފަލުން ރޮއްވާލި ގޯލު

ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް ނުދެކޭ ސިޔާސީ ވާދަވެރި އާ ރޭހަކަށް ޤައުމު ތައްޔާރުވަމުން ދިޔަ ވަގުތެވެ. ޤައުމެއްގެ ހަޔާތުގައި ސިޔާސީ ގޮތުން ބަޔަކު ބައިބައިވެފައި އޮންނާނީ އެހާކަންހާވަރަށެވެ. އެކަމަކު 2008 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް ފައިނަލް މެޗުގައި މުޚުތާރު ނަޞީރު (ޓޫކިލޯ) ވައްދާލި ހިތްގައިމު ގޯލާއެކު މުޅި ޤައުމު އުފަލުން ރޮއްވާލިއެވެ. ބައިބައިވެ ކަފިކަފިވެފައިވާ ފިކުރުތައް ޤައުމީ ރޫޙުން ބަނދެލައިދިނެވެ. އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމުގެ ވިންދު ދިވެހި ފަސްގަނޑުގައި އަލުން ޖ...

ޢަބްދުﷲ ސަޢީދު
200 މިލިއަން ޔޫރޯއަށް ފޯވާޑް ހެރީ ކޭން ވިއްކާލަނީ

200 މިލިއަން ޔޫރޯއަށް ފޯވާޑް ހެރީ ކޭން ވިއްކާލަނީ

އެންމެ އަވަހަށް އޮންނަ ޓްރާންސްފަރ ބާޒާރުގައި އިނގިރޭސި ފުޓްބޯޅަ ކުލަބު ޓޮޓެންހަމް ހޮޓްސްޕާސްގެ އެއްވަނަ ފޯވާޑް ހެރީ ކޭން ވިއްކާލުމަށް އެ ކުލަބުން ނިންމައިފިއެވެ. މިގޮތަށް އެ ކްލަބުން ނިންމީ މިވަގުތު އެ ކްލަބްގައި އޮތް ބޮޑު ދަރަނީގެ ސަބަބުން މާލީގޮތުން ލިބިދާނެ ގެއްލުންތަކުން އަރައިގަތުމަށެވެ. ކޮވިޑް-19 އާއި ގުޅިގެން އެންމެ ބޮޑު ގެއްލުމަކާއި ކުރިމަތިވެފައިވާ އެއް އިނގިރޭސި ކްލަބަކީ ޓޮޓެންހަމް އެވެ. އެ ކްލަބުން އަލަށް ތަރައްގީ ކުރި ފުޓްބޯޅަ ދަނޑުގެ މަސައްކަތަށް ނަގާފައިވާ ލޯނުގައި އަދި […]

އަލީ އާދިލް
ކޮވިޑް-19: މާސޭގެ ކުރީގެ ރައީސް ޕަޕޭ ޑިއޫފް މަރުވެއްޖެ

ކޮވިޑް-19: މާސޭގެ ކުރީގެ ރައީސް ޕަޕޭ ޑިއޫފް މަރުވެއްޖެ

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދަނިކޮށް ފްރާންސްގެ އޮލިމްޕިކް މާސޭގެ ކުރީގެ ރައީސް ޕަޕޭ ޑިއޫފް މަރުވެއްޖެ އެވެ. އޭނާ މަރުވެފައިވަނީ އޭނާގެ އުފަން ގައުމު ސެނެގާލްގެ ހޮސްޕިޓަލެއްގަ އެވެ. ޑިއޫފް ވަނީ 2005 އިން 2009 އަށް މާސޭގެ ރައީސް ކަން ކޮށްފަ އެވެ. އެ ކުލަބުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، އެ ކުލަބުގެ ސަޕޯޓަރުންގެ މެދުގައި އަބަދުވެސް ޑިއޫފްގެ ހަދާންތައް ހުންނާނެ ކަމަށެވެ. އެގޮތުން ޑިއޫފް ވެފައިވަނީ ޔޫރަޕްގެ ޓޮޕް ޓީމެއްގެ ރައީސް […]

ޖަލްވާން ޖާދުﷲ
ދުނިޔޭގެ ރޭންކިންގެ ގަދަ 100 ގައި ނަބާ އާއި ނަބީ ހިމެނިއްޖެ

ދުނިޔޭގެ ރޭންކިންގެ ގަދަ 100 ގައި ނަބާ އާއި ނަބީ ހިމެނިއްޖެ

ބެޑްމިންޓަން އަންހެން ޑަބަލްސްގެ ދުނިޔޭގެ ރޭންކިންގެ ގަދަ 100 ގައި، ރާއްޖޭގެ ދެ ކުޅުންތެރިން ކަމަށްވާ އައިމިނަތު ނަބާހާ އަބްދުއްރައްޒާގު (ނަބާ) އާއި ފާތިމަތު ނަބީހާ އަބްދުއްރައްޒާގު (ނަބީ) ފުރަތަމަ ފަހަރަށް ހިމެނިއްޖެއެވެ. މިއީ އޭގެ ކުރިން ނެރުނު ރޭންކިންއާ އަޅާބަލާއިރު 10 ދަރަޖައިގެ ކުރިއެރުމެކެވެ. ހދ. ނޭކުރެންދޫއަށް ނިސްބަޔްވާ މިދެބެއިންގެ ތެރެއިން ނަބާ އިއްޔެ ސޯޝަލް މިޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރޭންކިންގައި މި ލިބުނު ކުރިއެރުމާ އެކު އޮލިމްޕިކްސް އަށް ކޮލިފައިވާން ކުރާ މަސައްކަތަށ...

ޔުމްނާ ޢަލީ
ކޮވިޑް-19: ވެލެންސިއާ ގިނަ ކުޅުންތެރިން ތަކެއް ޕޮޒިޓިވްވެއްޖެ

ކޮވިޑް-19: ވެލެންސިއާ ގިނަ ކުޅުންތެރިން ތަކެއް ޕޮޒިޓިވްވެއްޖެ

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަސް އަށް ސްޕޭންގެ ވެލެންސިއާގެ ސްކޮޑުގެ ގިނަ ކުޅުންތެރިންތަކެއް ޕޮޒިޓިވްވެއްޖެ އެވެ. ވެލެންސިއާ އިން ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގައި އިޓަލީގެ އެޓަލާންޓާއާއި އެކު މެޗް ކުޅުމަށް މިދިޔަ ފެބްރުއަރީ މަހުގެ 20 ދުވަހު އިޓަލީގެ މިލާނަށް ދަތުރުކޮށްފައެވެ. އޭގެ ފަހުން މި މަހުގެ 11 ވަނަ ދުވަހު އެޓަލާންޓާ އިން ވަނީ ވެލެންސިއާއާ ދެކޮޅަށް ކުޅެން ސްޕެއިނަށް ގޮސްފައެވެ. އޭގެ ފަހުން އެޓަލާންޓާ ސްކޮޑުވެސް މިހާރު ވަނީ […]

ޝިއުނާ އާދަމް
ޔޫރޯ 2020، އަންނަ އަހަރަށް ފަސްރުމާއި މެދު ގޮތެއް ނިންމަނީ

ޔޫރޯ 2020، އަންނަ އަހަރަށް ފަސްރުމާއި މެދު ގޮތެއް ނިންމަނީ

ކޮވިޑް-19 ގެ ސަބަބުން ޔޫރޯ ފުޓްބޯޅަ މުބާރާތް އަންނަ އަހަރަށް ފަސްކުރުމާއި މެދު އަންނަ އަންގާރަ ދުވަހު ޔުއެފާއިން ގޮތެއް ނިންމާނެ ކަމަށް ބޭރުގެ ނޫހަކުން ބުނެފިއެވެ. އިނގިރޭސި ވިލާތުގެ ދަ ގާޑިއަން ނޫހުން ބުނެފައިވަނީ ކޮވިޑް-19 ގެ ސަބަބުން ޔޫރޯ ފުޓްބޯޅަ މުބާރާތް 2021 ވަނަ އަހަރަށް ފަސްކުރުމާއި މެދު އަންނަ އަންގާރަ ދުވަހު ޔުއެފާއިން ގޮތެއް ނިންމާނެ ކަމަށެވެ. ޖޫން މަހު ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތް މިއަހަރު ބޭއްވުމަށް ނިންމާފައިވަނީ ޔޫރަޕްގެ […]

ޝިއުނާ އާދަމް