ސާދަ އަހަރަށް ފަހު އާސެނަލްއިން މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށްފި
އިނގްލިޝް ޕްރިމިއަރ ލީގުގައި ވާދަވެރި ދެ ކުލަބް ކަމުގައިވާ އާސެނަލް އަދި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރި މެޗް އާސެނަލްއިން ކާމިޔާބުކޮށްފިއެވެ. މިއީ ވޭތުވެދިޔަ 14 އަހަރު ތެރޭގައި ޔުނައިޓެޑްގެ ދަނޑުގައި އާސެނަލްއަށް ޔުނައިޓެޑްގެ މަށްޗަށް ކާމިޔާބު ހޯދުނު ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ޔުނައިޓެޑްގެ ދަނޑުގައި އާސެންލައަށް މެންޗެސްޓަރ ޔުނައިޓެޑް ބަލިކުރެވިފައިވަނީ 2006 ވަނަ އަހަރުއެވެ. އަދި އާސެނަލްއިން ޔުނައިޓެޑްގެ މައްޗަށް ހޯދި މޮޅަކީ އާސެނަލްއިން ޕްރިމިއަރ ލީގުގެ ގަދަ ހަ ޓީމް ގެ ދަނޑުގައި ކުޅ...