ޑާބީ މެޗްގައި ލިވަޕޫލް ބަލިކޮށް އެވަޓަން ތާރީޚީ މޮޅެއް ހޯދައިފި
އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާއި، އެވަޓަން ބައްދަލުކުރި މެޗު އެވަޓަން ކާމިޔާބު ކޮށްފިއެވެ. މަސީ ސައިޑް ޑާބީގެ ގޮތުގައި މަޝްހޫރު ވެފައިވާ ލިވަޕޫލާއި އެވަޓަންގެ ކުރިމަތިލުމުގެ މި މެޗުން ލިވަޕޫލް އަމިއްލަ ދަނޑުގައި އެވަޓަން މޮޅުވެފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. ފަހަކަށް އައިސް ލީގުގައި ލިވަޕޫލްގެ ފަރާތުން ފެންނަމުން އަންނަނީ ދަށް ނަތީޖާތަކެކެވެ. މިގޮތުން އެ ޓީމުން އެންމެ ފަހުން އަމިއްލަ ދަނޑުގައި ކުޅުނު ހަތަރު މެޗުން ވެސް ވަނީ ބަލިވެފައެވެ. މީގެކުރިން […]