މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ކުޅިވަރު

2,739 ޝާއިޢުކުރެވިފައިވާ ލިޔުން

ކުޅިވަރު - 160 ވަނަ ޞަފްޙާ

އާސެނަލް، ލެސްޓާ އަދި ޔުނައިޓެޑަށް ވެސް މޮޅެއް

އާސެނަލް، ލެސްޓާ އަދި ޔުނައިޓެޑަށް ވެސް މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެ ރޭ އާސެނަލްއާއި ލެސްޓާ ސިޓީ އަދި މެންޗެސްޓާ ޔުނައިޓެޑް ކުޅުން މެޗުތައް އެ ޓީމްތަކުން ކާމިޔާބު ކޮށްފިއެވެ. އާސެނަލްގެ ދަނޑުގައި ޓޮޓެންހަމްގެ މައްޗަށް އެ ޓީމުން ކުރި ހޯދާފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އާސެނަލްގެ ފަރާތުން ރަނގަޅު ކުޅުމެއް ވަނީ ފެނިގެން ދިޔަ ނަމަވެސް، މެޗުގައި ފުރަތަމަ ލަނޑުޖަހާ ކުރި ހޯދާފައިވަނީ ޓޮޓެންހަމްއިންނެވެ. މި ލަނޑު ޓޮޓެންހަމްއަށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ފޯވާޑް ސޮންއަށް ލިބުނު […]

އިބްރާހިމް ޚަލީލް
ކަލިއާރީކޮޅަށް ހެޓްރިކްހަދައި ޕެލޭގެ ރެކޯޑް ރޮނާލްޑޯ މުގުރާލައިފި

ކަލިއާރީކޮޅަށް ހެޓްރިކްހަދައި ޕެލޭގެ ރެކޯޑް ރޮނާލްޑޯ މުގުރާލައިފި

އިޓާލިއަން ސީރިއާ އޭގައި ކަލިއާރީއާއި ޔުވެންޓަސް ބައްދަލުކުރި މެޗުގައި ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯހެދި ހެޓްރިކާއިއެކު، ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭ ރަސްމީ މެޗުތަކުގައި ޖަހާފައިވާ ލަނޑުގެ ރެކޯޑް ރޮނާލްޑޯ މުގުރާލައިފިއެވެ. އާދީއްތަ ދުވަހުގެ ރޭ ކަލިއާރީގެ ދަނޑުގައި ކުޅުނު މި މެޗު ޔުވެންޓަސްއިން ކާމިޔާބު ކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ. ރަސްމީ މެޗުތަކުގައި ޕެލޭ ޖަހާފައިވާ ލަނޑުގެ އަދަދަކީ 767 ލަނޑެވެ. ކަލިއާރީކޮޅަށް މެޗުގެ ފުރަތަމަ ހާފުގައި ރޮނާލްޑޯހެދި ހެޓްރިކާއިއެކު، ރޮނާލްޑޯ...

އިބްރާހިމް ޚަލީލް
އެތުލެޓިކޯ އެއްވަރުވިއިރު، ރެއާލް މޮޅުވެއްޖެ

އެތުލެޓިކޯ އެއްވަރުވިއިރު، ރެއާލް މޮޅުވެއްޖެ

ސްޕެނިޝް ލަލީގާގެ ޕޮއިންޓް ތާވަލުގެ އެއްވަނާގައި މިވަގުތު އޮތް އެތުލެޓިކޯ މެޑްރިޑާއި ގެޓާފޭ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމުނުއިރު، ވާދަވެރި ރެއާލް މެޑްރިޑް އެ ޓީމް ކުޅުނު މެޗުން މޮޅުވެއްޖެއެވެ. ހޮނހިރު ދުވަހުގެ ރޭ އެތުލެޓިކޯ މެޑްރިޑާއި ގެޓާފޭ ބައްދަލުކުރި މެޗު އެއްވަރު ވެފައިވަނީ 0-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ގެޓާފޭގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. ނަމަވެސް މި މެޗުގައި އެ ޓީމަށް މައްސަލަ ކުރިމަތިވީ ދެވަނަ ހާފުގެ 70 […]

އިބްރާހިމް ޚަލީލް
ޕޯޓޯއިން ވަރުގަދަ ޔުވެންޓަސް ކަޓުވާލައިފި

ޕޯޓޯއިން ވަރުގަދަ ޔުވެންޓަސް ކަޓުވާލައިފި

ޔޫރަޕްގެ ކުލްބްތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތް ކަމުގައިވާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް ކަޓުވާލުމަށް ފަހު ޕޯޗުގަލްގެ ޕޯޓޯ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ. ފުރަތަމަ ލެގުގެ މެޗު ޕޯޓޯގެ އަމިއްލަ ދަނޑުގައި ކުޅެފައިވާއިރު އެ ޓީމުން އެ މެޗު ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާއިންނެވެ. މި މުބާރާތުގައި މި ދެ ޓީމް ބައްދަލުކުރި ދެވަނަ ލެގުގެ މެޗް އަންގާރަ ދުވަހުގެ ރޭ ކުޅެފައިވަނީ […]

އިބްރާހިމް ޚަލީލް
އެވަޓަން އަތުން ޗެލްސީއަށް މުހިންމު މޮޅެއް

އެވަޓަން އަތުން ޗެލްސީއަށް މުހިންމު މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ހޯމަ ދުވަހުގެ ރޭ އެވަޓަންއާއި ޗެލްސީ ބައްދަލުކުރި މެޗު، ޗެލްސީ ކާމިޔާބުކޮށްފިއެވެ. ޗެލްސީގެ ސްޓެމްފޯޑް ބްރިޖް ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއިނެވެ. މި މެޗުގައި ޗެލްސީގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އެ ޓީމުން މެޗުގެ 66 އިންސައްތަ ބޯލް ޕޮޒިޝަން ހިފަހައްޓާފައިވާއިރު، އެވަޓަންގެ ގޯލާއި އަމާޒުކޮށް ޖުމްލަ 9 ހަމަލާވަނީ ފޮނުވާލާފައެވެ. އެވަޓަންއަށް ޗެލްސީގެ ގޯލާއި އަމާޒުކޮށް ފޮނުވާލެވިފައިވަނީ […]

އިބްރާހިމް ޚަލީލް
އެތުލެޓިކޯއާއި ރެއާލް ބައްދަލުކުރި މެޗަށް ހަމަހަމަ ނިމުމެއް

އެތުލެޓިކޯއާއި ރެއާލް ބައްދަލުކުރި މެޗަށް ހަމަހަމަ ނިމުމެއް

ސްޕެނިޝް ލަލީގާގައި އެއް ސިޓީއަކަށް ނިސްބަތްވާ ދެ ޓީމް ކަމުގައިވާ އެތުލެޓިކޯ މެޑްރިޑާއި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ބައްދަލުކުރި “މެޑްރިޑް ޑާބީ” މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ. އާދީއްތަ ދުވަހުގެ ރޭ އެތުލެޓިކޯގެ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައިވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރި ވެގެންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އެތުލެޓިކޯއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން އެ ޓީމުން ވަނީ މެޗުގެ 15 ވަނަ […]

އިބްރާހިމް ޚަލީލް
ޔުނައިޓެޑް އަތުން ބަލިވެ ސިޓީ މޮޅުވުމުގެ ރެކޯޑް ނިމުމަކަށް

ޔުނައިޓެޑް އަތުން ބަލިވެ ސިޓީ މޮޅުވުމުގެ ރެކޯޑް ނިމުމަކަށް

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި، “މެންޗެސްޓާ ޑާބީ” މެޗުގައި ޔުނައިޓެޑްއަތުން ސިޓީ ބަލިވެ އެ ޓީމް ލީގުގައި  ދަމަހައްޓަމުން އައި މޮޅުވުމުގެ ރެކޯޑް ނިމުމަކަށް އައިސްފިއެވެ. އާދީއްތަ ދުވަހުގެ ރޭ މެންޗެސްޓާ ސިޓީގެ އިއްތިހާދް ސްޓޭޑިއަމްގައި ކުޅުނު މި މެޗު މެންޗެސްޓާ ޔުނައިޓެޑުން ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗަށް ސިޓީ ނުކުތްއިރު އެ ޓީމް އޮތީ ރަނގަޅު ފޯމެއްގައެވެ. މި މެޗުން ޔުނައިޓެޑްގެ އަތުން ސިޓީ ބަލިވުމުގެ […]

އިބްރާހިމް ޚަލީލް
ފަހަތުންއަރާ ބްރައިޓަން ބަލިކޮށް ލެސްޓާ ސިޓީ ދެވަނައަށް

ފަހަތުންއަރާ ބްރައިޓަން ބަލިކޮށް ލެސްޓާ ސިޓީ ދެވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީއާއި ބްރައިޓަން ބައްދަލުކުރި މެޗު، ލެސްޓާއިން ކާމިޔާބު ކޮށްފިއެވެ. ހޮނހިރު ދުވަހުގެ ރޭ ބްރައިޓަންގެ ދަނޑުގައި ކުޅުނު މި މެޗު ލެސްޓާއިން ކާމިޔާބު ކޮށްފައިވަނީ ބްރައިޓަންއިން ލަނޑެއްޖަހާފައި ވަނިކޮށް ފަހަތުން އަރާ ދެ ލަނޑު ޖަހައިގެންނެވެ. މި މެޗުގެ ވަރަށް ކުރީކޮޅު ބްރައިޓަންއިން ވަނީ ލަނޑުޖަހާ ލީޑު ނަގާފައެވެ. މި ލަނޑު މެޗުގެ 10 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ މިދިޔަ އަހަރުގެ ޖުލައިމަހު ލިވަޕޫލުން ހިލޭ ޓްރާންސްފާއެއްގެ ދަށުން ބްރައިޓަންއަށް […]

އިބްރާހިމް ޚަލީލް
ބާސާއިން އޮސަސޫނާ ބަލިކޮށް އެތުލެޓިކޯއަށް ބާރުބޮޑުކޮށްފި

ބާސާއިން އޮސަސޫނާ ބަލިކޮށް އެތުލެޓިކޯއަށް ބާރުބޮޑުކޮށްފި

ސްޕެނިޝް ލަލީގާގައި ބާސެލޯނާއާއި އޮސަސޫނާ ބައްދަލުރި މެޗު ބާސާއިން ކާމިޔާބުކޮށް، މިވަގުތު ލީގުގެ އެއްވަނާގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ބާރު ބޮޑުކޮށްފިއެވެ. ހޮނިހިރު ދުވަހުގެ ރޭ ބާސާގެ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއިންނެވެ. މި އަހަރު ފެށުނުއިރު މިވަގުތު ލަލީގާގެ އެއްވަނާގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ބާސެލޯނާއާއި ދެމެދު ދިހަ ޕޮއިންޓްގެ ފަރަގެއް އޮތެވެ. ނަމަވެސް ބާސާއިން މި އަހަރު ފެށުންފަހުން ލީގުގައި އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. […]

އިބްރާހިމް ޚަލީލް
ބާންލީއާއި އާސެނަލް ބައްދަލުކުރި މެޗަށް ހަމަހަމަ ނިމުމެއް

ބާންލީއާއި އާސެނަލް ބައްދަލުކުރި މެޗަށް ހަމަހަމަ ނިމުމެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ބާންލީއާއި އާސެނަލް ބައްދަލުކުރި މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ. ހޮނިހިރު ދުވަހުގެ ރޭ ބާންލީ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައިވަނީ 1-1 ގެ ނަތީޖާއިން 2 ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައިވަނީ އާސެނަލްއިން ނެވެ. މެޗުގެ 6 ވަނަ މިނެޓުގައި ވިލިއަން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ފޯވާޑް އޮބާމަޔަންއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ […]

އިބްރާހިމް ޚަލީލް
ކޮޕަ ޑެލް ރޭގެ ފައިނަލުގެ ފަހުޖާގަ ބިލްބާއޯއަށް

ކޮޕަ ޑެލް ރޭގެ ފައިނަލުގެ ފަހުޖާގަ ބިލްބާއޯއަށް

ސްޕެނިޝް ކަޕް ނުވަތަ ކޮޕަ ޑެލް ރޭގެ ފައިނަލުގެ ފަހު ޖާގަ ލެވަންޓޭ ބަލިކުރުމަށް ފަހު އެތުލެޓިކް ބިލްބާއޯއިން ހޯދައިފިއެވެ. ސެމީ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗު ކުޅެފައިވަނީ ބިލްބާއޯގެ ދަނޑުގައެވެ. އެ މެޗު ނިމިގެން ގޮސްފައިވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ދެވަނަ ލެގުގެ ބުރާސްފަތި ދުވަހުގެ ރޭ ލެވަންޓޭގެ ދަނޑު ކުޅުނުއިރު މި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ ބިލްބާއޯއިންނެވެ. ބިލްބާއޯއަށް ފައިނަލުގެ ޖާގަ ލިބިގެން ގޮސްފައިވަނީ […]

އިބްރާހިމް ޚަލީލް
ޗެލްސީ ގަދަހަތަރަކަށް، ލިވަޕޫލަށް އިތުރު ހުރުސްތަކެއް

ޗެލްސީ ގަދަހަތަރަކަށް، ލިވަޕޫލަށް އިތުރު ހުރުސްތަކެއް

އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާއި، ޗެލްސީ ބައްދަލުކުރި މެޗު ޗެލްސީން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ހަތަރު ވަނައަށް ޖެހިލިއިރު، މި މެޗުން ބަލިވުމުގެ ސަބަބުން ލިވަޕޫލުން ގަދަ ހަތަރެއްގެ ޖާގައެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތަށް އިތުރު ހުރަސްތަކާއި ކުރިމަތި ވެއްޖެއެވެ. ބުރާސްފަތި ދުވަހުގެ ރޭ ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ޗެލްސީ ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީޖާއިންނެވެ. މި މެޗުގައި ޗެލްސީގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް […]

އިބްރާހިމް ޚަލީލް
ޔުނައިޓެޑާއި ޕެލަސް އެއްވަރުވެ ސިޓީއަށް ބޮޑު ލީޑެއް

ޔުނައިޓެޑާއި ޕެލަސް އެއްވަރުވެ ސިޓީއަށް ބޮޑު ލީޑެއް

އިނގިރޭސި ޕްރިމިއަ ލީގުގެ ދެވަނާގައި މިވަގުތު އޮތް މެންޗެސްޓާ ޔުނައިޓެޑާއި ކުރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު އެއްވަރުވެ، މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް މެންޗެސްޓާ ސިޓީއަށް 14 ޕޮއިންޓްގެ ލީޑެއް ލިބިއްޖެއެވެ. ބުދަ ދުވަހުގެ ރޭ ޕެލަސްގެ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައިވަނީ 0-0 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ޔުނައިޓެޑުން ކުޅުނު ނަމަވެސް، ލަނޑު ޖަހާނެ ފުރުޞަތުތަކެއް ދެ ޓީމުންކުރެ […]

އިބްރާހިމް ޚަލީލް
ކޮޕަ ޑެލް ރޭގެ ފައިނަލުގެ ފުރަތަމަ ޖާގަ ބާސެލޯނާއަށް

ކޮޕަ ޑެލް ރޭގެ ފައިނަލުގެ ފުރަތަމަ ޖާގަ ބާސެލޯނާއަށް

ސްޕެނިޝް ކަޕް ނުވަތަ ކޮޕަ ޑެލް ރޭގެ ފައިނަލުގެ ފުރަތަމަ ޖާގަ ސެމީފައިނަލުގައި ސެވިއްޔާ ބަލިކުރުމަށްފަހު ބާސެލޯނާއިން ހޯދައިފިއެވެ. މި މުބާރާތުގެ ސެމީފައިނަލުގެ ފުރަތަމަ ލެގުގެ މެޗު ކުޅެފައިވަނީ ސެވިއްޔާގެ ދަނޑުގައިއެވެ. އެ މެޗު ސެވިއްޔާއިން ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. ސެމީ ފައިނަލުގެ ދެވަނަ ލެގު ބުދަ ދުވަހުގެ ރޭ ކުޅެފައިވަނީ ބާސާގެ ދަނޑުގައެވެ. މި މެޗު ބާސާ ކާމިޔާބު ކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މި މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ބާސާއަށް […]

އިބްރާހިމް ޚަލީލް
އަނިޔާގެ ސަބަބުން ޔުނައިޓެޑާއި ދެކޮޅަށް އިބްރަހިމޮވިޗަށް ނުކުޅެވޭނެ

އަނިޔާގެ ސަބަބުން ޔުނައިޓެޑާއި ދެކޮޅަށް އިބްރަހިމޮވިޗަށް ނުކުޅެވޭނެ

އާދީއްތަ ދުވަހުގެ ރޭ އިޓާލިއަން ސީރިއާ އޭގައި އޭސީ މިލާނާއި ރޯމާ ބައްދަލުކުރި މެޗުގައި މިލާންގެ ފޯވާޑް އިބްރަހިމޮވިޗްގެ ވާތުފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއާއި ގުޅިގެން، ޔޫރޮޕާ ލީގުގެ ގަދަ 16 ގައި އޭނާގެ ކުރީގެ ކުލަބް ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް ކުޅޭ މެޗުގައި އޭނާއަށް ނުކުޅެވޭނެއެވެ. މިލާން 2-1 ގެ ނަތީޖާއިން ރޯމާއަތުން މޮޅުވި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއާއި ގުޅިގެން އޭނާ ވަނީ ބަދަލުކޮށްފައެވެ. މި އަނިޔާގެ […]

އިބްރާހިމް ޚަލީލް