މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ކުޅިވަރު

2,739 ޝާއިޢުކުރެވިފައިވާ ލިޔުން

ކުޅިވަރު - 155 ވަނަ ޞަފްޙާ

ޔޫރޯ 2020: ރޮނާލްޑޯގެ ރެކޯޑާއިއެކު ޗެމްޕިއަން ޕޯޗުގަލް ފެށުން ރަނގަޅު ކޮށްފި

ޔޫރޯ 2020: ރޮނާލްޑޯގެ ރެކޯޑާއިއެކު ޗެމްޕިއަން ޕޯޗުގަލް ފެށުން ރަނގަޅު ކޮށްފި

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެފްގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލްއާއި ހަންގޭރީ ބައްދަލުކުރި މެޗު 3-0 ގެ ނަތީޖާއިން ޕޯޗުގަލް ކާމިޔާބުކޮށް އެ ޓީމުން މުބާރާތުގެ ފެށުން ރަނގަޅު ކޮށްފިއެވެ. އަންގާރަ ދުވަހުގެ ރޭ ހަންގޭރީގެ ކެޕިޓަލްސް ސިޓީގައި ހުންނަ ބުޑަޕެސްޓް ސްޓޭޑިއަމްގައި 60000 ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ޕޯޗުގަލްއިން ވަނީ ރަނގަޅު ކުޅުމެއް ދައްކައި ގިނަ ހަމަލާތަކެއް ހަންގޭރީގެ ގޯލަށް ފޮނުވާލާފައެވެ. މިގޮތުން މެޗުގެ ފަސްވަނަ މިނެޓުގައި […]

އިބްރާހިމް ޚަލީލް
ކޮޕާ އެމެރިކާ: އާޖެންޓީނާ އެއްވަރުވިއިރު ޕެރަގުއޭ ފެށުން ރަނގަޅުކޮށްފި

ކޮޕާ އެމެރިކާ: އާޖެންޓީނާ އެއްވަރުވިއިރު ޕެރަގުއޭ ފެށުން ރަނގަޅުކޮށްފި

ދެކުނު އެމެރިކާގެ ގައުމުތަކުގެ މެދުގައި ބާއްވާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި އާޖެންޓީނާއާއި ޗިލީ ބައްދަލުކުރި މެޗު އެއްވަރުވިއިރު، ޕެރަގުއޭއިން ބޮލީވިއާ ބަލިކޮށް މުބާރާތުގެ ފެށުން ރަނގަޅު ކޮށްފިއެވެ. ހޯމަ ދުވަހުގެ ރޭ އާޖެންޓީނާއާއި ޗިލީ ބައްދަލުކުރި މެޗު ނިމިގެން ގޮސްފައިވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގައި ދެ ޓީމްގެ ފަރާތުން ވެސް ފެނިގެން ގޮސްފައި ވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގެ ކުރީކޮޅު އާޖެންޓީނާއިން ވަނީ […]

އިބްރާހިމް ޚަލީލް
ޔޫރޯ 2020: ސްވިޑަންއިން ސްޕެއިން މޮޅުވިޔަނުދީ ހިފަހައްޓައިފި

ޔޫރޯ 2020: ސްވިޑަންއިން ސްޕެއިން މޮޅުވިޔަނުދީ ހިފަހައްޓައިފި

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީގައި ހޯމަ ދުވަހުގެ ރޭ ސްޕެއިންއާއި ސްވިޑަން ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ސްޕެއިންގައި ކުޅުނު މި މެޗުގައި އެ ޓީމުން 85 އިންސައްތަ ބޯލް ޕޮޒިޝަން ހިއްސާކުރި ނަމަވެސް މެޗު ނިމިގެން ގޮސްފައިވަނީ 0-0 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މެޗުގައި ސްޕެއިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ވެސް ސްވިޑަންގެ ގޯލަށް ބާރު ބޮޑުކޮށްފައެވެ. ލަނޑު […]

އިބްރާހިމް ޚަލީލް
ޔޫރޯ 2020: ސްލޮވާކިއާ އަތުން ޕޮލެންޑް ބަލިވެއްޖެ

ޔޫރޯ 2020: ސްލޮވާކިއާ އަތުން ޕޮލެންޑް ބަލިވެއްޖެ

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީގައި ޕޮލެންޑާއި ސްލޮވާކިއާ ބައްދަލުކުރި މެޗު ސްލޮވާކިއާއިން ކާމިޔާބުކޮށްފިއެވެ. ހޯމަދުވަހުގެ ރޭ ކުޅުނު މި މެޗު ސްލޮވާކިއާއިން ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާއިންނެވެ. ސެއިންޓް ފީޓަސްބާގްގެ ކްރެސްޓޮވްސްކީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ދުނިޔޭގެ ރޭންކިންގެ 36 ވަނާގައި މިވަގުތު އޮތް ސްލޮވާކިއާއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ފުރަތަމަ ލަނޑުޖަހާ ކުރި ހޯދާފައިވަނީ ސްލޮވާކިއާއިންނެވެ. މި ލަނޑަކީ ޕޮލެންޑްގެ ކީޕަރ ޝެޒްނީގެ އަތުން ބައިކޮޅަށް ވަދެފައި...

އިބްރާހިމް ޚަލީލް
ޔޫރޯ 2020: ޝިކްގެ ތާރީޚީ ގޯލުން ސްކޮޓްލެންޑް އަތުން ޗެކްރިޕަބްލިކް މޮޅުވެއްޖެ

ޔޫރޯ 2020: ޝިކްގެ ތާރީޚީ ގޯލުން ސްކޮޓްލެންޑް އަތުން ޗެކްރިޕަބްލިކް މޮޅުވެއްޖެ

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގައި ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗުން މޮޅުވެ ޗެކްރިޕަބްލިކުން މުބާރާތުގެ ފެށުން ރަނގަޅު ކޮށްފިއެވެ. ސްކޮޓްލެންޑްގެ ގްލާސްގޯގެ ހެމްޕްޑެން ޕާކުގައި ކުޅުނު މި މެޗު ޗެކްރިޕަބްލިކުން ކާމިޔާބު ކޮށްފައިވަނީ ސްކޮޓްލެންޑާއި ވާދަކޮށް 2-0 ގެ ނަތީޖާއަކުންނެވެ. ދެ ޓީމްގެ ފަރާތުން އެޓޭކިން ގޭމެއް ފެނިގެން ދިޔަ މި މެޗުގައި ދެ ޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުޞަތުތަކެއް ތަނަވަސް ކޮށްފައެވެ. މިގޮތުން ޗެކްރިޕަބްލިކްގެ ފޯވާޑް ޕެޓްރިކް ޝިކްއަށް […]

އިބްރާހިމް ޚަލީލް
ކޮޕާ އެމެރިކާ: ބްރެޒިލްއާއި ކޮލަމްބިއާއަށް މޮޅެއް

ކޮޕާ އެމެރިކާ: ބްރެޒިލްއާއި ކޮލަމްބިއާއަށް މޮޅެއް

ދެކުނު އެމެރިކާގެ ގައުމުތަކުގެ މެދުގައި ބާއްވާ އެންމެ ޝަރަފްވެރި އެއް ފުޓުބޯޅަ މުބާރާތް ކަމަށްވާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް ފަށައިފިއެވެ. މި މުބާރާތް ހޯމަ ދުވަހު ބްރެޒިލްގައި ފަށާފައިވާއިރު މުބާރާތް ހުޅުވި މެޗުގައި ބައްދަލު ކޮށްފައިވަނީ ގްރޫޕް ބީގައި ހިމެނޭ އެންމެ ފަހުގެ ޗެމްޕިއަން ބްރެޒިލްއާއި ވެނެޒުއޭލާއެވެ. މި މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ ބްރެޒިލުންނެވެ. ބްރެޒިލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގައި އެ ޓީމުން ފުރަތަމަ ލަނޑު […]

އިބްރާހިމް ޚަލީލް
ޔޫރޯ 2020: ޔުކްރެއިން އަތުން ނެދަލެންޑްސްއަށް މުހިންމު މޮޅެއް

ޔޫރޯ 2020: ޔުކްރެއިން އަތުން ނެދަލެންޑްސްއަށް މުހިންމު މޮޅެއް

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީގައި އާދީއްތަ ދުވަހުގެ ރޭ ޔުކްރެއިންއާއި ނެދަލެންޑްސް ބައްދަލުކުރި ފޯރިގަދަ މެޗު ނެދަލެންޑްސް އިން ކާމިޔާބު ކޮށްފިއެވެ. ނެދަލޭންޑްސްގެ އެމްސްޓަޑަމްގެ ޔޯހަން ކްރައިފް އެރީނާގައި ކުޅުނު މި މެޗު ނެދަލެންޑްސް އިން ކާމިޔާބު ކޮށްފައިވަނީ 3-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ނެދަލެންޑްސްއިން ވަނީ ޔުކްރެއިންގެ ގޯލަށް ނުރައްކާކޮށްފައެވެ. މިގޮތުން މެޗުގެ ކުރީކޮޅު ނެދަލެންޑްސްގެ ޑަމްފްރީސްއަށް ލިބުނު ހުސް ފުރުޞަތުގެ އ...

އިބްރާހިމް ޚަލީލް
ޔޫރޯ 2020: މެސެޑޯނިއާ ބަލިކޮށް އޮސްޓްރިއާ ވެސް ފެށުން ރަނގަޅުކޮށްފި

ޔޫރޯ 2020: މެސެޑޯނިއާ ބަލިކޮށް އޮސްޓްރިއާ ވެސް ފެށުން ރަނގަޅުކޮށްފި

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އަލަށް ވާދަކުރާ ނޯތު މެސެޑޯނިއާ 3-1 ގެ ނަތީޖާއިން ބަލިކޮށް މުބާރާތުގެ ފެށުން އޮސްޓްރިއާއިން ރަނގަޅު ކޮށްފިއެވެ. ގްރޫޕް ސީގެ މި މެޗު އާދީއްތަ ދުވަހުގެ ރޭ ކުޅެފައިވަނީ ރޫމޭނިއާގެ ބުޗަރެސްޓްގެ ނޭޝަނަލް އެރީނާގައެވެ. ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދާފައިވަނީ އޮސްޓްރިއާއިންނެވެ. މި ލަނޑު މެޗުގެ 18 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ސްޓެފެން […]

އިބްރާހިމް ޚަލީލް
ޔޫރޯ 2020: ރަޝިއާއަތުން ބެލްޖިއަމްއަށް ފަސޭހަ މޮޅެއް

ޔޫރޯ 2020: ރަޝިއާއަތުން ބެލްޖިއަމްއަށް ފަސޭހަ މޮޅެއް

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގެ ދެވަނަ މެޗުގައި ހޮނިހިރު ދުވަހުގެ ރޭ ބެލްޖިއަމްއާއި ރަޝިއާ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ބެލްޖިއަމުން ކާމިޔާބު ކޮށްފިއެވެ. މި މެޗު ބެލްޖިއަމުން ކާމިޔާބު ކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ. ބެލްޖިއަމުން ރަނގަޅު ކުޅުމެއް ދެއްކި މި މެޗުގައި އެ ޓީމުން ކާމިޔާބުކުރި ފުރަތަމަ ލަނޑު ޖަހާފައިވަނީ މެޗުގެ 10 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ އިތުބާރު ފޯވާޑް ލުކަކޫއެވެ. ލުކަކޫ އެ ލަނޑު […]

އިބްރާހިމް ޚަލީލް
ޔޫރޯ 2020: ޑެންމާކް ބަލިކޮށް ފިންލޭންޑުން ފެށުން ރަނގަޅުކޮށްފި

ޔޫރޯ 2020: ޑެންމާކް ބަލިކޮށް ފިންލޭންޑުން ފެށުން ރަނގަޅުކޮށްފި

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި ހޮނިހިރު ދުވަހުގެ ރޭ ޑެންމާކާއި ފިންލޭންޑް ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ފެށުން އެ ޓީމުން ރަނގަޅު ކޮށްފިއެވެ. ޑެންމާކްގެ ކޯޕަންހޭގަން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެން ގޮސްފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. މި ހާފުގައި ލަނޑއެއް ކާމިޔާބު ކުރެވިފައިނުވާއިރު، މެޗުގެ ފުރަތަމަ ހާފުގެ 41 ވަނަ މިނެޓުގައި ޑެންމާކްގެ ކެޕްޓަން ކްރިސްޓިއަން އެރިކްޝަން […]

އިބްރާހިމް ޚަލީލް
ޔޫރޯ 2020: އެރިކްޝަން ހޭނެތުމުން ހުއްޓާލި މެޗުގެ ބާކީބައިގެ ކުޅުން ފަށައިފި

ޔޫރޯ 2020: އެރިކްޝަން ހޭނެތުމުން ހުއްޓާލި މެޗުގެ ބާކީބައިގެ ކުޅުން ފަށައިފި

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި މިރޭ ޑެންމާކާއި ފިންލޭންޑް ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފު ނިމުމަކާއި ދާދި ގާތްވެފައި ވަނިކޮށް ޑެންމާކްގެ ކެޕްޓަން ކްރިސްޓިއަން އެރިކްޝަން ހަރަކާތް ހުއްޓި ދަނޑު މައްޗަށް ވެއްޓުމާއި ގުޅިގެން މެދުކަނޑާލި މެޗުގެ ބާކީއޮތްބައިގެ ކުޅުން ފަށައިފިއެވެ. ޑެންމާކްގެ ކެޕިޓަލް ސިޓީގައި ހުންނަ ކޯޕަންހޭގަން ސްޓޭޑިއަމްގައި ކުޅުނު މި މެޗު މެދުކަނޑާލިއިރު ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވެއެވެ. ޔުއެފާއިން ދެ ޓީމާއި މަސްވަރާ ކުރުމަށް […]

އިބްރާހިމް ޚަލީލް
ޔޫރޯ 2020: ވޭލްސްއާއި ސްވިޒަލޭންޑް މެޗަށް ހަމަހަމަ ނިމުމެއް

ޔޫރޯ 2020: ވޭލްސްއާއި ސްވިޒަލޭންޑް މެޗަށް ހަމަހަމަ ނިމުމެއް

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގެ ދެވަނަ މެޗުގައި ހޮނިހިރު ދުވަހު ވޭލްސްއާއި ސްވިޒަލޭންޑް ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއިން އެއްވަރު ވެއްޖެއެވެ. އަޒަބައިޖާންގެ ބަކޫ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ސްވިޒަލޭންޑްގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. ނަމަވެސް ދެ ޓީމަށް ވެސް ވަނީ ލަނޑުޖަހާނެ ފުރުޞަތުތައް ލިބި ބޭނުން ނުހިފިފައެވެ. މި ހާފުގައި ލަނޑުޖަހާނެ އެންމެ ރަނގަޅު ފުރުޞަތެއް ލިބިފައިވަނީ ވޭލްސްއަށެވެ. މެޗުގެ ކުރީކޮޅު ކާޑިފް ސިޓީއަށް […]

އިބްރާހިމް ޚަލީލް
ޔޫރޯ 2020: ފުރަތަމަ މެޗް ކާމިޔާބުކޮށް އިޓަލީ ފެށުން ރަނގަޅުކޮށްފި

ޔޫރޯ 2020: ފުރަތަމަ މެޗް ކާމިޔާބުކޮށް އިޓަލީ ފެށުން ރަނގަޅުކޮށްފި

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތް ހުކުރު ދުވަހުގެ ރޭ އިޓަލީގެ ރޯމުގައި ފަށާފައިވާއިރު މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައިވަނީ ގްރޫޕް އޭ ގައި ހިމެނޭ ދެ ޓީމް ކަމުގައިވާ އިޓަލީއާއި ތުރުކީއެވެ. މި މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ އިޓަލީންނެވެ. މި މެޗުގައި އިޓަލީގެ ފަރާތުން މޮޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. މިގޮތުން އެ ޓީމުން މެޗުގެ 63 އިންސައްތަ ބޯލް ޕޮޒިޝަން ހިއްސާކުރިއިރު، އެ ޓީމުން ވަނީ ތުރުކީގެ ގޯލާއި […]

އިބްރާހިމް ޚަލީލް
ބްރެޒިލް މޮޅުވިއިރު އާޖެންޓީނާ އަނެއްކާވެސް އެއްވަރު

ބްރެޒިލް މޮޅުވިއިރު އާޖެންޓީނާ އަނެއްކާވެސް އެއްވަރު

ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިން ބުރުގައި ބުދަދުވަހު ބްރެޒިލް ޕެރަގުއޭއަތުން މޮޅުވިއިރު އާޖެންޓީނާއާއި ކޮލަމްބިއާ ބައްދަލކުރި މެޗު އެއްވަރު ވެއްޖެއެވެ. ޕެރަގުއޭގައި ކުޅުނު މި މެޗު ބްރެޒިލް ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއިންނެވެ. ދެކުނު އެމެރިކާގެ ކޮލިފައިންގައި ބްރެޒިލް މިހާތަނަށް ކުޅުނު ހަ މެޗުވެސް ވަނީ ކާމިޔާބު ކޮށްފައެވެ. ކޮލިފައިންގައި ރަނގަޅު ނަތީޖާއެއް ނެރެމުން އަންނަ ބްރެޒިލުން ވަނީ މި މެޗުގައި ވެސް ރަނގަޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން މެޗުގެ ވަރަށް ކުރީކޮޅު އެ […]

އިބްރާހިމް ޚަލީލް
ލެޓްވިއާ ބޮޑުތަފާތަކުން ބަލިކޮށް ޖަރުމަނު ޔޫރޯއަށް ތައްޔާރު

ލެޓްވިއާ ބޮޑުތަފާތަކުން ބަލިކޮށް ޖަރުމަނު ޔޫރޯއަށް ތައްޔާރު

ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން ކުޅުނު ރަހުމަތްތެރި ކަމުގެ ފަހު މެޗުގައި ލެޓްވިއާ އަތުން 7-1 ގެ ތަފާތު ބޮޑު ނަތީޖާއިން މޮޅުވެ އެ ޓީމުން ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފުރިހަމައަށް ތައްޔާރު ވެއްޖެއެވެ. މުޅި މެޗުގައި ވެސް ޖަރުމަނުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި އެކަނި ވެސް ފަސް ލަނޑު ކާމިޔާބު ކޮށްފައެވެ. މި މެޗުގައި ޖަރުމަނުން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ […]

އިބްރާހިމް ޚަލީލް