ކުރިމަގު ފައުންޑޭޝަނުން ޅ. ކުރެންދޫގައި ފުރަތަމަ ފަހަރަށް ފުޓްބޯޅަ އެކަޑަމީއެއް ހިންގަން ފަށައިފި
ކުރިމަގު ފައުންޑޭޝަން ގެ ފަރާތުން ޅ. ކުރެންދޫގައި ފުރަތަމަ ފަހަރަށް ފުޓްބޯޅަ އެކަޑަމީއެއް ހިންގަން ފަށައިފި އެވެ. ކުރިމަގު ފައުންޑޭޝަން ގެ ފަރާތުން މަޢުލޫމާތުދެއްވި ގޮތުގައި މިއީ ދެޖިންސުގެ ކުދިންނަށްް ހުޅުވައިލައިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގެ މަގްސަދަކީ ކުރެންދޫގައި ކުޅިވަރުގެ އައު ޖީލެއް ބިނާކުރުންކަމަށް އެ ފައުންޑޭޝަނުން ހާމަކުރެއްވި އެވެ. މިހަރަކާތް މިވަގުތު ކުރިއަށްގެންދަނީ ކުރެންދޫ ފުޓްސަލް ދަނޑުގައެވެ. ނަމަވެސް ކުރިއަށްއޮތް ތަނުގައި ތަރުހީބު ލިބޭ މިންވަރަށް ބެލުމަށްފަ...