މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ކުޅިވަރު

2,739 ޝާއިޢުކުރެވިފައިވާ ލިޔުން

ކުޅިވަރު - 150 ވަނަ ޞަފްޙާ

ރޮނާލްޑޯ ޔުނައިޓެޑަށް

ރޮނާލްޑޯ ޔުނައިޓެޑަށް

އިޓަލީގެ ޔުވެންޓަސް އަށް ކުޅެމުން އައި ޕޯޗުގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވެއްޖެއެވެ. އުމުރުން 36 އަހަރުގެ ރޮނާލްޑޯ ޔުނައިޓެޑަށް ބަދަލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މިކަން ޔުނައިޓެޑުގެ ރަސްމީ ވެބްސައިޓުން ވަނީ ކަށަވަރުކޮށްދީފައެވެ. ރޮނާލްޑޯ ޕޯޗުގަލްގެ ސްޕޯޓިން ލިސްބަންއިން ޔުނައިޓެޑަށް ބަދަލުވެފައިވަނީ އޭނާގެ އުމުރުން 18 އަހަރުގައި  އޭރު ރެކޯޑް ފީ އެއްކަމަށްވާ 13 މިލިއަން ޕައުޑްގެ އަގެއްގައެވެ. އަދި 2009 ވަނަ އަހަރު ރޮނާލްޑޯ ރެއާލަށް ބަދަލ...

އިބްރާހިމް ޚަލީލް
ޓޮޓެންހަމްގައި މަޑުކުރަން ކޭން ނިންމައިފި

ޓޮޓެންހަމްގައި މަޑުކުރަން ކޭން ނިންމައިފި

އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބެއް ކަމުގައިވާ ޓޮޓެންހަމް ހޮޓްސްޕާސްއަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް ހެރީ ކޭން އެ ކުލަބުގައި މަޑުކުރަން ނިންމާފައިވާ ކަމުގައި އޭނާ ބުނެފިއެވެ. ޓޮޓެންހަމްގައި މަޑުކުރާނެ ކަން ކޭން ހާމަ ކޮށްފައި ވަނީ މިއަދު އޭނާ ޓްވިޓާގައި ޕޯސްޓްކުރި މެސެޖެއް މެދުވެރިކޮށެވެ. އެ ޕޯސްޓްގައި ކޭން ބުނެފައިވަނީ މިދިޔަ އާދީއްތަ ދުވަހު ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ޓޮޓެންހަމުގެ ސަޕޯޓަރުންގެ ފަރާތުން ލިބުނު ތަރުހީބު ފާހަގަކުރާ ކަމަށެވެ. ކޭންގެ ޓްވީޓުގައި އިތުރަ ބުނެފައިވަނީ […]

އިބްރާހިމް ޚަލީލް
ވެސްޓްހޭމްއިން ލެސްޓާ ކޮޅަށް ހަތަރު ލަނޑު ޖަހައިފި

ވެސްޓްހޭމްއިން ލެސްޓާ ކޮޅަށް ހަތަރު ލަނޑު ޖަހައިފި

އިނގިރޭސި ޕްރިމިއާ ލީގުގައ ވެސްޓްހޭމް ޔުނައިޓެޑާއި ލެސްޓާ ސިޓީ ބައްދަލުކުރި މެޗު ތަފާތު ބޮޑުކޮށް ވެސްޓްހޭމްއިން ކާމިޔާބު ކޮށްފިއެވެ. ހޯމަ ދުވަހުގެ ރޭ ވެސްޓްހޭމްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 4-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ބޮޑުބައެއް ލެސްޓާއިން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެފައިވާއިރު ވެސްޓްހޭމްއިން ވަނީ އެކަމުގެ ފައިދާ ވަރަށް ރަނގަޅަށް ނަގާފައެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ވެސް ވެސްޓްހޭމްއިންނެވެ. ފުރަތަމަ ލަނޑު މެޗުގެ […]

އިބްރާހިމް ޚަލީލް
ސަމްޑޯރިއާ އަތުން މިލާނަށް ހަނި މޮޅެއް

ސަމްޑޯރިއާ އަތުން މިލާނަށް ހަނި މޮޅެއް

އިޓާލިއަން ސީރިއާ އޭގައި އޭސީ މިލާން ކުޅުނު ފުރަތަމަ މެޗުގައި ސަމްޑޯރިއާ އަތުން ހަނިގޮތަކަށް މޮޅުވެއްޖެއެވެ. ހޯމަ ދުވަހުގެ ރޭ ސަމްޑޯރިއާގެ ދަނޑުގައި ކުޅުނު މި މެޗު މިލާނުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ލަނޑުޖަހާނެ ރަނގަޅު ފުރުޞަތެއް މެޗުގެ ވަރަށް ކުރީކޮޅު މިލާންގެ ރަފޭލް ލެއޯއަށް ވަނީ ލިބިފައެވެ. އޭނާ ސަމްޑޯރިއާގެ އޭރިއާގެ ތެރެއަށް ވަދެ ފޮނުވާލު ބާރު ހަމަލާ […]

އިބްރާހިމް ޚަލީލް
ލެވަންޓޭ އަތުން ރެއާލަށް ޕޮއިންޓެއް

ލެވަންޓޭ އަތުން ރެއާލަށް ޕޮއިންޓެއް

ސްޕެނިޝް ލަލީގާގައި ލެވަންޓޭއާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. އާދީއްތަ ދުވަހުގެ ރޭ ލެވަންޓޭގެ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައި ވަނީ 3-3 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރު ވެގެންނެވެ. ގިނަ ލަނޑުތަކެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދާފައި ވަނީ ރެއާލުންނެވެ. މި ލަނޑު މެޗުގެ 5 ވަނަ މިނެޓުގައު ބެންޒެމާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ގެރެތު ބޭލްއެވެ. މިއީ 2019 […]

އިބްރާހިމް ޚަލީލް
ޗެލްސީ ދެ މޮޅު، އާސެނަލް ދެ ބަލި

ޗެލްސީ ދެ މޮޅު، އާސެނަލް ދެ ބަލި

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާއި އާސެނަލް ބައްދަލުކުރި މެޗު ޗެލްސީ މޮޅުވެ ހަ ޕޮއިންޓް ހަމަކުރިއިރު، އާސެނަލް ލީގުގައި ކުޅުން ދެ މެޗުން ވެސް ބަލިވެއްޖެއެވެ. އާދީއްތަ ދުވަހުގެ ރޭ އާސެނަލްގެ އަމިއްލަ ދަނޑުގައި ޗެލްސީއާއި ދެކޮޅަށްކުޅެ  ބަލިވެފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ. ޗެލްސީ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައު 3-0 ގެ ނަތީޖާއިން ކްރިސްޓަލް ޕަލަސް ވަނީ ބަލިކޮށްފައެވެ. އާދީއްތަ ދުވަހުގެ ރޭ އާސެނަލްއާއި ދެކޮޅަށް ޗެލްސީން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.  މި […]

އިބްރާހިމް ޚަލީލް
އުދިނޭޒީން ޔުވެންޓަސް މޮޅުވިޔަނުދީ ހިފަހައްޓައިފި

އުދިނޭޒީން ޔުވެންޓަސް މޮޅުވިޔަނުދީ ހިފަހައްޓައިފި

އިޓާލިއަން ސީރިއާ އޭގައި ޔުވެންޓަސްއާއި އުދިނޭޒީ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. އާދީއްތަ ދުވަހުގެ ރޭ އުދިނޭޒީގެ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ޔުވެންޓަސްއިން ދެ ލަނޑުގެ ލީޑެއް ހޯދި ނަމަވެސް އުދިނޭޒީން ވަނީ ފަހަތުންއަރައި ދެ ލަނޑުޖަހައި ޔުވެނޓަސް މޮޅުވިޔަނުދީ ހިފަހައްޓާފައެވެ. މި ސީޒަނަށް ޔުވެންޓަސްގެ ކޯޗުކަމާއި ހަވާލުވި މަސިމިލިއާނޯ އެލެގްރީ މި މެޗަށް ނަގާފައިވާ ފުރަތަމަ އެގާރާގައި ޕޯޗްގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހިމަނާފައެއްނުވެއެވެ. މި މެޗު ފެށިތާ ވަރަށް ކުރީކޮޅު ޔުވެންޓަސ...

އިބްރާހިމް ޚަލީލް
ފުރަތަމަ މެޗުގައި ފަސްލަނޑު ޖެހި ޔުނައިޓެޑަށް ދެވަނަ މެޗުގައި ޕޮއިންޓެއް

ފުރަތަމަ މެޗުގައި ފަސްލަނޑު ޖެހި ޔުނައިޓެޑަށް ދެވަނަ މެޗުގައި ޕޮއިންޓެއް

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުގައި ފަސްލަނޑުޖަހައި ފެންވަރު ދައްކާލި ނަމަވެސް ލީގުގެ ދެވަނަ މެޗުގައި ސައުތެމްޓަންއާއި އެއްވަރުވެ ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެއެވެ. އާދީއްތަ ދުވަހުގެ ރޭ ސައުތެމްޓަންގެ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައި ވަނީ ޔުނައިޓެޑުންނެވެ. މެޗުގެ ހަތްވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ....

އިބްރާހިމް ޚަލީލް
ޑިޕޭގެ ލަނޑުން ބިލްބާއޯގެ އަތްދަށުނުވެ ބާސާ ސަލާމަތްވެއްޖެ

ޑިޕޭގެ ލަނޑުން ބިލްބާއޯގެ އަތްދަށުނުވެ ބާސާ ސަލާމަތްވެއްޖެ

ސްޕެނިޝް ލަލީގާގައި އެތުލެޓިކް ބިލްބާއޯއާއި ބާސެލޯނާ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ހޮނހިރު ދުވަހުގެ ރޭ ބިލްބާއޯގެ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ބާސެލޯނާއިންނެވެ. މިގޮތުން މެޗުގެ ވަރަށް ކުރީކޮޅު ބާސާގެ ފޯވާޑް ބްރެތުވައިޓަށް ވަނީ ލަނޑުޖަހާނެ ހުސް ފުރުޞަތެއް ލިބި ބޭނުން ނުހިފިފައެވެ. މެޗުގެ 11 ވަނަ މިނެޓުގައި ބިލްބާއޯއިން ވަނީ ބާސާގެ […]

އިބްރާހިމް ޚަލީލް
ސިޓީއާއި ލިވަޕޫލަށް ވެސް މޮޅެއް

ސިޓީއާއި ލިވަޕޫލަށް ވެސް މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ ކުޅުނު މެޗު ފަސޭހަކަމާއިއެކު ކާމިޔާބު ކުރިއިރު ލިވަޕޫލުން ވެސް ކުޅުނު މެޗު ކާމިޔާބު ކޮށްފިއެވެ. ހޮނހިރު ދުވަހުގެ ރޭ ސިޓީގެ އަމިއްލަ ދަނޑުގައި ނޯވިޗް ސިޓީއާއި ބައްދަލުކުރި މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި ސިޓީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެ ޓީމުން ފުރަތަމަ ލަނޑުޖަހާފައި ވަނީ މެޗުގެ 07 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ނޯވިޗްގެ […]

އިބްރާހިމް ޚަލީލް
ރެއާލްގެ ކެޕްޓަން ކަރިމް ބެންޒެމާ ކޮންޓްރެކްޓް އައުކޮށްފި

ރެއާލްގެ ކެޕްޓަން ކަރިމް ބެންޒެމާ ކޮންޓްރެކްޓް އައުކޮށްފި

ރެއާލް މެޑްރިޑްގެ މިހާރުގެ ކެޕްޓަން ކަރިމް ބެންޒެމާ އެ ޓީމާއެކު ހަދާފައިވާ ކޮންޓްރެކްޓް އައުކޮށްފިއެވެ. ބެންޒެމާއާއި ރެއާލްއާއި ދެމެދު ހަދާފައިވާ އެއްބަސްވުން 2022 ވަނަ އަހަރު ހަމަވާން އޮތްނަމަވެސް އޭނާ މިވަނީ ރެއާލްގައި އިތުރު އެއްއަހަރު މަޑުކުރުމަށް އެއްބަސްވެ ކޮންޓްރެކްޓް އައުކޮށްފައެވެ. މިހާރު އޭނާ ރެއާލާއިއެކު ހަދާފައިވާ އެއްބަސް ވުމުގެ ދަށުން 2023 ވަނަ އަހަރުގެ ނިޔަލަށް އޭނާ ރެއާލްގައި މަޑުކުރާނެއެވެ. އުމުރުން 33 އަހަރުގެ ފްރާންސްގެ ފޯވާޑް ރެއާލާއި ގުޅިފައިވަނީ 2009 ވަނަ އަހަރުއެވެ. މިގޮތު...

އިބްރާހިމް ޚަލީލް
ލޮކަޓެއްލީ ލޯނު އެއްބަސްވުމެއްގެ ދަށުން ޔުވެންޓަސްއަށް

ލޮކަޓެއްލީ ލޯނު އެއްބަސްވުމެއްގެ ދަށުން ޔުވެންޓަސްއަށް

އިޓަލީގެ ސަސުއޯލޯއަށް ކުޅެމުންއައި މެނުއަލް ލޮކަޓެއްލީ ލޯން އެއްބަސްވުމެއްގެ ދަށުން އިޓަލީގެ ޔުވެންޓަސްއާއި ގުޅިއްޖެއެވެ. ނިމިދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތް އިޓަލީއަށް ކާމިޔާބު ކޮށްދިނުމުގައި އިޓަލީގެ މެދުތެރޭގައި މޮޅު ކުޅުމެއް ދެއްކި އުމުރުން 23 އަހަރުގެ ލޮކަޓެއްލީ ޔުވެންޓަސްއާއި ގުޅިފައި މިވަނީ ދެ އަހަރު ދުވަހުގެ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. މިގޮތުން އޭނާ ޔުވެންޓަސްގައި 2023 އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޔުވެންޓަސްގައި މަޑު ކުރާނެއެވެ. އެއަށްފަހު ޔުވެންޓަސްއިން އޭނާ އެ ކުލަބުގައި ދާއިމީކުރަނ...

އިބްރާހިމް ޚަލީލް
ޓެމީ އަބްރަހަމް ރޯމާއަށް

ޓެމީ އަބްރަހަމް ރޯމާއަށް

ޗެލްސީއަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް ޓެމީ އަބްރަހަމް އިޓަލީގެ ރޯމާއަށް ބަދަލުވެއްޖެއެވެ. އަބްރަހަމް ރޯމާއަށް ބަދަލުވެފައި މިވަނީ ފަސްއަހަރުގެ އެއްބަސްވުމެއްގެ ދަށުން 40 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއަކަށެވެ. އުމުރުން 23 އަހަރުގެ އަބްރަހަމް ވަނީ ޗެލްސީގެ ޖޯޒީގައި 82 މެޗުކުޅެ 30 ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައެވެ. ރޯމާއަށް ބަދަލުވުމަށް ފަހު އަބްރަހަމް ބުނެފައި ވަނީ މިހާރު ރޯމާއަކީ ރަނގަޅު ފެންވަރުގެ ކާމިޔާބީތަކެއް ހޯދޭ ފެންވަރުގެ ކުލަބެއް ކަމަށެވެ. ވުމާއެކު މި ކުލަބަށް […]

އިބްރާހިމް ޚަލީލް
ޖަރުމަނު ސްޕަ ކަޕް ބަޔާން މިޔުނުކް ކާމިޔާބުކޮށްފި

ޖަރުމަނު ސްޕަ ކަޕް ބަޔާން މިޔުނުކް ކާމިޔާބުކޮށްފި

ބްރޫޝިއާ ޑޯޓްމަންޑް ބަލިކޮށް ޖަރުމަނު ސްޕަ ކަޕްގެ ޗެމްޕިއަންކަން ބަޔާން މިޔުނިކުން ހޯދައިފިއެވެ. އަންގާރަ ދުވަހުގެ ރޭ ބްރޫޝިއާ ޑޯޓްމަންޑްގެ ދަނޑުގައި ކުޅުނު މި މެޗު ބަޔާން މިޔުނިކުން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއަކުންނެވެ. ޖަރުމަނު ސްޕަކަޕް މެޗަކީ އެންމެ ފަހުގެ ޖަރުމަނު ލީގުގެ ޗެމްޕިއަންއާއި ޖަރުމަނު ކަޕްގެ ޗެމްޕިއަންގެ މެދުގައި ކުޅެވޭ މެޗެކެވެ. މި މެޗުގައި ބަޔާން ވާދަކޮށްފައި ވަނީ ޖަރުމަނު ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމުގެ ހައިސިއްޔަތުންނެވެ. ޑޯޓްމަންޑް މި […]

އިބްރާހިމް ޚަލީލް
ކޯޓުއާ ރެއާލްއާއި އެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފި

ކޯޓުއާ ރެއާލްއާއި އެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފި

ބެލްޖިއަމްގެ އެއްނަމްބަރު ގޯލްކީޕަރ ތިބައޫ ކޯޓުއާ ރެއާލް މެޑްރިޑާއިއެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފިއެވެ. ކޯޓުއާ އިތުރު ފަސް އަހަރު ރެއާލަށް ކުޅުމަށް އެއްބަސްވެފައިވާއިރު، މި އެއްބަސްވުމުގެ ދަރުށުން ކޯޓުއާ ރެއާލްގައި 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް މަޑު ކުރާނެއެވެ. ކޯޓުއާ ރެއާލާއި އެކު ހަދާފައިވާ އެއްބަސްވުން އައު ކޮސްފައިވަނީ މި ހަފްތާގެ ހޯމަ ދުވަހުގެ ވަގުތެއްގައެވެ. ކުރިން ސްޕެނިޝް ލީގުގެ އެތުލެޓިކޯ މެޑްރިޑަށް ވެސް ކުޅެފައިވާ އުމުރުން 29 އަހަރުގެ ކޯޓުއާ ރެއާލަށް ބަދަލުވެފައި […]

އިބްރާހިމް ޚަލީލް