މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ކުޅިވަރު

2,739 ޝާއިޢުކުރެވިފައިވާ ލިޔުން

ކުޅިވަރު - 148 ވަނަ ޞަފްޙާ

ހަތަރު މެޗުން ވެސް ޔުވެންޓަސްއަށް މޮޅެއް ނުލިބުން

ހަތަރު މެޗުން ވެސް ޔުވެންޓަސްއަށް މޮޅެއް ނުލިބުން

އިޓާލިއަން ސީރިއާ އޭގައި ޔުވެންޓަސް މިހާތަނަށް ހަތަރު މެޗު ކުޅެފައިވާއިރު ހަތަރު މެޗުން ވެސް މޮޅެއް ނުލިބި ރެލިގޭޝަން ޒޯނަށް ވެއްޓިއްޖެއެވެ. އާދީއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އޭސީ މިލާނާއި ބައްދަލުކުރި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި ސީޒަންގައި ލީގުގައި ޔުވެންޓަސް ހަތަރު މެޗު ކުޅެފައިވާއިރު އޭގެ ތެރެއިން ދެ މެޗުން އެއްވަރުވެ ދެ މެޗުން ބަލިވުމުގެ ސަބަބުން އެ ޓީމަށް ލިބިފައި ވަނީ […]

އިބްރާހިމް ޚަލީލް
ފަހުވަގުތު ދެ ލަނޑުޖަހައި ވެލެންސިއާ ބަލިކޮށް ރެއާލް އެއްވަނައަށް

ފަހުވަގުތު ދެ ލަނޑުޖަހައި ވެލެންސިއާ ބަލިކޮށް ރެއާލް އެއްވަނައަށް

ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑާއި ވެލެންސިއާ ބައްދަލުކުރި މެޗުން ވެލެންސިއާ މޮޅުވާން ދަނިކޮށް މެޗުގެ ފަހު ހަތަރު މިނެޓުގެ ތެރޭގައި ދެ ލަނޑުޖަހައި ރެއާލުން މެޗު ކާމިޔާބު ކޮށްފިއެވެ. އާދީއްތަ ދުވަހުގެ ރޭ ވެލެންސިއާގެ ދަނޑުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ. ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމުން ވެސް ވަނީ އިދިކޮޅު ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. ފުރަތަމަ ހާފުގައި […]

އިބްރާހިމް ޚަލީލް
ޔުނައިޓެޑް ހަނިގޮތަކަށް މޮޅުވިއިރު ޓޮޓެންހަމް އަތުން ޗެލްސީއަށް ފަސޭހަ މޮޅެއް

ޔުނައިޓެޑް ހަނިގޮތަކަށް މޮޅުވިއިރު ޓޮޓެންހަމް އަތުން ޗެލްސީއަށް ފަސޭހަ މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެ ރޭ މެންޗެސްޓާ ޔުނައިޓެޑާއި ވެސްޓްހޭމް ބައްދަލުކުރި މެޗުން ޔުނައިޓެޑް ހަނިގޮތަކަށް މޮޅުވިއިރު، ޓޮޓެންހަމްއާއި ޗެލްސީ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ޗެލްސީން ކާމިޔާބު ކޮށްފިއެވެ. ވެސްޓްހޭމްގެ ދަނޑުގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗު ފަށައިގެން ޔުނައިޓެޑުން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، މެޗުގައި ފުރަތަމަ ލަނޑުޖަހާފައި ވަނީ ވެސްޓްހޭމްއިންނެވެ. މި ލަނޑު 30 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ސ...

އިބްރާހިމް ޚަލީލް
ބޮލޯނިއާ އަތުން މޮޅުވެ އިންޓަ އެއްވަނައަށް

ބޮލޯނިއާ އަތުން މޮޅުވެ އިންޓަ އެއްވަނައަށް

އިޓާލިއަން ސީރިއާ އޭގައި ހޮނިހިރު ދުވަހުގެ ރޭ އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާނާއި ބޮލޯނިއާ ބައްދަލުކުރި މެޗު ބޮޑު ތަފާތަކުން އިންޓައިން ކާމިޔާބު ކޮށްފިއެވެ. މި މެޗު އިންޓައިން ކާމިޔާބު ކޮށްފައި ވަނީ 6-1 ގެ ނަތީޖާއަކުންނެވެ. ލީގުގައި މިހާތަނަށް އަދި އިންޓަ ބަލިވެފައި ނުވާއިރު، މި މެޗުގައި ވެސް އެ ޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މި މެޗުގައި އިންޓައިން ފުރަތަމަ ލަނޑު ޖަހާފައި ވަނީ މެޗުގެ ހަވަނަ މިނެޓުގައެވެ. މި ލަނޑު […]

އިބްރާހިމް ޚަލީލް
ބަޔާން މިޔުނިކުން ބޯކުމް ކޮޅަށް 7 ލަނޑު ޖަހައި އެއްވަނައަށް

ބަޔާން މިޔުނިކުން ބޯކުމް ކޮޅަށް 7 ލަނޑު ޖަހައި އެއްވަނައަށް

ޖަރުމަނު ބުންޑަސް ލީގުގައި ހޮނިހިރު ދުވަހުގެ ރޭ  ޗެމްޕިއަން ބަޔާން މިޔުނިކާއި ވީއެފްއެލް ބޯކުމް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ބަޔާނުން ކާމިޔާބު ކޮށްފިއެވެ. ބަޔާންގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 7-0 ގެ ތަފާތު ބޮޑު ނތީޖާއަކުންނެވެ. މި މެޗުގައި ބަޔާންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެ ޓީމުން ވަނީ ބޯކުމްގެ ގޯލާއި އަމާޒުކޮށް 15 ހަމަލާއެއް ފޮނުވާލާފައެވެ. ބޯކުމްއަށް ބަޔާންގެ ގޯލާއި އަމާޒުކޮށް އެންމެ ހަމަލާއެއް […]

އިބްރާހިމް ޚަލީލް
އާސެނަލް ހަނިގޮތަކަށް މޮޅުވިއިރު ސިޓީ އެއްވަރު

އާސެނަލް ހަނިގޮތަކަށް މޮޅުވިއިރު ސިޓީ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އާސެނަލްއާއި ބާންލީ ބައްދަލުކުރި މެޗު ހަނި ގޮތަކަށް އާސެނަލްއިން ކާމިޔާބު ކުރިއިރު، މެންޗެސްޓާ ސިޓީއާއި ސައުތެމްޓަން ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ބާންލީގެ ދަނޑުގައި ކުޅުނު މެޗު އާސެނަލްއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތާޖާއަކުންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ލިބުނު ހިލޭޖެހުމަކުން އާސެނަލްއަށް ކާމިޔާބު ކޮށްދީފައި ވަނީ މި ސީޒަނަށް ރެއާލް މެޑްރިޑުން 30 މިލިއަން ޕައުންޑަށް އާސެނަލްއަށް ބަދަލުވި ނޯވޭގެ އުންމީދީ […]

އިބްރާހިމް ޚަލީލް
މަނޭ 100 ލަނޑު ހަމަކުރި މެޗުން ލިވަޕޫލަށް ފަސޭހަ މޮޅެއް

މަނޭ 100 ލަނޑު ހަމަކުރި މެޗުން ލިވަޕޫލަށް ފަސޭހަ މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު ފަސޭހަ ކަމާއިއެކު ލިވަޕޫލުން ކާމިޔާބު ކޮށްފިއެވެ. ހޮނިހިރު ދުވަހުގެ ރޭ ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ލިވަޕޫލުން ޕެލަސްގެ މައްޗަށް ކުރި ހޯދާފައި ވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މި ސީޒަންގައި ލިވަޕޫލް އަދި ބަލިވެފައި ނުވާއިރު އެ ޓީމްގެ ފަރާތުން މި މެޗުގައި ވެސް ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މިގޮތުން އެ ޓީމުންވަނީ ޕެލަސްގެ ގޯލަށް ގިނަ ހަމަލާތަކެއް […]

އިބްރާހިމް ޚަލީލް
ބަކާ އާއި އިރޭ ބާކީކުރީ ނުރަނގަޅު ނުފޫޒުގެ ސަބަބުން، އެކަން ކުއްވެރިކުރަން: ދިއްދޫ ބީ.އެކްސް ސްޕޯރޓްސް

ބަކާ އާއި އިރޭ ބާކީކުރީ ނުރަނގަޅު ނުފޫޒުގެ ސަބަބުން، އެކަން ކުއްވެރިކުރަން: ދިއްދޫ ބީ.އެކްސް ސްޕޯރޓްސް

ދިވެހި ޤައުމީ ފުޓްބޯޅަ ޓީމްގެ ކުޅުންތެރިން ކަމަށްވާ މުޙައްމަދު އާރިފް (ބަކާ) އަދި މުޙައްމަދު އިރުފާން (އިރޭ) ކުރިޔަށް އޮތް ސާފް ޗެމްޕިއަންސިޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާ ސްކޮޑުން ބާކީ ކޮށްލާފައިވަނީ އޭގެ ފަހަތުގައި ނުރަނގަޅު ނުފޫޒުތަކެއެއްގެ ސަބަބުން ކަމަށް ބުނެ ހއ. ދިއްދޫ އަށް ނިސްބަތްވާ ބީ އެކްސް ސްޕޯރޓްސް ކުލަބުން އެކަން ހަރުކަށި ޢިބާރާތުން ކުއްވެރި ކޮށްފިއެވެ. އެ ކްލަބުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މި ދެކުޅުންތެރިން ދިވެހި ޤައުމީ ޚިދުމަތުގައި […]

އަޙްމަދު އަރުޝަމް
ބެލްޖިއަމްގެ ބްރޫޖްއިން ޕީއެސްޖީ ހިފަހައްޓައިފި

ބެލްޖިއަމްގެ ބްރޫޖްއިން ޕީއެސްޖީ ހިފަހައްޓައިފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ފްރާންސްގެ ޕެރިސް ސެންޓް ޖާމަން (ޕީއެސްޖީ)އާއި ބެލްޖިއަމްގެ ކްލަބް ބުރޫޖް ބައްދަލުކުރި މެޗުގެ ނަތީޖާ ހަމަހަމަވެގެން ނިމިއްޖެއެވެ. ވަރުގަދަ ފޯވާޑް ލައިނެއް އޮންނަ ޕީއެސްޖީއަށް ބުރޫޖްގެ މައްޗަށް ކުރި ނުހޯދި، މި މެޗް ނިމުނީ 1-1 ނަތީޖާ އަކުން އެއްވަރު ވެގެންނެވެ. ދުނިޔޭގެ އެންމެ އަގުބޮޑު ފުރަތަމަ 11 އާއެކު މެޗަށް ނިކުތް ޕީއެސްޖީއަށް މެޗްގެ 15 ވަނަ މިނިޓުގައި ލީޑު ނަގައިދިނީ ސްޕެއިން މިޑްފިލްޑަރު އަންޑަ ހެރޭރާއެވެ. މި ލަނޑުޖަހަން އެހީތެރިވެދިނީ ފްރާންސްގެ […]

ހުސައިން ހަބީބް
ބަޔާން ފަސޭހަ ކަމާއިއެކު ބާސާ ބަލިކުރިއިރު، ޗެލްސީއަށް ހަނި މޮޅެއް

ބަޔާން ފަސޭހަ ކަމާއިއެކު ބާސާ ބަލިކުރިއިރު، ޗެލްސީއަށް ހަނި މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އީގައި ބަޔާން މިޔުނިކާއި ބާސެލޯނާ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ބަޔާން ކާމިޔާބުކުރިއިރު، އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީއާއި ޒެނިތު ސެއިންޓް ޕީޓްސްބާގް ބައްދަލުކުރި މެޗުން ހަނިގޮތަކަށް ޗެލްސީ މޮޅުވެއްޖެއެވެ. ބާސެލޯނާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ބަޔާނުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ބަޔާނުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން ބާސާގެ ގޯލާއި އަމާޒުކޮށް އެ ޓީމުން ގިނަ ހަމަލާތަކެއް […...

އިބްރާހިމް ޚަލީލް
ޤައުމީ ބީޗް ވޮލީބޯޅަ މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފި

ޤައުމީ ބީޗް ވޮލީބޯޅަ މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފި

މި ހިނގާ 2021 ވަނަ އަހަރުގެ ޤައުމީ ބީޗް ވޮލީބޯޅަ މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހުޅުވާލައިފިއެވެ. މި އަހަރުގެ މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ އަންނަ އޮކްޓޯބަރ މަހުގެ 7 ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް، މާލެ ދޮންގަނޑު ބީޗް ވޮލީބޯލް ކޯޓާއި ހުޅުމާލެ ރެޑްބުލް ބީޗް ވޮލީބޯލް ކޯޓުގައެވެ. މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ […]

އިބްރާހިމް ޚަލީލް
ޔަންގް ބޯއީސް އަތުން ފަހުވަގުތު ޔުނައިޓެޑް ބަލިވެއްޖެ

ޔަންގް ބޯއީސް އަތުން ފަހުވަގުތު ޔުނައިޓެޑް ބަލިވެއްޖެ

ޔޫރަޕްގެ ކުލަބްތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފްވެރި އެއް މުބާރާތް ކަމުގައިވާ ޔުއެފާ ޗެމްޕިއަންސް ލީގު އަންގާރަ ދުވަހުގެ ރޭ ފަށާފައިވާއިރު ފުރަތަމަ މެޗުގައި ސްވިޒަލޭންޑްގެ ޗެމްޕިއަން ޔަންގް ބޯއީސް އަތުން މެންޗެސްޓާ ޔުނައިޓެޑް ބަލިވެއްޖެއެވެ. ޔަންގް ބޯއީސްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗު ފަށައިގެން ޔުނައިޓެޑްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މިގޮތުން އެ ޓީމުން ވަނީ މެޗުގެ 13 […]

އިބްރާހިމް ޚަލީލް
ބެންޒެމާ ހެޓްރިކް، ސެލްޓަ ވީގޯ އަތުން ރެއާލަށް ބޮޑު މޮޅެއް

ބެންޒެމާ ހެޓްރިކް، ސެލްޓަ ވީގޯ އަތުން ރެއާލަށް ބޮޑު މޮޅެއް

ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑާއި ސެލްޓަ ވީގޯ ބައްދަލުކުރި މެޗު ފަސޭހަ ކަމާއިއެކު ރެއާލުން ކާމިޔާބު ކޮށްފިއެވެ. ރެއާލްގެ ރަސްމީ ދަނޑުކަމުގައިވާ ސަންޓިއާގޯ ބާނަބެއުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މި މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 5-2 ގެ ނަތީޖާއަކުންނެވެ. ރެއާލްގެ ރަސްމީ ދަނޑުގައި މެޗެއް ކުޅެފައި މި ވަނީ މަރާމާތަށް ބަންދުކޮށްފައި އޮންނަތާ 560 ދުވަސް ފަހުންނެވެ. އެ ދަނޑުގައި އެންމެ ފަހުން މެޗެއް ކުޅެފައި 2020 ވަނަ އަހަރުގެ މާޗު މަހު […]

އިބްރާހިމް ޚަލީލް
ސާފް ޗެމްޕިއަންޝިޕްގެ ކޯ ސްޕޮންސަރަކަށް އެސްޓީއޯ

ސާފް ޗެމްޕިއަންޝިޕްގެ ކޯ ސްޕޮންސަރަކަށް އެސްޓީއޯ

އަންނަ މަހުގެ އެއްވަނަ ދުވަހު ފަށާ ސާފް ޗެމްޕިއަންޝިޕްގެ ކޯ ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖައްސައިފިއެވެ. ސާފް ޗެމްޕިއަންޝިޕާ ގުޅިގެން ”މަގޭ މަހަލްދީބު“ގެ ނަމުގައި ކުރިއަށް ގެންދާ ކެމްޕެއިން އިފުތިތާހު ކުރުމަށް ގަލޮޅު ދަނޑުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވަނީ މުބާރާތުގެ ޕާޓްނަރުންނާއެކު ސޮއިކޮށްފައެވެ. ރާއްޖޭގައި ފަށާ މި މުބާރާތަކީ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތެވެ. އެގޮތުން ކޯސްޕޮންސަރަކުން އެސްޓީއޯ ހަވާލުކޮށްފައިވާއިރު، ޑިޖިޓަލް ޕާޓްނަރަކަށް ހަމަޖައްސާފައި ވަނީ ދިރާގެވެ. އަދި އިންޝުއަރެ...

އަޙްމަދު ވަހީދު
ސަލާހް 100 ލަނޑު، ލީޑްސްއަތުން ލިވަޕޫލަށް ފަސޭހަ މޮޅެއް

ސަލާހް 100 ލަނޑު، ލީޑްސްއަތުން ލިވަޕޫލަށް ފަސޭހަ މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި ލީޑްސް ޔުނައިޓެޑް ބައްދަލު ކުރި މެޗު ފަސޭހަކަމާއިއެކު ލިވަޕޫލުން ކާމިޔާބު ކޮށްފިއެވެ. އާދީއްތަ ދުވަހުގެ ރޭ ލީޑްސްގެ ދަނޑުގައި ކުޅުނު މި މެޗު ލިވަޕޫލުން 3-0 އިން ކާމިޔާބު ކުރިއިރު، މި މެޗުގައި ލިވަޕޫލުގެ ފޯވާޑް މުޙައްމަދު ސަލާހް ޖެހި ލަނޑާއިއެކު އޭނާ ޕްރިމިއާ ލީގުގައި ޖެހި ލަނޑުގެ އަދަދު ވަނީ 100 އަށް އަރާފައެވެ. މެޗު ފަށައިގެން ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް، […]

އިބްރާހިމް ޚަލީލް