މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ކުޅިވަރު

2,739 ޝާއިޢުކުރެވިފައިވާ ލިޔުން

ކުޅިވަރު - 146 ވަނަ ޞަފްޙާ

ޕެލަސް އަތުން ބަލިނުވެ އާސެނަލް ސަލާމަތްވީ ކިރިޔާ

ޕެލަސް އަތުން ބަލިނުވެ އާސެނަލް ސަލާމަތްވީ ކިރިޔާ

އިނގިރޭސި ޕްރިމިއާ ލީގުގައި ހޯމަ ދުވަހުގެ ރޭ އާސެނަލްއާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. އާސެނަލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައި ވަނީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދާފައި ވަނީ އާސެނަލްއިންނެވެ. މި ލަނޑި މެޗުގެ އަށްވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އޮބާމެޔަންއެވެ. މެޗުގެ ފުރަތަމަ […]

އިބްރާހިމް ޚަލީލް
ރާއްޖެ ބަލިކޮށް އިންޑިއާ ފައިނަލަށް

ރާއްޖެ ބަލިކޮށް އިންޑިއާ ފައިނަލަށް

“އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021” ފުޓްބޯޅަ މުބާރާތުގައި ބުދަ ދުވަހުގެ ރޭ (މިރޭ) ދިވެހިރާއްޖެއާއި އިންޑިއާ ބައްދަލުކުރި މެޗު 3-1 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ އިންޑިއާއިން ހޯދައިފިއެވެ. ގްރޫޕް ސްޓޭޖް ފަހު މެޗަށް މިރޭ ރާއްޖެއާއި އިންޑިއާ ނުކުތްއިރު، މެޗު އެއްވަރު ކޮށްލައިގެން ވެސް ރާއްޖެއަށް މުބާރާތުގެ ފައިނަލަށް ދިއުމުގެ ފުރުޞަތު އޮތެވެ. ނަމަވެސް މިރޭ މެޗުން ބަލިވުމުން ރާއްޖެ ވަނީ މި މުބާރާތުން ކަޓާފައެވެ. މި މެޗުގައި އިންޑިއާގެ ފަރާތުން […]

އިބްރާހިމް ޚަލީލް
ފަހު ވަގުތު ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ނޭޕާލް ފުރަތަމަ ފަހަރަށް ފައިނަލަށް

ފަހު ވަގުތު ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ނޭޕާލް ފުރަތަމަ ފަހަރަށް ފައިނަލަށް

އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި މިއަދު ހަވީރު ބަންގްލަދޭޝްއާ، ނޭޕާލް ބައްދަލުކުރި މެޗްގައި މެޗް ނިމެނިކޮށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުން ފުރަތަމަ ނޭޕާލް ޖާގަ ހޯދައިފި އެވެ. މިއީ ސާފް ޗެމްޕިއަންޝިޕު މުބާރާތުގެ ފައިނަލަށް ނޭޕާލް ދިޔަ ފުރަތަމަ ފަހަރެވެ. އެ ޓީމު މިއަދު ވަނީ 1-1 އިން ބަންގްލަދޭޝްއާއި އެއްވަރު ކޮށްފައެވެ. ބަންގްލަދޭޝްގެ ގިނަ ސަޕޯޓަރުންތަކެއްގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ބަންގްލަދޭޝް ލަނޑުޖެހީ މެޗުގެ 9 ވަނަ މިނިޓުގައި ސުމޮން ރެޒާ ޖެހި […]

ހުސައިން ހަބީބް
ޖަރުމަނު ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ

ޖަރުމަނު ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ

އަންނަ އަހަރު ޤަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ޖަރުމަނު ކޮލިފައިވެއްޖެއެވެ. އެ ޓީމް ކޮލިފައިވެފައި މިވަނީ ޔޫރަޕުގެ ކޮލިފައިން ބުރުގައި ގްރޫޕް ޖޭގައި ހޯމަ ދުވަހުގެ ރޭ ނޯތު މެސެޑޯނިއާއާއި ބައްދަލުކުރި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކުއެވެ. އެ މެޗު ޖަރުމަނުން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މުބާރާތް ބާއްވާ ޤައުމުގެ ހައިސިއްޔަތުން ވޯލްޑް ކަޕުން ޤަތަރަށް ޖާގަ ލިބިފައިވާއިރު، ކޮލިފައިން ބުރުން ޖާގަ ލިބިގެން ފުރަތަމަ […]

އިބްރާހިމް ޚަލީލް
ޔުއެފާ ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ފްރާންސަށް

ޔުއެފާ ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ފްރާންސަށް

ޔުއެފާ ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ފްރާންސް ހޯދައިފިއެވެ. އާދީއްތަ ދުވަހުގެ ރޭ އިޓަލީގެ ސެންސީރޯ ސްޓޭޑިއަމްގައި ކުޅުނު މި މުބާރާތުގެ ފައިނަލްމެޗު ފްރާންސުން ކާމިޔާބު ކޮށްފައިވަނީ ސްޕެއިންއާއި ވާދަކޮށް 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވެއެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައި ވަނީ ސްޕެއިނުންނެވެ. މި ލަނޑު 64 ވަނަ މިނެޓުގައި ސްޕެއިންގެ ކެޕްޓަން ބަސްކެޓް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ މައިކަލް އޮޔާޒަބަލްއެވެ. […]

އިބްރާހިމް ޚަލީލް
ޔުއެފާ ނޭޝަންސް ލީގުގެ ތިންވަނަ އިޓަލީއަށް

ޔުއެފާ ނޭޝަންސް ލީގުގެ ތިންވަނަ އިޓަލީއަށް

ޔުއެފާ ނޭޝަންސް ލީގުގެ ތިންވަނަ އިޓަލީން ހޯދައިފިއެވެ. އާދީއްތަ ދުވަހުގެ ރޭ އިޓަލީގެ ޓިއުރިންގެ އެލިއަންޒް އެރީނާގައި ކުޅުނު މުބާރާތުގެ ތިންވަނަ ހޮވާމެޗު ބެލްޖިއަމާއި ވާދަކޮށް އިޓަލީން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ. ދެ ޓީމްގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވެއެވެ. ނަމަވެސް ދެ ޓީމުން ވެސް ވަނީ އިދިކޮޅު ގޯލަށް ނުރައްކާ ކޮށްފައެވެ. މިގޮތުން މެޗުގެ 18 ވަނަ މިނެޓުގައި […]

އިބްރާހިމް ޚަލީލް
ލަންކާ ބަލިކޮށް ރާއްޖެ ފައިނަލުގެ އުންމީދު ބޮޑުކޮށްފި

ލަންކާ ބަލިކޮށް ރާއްޖެ ފައިނަލުގެ އުންމީދު ބޮޑުކޮށްފި

“އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021” ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ގަލޮޅު ދަނޑުގައި ސްރީލަންކާއާއި ދިވެހިރާއްޖެ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ފައިނަލަށް ދިއުމުގެ އުންމީދު ރާއްޖެ ޓީމުން ބޮޑު ކޮށްފިއެބެ. މި މެޗު ރާއްޖެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުވެސް ރާއްޖެ ޓީމުން ފެށީ ވަރަށް ވަރުގަދަ ކޮށެވެ. މިގޮތިން މެޗުފަށައިގެން ލަންކާ ޓީމަށް ރަނގަޅަށް މެޗުގެ ތެރެއަށް ނުވަދެވެނީސް ދިވެހި ޓީމުން ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. […]

އިބްރާހިމް ޚަލީލް
އުރީދޫ އާއި ސިޓީ ކައުންސިލް ގުޅިގެން މިއަދުގެ މެޗު ކާނިވާ ސަރަހައްދުގައި އަޅުވާނެ

އުރީދޫ އާއި ސިޓީ ކައުންސިލް ގުޅިގެން މިއަދުގެ މެޗު ކާނިވާ ސަރަހައްދުގައި އަޅުވާނެ

ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރު، އުރީދޫ މޯލްޑިވްސް އާއި މާލެ ސިޓީ ކައުންސިލް ގުޅިގެން ކާނިވާ ސަރަހައްދުގައި މިއަދުގެ މެޗު ދައްކަން ނިންމައިފިއެވެ. ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި މެޗު ބެލޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖެހިފައެވެ. މާލެ ސިޓީ ކައުންސިލުން އިސްނަގައިގެން އުރީދޫއާއި ގުޅިގެން ސާފް ޗެމްޕިއަންޝިޕް 2021 ގައި މިއަދު ހަވީރު ދިވެހިރާއްޖެ އާއި ސްރީލަންކާ ބައްދަލުކުރާ މެޗް އަލިމަސް ކާނިވަލް ގައި ބޮޑު ސްރީން އިން ބެލުމުގެ އިންތިޒާމް ވަނީ ހަމަ ޖެހިފައެވެ. […]

އަޙްމަދު ވަހީދު
'އެންޒެޑް އެމާ ކެލާ އިންވިޓޭޝަން' ވޮލީ މުބާރާތުގެ ގުރުވަތުލުން ބާއްވައިފި

'އެންޒެޑް އެމާ ކެލާ އިންވިޓޭޝަން' ވޮލީ މުބާރާތުގެ ގުރުވަތުލުން ބާއްވައިފި

ހއ. ކެލާގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ‘އެންޒެޑް އެމާ ކެލާ އިންވިޓޭޝަން’ ވޮލީ މުބާރާތުގެ ގުރުވަތުލުން ބާއްވައިފި އެވެ. މި މުބާރަތަކީ ކެލާގައި ހުންނަ އެމާ ފިހާރަ އަދި ޖާރޒީ އާއި ބެނާ ފަދަ ތަކެތި ޕްރިންޓްކުރާ އޮންލައިން ވިޔަފާރިއެއް ކަމަށްވާ އެންޒެޑް އާއި ގުޅިގެން އިންތިޒާމް ކޮށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އަންހެން ވޮލީބޯޅަ މުބާރާތެކެވެ. މުބާރާތުގައި ކެލާގެ އަންހެން 4 ޓީމު ވާދަކުރާއިރު ހއ. ވަށަފަރުގެ އަންހެން ވޮލީ ޓީމުވެސް ވާދަކުރާނެ އެވެ. ޖުމްލަ 5 […]

އަޙްމަދު އަރުޝަމް
ނޭކުރެންދޫ ޒާހިރު ސްޕޯޓްސް އެކަޑަމީގެ ވެބްސައިޓް ލޯންޗުކޮށްފި

ނޭކުރެންދޫ ޒާހިރު ސްޕޯޓްސް އެކަޑަމީގެ ވެބްސައިޓް ލޯންޗުކޮށްފި

ހދ.ނޭކުރެންދޫގައި ހިންގަމުން އަންނަ ޒާހިރު ސްޕޯޓްސް އެކަޑަމީގެ ވެބްސައިޓް ލޯންޗުކޮށްފިއެވެ. އެ އެކަޑަމީގެ ވެބްސައިޓް ލޯންޗް ކޮށްދެއްވާފައި ވަނީ އެކަމަށްޓަކައި 07 އޮކްޓޯބަރ 2021 ވީ ބުރާސްފަތި ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ނޭކުރެންދޫގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއެއްކަމަށްވާ ދާއޫދު އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ވެބްސައިޓާއި ބެހޭގޮތުން މައުލޫމާތު ހިއްސާކޮށްފައި ވަނީ އެ އެކަޑަމީގެ އެޑްމިން އޮފިސަރ ޢަލީ ނިޔާޒެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އެ އެކަޑަމީގެ ރައީސް މުޙައްމަދ...

އިބްރާހިމް ޚަލީލް
ޔުއެފާ ނޭޝަންސް ލީގު ފައިނަލުގައި ސްޕެއިންއާއި ފްރާންސް

ޔުއެފާ ނޭޝަންސް ލީގު ފައިނަލުގައި ސްޕެއިންއާއި ފްރާންސް

ޔުއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލްގެ ދެވަނަ މެޗު ކާމިޔާބުކޮށް މުބާރާތުގެ ފައިނަލަށް ފްރާންސް ދަތުރު ކޮށްފިއެވެ. ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު ސެމީ ފައިނަލްގެ ދެވަނަ މެޗު ފްރާންސުން ކާމިޔާބު ކޮށްފައިވަނީ ބެލްޖިއަމްއާއި ވާދަކޮށް 3-2 ގެ ނަތީޖާއަކުންނެވެ. މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފައިވަނީ ސްޕެއިނުންނެވެ. ބުދަ ދުވަހުގެ ރޭ މުބާރާތުގެ ސެމީފައިނަލް ފުރަތަމަ މެޗުގައި ސްޕެއިން ވަނީ އިޓަލީގެ މައްޗަށް 2-1 ގެ ނަތީޖާއިން ކުރިހޯދާފައެވެ. ދުނިޔޭގެ ރޭންކިންގެ މިވަގުތު އެއްވަނައިގައި […]

އިބްރާހިމް ޚަލީލް
ބަންގްލަދޭޝް ބަލިކޮށް ރާއްޖެ އުންމީދު އައުކޮށްފި

ބަންގްލަދޭޝް ބަލިކޮށް ރާއްޖެ އުންމީދު އައުކޮށްފި

“އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021” ފުޓްބޯޅަ މުބާރާތުގައި ދިވެހިރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ދިވެހި ޓީމުން މުބާރާތުގައި ކުރިއަށް ދިޔުމުގެ އުންމީދު އައުކޮށްފިއެވެ. ބުރާސްފަތި ދުވަހުގެ ރޭ ރާއްޖޭގެ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ރާއްޖެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ނޭޕާލްއަތުން ބަލިވެފައިވުމާއިއެކު މި މެޗަށް ނުކުތްއިރު މުބާރާތުގައި ކުރިއަށް ދިއުމަށް މޮޅުވުމުގެ މުހިންމުކަން ރާއްޖެއަށް އޮތީ ބޮޑުވެފައ...

އިބްރާހިމް ޚަލީލް
ލަންކާއިން ވަރުގަދަ އިންޑިއާ ހިފަހައްޓައިފި

ލަންކާއިން ވަރުގަދަ އިންޑިއާ ހިފަހައްޓައިފި

އުރީދޫ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ސްރީލަންކާއިން މި ސަރަހައްދުގެ ފުޓްބޯޅައިގެ ގަދަބާރެއް ކަމުގައިވާ އިންޑިއާ މޮޅުވިއަނުދީ ހިފަހައްޓައިފިއެވެ. މިއަދު ހަވީރު ރާއްޖޭގެ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައި ވަނީ 0-0 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގެ ފަށައިގެން ލަންކާއިން ޑިފެންސަށް އިސްކަމެއް ދީގެން ކުޅުނު ނަމަވެސް، މި ހާފުގައި އިންޑިއާގެ ފަރާތުން ވެސް ފެނިގެން ގޮސްފައިވަނީ ތަންކޮޅެއް އާދައިގެ ކުޅުމެކެވެ. މި […]

އިބްރާހިމް ޚަލީލް
އިޓަލީ ބަލިނުވުމުގެ ރެކޯޑް ނިމުމަކަށް، ސްޕެއިން ފައިނަލަށް

އިޓަލީ ބަލިނުވުމުގެ ރެކޯޑް ނިމުމަކަށް، ސްޕެއިން ފައިނަލަށް

ޔުއެފާ ނޭޝަންސް ލީގުގެ ސެމީފައިނަލުން އިޓަލީ ބަލިވެ އެ ޓީމުން ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް ނިމުމަކަށް އައިއިރު، އެ މެޗުން މޮޅުވެ މުބާރާތުގެ ފައިނަލަށް ސްޕެއިން ދަތުރު ކޮށްފިއެވެ. ބުދަ ދުވަހުގެ ރޭ މިލާންގެ ސެން ސީރޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ސްޕެއިނުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗަށް އިޓަލީ ނުކުތްއިރު އެ ޓީމް ވަނީ ބަލިނުވެ 37 މެޗު ކުޅެ، ބަލިނުވެ އެންމެ ގިނަ މެޗު ކުޅުމުގެ […]

އިބްރާހިމް ޚަލީލް
ދިއްދޫ ކައުންސިލްގެ 4 ވަނަ އަޟްހާ ޢީދު ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ދިއްދޫ ކައުންސިލްގެ 4 ވަނަ އަޟްހާ ޢީދު ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހއ.ދިއްދޫ ކައުންސިލްގެ ހަތަރު ވަނަ “އަޟްހާ ޢީދު ފުޓްބޯޅަ މުބާރާތް 2021” ގައި ބައިވެރިވުމުގެ ފުރުޞަތު އެ ކައުންސިލުން ހުޅުވާލައިފިއެވެ. އަންނަ ނޮވެމްބަރ މަހުގެ 20 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޓީމްތައް ބައިވެރި ކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން، އެ ކައުންސިލުން ދޫކުރާ މުބާރާތުގައި ޓީމް ބައިވެރި ކުރުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު 19 އޮކްޓޯބަރ 2021 ވާ އަންގާރަ ދުވަހުގެ 13:00 ކުރިން ހުށަހެޅުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ. […]

އިބްރާހިމް ޚަލީލް