މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ކުޅިވަރު

2,739 ޝާއިޢުކުރެވިފައިވާ ލިޔުން

ކުޅިވަރު - 144 ވަނަ ޞަފްޙާ

އެސްޓަން ވިލާގެ ކޯޗަކަށް ޖެރާޑް

އެސްޓަން ވިލާގެ ކޯޗަކަށް ޖެރާޑް

އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބެއް ކަމަށްވާ އެސްޓަން ވިލާގެ ކޯޗުކަމަށް އިންގްލެންޑްގެ ކުރީގެ މަޝްހޫރު މިޑްފީލްޑް ކުޅުންތެރިޔާ ސްޓީވެން ޖެރާޑް ހަމަޖައްސައިފިއެވެ. އުމުރުން 41 އަހަރުގެ ޖެރާޑް އެސްޓަން ވިލާގެ ކޯޗުކަމާއި ހަވާލުވެފައި ވަނީ ބުރާސްފަތި ދުވަހުއެވެ. ދަށް ނަތީޖާތަކުގެ ސަބަބުން އެސްޓްންވިލާގެ ކޯޗުގެ މަޤާމުގައި ހުރި ޑީން ސްމިތު އެ މަޤާމުން ވަކިކޮށްފައިވަނީ މި ހަފްތާގެ ތެރޭގައެވެ. އެ ޓީމް ވަނީ އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް ބަލިވެފައެވެ. އެސްޓަން ވިލާއިން ޖެރާޑަށް […]

އިބްރާހިމް ޚަލީލް
ކުމުންދޫ ކަނބަލުންގެ ފުޓްސަލް ލީގު ނޮވެމްބަރ 11 ގައި ފަށަނީ

ކުމުންދޫ ކަނބަލުންގެ ފުޓްސަލް ލީގު ނޮވެމްބަރ 11 ގައި ފަށަނީ

ހދ. ކުމުންދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ކުމުންދޫ ޔޫތު ސްޕޯޓްސް (ކޭވައިއެސް) ގެ ފަރާތުން އިންތިޒާމް ކޮށްގެން އެ ރަށުގެ ކަނބަލުންނަށް ހާއްޞަ ކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ “ކޭވައިއެސް ވިމެންސް ފުޓްސަލް ލީގު 2021”  11 ނޮވެމްބަރ 2021 ގައި ފެށުމަށް ތައްޔާރު ވެއްޖެއެވެ. ކުމުންދޫގެ ކަނބަލުންނަށް ޚާއްޞަކޮށްގެން ކުމުންދޫ ޔޫތް ސްޕޯރޓްސް ކުލަބުގެ ފަރާތުން މި މުބާރާތް ފުރަތަމަ ބާއްވާފައި ވަނީ މިދިޔަ 2020 ވަނަ އަހަރުއެވެ. މިހިނގާ 2021 ވަނަ […]

އިބްރާހިމް ޚަލީލް
އާސެނަލްގެ ޒުވާން މިޑްފީލްޑަރ ސްމިތު ރޯވް ފުރަތަމަ ފަހަރަށް އިންގްލެންޑް ސްކޮޑަށް

އާސެނަލްގެ ޒުވާން މިޑްފީލްޑަރ ސްމިތު ރޯވް ފުރަތަމަ ފަހަރަށް އިންގްލެންޑް ސްކޮޑަށް

އާސެނަލަށް ކުޅެމުން އަންނަ އުމުރުން 21 އަހަރުގެ ޒުވާން މިޑްފީލްޑަރ ސްމިތު ރޯވް ފުރަތަމަ ފަހަރަށް އިންގްލެންޑްގެ ސީނިއާ ޓީމަށް ނަގައިފިއެވެ. އަންނަ އަހަރު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގައި އިންގްލެންޑް މި މަހު ސަންމަރީނޯއާއި އަލްބޭނިއާއާއި ބައްދަލުކުރާ މެޗުތަކަށް ސްމިތް ރޯވް އިންގްލެންޑް ސްކޮޑަށް ނަގާފައި މި ވަނީ އޭނާ އާސެނަލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ދަނޑިވަޅެއްގައެވެ. އާސެނަލްގެ ޔޫތު ޓީމުން ކެރިއަރު ފެށި ސްމިތު ރޯވް ވަނީ […]

އިބްރާހިމް ޚަލީލް
ޒަވީ ބާސެލޯނާގެ ކޯޗުކަމާއި ރަސްމީކޮށް ހަވާލުވެއްޖެ

ޒަވީ ބާސެލޯނާގެ ކޯޗުކަމާއި ރަސްމީކޮށް ހަވާލުވެއްޖެ

ބާސެލޯނާގެ މަޝްހޫރު ލަ މާސިއާ އެކެޑަމީން ތަމްރީންވެ ބާސާގެ ސީނިއާ ޓީމަށް ގިނަ ދުވަސްތަކެއް ވަންދެންކުޅެ އެ ޓީމާއިއެކު ގިނަ ކާމިޔާބީތަކެއް ހޯދި ބާސާގެ ލެޖެންޑް ޒަވީ ހެނާންޑޭޒް ރަސްމީކޮސް ބާސެލޯނާގެ ކޯޗުކަމާއި ހަވާލުވެއްޖެއެވެ. ޒަވީ ބާސާގެ ކޯޗުކަމާއި ހަވާލުވެ ރަސްމީކޮށް ކޮންޓްރެކްޓްގައި ހޯމަ ދުވަހު ސޮއި ކޮށްފައިވާއިރު، ބާސާއިން އޭނާއަށް ދީފައި ވަނީ ދެ އަހަރުގެ ކޮންޓްރެކްޓެކެވެ. ވުމާއެކު 2024 ވަނަ އަހަރުގެ ސީޒަން ނިމެންދެން ޒަވީ ބާސާއަށް އިރުޝާދުދޭނެއެވެ. ޒަވީއަކީ ބާސާގައި ކުޅުންތެރިއެއްގެ ގޮތުގައި...

އިބްރާހިމް ޚަލީލް
ލިވަޕޫލްގެ ރެކޯޑަށް ހުރަސްއަޅައި ވެސްޓް ހޭމް ތިންވަނައަށް

ލިވަޕޫލްގެ ރެކޯޑަށް ހުރަސްއަޅައި ވެސްޓް ހޭމް ތިންވަނައަށް

އިންގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެ ރޭ ވެސްޓް ހޭމްއާއި ލިވަޕޫލް ބައްދަލުކުރި މެޗު ވެސްޓް ހޭމް އިން ކާމިޔާބު ކޮށްފިއެވެ. މި މެޗު ވެސްޓް ހޭމް އިން ކާމިޔާބު ކޮށްފައި ވަނީ 3-2 ގެ ނަތީޖާއަކުންނެވެ. ލިވަޕޫލުން މި މެޗާއި ކުރިމަތިލީއިރު އެ ޓީމް އެންމެ ފަހުން ކުޅުނު 25 މެޗުގައި ވެސް ބަލިވެފައި ނުވުމުން، މި މެޗުން ބަލިނުވެ ފަރުޖައްސާލައިގެން އެ ޓީމްގެ ތާރީޚުގައި ބަލިނުވެ އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް މުގުރާލުމުގެ […]

އިބްރާހިމް ޚަލީލް
ބަޔާން މޮޅުވިއިރު ޑޯޓްމުންޑް ބަލިވެއްޖެ

ބަޔާން މޮޅުވިއިރު ޑޯޓްމުންޑް ބަލިވެއްޖެ

ޖަރުމަނު ބުންޑެސް ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ބަޔާން މިޔުނިކް ކުޅުން މެޗު އެ ޓީމުން ކާމިޔާބުކުރި އިރު ވާދަވެރި ޑޯޓްމުންޑް ކުޅުނު މެޗުން އެ ޓީމް ބަލިވެއްޖެއެވެ. ބަޔާންގެ އަމިއްލަ ދަނޑުގައި ފްރެއިބާގްގެ މައްޗަށް ކުރި ހޯދާފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ. ރަނގަޅު ފޯމެއްގައި އޮތް ބަޔާނުން މި މެޗުގައި ވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މެޗުގައި އެ ޓީމުން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 30 ވަނަ މިނެޓުގައި ތޯމަސް މުލާ […]

އިބްރާހިމް ޚަލީލް
ރަޔޯ ވަޔެކާނޯ ބަލިކޮށް ރެއާލް އެއްވަނައަށް

ރަޔޯ ވަޔެކާނޯ ބަލިކޮށް ރެއާލް އެއްވަނައަށް

ސްޕެނިޝް ލަލީގާގައި ހޮނިހިރު ދުވަހުގެ ރޭ ރެއާލް މެޑްރިޑާއި ރަޔޯ ވަޔެކާނޯ ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ދެ ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ. ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ. ލީގުގައި ކުޅުނު 12 މެޗުން ލިބުނު 27 ޕޮއިންޓާއިއެކު ރެއާލް އެއްވަނާގައި އޮތްއިރު ދެވަނާގައި އޮތީ 12 މެޗުން 25 ޕޮއިންޓް ލިބިގެން ރެއާލް ސޮސިއެޑާޑްއެވެ. ރެއާލް އަތުން […]

އިބްރާހިމް ޚަލީލް
ފިއޮރެންޓީނާ އަތުން ޔުވެންޓަސް މޮޅުވީ ހަމަ ކިރިޔާ

ފިއޮރެންޓީނާ އަތުން ޔުވެންޓަސް މޮޅުވީ ހަމަ ކިރިޔާ

އިޓާލިއަން ސީރިއާ އޭ ގައި ޔުވެންޓަސްއާއި ފިއޮރެންޓީނާ ބައްދަލުކުރި މެޗު ޔުވެންޓަސް ކާމިޔާބު ކޮށްފިއެވެ. ހޮނިހިރު ދުވަހުގެ ރޭ ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ދެ ޓީމްގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ފުރަތަމަ ހާފުގައި ލަނޑުޖަހާނެ އެންމެ ރަނގަޅު ދެ ފުރުޞަތެއް ލިބިފައި ވަނީ ފިއޮރެންޓީނާއަށެވެ. މިގޮތުން އެ ޓީމްގެ ރިކާޑޯ ސަފޮނާރާ ޔުވެންޓަސްގެ އޭރިއާގެތެރޭ ހުހަށް ހުރެ […]

އިބްރާހިމް ޚަލީލް
ބާސާއިން ތިން ލަނޑު ޖަހާފައިވަނިކޮށް ސެލްޓާއިން ބާސާ މޮޅުވިޔަނުދީ ހިފަހައްޓައިފި

ބާސާއިން ތިން ލަނޑު ޖަހާފައިވަނިކޮށް ސެލްޓާއިން ބާސާ މޮޅުވިޔަނުދީ ހިފަހައްޓައިފި

ސްޕެނިޝް ލަލީގާގައި ހޮނިހިރު ދުވަހުގެ ރޭ ބާސެލޯނާއާއި ސެލްޓަ ވީގޯ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ސެލްޓާގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރު ވެފައި ވަނީ 3-3 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާއިން ވަނީ ރަނގަޅު ކުޅުމެއް ދައްކައި ހާފު ނިމުމުގެ ކުރިން ސެލްޓާގެ މައްޗަށް ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. ފުރަތަމަ ލަނޑު މެޗުގެ 5 ވަނަ މިނެޓުގައި ޖޯޑީ އަލާބާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ […]

އިބްރާހިމް ޚަލީލް
ސިޓީ އަތުން ވެސް ޔުނައިޓެޑް ވީ ބަލި

ސިޓީ އަތުން ވެސް ޔުނައިޓެޑް ވީ ބަލި

އިނގިރޭސި ޕްރިމިއާ ލީގުގައި ދަށް ނަތީޖާތަކެއް ނެރެމުން އަންނަ މެންޗެސްޓާ ޔުނައިޓެޑުން ވާދަވެރި މެންޗެސްޓާ ސިޓީއަތުން ބަލިވެއްޖެއެވެ. ހޮނިހިރު ދުވަހުގެ ރޭ ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ. ޔުނައިޓެޑްގެ ފަރާތުން މުޅި މެޗުގައި ވެސް ދަށް ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމްގެ ކޮޅަށް ވަނީ ލަނޑެއް ވަދެފއެވެ. މެޗުގެ ހަތްވަނަ މިނެޓުގައި ޔުނައިޓެޑްގެ ކޮޅަށް ލަނޑު ވަދެފައިވަނީ އެ […]

އިބްރާހިމް ޚަލީލް
ލެވަންޑޯސްކީ ހެޓްރިކް، ބަޔާން އަނެއް ބުރަށް

ލެވަންޑޯސްކީ ހެޓްރިކް، ބަޔާން އަނެއް ބުރަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އީގައި އަންގާރަ ދުވަހުގެ ރޭ ބަޔާން މިޔުނިކާއި ބެންފީކާ ބައްދަލުކުރި މެޗު ފަސޭހަކަމާއި އެކު ބަޔާނުން ކާމިޔާބު ކޮށްފިއެވެ. ބަޔާންގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 5-2 ގެ ނަތީޖާއަކުންނެވެ. ރަނގަޅު ފޯމެއްގައި އޮތް ބަޔާން މިޔުނިކުން މި މެޗުގައި ވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެ ޓީމުން މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ 26 ވަނަ މިނެޓުގައި ކޫމަން ތަނަވަސް […]

އިބްރާހިމް ޚަލީލް
މިފަހަރު ވެސް ޔުނައިޓެޑް ސަލާމަތް ކޮށްދިނީ ރޮނާލްޑޯ

މިފަހަރު ވެސް ޔުނައިޓެޑް ސަލާމަތް ކޮށްދިނީ ރޮނާލްޑޯ

ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެ ރޭ ގްރޫޕް އެފްގައި މެންޗެސްޓާ ޔުނައިޓެޑާއި އެޓަލާންޓާ ބައްދަލުކުރި މެޗުން، ޔުނައިޓެޑް ބަލިވާން ދަނިކޮށް މެޗުގެ ފަހުވަގުތުގައި ރޮނާލްޑޯ ޖެހި ލަނޑުން އެ ޓީމް ބަލިނުވެ ސަލާމަތް ވެއްޖެއެވެ. މި މެޗު ނިމިގެން ގޮސްފައިވަނީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. އެޓަލާންޓާގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން މެޗުގައި ފުރަތަމަ ލަނޑު ޖަހައި […]

އިބްރާހިމް ޚަލީލް
އަގުއެރޯ ތިންމަހަށް ކުޅުމާ ދުރަށް

އަގުއެރޯ ތިންމަހަށް ކުޅުމާ ދުރަށް

ބާސެލޯނާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަޖުރިބާކާރު ފޯވާޑް އަގުއެރޯ ތިންމަހަށް ކުޅުމާއި ދުރަށް ދާން ޖެހިއްޖެއެވެ. ސްޕެނިޝް ލަލީގާގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބާސެލޯނާއާއި ޑިޕޯޓިވޯ އަލަވޭސް ބައްދަލުކޮށް 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވި މެޗުގެ 39 ވަނަ މިނެޓުގައި އަގުއެރޯގެ މެއަށް އުނދަގުލެއް ވެގެން ދަނޑުމަތީ ހަތަރުވަރަކަށް މިނެޓު ފަރުވާ ދިނުމަށް ފަހު އޭނާ ވަނީ ބަދަލުކޮށްފައެވެ. އެއަށްފަހު އޭނާ ވަނީ ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓްކޮށްފައެވެ. މިކަމާއި ގުޅިގެން ބާސެލޯނާއިން ނެރެފައިވާ […]

އިބްރާހިމް ޚަލީލް
މިލާނުން އެއްވަނާގައި އޮތް ނަޕޯލީއާއި ޕޮއިންޓްގެ ގޮތުން އަރާހަމަކޮށްފި

މިލާނުން އެއްވަނާގައި އޮތް ނަޕޯލީއާއި ޕޮއިންޓްގެ ގޮތުން އަރާހަމަކޮށްފި

އިޓާލިއަން ލީގުގައި އާދީއްތަ ދުވަހުގެ ރޭ އޭސީ މިލާނާއި ރޯމާ ބައްދަލުކުރި މެޗު މިލާނުން ކާމިޔާބުކޮށް އެއްވަނާގައި އޮތް ނަޕޯލީއާއި ޕޮއިންޓްގެ ގޮތުން އަރާ ހަމަކޮށްފިއެވެ. ރޯމާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު މިލާނުން ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. އެއްވަނާގައި 11 މެޗުން 31 ޕޮއިންޓް ހޯދައިގެން ނަޕޯލީ އޮތްއިރު، މިލާނުން ވެސް ވަނީ 11 މެޗުން 31 ޕޮއިންޓް ހޯދާފައެވެ. ނަޕޯލީއަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. މިލާން އަތުން […]

އިބްރާހިމް ޚަލީލް
ޗެލްސީ މޮޅުވެ ލިވަޕޫލް އެއްވަރުވެ ސިޓީ ބަލިވެއްޖެ

ޗެލްސީ މޮޅުވެ ލިވަޕޫލް އެއްވަރުވެ ސިޓީ ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ޗެލްސީއާއި ނިއުކާސަލް ބައްދަލުކުރި މެޗުން ޗެލްސީ މޮޅުވިއިރު، ލިވަޕޫލާއި ބްރައިޓަން ބައްދަލުކުރި މެޗު އެއްވަރުވެ، މެންޗެސްޓާ ސިޓީއާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗުން ސިޓީ ބަލިވެއްޖެއެވެ. ނިއުކާސަލްގެ ދަނޑުގައި ކުޅުނު މެޗު ޗެލްސީން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް ދެވަނަ ހާފުގައި ޗެލްސީން ވަނީ ތިން ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު 65 ވަނަ މިނެޓުގައި ރީސް […]

އިބްރާހިމް ޚަލީލް