މިލައުތުރު ސްޕޯޓްސް ފިއެސްޓާ ހޭންޑްބޯލް މުބާރާތް: ފުރަތަމަ މެޗު ފަސޭހަކަމާއިއެކު ފޭދޫން ކާމިޔާބުކޮށްފި
ށ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ހޭންޑްބޯޅަ މުބާރާތުގެ ފުރަތަމަ މެޗު ފޭދޫ ޓީމުން ކާމިޔާބު ކޮށްފިއެވެ. މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު މިއަދު ހަވީރު ފޭދޫގައި ބާއްވާފައިވާއިރު، މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ސިއްރު ފެންފުށީގެ އެޗްއާރު މެނޭޖަރ މަހާތިރުއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ފޭދޫއާއި ކަނޑިތީމެވެ. މި މެޗު 22 ލަނޑު 5 ލަނޑުން […]