ނޭމާއަށް ކުރިއަށް އޮތް ދެ މެޗުގައި ނުކުޅެވޭނެ
ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޖީގައި ރޭ ބްރެޒިލްއާއި ސާބިއާ ބައްދަލުކުރި މެޗުގައި ބްރެޒިލްގެ އިތުބާރު ފޯވާޑް ނޭމާގެ ކަނާތުފައިގެ ކުޑަހުޅަށް އަނިޔާވުމާއި ގުޅިގެން މިއަދު ހެދި ޓެސްޓުތަކަށް ފަހު، ނޭމާއަށް ބްރެޒިލް މުބާރާތުގައި ދެން ކުޅޭ ދެމެޗުގައި ވެސް ނުކުޅެވޭނެކަން ޔަގީން ވެއްޖެއެވެ. ރޭ ސާބިއާއަތުން ބްރެޒިލް 2-0 ގެ ނަތީޖާއިން މޮޅުވި މެޗުގައި، އުމުރުން 30 އަހަރުގެ ނޭމާއަށް އަނިޔާވެފައި ވަނީ 79 ވަނަ މިނެޓުގައި ނޭމާއަތުން ބޯޅަ […]