މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް (10:30 އިން 16:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ރިޕޯޓް

499 ޝާއިޢުކުރެވިފައިވާ ލިޔުން

ރިޕޯޓް - 19 ވަނަ ޞަފްޙާ

ކުޅުދުއްފުށީ ސިޓީ ސޯޝަލް ސަޕޯޓް ޑެސްކުގެ ޚިދުމަތްތެރި މޫނުތައް

ކުޅުދުއްފުށީ ސިޓީ ސޯޝަލް ސަޕޯޓް ޑެސްކުގެ ޚިދުމަތްތެރި މޫނުތައް

ފެތުރެމުންދާ ކޯވިޑް-19 ރޯގާއާއި ގުޅިގެން ކުޅުދުއްފުށީ ސިޓީގައި އުފައްދާފައިވާ ސޯޝަލް ސަޕޯޓް ޑެސްކުގެ ޚިދުމަތް މެދުކެނޑުމެއް ނެތި 18 އޭޕްރިލް 2020 އިން ފެށިގެން 24 ގަޑިއިރު އަންނަނީ ފޯރުކޮށްދެމުންނެވެ.   ކުޅުދުއްފުށީ ސިޓީއަކީ އުތުރުގެ ދަތުރު ފަތުގެ މައި ބަދައަށް ވުމުގެ އިތުރުން އުތުރުގެ ތިން އަތޮޅުން ސިއްހީ ޚިދުމަތްތައް ލިބިގަންނަ ހޮސްޕިޓަލް ހުންނަ ސިޓީއެވެ. އެސިޓީއަކީ އުތުރުގެ ވިޔަފާރީގެ މައި މަރުކަޒުވެސް މެއެވެ. އެސިޓީގައި ގާއިމުކޮށްފައިވާ ގިނަ ގުނަ ޚިދުމަތްތަކުގެ ބޭނުން ހިފުމަށް އުތުރުގެ […]

ޝިއުނާ އާދަމް
ދިވެހި ބަހާމެދު ހީވިހެއްޔެވެ؟

ދިވެހި ބަހާމެދު ހީވިހެއްޔެވެ؟

ސްކޫލަށް “އިސްކޫލު” ކިޔަނީ އިނގިރޭސި ބަސް ނުދަންނަ، ޒަމާނަށް ލޯނުހުޅުވޭ ދުވަސްވީ މީހުންނެވެ. އެ މީހުންނަށް ސްކޫލު ކިޔަން ނޭނގެނީއެވެ. ދިވެހި ބަހަކީ އެއްވެސް ފެންވަރެއްނެތް ފަގީރު ބަހެކެވެ. ރަނގަޅު އެއްވެސް ހަމައެއް ގަވާއިދެއް ދިވެހި ބަހުގައި ނެތެވެ. ދިވެހި ބަސް ކިޔެވުމުގެ އެއްވެސް ފައިދާއެއް ބޭނުމެއް ވެސް ނެތެވެ. ދިވެހި ބަހުގެ ބަހުރުވަތަކަކީ ބޮޑު ބޮލުގެ ރިހުމެކެވެ. ކޮންހާ ގިނަ ބަހުރުވަ ތަކެއް ހެއްޔެވެ. ކިޔާ ނުކިޔާއެއް ނޭނގެއެވެ. ދިވެހި ލަވައެއް ކަމަކު ނުދެއެވެ. ދިވެހި […]

ޢަބްދުﷲ ސަޢީދު
ކުޑަކުދިން ހިޔާތަކުގެ ކަނބަލުންގެ ޤުރުބާނީ - ތަފާތު އިހުސާސްއެއް!

ކުޑަކުދިން ހިޔާތަކުގެ ކަނބަލުންގެ ޤުރުބާނީ - ތަފާތު އިހުސާސްއެއް!

ދުނިޔެ ބަނަކޮށްލި ކޯވިޑް-19 ގެ ނުރައްކާ އަޅުގަނޑުމެންގެ މިލޮބުވެތި ދިވެހި ޤައުމަށްވެސް ވެރިވެފައިވާ މި ދަނޑިވަޅުގައި އެތައް ބަޔަކު ދަނީ ޤައުމީ މަސައްކަތުގައި ފަސްނުޖެހި ބައިވެރި ވަމުންނެވެ. އަދާ ކުރަމުން ދިޔަ ވަޒީފާއަށް ސަލާމް ނުބުނެ، ޗުއްޓީ ނުނަގައި، ޝަކުވާއެއްނެތި މަސައްކަތުގައި ދެމިތިބި އެތައް ފަޚުރުވެރި ދިވެހިންނެއް މިއަދު މިޤައުމުގައި އެބަތިއްބެއެވެ. ފުރަބަންދުގެ މިވަގުތުގައި ތިޔަ އަރިސްތަކަށް މި ގެނެސްދެނީ އޭގެ ތެރެއިން ނުގުޑާ އަޒުމެއްގައި މަސައްކަތުގައި ދެމިތިބި އެތައް ފަޚުރުވެރި ދިވެހިން...

އަލީ އާދިލް
"އަހަރެންގެ ހަގުދަރި މިވަނީ ޤައުމާއި ހަވާލުކޮށްފަ"

"އަހަރެންގެ ހަގުދަރި މިވަނީ ޤައުމާއި ހަވާލުކޮށްފަ"

ކޯވިޑް19ގެ ނުރައްކާތެރި ވަބާއާއި ދިވެހިން ހަނގުރާމަ ކުރަމުން ދާއިރު މި ހަނގުރާމައިގެ ކުރީސަފުގައި އެތައް ދިވެހިންނެއް ދަނީ ގުރުބާން ވަމުންނެވެ. އާއިލާ އާއި ދުރުގައި މައިންނާއި ދަރިން އަދި ބަފައިންވެސް މިދަނީ ގުރުބާން ވަމުންނެވެ. ފުރާނަ އަތްމައްޗަށް ލައިގެން ކުރީސަފުގައި ހަނގުރާމަ ކުރަމުންދާ ކޮންމެ މީހެއްގެވެސް ދުޢާއަކީ މިކުޑަކުޑަ ގައުމު މިކަމުން މިންޖު ކުރެއްވުމެވެ. ލޯބިވާ ދިވެހި އަހުންނާ އުހުތުން. އަހަރެން މިއަދު އަހަރެންގެ ހަގު ދަރި މިވަނީ ގައުމާ ހަވާލު ކޮށްފަ. މިޔަކީ އެހާ ފަސޭހަ ކަމެއް […]

ޝިއުނާ އާދަމް
ނަރުދޫ ރައްޔިތުންނަށްޓަކައި ޝަފީޤާ!

ނަރުދޫ ރައްޔިތުންނަށްޓަކައި ޝަފީޤާ!

ށ. ނަރުދޫ، ކެނެރީގެ ޢުމުރުން 37 އަހަރުގެ ފާޠިމަތު ޝަފީޤާގެ މަސައްކަތްތެރި ކަމާއި، އެ ރަށަށް ޝަފީޤާ ހިލޭ ސާބަހަށް ދެމުންދާ މާސްކު ފަހައި ދިނުމުގެ ޚިދުމަތަކީ މިވަގުތު އެރަށުގެ ރައްޔިތުންނަށް އެންމެ ބޭނުންތެރި އެއް ޚިދުމަތްކަން ޔަގީީނެވެ. ފެހުމުގެ މަސައްކަތުގައި 22 އަހަރު ހޭދަކޮށްފައިވާ ޝަފީޤާ، ދިރިއުޅުމުގެ ޚަރަދުތައް ފޫބެއްދުމަށް އިތުރު މަސައްކަތެއްގެ ގޮތުން މީގެ ދެ އަހަރެއްހާ ދުވަސްކުރިން އެރަށު ކެފޭއެއްގައި ކޭޝިޔަރެއްގެ ވަޒީފާ އަދާ ކުރަން ފެށިއެވެ. ކެފޭގެ ވަޒީފާއަށް ދިޔަ ނަމަވެސް […]

ޙުސައިން ޝަހުދީ
މާސްކު އަޅުއްވާއިރު ސަމާލުކަން ދޭންވީ ‏ކަންތައްތައް!

މާސްކު އަޅުއްވާއިރު ސަމާލުކަން ދޭންވީ ‏ކަންތައްތައް!

މިއަދު މިވަނީ މާސްކު އެޅުން ދިރިއުޅުމުގެ އާދައަކަށް ހަދަން ޖެހިފައެވެ. ލޮލަށް ނުފެންނަ ކުޑަ ކުޑަ ވައިރަހެއްގެ ސަބަބުން ދުނިޔެ މިވަނީ ހުއްޓުމަކަށް އައިސްފައެވެ. ގޭން ބޭރަށް ނިކުންނަ ނަމަ މާސްކު އެޅުއްވުމަށް ކަމާބެހޭ ފަރާތް ތަކުން މިވަނީ އިރުޝާދު ދެއްވާފައެވެ. މާސްކު އަޅުއްވާއިރު ސަމާލުކަން ދޭންވީ ‏ކަންތައްތަކުގެ ގޮތުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެއްވާފައިވާ އިރުޝާދުތައް ހިއްސާކޮށްލާނަމެވެ. ގޭގައި އުޅޭ އިރުވެސް، އެހެން މީހުންގެ ރައްކަލަކަށް، ކެއްސާ، ކިބިނހި އަޅާނަމަ މާސްކް އަޅ...

ޔުމްނާ ޢަލީ
ކޯވިޑް19 އިން ސަލާމަތްވެވޭނެގޮތް ވެސް އިސްލާމްދީނުގައި ވެއެވެ.

ކޯވިޑް19 އިން ސަލާމަތްވެވޭނެގޮތް ވެސް އިސްލާމްދީނުގައި ވެއެވެ.

އިސްލާމްދީނަކީ އެންމެ ފުރިހަމަ ދީނެވެ. އެދީނަކީ ހުރިހާ ކަމެއް ޝާމިލްވެގެންވާ ހުރިހާ ޒަމާނަކަށްވެސް ފެތޭ ދީނެވެ. އެހެންކަމުން އިސްލާމީ ޝަރިޢަތުގައިވަނީ އިންސާނާ ދިރިއުޅެންވީ ހުރިހާ ގޮތެއް ބަޔާންކޮށްދެއްވާފައެވެ. އެގޮތުން އިންސާނެއްގެ ދިރިއުޅުމުގައި ހިނގާ ކޮންމެ ކަމަކަށްވަނީ އުޞޫލުތަކެއް ނުވަތަ އަދަބުތަކެއް ބަޔާންކުރައްވާފައެވެ. އެގޮތުން ނިދުމުގެ އަދަބު، ހެދުން އެޅުމުގެ އަދަބު، ފާހަނާކުރުމުގެ އަދަބު، މަގުމަތީގެ އަދަބު، ވާހަކަދެއްކުމުގެ އަދަބު، ސާފުތާރިރުކަމުގެ ރިވެތި އުޞޫލުތައްފަދަ އިންސާނީ ދިިރިއ...

އަޙްމަދު ޢާޞިމް އަބްދުﷲ
އަޅަމެންނީ ފުރިހަމައަށް ރަމަޟާން މަސް ދިރުވާ އިޙްޔާކުރާ ބައެއްގޮތުގައި ލައްވަވާށި!

އަޅަމެންނީ ފުރިހަމައަށް ރަމަޟާން މަސް ދިރުވާ އިޙްޔާކުރާ ބައެއްގޮތުގައި ލައްވަވާށި!

ރޯދަމަހަކީ، ރަޙުމަތްވަންތަކަމާއި ބަރަކާތްތެރިކަމާއި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ދީލަތިކަމާއި ދެއްވުންތަކުން ފުރިގެންވާ މަތިވެރި މައްސަރެވެ. އީމާންކަމުގެ އަހުލުވެރިން މުޅި އަހަރު މިމަތިވެރި މަހަށް އިންތިޒާރު ކުރުމުގައި ރެއާދުވާލު ގުނަމުންދެއެވެ. އަދި މިމަހަށްޓަކައި އުއްމީދުން ފުރިގެންވާ ތަނަވަސް ހިތަކުން ފާރަލުމާއެކު ބަލަބަލާ އިންތިޒާރުގައި ތިބެއެވެއެވެ. މިމަހުގައި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ރަޙުމަތާއި ފާފަފުއްސެވުން އޮހެމުން ދެއެވެ. މިއީ ދެދުނިޔޭގެ ޙަޔާތް ބާއްޖަވެރިކުރުމަށް ލިބޭ ދުވަސްތަކަކެވެ. އެހެންކ...

އަޙްމަދު ޢާޞިމް އަބްދުﷲ
ޓެސްޓު ނުކޮށް އެޗް.ޕީ.އޭ އިން މޮނީޓަރިންގެ ހާލަތު ނެގުމާއި އެކު ކަންބޮޑުވުން! 

ޓެސްޓު ނުކޮށް އެޗް.ޕީ.އޭ އިން މޮނީޓަރިންގެ ހާލަތު ނެގުމާއި އެކު ކަންބޮޑުވުން! 

ޓެސްޓު ނުކޮށް އެޗް.ޕީ.އޭ އިން މޮނީޓަރިންގެ ހާލަތު ނެގުމާއި އެކު ކައުންސިލްތަކާއި ތިލަދުންމަތީގެ ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ. ހއ. އުލިގަމުން ކޯވިޑް-19 އަށް ފައްސިވި (ކޭސް 52) އާއި ގުޅިގެން މޮނިޓަރިން ހާލަތަށް ގެނައި ހއ. އުލިގަމު ފިޔަވައި އެހެން ހުރިހާ ރަށެއް މޮނިޓަރިން ހާލަތުން ނަގައިފިއެވެ. ރޭ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޯވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، މޮނީޓަރިންގެ ހާލަތުން އާއްމު ހާލަތައް ގެނެސްފައިވާ އުތުރުގެ ރަށްތަކަ...

އަލީ އާދިލް
ސަސްޕެންޑް ކުރި މުވައްޒަފުންގެ ރިހޭ ފައި މައްޗައްފޮއި ވެއްޓިފައި

ސަސްޕެންޑް ކުރި މުވައްޒަފުންގެ ރިހޭ ފައި މައްޗައްފޮއި ވެއްޓިފައި

ލޯކަލް ކައުންސިލްގެ އިންތިޚާބަށް ކުރިމަތި ލުމުން ސަސްޕެންޑް ކޮށްފައިވާ ސިވިލް ސަރވިސްގެ މުވައްޒަފުންގެ ސަސްޕެންޝަނާއިމެދު ގޮތެއް ނުނިމި ރޯދަމާއި ބައްދަލުކުރަނީއެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު މުއްދަތުގެ ތެރޭގައި ނުބޭއްވޭނެ ކަމަށް އިއުލާންކޮށްފައި ވާއިރު، އިންތިޚާބާއި ގުޅޭ ޤާނޫނީ ފަރުވާއެއް އަދި ހޯދިފައެއް ނުވެއެވެ. އިންތިޚާބު ލަސްވީ ކޯވިޑް-19ގެ ނުރައްކާތެރި ވަބާގެ ބިރުވެރި ކަމުގެ ސަބަބުން ވިޔަސް، ސަސްޕެންޑް ކުރި މުވައްޒަފުން މިހާރު ވޭތު ކުރާ ކޮންމެ ދުވަހަކީ އެ މުވައްޒަފުންގެ ހައްގުތައް ގ...

އަލީ އާދިލް
ކިޔަމަންވީ މީހުން ކިޔަމަންތެރި ކަމުގައި، ތަބާނުވި މީހުންގެ ސިޓިންގ ރޫމްތައް ފުރިފައި!

ކިޔަމަންވީ މީހުން ކިޔަމަންތެރި ކަމުގައި، ތަބާނުވި މީހުންގެ ސިޓިންގ ރޫމްތައް ފުރިފައި!

ކޯވިޑް-19އަށް މާލެއިން ފުރަތަމަ މީހަކު ފައްސިވުމާއި އެކު ސަރުކާރުން މާލެ ސިޓީ ލޮކްޑައުން ކުރިއެވެ. އަދި އެދުވަހުގެ 15:30 ގެ ކުރިން ރައްޔިތުން ގޭތަކަށް ވަނުމަށް ފުލުހުން އިލްތިމާސް ކުރިއެވެ. ކުރިންވެސް ކިޔަމަންވީހެން އެ އަޑުއަހައި، ކިޔަމަންވީ ގިނަ ޢަދަދެއްގެ ބަޔަކު ތިއްބެވެ. އެ އަމުރަށް ބޯލެނބި އެތައް ބަޔަކު ތިއްބެވެ. ނަމަވެސް އެ އަމުރު މުގުރާލައި ރެޔާއި ހަމައަށް ދެއަތް ފުރާފައި ވިޔަފާރި ކުރި މީހުން ވަރަށް ގިނައެވެ. ކިޔަމަންވީ މީހުންނަކީ ކުރިންވެސް ކިޔަމަންތެރިކަން އިސްކުރި […]

އަލީ އާދިލް
ކިޔަމަން ނުވުމުގެ ނަތީޖާ ހިތި!

ކިޔަމަން ނުވުމުގެ ނަތީޖާ ހިތި!

ކޮރޯނާ ވައިރަސް ޗައިނާގައި ފެތުރެން ފެށުމާއި އެކު ދިވެހި ބައެއް ޑަކްޓަރުން ހިމެނޭހެން ބައެއް ސިއްހީ ޚިދުމަތްތެރީން ކެނޑި ނޭޅި މީސް މީޑިއާގައި އާންމުން ހޭލުންތެރި ކުރުމުގެ މަސައްކަތް ފެއްޓެވިއެވެ. ކޮރޯނާވައިރަސް އަށް ކޯވިޑް-19 ގެ ނަން ދިނުމުގެވެސް މާ ކުރިން ބައެއް ޑަކްޓަރުން ގެންދެވީ މީސް މީޑިއާ މެދުވެރި ކުރަށްވައި ބައްޔާއި ބެހޭ ފަހުގެ މަޢުލޫމާތު އާންމުންނަށް ފޯރު ކޮށްދެމުންނެވެ. ޑަކްޓަރުންގެ އިންޒާރުތައް ފުލުފުލުގައި އަންނަމުން ދިޔައެވެ. ރާއްޖޭގައި މިބަލި ފެތުރިއްޖެ ނަމަ ވެދާނެ ގޮތާއި، ސަބަބުތަކ...

ޙުސައިން ޝަހުދީ
ޑރ. ނަޒުލާއަށް ކުރި ގޮތެއްނެތް ފުރައްސާރަ، ސިއްހީ މަދަދު ވެރިންނަށް ކުރި ފުރައްސާރައެއް!

ޑރ. ނަޒުލާއަށް ކުރި ގޮތެއްނެތް ފުރައްސާރަ، ސިއްހީ މަދަދު ވެރިންނަށް ކުރި ފުރައްސާރައެއް!

ސިޔާސީވެގެން ގޮސް އިމުން ނެއްޓި ތިމާއަށް ކިޔޭ ނުކުޔޭ އެއްޗެއް ނޭނގޭ ދަރަޖައަށް ސިޔާސީ ކަނޑުގައި ޣަރަޤުވެފައި ތިބޭ މީހުންގެ ސަބަބުން މި މުޖުތަމައު ސަލާމަތްވުން ކިތައްމެހާވެސް އެދެމެވެ! “ސައީދާ17” ކިޔާ ޓުވީޓަރ އައިޑީއަކުން އެޗްޕީއޭ ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގަށް ކޮށްފައިވާ ފުރައްސާރަ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ. އެނގިގެން ނުވަތަ ޖާހިލުކަމުންވެސް އެ ޓުވިޓަރ އެކައުންޓް ގެންގުޅޭ މީހާ ކޮށްފައިވަނީ ވަރަށް ދަށު ދަރަޖައިގެ، ވަރަށް ނާ ތަހުޒީބު އަމަލެކެވެ. އެމީހާ […]

އަލީ އާދިލް
ދިވެހި ބަހުގެ ދުވަހުގެ ތަހުނިޔާ!

ދިވެހި ބަހުގެ ދުވަހުގެ ތަހުނިޔާ!

މިއަދަކީ ފަޚުރުވެރި ދިވެހި ބަހުގެ ދުވަހެވެ. މި ލޮބުވެތި ދިވެހި ޤައުމަށް އަމިއްލަ ބަހެއް ލިބިފައިވުމީ އަޅުގަނޑުމެން ކޮންމެ ދިވެއްސެއްގެ ފަޚުރެއްކަން ޔަޤީނެވެ. ދިވެހި ބަހަކީ ދިވެހި ޤައުމިއްޔަތުގެ އެއްބައިކަން ކަށަވަރެވެ. ދިވެހި ބަހުގެ ދުވަހުގެ ތަހުނިޔާ އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުންނަށް އަރިސް ކުރަމެވެ. ދިވެހި ބަހުގެ ދުވަހާއި ގުޅިގެން މީސް މީޑިއާގެ ތެރެއަށް ފީނާލައި، ބައެއް ޓުވީޓުތައް މިތާނގައި ހިއްސާކޮށްލާނަމަވެ. ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ކުރެއްވި ޓުވީ...

ޔުމްނާ ޢަލީ
20 އަހަރު ދުވަހު ރިސޯޓަށް ޚިދުމަތްކުރި "ރަޙްމާނު" ހުސްއަތާ ރަށަށް!

20 އަހަރު ދުވަހު ރިސޯޓަށް ޚިދުމަތްކުރި "ރަޙްމާނު" ހުސްއަތާ ރަށަށް!

ރިސޯޓުގައި ބަންދުވެފައި ތިބި ތިބުން އެޗްޕީއޭއިން ނިމުމަކަށް ގެނައިކަމަށް ރިސޯޓު މެނޭޖުމަންޓުން މުވައްޒަފުންނަށް އެންގުމުން އަބުދުއްރަޙްމާން (އެދުމުގެ މަތިން ލިޔުމުގައި ނަން ބަދަލުކުރެވިފައި) ވެސް ދަބަސް ހިފައިގެން އަންގާފައިވާ ގަޑިއަށް ޖެޓީއަށް ނުކުތުމަށް ހިނގައިގަތެވެ. ރިސޯޓު މެނޭޖުމަންޓާއި ކުރެވުނު އެންމެ ފަހު ބައްދަލުވުމުގައި ރަހުމާނު މޮޅިން ޖެހި އިސް އަދި ނުނަގަނީސް، މިއޮތީ ރަށަށް ދާން ޖެހިފައެވެ. މިވާހަކައިގެ ތަފުސީލަށް ދެވުމުގެ ކުރިން ރަހުމާނާއި ގުޅޭ ދެތިން ވާހަކައެއް ދަންނަވާލާނަމެވެ. އަބ...

އަލީ އާދިލް