ހަގީގަތުގަ އެއީ ދައުވާ ކުރަން ޖެހޭވަރު ބޮޑު ޖަރީމާއެކެވެ. އެއީ ޖާހިލުކަމުގެ އިންތިހާއެވެ. މިޒަމާނުގެ ދިވެހިންނަށް ލިބިފައި މިވާ ޒަމާނީ ތަރުބިއްޔަތާ އެކު ޟަމީރެއް ވެސް އޮންނަ ހެނެއް ހިއެއް ނުވެއެވެ. މީ ދިވެހިންނަކީ ހިތްހެޔޮ ރަނގަޅުބަޔެކޭ މިއަދު ބުނުމަކީ އުނދަގޫކަމަކަށް ވެއްޖެއެވެ. މީގެ ހަ އަހަރު ކުރިން ފެށިގެން ރާއްޖޭގައި ކަށުނަމާދުގެ މަޢުލޫމާތު ގެނެސްދޭ ފޭސްބުކްޕޭޖެއްކަމަށްވާ “ކަށުނަމާދު އެމްވީ” އަށް އާއިލާގެ މީހަކު މަރުވެއްޖެ ކަމަށް ބުނެ ދޮގު މައުލޫމާތު ދިން މައްސަލައެއް ފެންމަތިވެފައިވާއިރު މި...
ހުސައިން ހަބީބް
އިސްލާމްދީނަކީ އިންސާނާއަށް އެންމެ އިސް އަދި އެންމެ ޤަދަރުވެރި މަޤާމުދީފައިވާ ދީނެވެ. މިމަޤާމު ދީފައިވަނީ ވަކި ނަސްލަކަށް، ވަކި ފަންތިއަކަށް، ވަކީ ޤަބީލާއަކަށް ނުވަތަ ވަކި ޖަމާޢަތަކަށް ބެލުމެއްނެތިއެވެ. އެހެންކަމުން އިސްލާމް ދީނުގެ ކުރިމަތީގައި ހުރިހާ އިންސާނުންވެސް ހަމަހަމަވެގެންވެއެވެ. އެހެންގޮތަކަށް ބުނާނަމަ ހަމަ ކޮންމެ އިންސާނަކީވެސް ހަމަހަމަ މީހެކެވެ. އިންސާނާ މޮޅުދެރަކަން ކަނޑައެޅިގެންދަނީ އޭނާގެ ކިބައިގައިވާ ތަޤުވާވެރިކަމުންނެވެ. ކީރިތި ޤުރްއާނުގެ އަންނަނިވި ބަސްފުޅުން އެކަން ވަރަށް ރަނގަ...
ޝިއުނާ އާދަމް
ކޭތަ ހިފުމުން ދުނިޔެއަށް ވެރިވާ އަނދިރިކަން ހަނދާންކޮށްދެނީ ކަށްވަޅުގެ އަނދިރިކަންކަމަށް މިއަދު ކުރި ކޭތަ ނަމާދުގެ ޚުތުބާގައި ބުނެފިއެވެ. މިއަދު ހެނދުނު 8:50 ގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކޮށްފައިވާއިރު، ކޭތަ ނަމާދުގެ ޚުތުބާގައި ބުނީ، ކޭތަ ހިފަނީ ހަމައެކަނި ގުދުރަތީ ސަބަބުތަކާ ހެދިގެން ނޫން ކަމަށާއި، މީސްތަކުންގެ ކުށްފާފަތަކާއި އުރެދުންތައް ގިނަވަމުގެ ސަބަބުން ވެސް ކޭތަ ހިފާ ކަމަށް ކީރިތި ރަސޫލާގެ ބަސްފަޅުތަކުން ދޭހަވާ ކަމަށެވެ. ކުށްފާފަ ކުރުމާއި އުރެދުންތަކަށް އަރައިގަންނަ މީހުން...
ޔުމްނާ ޢަލީ
ކާފަރުންގެ ޢީދުތަކާއި ނުވަތަ އެނޫންވެސް ހަފުލާތަކުގައި އެބައިމީހުންނަށް ތަހުނިޔާކިޔާ (މަރުޙަބާ ކިޔުމަކީ) އެބައިމީހުން ޞަލީބަށް ސަޖިދަ ކުރުމުން ތަހުނިޔާކިޔުން ކަހަލަ ކަމެކެވެ. މިއީ އެބައިމީހުން ރާ ބުއިމުންނާއި، ޒިނޭ ކުރުމުން ތަހުނިޔާ ކިޔުމަށްވުރެ މާ ބޮޑުވެގެންވާ ފާފައެއްކަމަށް އިބުނު ތައިމިއްޔާގެ އެންމެ މަޝްހޫރު އެއްދަރިވަރުކަމަށްވާ އިމާމު އިބުނު ޤައްޔިމު އެކަލޭގެފާނުގެ ފޮތްކަމުގައިވާ އަޙުކާމުލް ޛިއްމާ މިފޮތުގެ ފުރަތަމަ އަދަދުގެ 205 ވަނަ ސަފުހާގައި ބަޔާން ކުރައްވާފައިވެއެވެ. “މުސްލިމުނޫން މީހުންގ...
ޝިއުނާ އާދަމް
ހަފްތާގެ ދުވަސްތަކުގެ ތެރެއިން ހުކުރު ދުވަސް ވަނީ އެންމެ މާތް ދުވަސް ކަމުގައި ލައްވަވާފައެވެ. އަދި މުޅި އަހަރަށް ބަލައިފިނަމަ ނަޙްރުގެ ދުވަހަކީ އަހަރުގެ އެންމެ މާތް ދުވަހެވެ. މީގެ އިތުރުން ރޭތަކުގެ ތެރެއިން އެންމެ މާތް ރެއަކީ ލައިލަތުލް ޤަދްރިވިލޭރޭ ކަމުގައި މި އުންމަތަށް ކީރިތި ނަބިއްޔާ صلى الله عليه وسلم ބަޔާން ކޮށްދެއްވަވާފައިވެއެވެ. ހުކުރު ދުވަހަށް يوم الجمعة އޭ ޢަރަބި ބަހުގައި ކިޔުނީ މި ދުވަހަކީ އެންމެހާ މުސްލިމުން ހަފްތާއަކު އެއްދުވަހު […]
Thiladhun
މަޖުބޫރު އުޒުރަކާއި ނުލައި ހުކުރު ނަމާދަށް ނުދާ މީހުންގެ ހިތުގައި ސިއްކަޖެހި، ހިތްތައް ބަންދުވެގެންދާނެއެވެ. ޝަރުއީ އެއްވެސް އުޒުރަކާއި ނުލައި ހުކުރު ނަމާދަށް ދިއުމުގައި ފަރުވާ ކުޑަ ކުރުމާއި ތަފާތު ކަންކަމުގައި މަސްއޫލުވެ ތިބޭކަމީ ހިތާމަހުރި ކަމެކެވެ. ތިމާގެ ފުރާނައަށް ނުވަތަ މުދަލަށް އަމާންކަން ނެތުން ފަދަ ކަމެއް މެދުވެރުވުން ނުވަތަ އެ ނޫންވެސް ޝަރުއީ އުޒުރަކާއި ނުލައި ހުކުރު އެޅުމަކީ ބޮޑުވެގެންވާ ފާފައެކެވެ. ހުކުރު ދުވަހުގައި ދެވޭ ހުކުރު ހުތުބާއަކީ އިންސާނާގެ ދެ ދުނިޔޭގެ ބާއްޖަވެރިކަމަށްޓަކައި...
ޝިއުނާ އާދަމް
ގިނަ ގިނައިން ކިޔަންވީ ހަ ޛިކުރެއް ސުންނަތުގައި ވާރިދުވެފައިވެއެވެ. ދުނިޔޭގެ ދިރިއުޅުމުގައި ކުރިމަތިވާ ހުރިހާ ނުތަނަވަސްކަމެއްގައި ތިބާގެ ހަތިޔާރަކަށް ހަދަންޖެހޭ މި ހަޛިކުރު ކުރުންމަތީ ދެމިހުރެއްޖެ މީހާގެ ހިތާމަތަކާއި، ހައިހޫނުކަމާއި، ބަލިމާޑުކަން ފިލައިދިޔުމާއި، ފާފަ ފުއްސެވުމުގެ ސަބަބެއްކަށް ވެގެންދާނެތެވެ. އެކެއް: ކީރިތި ރަސޫލާ صلى الله عليه وسلم ގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރުން “اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْ...
ތިލަދުން
އަޅުގަނޑުމެންގެ މުޖުތަމަޢުގައި މިވަނީ ކުއްލި މަރު އާދަޔާ ޚިލާފަށް ގިނަވެފައެވެ. ކޮންމެ ދުވަހަކު ވެސް އާމީހެއްގެ މަރުގެ ޚަބަރު މިދަނީ ލިބެމުންނެވެ. ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން ފަތުރުވެރިންތަކެއް ކުއްލި މަރަކުން މަރުވެފައިވާ ކަމުގެ ޚަބަރު ނޫސް މަޖައްލާތަކުގެ ފަލަ ސުރުޚީތަކުގައި ވަނީ ލިޔެވިފައެވެ. ދުޅަހެޔޮ ސިއްޙަތެއްގައި ހުރެމެ އެއްވެސް ކަހަލަ ބޮޑު ބައްޔެއް ނުޖެހި ދިމާވާ ކުއްލި ކަމަކުން މީހުން ދުނިޔެއަށް އަލްވަދާޢުކިޔުން ވެގެންދަނީ މީހުން ހައިރާންކުރުވަނިވި ކަމަކ...
ތިލަދުން
އަޅަކަށް ލިބޭނެ އެންމެ މަތިވެރި ނަޞީބަކީ އީމާނުން ފުރިގެންވާ ހިތަކުން لا إله إلا الله ކިޔުމުގެ ތައުފީޤު ލިބިގެން ދިޔުމެވެ. އެފަދަ އަޅަކަށް އުފާވެރިކަން ހުއްޓެވެ. އުޑާއި ބިން ޚަލްޤުކުރެވުނީ، ޝަހާދަތުގެ މިކަލިމައަށްޓަކައެވެ. މިއީ މީޒާނުގައި އެންމެ ބަރު އަދި އެންމެ މަތިވެރި ކަލިމައެވެ. ޙަދީޘްފުޅުގައި ވާރިދުވެފައިވެއެވެ. ޤިޔާމަތްދުވަހުން، ފާފަތަކުން ފުރިގެންވާ އަޅަކު ގެނެވޭނެއެވެ. އޭނަގެ ވައަތު ފަތުގައި ބައިވަރު ނުބައި ކަންތައް ލިޔެވިގެންވެއެވެ. އޭނައާ ސުވާލު ކުރެވޭނެއެވެ. ކަލޭ މިފާފަތަކާމެދު ބުނަނީ...
ޝެއިޚް ޝަފީއު އަބްދުﷲ
އަޅުގަނޑުމެންނަށް މިދުނިޔެމަތީގައި ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ އިސްލާމްކަމުގެ ނިޢުމަތެވެ. ތިމާމެންނީ ﷲ އެއްކައުވަންތަކުރާ، އެކަލާނގެ ފޮނުއްވި ނަބިއްޔާ ތެދުކުރާ، ބާއްވައިލެއްވި ފޮތާއި، ޣައިބުގެ އެންމެހާ ޚަބަރުތަކަށް އީމާންވާ ބައެއް ކަމުގެ ހެޔޮ ނަސީބު ލިބިގެން ދިއުމެވެ. މި މަތިވެރި ނަސީބު ލިބިއްޖެ މީހަކަށް ހުރީ އުފާވެރިކަމެވެ. އަދި އާޚިރަތުގައި ހުރީ މަތިވެރިވެގެންވާ ސުވަރުގެތަކެވެ. އެހެން ނުވާންވީ ކީއްވެތޯއެވެ! އެހެނީ އިސްލާމްދީނަކީ ޙައްޤު ދީނެވެ. އަދި އެ ދީނަކީ ޤިޔާމަތާ ޖެހެންދެން ﷲ ތަޢާލާ ރުހި...
Thiladhun
ތިރީގައި މި ލިޔެލަނީ، މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެ އެކަލޭގެފާނުގެ ޞަޙާބީ ބޭކަލުން ވީ ލޯބީގެ ބައެއް ނަމޫނާތަކެވެ. ފަހަރެއްގާ އެ ބޭކަލުންގެ ހިތް ފުރިގެން ދިޔަ މި ލޯބިން އަހަރެމެންނަށް ވެސް ދަރުހެއް ލިބި އެ މަގުން ހިނގަން އެނގޭތޯއެވެ. * އަބޫބަކުރުގެފާނު މިތާނގައި އަބޫބަކުރުގެފާނުގެ ޙަޔާތްޕުޅާއި ބެހޭ ގޮތުން ތަފްޞީލުކޮށް ލިޔާކަށް ގަސްތެއް ނުކުރަމެވެ. އެ ކަލޭގެފާނު ވަނީ މި ދީން ފަތުރުއްވައި ކީރިތި ރަސޫލާއަށް ވާގި ދެއްވުމުގައި އިތުރު […]
Thiladhun
އަބަދުވެސް އަޑުއިވެނީ ކޮންމެވެސް ކުށެއްކޮށްގެން މީހަކު ހައްޔަރުކޮށްގެން އުޅޭ ވާހަކައެވެ. ތަނެއްގައި މީހަކު މަރާލާފައިއޮއްވާ ފެނުނު ވާހަކައެވެ. ޒިނޭކުރަނިކޮށް ދެމީހަކު ހައްޔަރުުކުރި ވާހަކައެވެ. މިވާހަކަތަކަށް ނިމުމެއް ނާދެއެވެ. ވަނީ ހައްތާ އިތުރެވެ. ކުށް މަދުކުރުމަށް ވަރުންވަރުން ކޮމެޓީތަކާއި ޓާސްކްފޯސްތައް ހެދިޔަސް ނިޞްބަތުން ވަނީ އިތުރެވެ. ކުށްމަދުކުރުމަށް މިލިޔަނުން ފައިސާ ޚަރަދުކޮށް ފުލުހުންނާއި ސިފައިން ނެރެ ވައްތަރުވައްތަރުގެ އެލާޓްތައް ނެރުނަސް ވާކަމެއް ނެތެވެ. ނަމަވެސް ހަޤީގަތަކީ މިހުރިހާ...
Thiladhun
ނަސްރާއި ކާމިޔާބަކީ މާތް ﷲ އަށް ތެދުވެރި، އިޙްލާސްތެރި މުއުމިންތަކުންނަށް ﷲ ދެއްވާ ނިއުމަތެކެވެ. މާތް ﷲ ވަހީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް (އެބަހީ: ﷲގެ ދީނަށް) ނަސްރު ދޭނަމަ، އެކަލާނގެ ތިޔަބައިމީހުންނަށް ނަސްރު ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ ފައިތިލަތަށް ސާބިތުކުރައްވާނެތެވެ.” އިލްމުވެރިން ވިދާޅުވާ ގޮތުގައި މާތްﷲ އަށް ނަސްރު ދިނުމަކީ އެކަލާނގެ ދީން ޤާއިމްކުރުމެވެ. އެކަލާނގެ ޝަރީއަތް ތަންފީޛު ކުރުމެވެ. ކީރިތި ޤުރުއާނަށ...
Thiladhun
ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައި ވެއެވެ. ” لُعِنَ الَّذِينَ كَفَرُوا مِن بَنِي إِسْرَائِيلَ عَلَىٰ لِسَانِ دَاوُودَ وَعِيسَى ابْنِ مَرْيَمَ ۚ ذَٰلِكَ بِمَا عَصَوا وَّكَانُوا يَعْتَدُونَ ﴿٧٨﴾ كَانُوا لَا يَتَنَاهَوْنَ عَن مُّنكَرٍ فَعَلُوهُ ۚ لَبِئْسَ مَا كَانُوا يَفْعَلُونَ ﴿٧٩﴾ ” سورة المائدة މާނަ : ”އިސްރާއީލުގެދަރިންގެ ތެރެއިން، ކާފަރުވި މީހުންނަށް، ދާވުދުގެފާނާއި، މަރްޔަމުގެފާނުގެ ދަރިކަލުން ޢީސާގެފާނުގެ ދޫފުޅުމަތިން ލަޢުނަތް ލައްވާފައިވެއެވެ. އެއީ އެއުރެން އުރެދުނު ކަމަށްޓަކައެވެ. […]
Thiladhun
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދެކެ ލޯބި ވެގެން މެނުވީ އެއްވެސް މީހެއްގެ އީމާންކަން ފުރިހަމަ އެއް ނުވާނެއެވެ. ކޮންމެ އިންސާނަކު އޭނަގެ އަމިއްލަ ނަފްސަށްވުރެ ބޮޑަށް އަދި އޭނާގެ މައިންބަފައިންނާއި އަނބި މީހާ އާއި ދަރިންނަށްވުރެވެސް ބޮޑަށް އަދި އެންމެހާ މީސްތަކުނަނަށް ވުރެވެސް ބޮޑަށް އޭނާ ލޯބިވާން ޖެހެނީ ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަދެކެއެވެ.އެހެންނޫންނަމަ އޭނާއަކީ ފުރިހަމަ އީމާނެއްގައި ހުރި މީހަކަށް ނުވާނެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެ ލޯބި ނުވާ މީހަކީ […]
Thiladhun