ޝަޢުބާން މަސް: އެމަހަކާ މެދު ޣާފިލުވެވިފައިވާ މަހެއް!
ހެޔޮކަމުން ފުރިގެންވާ، އަޅުކަމުގެ ބަހާރު މޫސުމެއް އަޅުގަނޑުމެންނާ ކުރިމަތިވަނީއެވެ. ރަމަޟާން މަހަށް މަރުހަބާ ކިޔުމަށް ދުނިޔެއާއި މަލަކޫތީ ޢާލަމް ތައްޔާރުވަމުން ދާހިނދު މިމަހަށް ތައްޔާރުވުމަށް އަހަރެމެންވެސް ގަދައަޅައި މަސައްކަތް ކުރަން އެބަ ޖެހެއެވެ. އެގޮތުން ޝަޢުބާން މަހަކީ ރަމަޟާން މަހަށް ތައްޔާރު ވުމަށް އަޅުގަނޑުމެންނަށް ލިބިފައިވާ ވަރަށް މުހިންމު މަހެކެވެ. ރަމަޟާން މަހުގައި އަޅުކަންކޮށް، ﷲ ގެ ރުއްސެވުން ހޯދުމަށްޓަކައި ގިނަގިނައިން ޤުރްއާން ކިޔަވައި، ފަރުޟު ނަމާދުތަކުގެ އިތުރުން ސުންނަތް ނަމާ...