ވިނަރެސް ފްލެޓް ކައިރީ ހިނގި އެކްސިޑެންޓުގައި އަނިޔާވި ނުވަ އަހަރުގެ ކުއްޖާ ނިޔާވެއްޖެ
ހުޅުމާލެ ފޭސް 2 ގެ ހިތިގަސްމަގު، ވިނަރެސް 7 ކައިރީ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުން އައި އުމުރުން 9 އަހަރުގެ އަންހެން ކުއްޖާ ރޭ ފަތިހުގެ ވަގުތެއްގައި ނިޔާވެއްޖެއެވެ. ފުލުހުން ހޮނިހިރު ދުވަހުގެ ރޭ ބުނީ، ހުޅުމާލެ ފޭސް 2 ގެ ހިތިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލެއް އެކްސިޑެންޓްވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ އެ ރޭ 21:04 ހާއިރު ކަމަށެވެ. އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތަކުން މިހާތަނަށް ބެލިބެލުމުން މި އެކްސިޑެންޓް ހިނގަން […]