ރާއްޖެ ހިމެނޭހެން އިނގިރޭސިވިލާތުގެ "ވޭފެއަރަރ" ގެ ހިދުމަތްތައް ކުއްލިއަކަށް ހުއްޓާލައިފި
ދިވެހިރާއްޖެ ހިމެނޭހެން ދުނިޔޭގެ މަޝްހޫރު މަންޒިލްތަކަށް ޗުއްޓީ ދަތުރުތައް އިންތިޒާމުކޮށްދޭ އިނގިރޭސިވިލާތުގެ ލަކްޒަރީ ޓްރެވަލް ކުންފުނި “ވޭފެއަރަރ ޓްރެވަލް” ގެ ހުރިހާ ހިދުމަތްތަކެއް ކުއްލި ގޮތަކަށް ހުއްޓާލައިފިއެވެ. “އިތުރު އެންގުމެއް އަންގަންދެން” ހިދުމަތްތައް މެދުކަނޑާލުމާ ގުޅިގެން، މި ސެޕްޓެމްބަރު މަހު ދަތުރުކުރުމަށް ހަމަޖެހިފައިވާ ފަރާތްތަކުން ދަތުރު ނުކުރުމަށް އެ ކުންފުނިން ވަނީ އަންގާފައެވެ. އިނގިރޭސިވިލާތުގެ ބްރިސްޓޯލްގައި ގާއިމުވެގެން 2012 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ ވޭފެއަ...