ޕީއެންސީގެ ނައިބު ކަމަށް 8 ނަމެއް، މަތީ މަޖިލީހުގެ މަޤާމުތަކަށް 124 ނަމެއް
ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގެ 49 މަޤާމަކަށް ކުރިމަތިލާން ހުޅުވާލި މުއްދަތުގައި ޖުމްލަ 124 ކެންޑިޑޭޓުން ކުރިމަތިލައިފިއެވެ. އެ ޕާޓީން މިހާރު ވަނީ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމަށްފަހު އާންމުކޮށްފައެވެ. ޕީއެންސީން މަޢުލޫމާތު ދޭ ގޮތުގައި މި މަހުގެ 1 އިން 8 އަށް ހުޅުވާލި މި ފުރުސަތުގައި އެންމެ ގިނަ ބަޔަކު ކުރިމަތިލާފައިވަނީ މަތީ މަޖިލީހުގެ އާންމު މެންބަރުންގެ މަޤާމަށެވެ. އެގޮތުން އާންމު މެންބަރުންގެ 18 މަޤާމަށް 73 ކެންޑިޑޭޓުން […]