މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,401 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 335 ވަނަ ޞަފްޙާ

"ހެލްތު އެކްސްޕޯ 2025" ފަށައިފި

"ހެލްތު އެކްސްޕޯ 2025" ފަށައިފި

ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި އާންމުން ހޭލުންތެރިކުރުމަށް ޞިއްޙީ ވުޒާރާއިން އިސްނަގައިގެން ބާއްވާ “ހެލްތު އެކްސްޕޯ 2025” މިއަދު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ފަށައިފިއެވެ. މި އެކްސްޕޯ ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ. “ދުޅަހެޔޮ ޖީލަކަށް އެންމެން އެކުގައި” މި ޝިއާރުގެ ދަށުން ކުރިއަށްދާ މި އެކްސްޕޯގެ މައިގަނޑު މަޤްޞަދަކީ، ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް ބޭނުންވާ ޞިއްޙީ އާދަތަކާއި، އެކަމާގުޅޭ މައުލޫމާތު އާންމުންނާ ހިއްސާކުރުމެވެ. މި އެކްސްޕޯ...

ޔުމްނާ ޢަލީ
އުތުރުގެ އަތޮޅުތަކުން 17 ގެއަކަށް ޑުރަގު ރެއިޑް: ކެނެބިސް، މެތު އަދި ހެރޮއިން ހޯދި

އުތުރުގެ އަތޮޅުތަކުން 17 ގެއަކަށް ޑުރަގު ރެއިޑް: ކެނެބިސް، މެތު އަދި ހެރޮއިން ހޯދި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އެންގެވުމަކަށް، ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ “އޮޕަރޭޝަން އަލިމަގު”ގެ ތެރެއިން އުތުރުގެ އަތޮޅުތަކުގައި ހިމެނޭ ރަށްރަށުން 17 ގެއެއް ބަލައި ފާސްކޮށް، 12 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މި އޮޕަރޭޝަންގައި ކެނެބިސް، މެތު އަދި ހެރޮއިންކަމަށް ޝައްކުކުރެވޭ މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. އޮޕަރޭޝަން “އަލިމަގު”އަކީ މަސްތުވާތަކެތީގެ ނެޓްވަރކްތައް ހޯދައި، މަސްތުވާތަކެތީގެ ވަބާ ނައްތާލުމ...

އަލީ އާދިލް
ހަމައެކަނި ރަށަށް ނިސްބަތްވާ ކުޅުންތެރިން ހިމަނައިގެން ހަނިމާދޫ ހޯދީ ބޮޑު ކާމިޔާބީއެއް: ފިރާގް

ހަމައެކަނި ރަށަށް ނިސްބަތްވާ ކުޅުންތެރިން ހިމަނައިގެން ހަނިމާދޫ ހޯދީ ބޮޑު ކާމިޔާބީއެއް: ފިރާގް

އަތޮޅުތެރޭގެ ޓީމުތައް ދިވެހި ޕްރިމިއާ ލީގުން ޖާގަ ދިނުމުގެ ފުރަތަމަ މަރުހަލާގައި ކުޅޭ ބީއޭއެމްއެލް އެޓޯލް ޗެމްޕިއަންޝިޕްގެ ހދ. އަތޮޅުގެ މުބާރާތުގައި ހަމައެކަނި ހަނިމާދޫ ކުޅުންތެރިން ހިމަނައިގެން ކުޅުނު ހަނިމާދޫ ޓީމުން ހޯދި ނަތީޖާއަކީ ބޮޑު ކާމިޔާބެއްކަމަށް ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގް މުޙައްމަދު ވިދާޅުވެއްޖެއެވެ. 11 ނޮވެމްބަރު 2025 ގައި ކުޅުނު މި މުބާރާތުގެ ފައިނަލްގައި 3-1 ކުޅުދުއްފުށީ އަތުން ބަލިވުމުން ހަނިމާދޫ އަށް ވަނީ ޗެމްޕިއަންކަން ގެއްލިފައެވެ. ޗެމްޕިއަންކަން ގެއްލުނު ނަމަވެސ...

ޔުމްނާ ޢަލީ
އިސްލާމިކް ފައިނޭންސިންގ އުސޫލުން 3000 ފުލެޓު އަޅަން ބީއެމްއެލްގެ ސަބްސިޑަރީއެއް

އިސްލާމިކް ފައިނޭންސިންގ އުސޫލުން 3000 ފުލެޓު އަޅަން ބީއެމްއެލްގެ ސަބްސިޑަރީއެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ، އިސްލާމިކް ފައިނޭންސިންގ އުސޫލުން، ކުލި ދައްކައި ޚަލާސްކުރުމުން މިލްކުކުރެވޭ (ލީސް-ޓު-އޯން) މޮޑެލްގެ ދަށުން 3000 ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށްޓަކައި، އެ ބޭންކުގެ %100 ހިއްސާ ހިމެނޭ އާ ސަބްސިޑިއަރީއެއް އުފައްދަިފިއެވެ. ބީ.އެމް.އެލް. އެފޯޑަބަލް ހޯމް ލީސިންގ ޕްރައިވެޓް ލިމިޓެޑްގެ ނަމުން ނަން ދީފައިވާ މިކުންފުނިން، މި މަޝްރޫޢު ކުރިއަށްގެންދަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ.) އިން ހުރިހާ ބޭންކްތަކަށް ލާޒިމުކޮށްފައިވާ އިންކްލޫސިވް ނޭޝަނަލ...

އިބްރާހިމް އަސްވާޤް
އެމްއެންޔޫގައި ހިންގާ ނޫސްވެރިކަމާއި ގުޅޭ ކޯސްތައް ކިޔަވާ ދަރިވަރުންނަށް މާލީ އެހީދިނުމުގެ އެއްބަސްވުމެއް

އެމްއެންޔޫގައި ހިންގާ ނޫސްވެރިކަމާއި ގުޅޭ ކޯސްތައް ކިޔަވާ ދަރިވަރުންނަށް މާލީ އެހީދިނުމުގެ އެއްބަސްވުމެއް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގައި ހިންގާ ނޫސްވެރިކަމާއި ގުޅޭ ކޯސްތައް ކިޔަވާ ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި ފަހުމުނާމާގައި ސޮއިކުރެވުނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ) އާއި ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާއި ބެހޭ ވުޒާރާއާއި ދެމެދުގައެވެ. މި އެއްބަސްވުމުގައި ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާއި ބެހޭ ވުޒާރާގެ ފަރާތުން އެ ވުޒާރާގެ ވަޒީރު، ޑރ. އިބްރާހިމް ވަހީދު (އަސްވާޑު) އެވެ. އ...

ޔުމްނާ ޢަލީ
86 ތަނެއް ބަލައި ފާސްކޮށް 97 މީހަކު ހައްޔަރުކޮށްފި

86 ތަނެއް ބަލައި ފާސްކޮށް 97 މީހަކު ހައްޔަރުކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެންގެވުމަކަށް ފުލުހުންގެ ޚިދުމަތުން މިއަދު މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނާ ދެކޮޅަށް ފެށި ހާއްސަ އޮޕަރޭޝަން ”އޮޕަރޭޝަން އަލިމަގު”ގެ ތެރެއިން 86 ތަނެއް ބަލާފާސްކޮށް 97 މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މިއަދު ހެނދުނު 05:30 ގައި ފެށި މި އޮޕަރޭޝަންގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވެ، ސްޕެޝަލައިޒްޑް ޑިޕާޓްމަންޓްތަކާއި ރީޖަންތަކުން ވިލަރެސްކުރެވިގެން އެކުލަވާލެވިފައިވާ ޓީމުތަކުން މުޅި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަނުގައި އެއްވަގުތެއްގަ...

ޔުމްނާ ޢަލީ
އީ-ވިސާއަށް އެދި ހުށަހެޅޭނީ މި މަހުގެ 23 އިން ފެށިގެން

އީ-ވިސާއަށް އެދި ހުށަހެޅޭނީ މި މަހުގެ 23 އިން ފެށިގެން

އީ-ވިސާ އަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނީ މި ނޮވެންބަރު މަހުގެ 23 ވަނަ ދުވަހުން ފެށިގެންކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ. މި ޚިދުމަތް ރަސްމީކޮށް 10 ނޮވެންބަރު 2025 ގައި ތަޢާރަފްކޮށްފައިވީނަމަވެސް، އީ-ވިސާގެ ޚިދުމަތަށް އެދި ހުށަހަޅާ ފަރާތްތަކަށް އެ މަރުޙަލާއަށް ތައްޔާރުވުމަށް ފުރުސަތު ދިނުމުގެ ގޮތުން، އެޕްލިކޭޝަންތައް ބަލައިގަތުން ފަށާނީ 23 ނޮވެންބަރު 2025 އިން ފެށިގެން ކަމަށް އިމިގްރޭޝަނުން ނެރުނު މެސެޖެއްގައި ބުނެފަވެއެވެ. އީ-ވިސާއަށް އެދި ހުށަހެޅުމަށް ޢަމަލުކުރަންޖެހޭ ގޮތުގ...

ޔުމްނާ ޢަލީ
ރާއްޖެ-ފަލަސްތީނު މެޗުގެ ފުރަތަމަ ޓިކެޓް ބައްލަވައިގަތީ ރައީސް

ރާއްޖެ-ފަލަސްތީނު މެޗުގެ ފުރަތަމަ ޓިކެޓް ބައްލަވައިގަތީ ރައީސް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖެއާއި ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމާ ދެމެދު ކުޅެވޭ ފުޓްބޯޅަ މެޗުގެ ސްވެނިއާ ޓިކެޓް ބައްލަވައިގެންފިއެވެ. ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނިގޮތުގައި މި މެޗުގެ ޓިކެޓް އެންމެ ފުރަތަމަ ބައްލަވައިގަތީ ރައީސް މުޢިއްޒެވެ. މި ރަމްޒީ ޓިކެޓު ރައީސް މުޢިއްޒު އާއި ޙަވާލުކޮށްދެއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި އެފް.އޭ.އެމްގެ ރައީސް އަޙުމަދު ތާރިޤު (ޓޮމް) އެވެ. ދިވެހިރާއްޖެއާއި ފަލަސ...

ޔުމްނާ ޢަލީ
ޑްރަގް ވިޔަފާރި ކުރާ މީހުންނާ ދެކޮޅަށް އޮޕަރޭޝަނެއް ފެށުމަށް ރައީސް އަންގަވައިފި

ޑްރަގް ވިޔަފާރި ކުރާ މީހުންނާ ދެކޮޅަށް އޮޕަރޭޝަނެއް ފެށުމަށް ރައީސް އަންގަވައިފި

ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނާ ދެކޮޅަށް އޮޕަރޭޝެއް ފެށުމަށް ރައީސް ޑރ. މުހައްމަދުލ މުޢިއްޒުގެ މިއަދު އަންގަވައިފިއެވެ. މިފަދަ އެންގެވުމަށް އަންގަވާފައިވާކަން ރައީސް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށް ވަނީ ޢިއުލާން ކުރަށްވާފައެވެ. ރައީސް ވިދާޅުވެފައިވާ ގޮތުގައި ދިވެހިރާއްޖެއަކީ ޑްރަގްގެ ވަބާއިން އެއްކޮށް ސަލާމަތްވެފައިވާ ޤައުމަކަށް ހެދުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ”މިގޮތުން ޑްރަގުގެ ވިޔަފާރީގަ ބައިވެރިވާ ފަރާތްތަކާއި ދެކޮޅަށް ޙާއްސަ ކޮށްގ...

ޔުމްނާ ޢަލީ
ތިލައުތުރު ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އުތީމު ހޯދައިފި

ތިލައުތުރު ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އުތީމު ހޯދައިފި

ހއ. އަތޮޅު ކައުންސިލުން ބޭއްވި “ތިލައުތުރު ފުޓްސަލް މުބާރާތް 2025″ގެ ޗެމްޕިއަންކަން އުތީމު ހޯދައިފިއެވެ. މި މުބާރާތުގެ ޗެމްޕިއަންކަން އުތީމުން ހޯދީ މިރޭ ކުޅުނު ފައިނަލްގައި މުރައިދޫގެ މައްޗަށް ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ މުރައިދޫ އެވެ. ލިބުނު ކޯނަރަކުން ޖެހި މި ލަނޑު އެޓީމަށް ޖަހައިދިނީ އަޝްރާގެވެ. މުރައިދޫގެ ލަނޑަށްފަހު އުތީމުން ވަނީ ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ލަނޑެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ޖަހައިދިނީ އައިހަމް […]

ޔުމްނާ ޢަލީ
''ގުޅިއަށް އިތުރުވި ބިމުގައި ރައްޔިތުންނަށް ބޭނުންވާ ކަންކަން ކުރުމަށް ފުރިހަމަ އެއްބާރުލުން ދޭނަން''

''ގުޅިއަށް އިތުރުވި ބިމުގައި ރައްޔިތުންނަށް ބޭނުންވާ ކަންކަން ކުރުމަށް ފުރިހަމަ އެއްބާރުލުން ދޭނަން''

ކ. ގުޅިއަށް އިތުރުވި ބިމުގައި ރައްޔިތުންނަށް ބޭނުންވާ ކަންކަން ކުރުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މާލެއަތޮޅު ގުޅީ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތުގެ ނިމުން ފާހަގަކުރުމުގެ ގޮތުން، އެ ރަށު ހިއްކިބިމު ސަރަޙައްދުގައި މިއަދު ހަވީރު ކުރިއަށްގެންދެވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، މި މަޝްރޫޢު ނިމިގެން އިތުރުވ...

ޔުމްނާ ޢަލީ
ރަސްމާލެ މަޝްރޫޢު ކުރިއަށްދާ ސަރަޙައްދަށް، ރައީސް ޒިޔާރަތްކުރައްވައި ބައްލަވާލައްވައިފި

ރަސްމާލެ މަޝްރޫޢު ކުރިއަށްދާ ސަރަޙައްދަށް، ރައީސް ޒިޔާރަތްކުރައްވައި ބައްލަވާލައްވައިފި

ރާއްޖެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އެއް ސަރަޙައްދަކުން އެންމެ ބޮޑު ޙައްލެއް ލިބޭނެ މަޝްރޫޢެއްގެ ގޮތުގައި ސަރުކާރުން ކުރިއަށްގެންދަވާ ރަސްމާލޭ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ. މި މަޝްރޫޢަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް އިންޤިލާބީ ބަދަލެއް ގެނައުމަށް ސަރުކާރުން އިސްކަންދެއްވައިގެން ކުރިއަށްގެންދަވާ ވަރަށް މުހިންމު މަސައްކަތެކެވެ. ރަސްމާލެ މަޝްރޫޢުގެ ބިން ހިއ...

އަލީ އާދިލް
ގުޅީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކޮށް ނިންމާލައި ބަނދަރު ތަރައްޤީކުރަން ހަވާލުކޮށްފި

ގުޅީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކޮށް ނިންމާލައި ބަނދަރު ތަރައްޤީކުރަން ހަވާލުކޮށްފި

ކ. ގުޅީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިންމުން ފާހަގަކޮށް، އެރަށު ބަނދަރު ތަރައްޤީކުރަން މިއަދު ހަވާލުކޮށްފިއެވެ. މިކަމަށް މިއަދު ހަވީރު އެރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. މި ރަސްމިއްޔާތުގެ ތެރެއިން ގުޅީ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް ސަރުކާރުގެ ފަރާތުން ވަނީ ގުޅީ ކައުންސިލާ ހަނދާނީ ފިލައެއް ހަވާލުކޮށްފައެވެ. މި ފިލާ ކައުންސިލާ ޙަވާލުކޮށްދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާ...

ޔުމްނާ ޢަލީ
މެކްގްރެގަރާއި ފައިޓް ކުރުމުން ލިބުނީ، ރާއްޖޭގައި ޗުއްޓީ ހޭދަކުރުންފަދަ އުފާވެރި ހިތްހަމަޖެހުމެއް: ޚަބީބް

މެކްގްރެގަރާއި ފައިޓް ކުރުމުން ލިބުނީ، ރާއްޖޭގައި ޗުއްޓީ ހޭދަކުރުންފަދަ އުފާވެރި ހިތްހަމަޖެހުމެއް: ޚަބީބް

އެންމެ ބޮޑު ވާދަވެރިޔާ ކޮނޯ މެކްގްރެގަރާ ދެކޮޅަށް ފައިޓް ކުރުމުން ލިބުނީ، ރާއްޖޭގައި ޗުއްޓީ ހޭދަކުރުންފަދަ އުފާވެރި ހިތްހަމަޖެހުމެއްކަމަށް، ‘ދަ އީގަލް’ ގެ ނަމުން މަޝްހޫރު ޚަބީބް ނޫރުމަގޮމެޑޮފް އިންޓަރވިއުއެއްގައި ބުނެފި އެވެ. ޗިކާގޯގައި ބޭއްވި އެސް ޚަލީލްއާ ޓޯކްޝޯއެއްގައި ވާހަކަ ދައްކަމުން ޚަބީބް ބުނެފައިވަނީ، ފައިޓަށް ތައްޔާރުވުމާއި ފައިޓްގެ ވަގުތަކީ އޭނާ ވަރަށް ހިތްހަމަޖެހުނު ވަގުތުތަކެއްކަމަށާއި އެ ފައިޓަކީ އޭނާ ވަރަށް ގިނަ ދުވަހު އިންތިޒާރު ކުރި ކަމެއް ކަމަށް ސިފަކޮށް، އެއީ އޭނާ ރާއްޖޭގައި [...

އަލީ އާދިލް
ހައްޖުވެރިންގެ ހަދްޔު ކަތިލުމާއި އުޟްޙިޔާ ކަތިލުން ސައުދީ ހައްޖު މިނިސްޓްރީގެ ދަށަށް

ހައްޖުވެރިންގެ ހަދްޔު ކަތިލުމާއި އުޟްޙިޔާ ކަތިލުން ސައުދީ ހައްޖު މިނިސްޓްރީގެ ދަށަށް

މިއަންނަ ހައްޖު މޫސުމުން ފެށިގެން، ހައްޖުވެރިންގެ ހަދްޔު ކަތިލުމާއި އުޟްޙިޔާ ކަތިލުމުގެ ކަންކަން ސައުދީ އަރަބިއްޔާގެ ހައްޖު މިނިސްޓްރީގެ ސީދާ ބެލުމުގެ ދަށުން ކުރުމަށް އެ ޤައުމުގެ ސަރުކާރުން ނިންމައިފިއެވެ. ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން މިއަދު މި މައުލޫމާތު ހިއްސާކުރައްވަމުން ބުނީ، މި ބަދަލުގެ ސަބަބުން ހައްޖުގެ އެންމެހައި އަޅުކަންތައް ހެޔޮގޮތުގައި ތަންފީޒުވުން ކަށަވަރުވާނެ ކަމަށެވެ. ކުރިން ހައްޖު ޖަމާޢަތްތަކުން ސައުދީގެ ޕްރައިވެޓް ކުންފުނިތައް މެދުވެރިކޮށް ކުރިއަށް ގެންދިޔަ މިކަންތައް، ދެން ކު...

ޔުމްނާ ޢަލީ
ރެޕިޑް ޗެސް ޗެލެންޖް އަންނަ ބުރާސްފަތި ދުވަހު ފަށަނީ

ރެޕިޑް ޗެސް ޗެލެންޖް އަންނަ ބުރާސްފަތި ދުވަހު ފަށަނީ

ރެޕިޑް ޗެސް ޗެލެންޖް ކެޑޭޓް ޑިވިޝަން މާދަމާ ފަށާގޮތަށް ހަމަޖެހިއްޖެއެވެ. ޖުމްލަ 89 ކުޅުންތެރީންނާއެކު ފަށާ މިމުބާރާތުގެ ކުޅުން އޮންނާނީ ހުޅުމާލެ ޗެސް އާކޭޑް ގައެވެ. ހަތަރު އުމުރުފުރަޔަކަށް ބަހާލައިގެން ބާއްވާ މި މުބާރާތް އިންތިޒާމް ކުރާ ޖީނިއަސް ޗެސް އެކަޑެމީގެ ޖީ.އެސް ހުސެއިން ރަޝީދު “ތިލަދުން” އަށް ވިދާޅުވި ގޮތުގައި 8 އަހަރުންދަށުގެ 11 ކުޅުންތެރިންނާއި 10 އަހަރުންދަށުގެ 30 ކުޅުންތެރިން މުބާރާތުގައި ވާދަކުރާނެއެވެ. އަދި 12 އަހަރުން ދަށުގެ 26 ކުޅުންތެރިންނާއެކު 14 އަހަރުންދަށުގެ […]

ޔުމްނާ ޢަލީ
އުރީދޫ ފަން ރަން ކިޓުތަކުގެ ތެރޭގައި "ދަ ކޮފީ ބީން އެންޑް ޓީ ލީފް"ގެ 250 ޓިކެޓު ފޮރުވާފައި

އުރީދޫ ފަން ރަން ކިޓުތަކުގެ ތެރޭގައި "ދަ ކޮފީ ބީން އެންޑް ޓީ ލީފް"ގެ 250 ޓިކެޓު ފޮރުވާފައި

އުރީދޫ ފަން ރަން 2025 ގައި ބައިވެރިވާ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު “ދަ ކޮފީ ބީން އެންޑް ޓީ ލީފް” މޯލްޑިވްސްގެ ފަރާތުން ހުޅުވާލައިފިއެވެ. މި އިނާމުތައް ހިމެނޭ 250 ޓިކެޓު ވަނީ ފަން ރަންގެ ފަން ކިޓުތަކުގެ ތެރޭގައި ފޮރުވާފައެވެ. މި ހާއްސަ ޓިކެޓުތައް ހޯދައިގެން ގޯލްޑް، ޕާޕަލް ނުވަތަ ސިލްވަރ ޓިކެޓުގެ ވެރިވެ، އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެއެވެ. މި ޕްރޮމޯޝަންގެ ދަށުން އެންމެ ޚާއްސަ އިނާމަކީ އެއް […]

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށި ސިޓީ ޕޮލިސްގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފި

ކުޅުދުއްފުށި ސިޓީ ޕޮލިސްގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފި

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ކުޅުދުއްފުށި ސިޓީ ޕޮލިސްގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ޤާނޫނީ އިޖުރާއަތްތަކުގެ ދަށުން ނައްތާލައިފި އެވެ. ނައްތާލި ތަކެތީގެ ތަފްޞީލަށް ބަލާއިރު، ޖުމްލަ 53 ފުޅި ބަނގުރަލާއި 2 ދަޅު ބަނގުރާ ހިމެނެއެވެ. މި ހުރިހާ ތަކެއްޗެއް ނައްތާލާފައިވަނީ ކުޅުދުއްފުށި ސިޓީ ޕޮލިސްގެ ބެލުމުގެ ދަށުގައި ހުރި ތަކެތީގެ ގޮތުގައެވެ. މި ކަން ކުރިއަށް ގެންގޮސްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިން، ތަކެތި ނައްތާލުމުގެ ކަންކަން ބެލެހެއްޓުމަށް އެކުލަ...

އަލީ އާދިލް