މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (01:00 އިން 07:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,388 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 290 ވަނަ ޞަފްޙާ

ނައިބު ރައީސް ހުސެން ޤައުމީ ފިރިހެން ފުޓްސަލް ޓީމަށް ހިތްވަރުދެއްވައިފި

ނައިބު ރައީސް ހުސެން ޤައުމީ ފިރިހެން ފުޓްސަލް ޓީމަށް ހިތްވަރުދެއްވައިފި

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި ވާދަކުރަމުންދާ ދިވެހިރާއްޖޭގެ ޤައުމީ ފިރިހެން ފުޓްސަލް ޓީމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ހިތްވަރު ދެއްވައިފިއެވެ. އެމަނިކުފާނު ޤައުމީ ޓީމަށް ހިތްވަރުދެއްވީ ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީ.އެސް.އެމް)ގެ ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައެވެ. މި ބަސްދީގަތުމުގައި ނައިބު ރައީސްގެ ވާހަކަފުޅުގައި ޤައުމީ ޓީމުގެ ކުޅުންތެރިންގެ ހުނަރުވެރިކަމާއި ކޯޗުގެ ބުރަ މަސައްކަތް ފާހަގަކުރެއްވިއެވެ. އަދި މި މުބާރާތުގައި ޤައު...

ޔުމްނާ ޢަލީ
ރާއްޖެއަށް ފުރަތަމަ ތިން ހަފުތާގައި 149,447 ފަތުރުވެރިން، ހަނިމާދޫ މަގުން 428 ފަތުރުވެރިން

ރާއްޖެއަށް ފުރަތަމަ ތިން ހަފުތާގައި 149,447 ފަތުރުވެރިން، ހަނިމާދޫ މަގުން 428 ފަތުރުވެރިން

އަހަރުގެ ފުރަތަމަ ތިން ހަފުތާގައި ރާއްޖެއަށް ޖުމްލަ 149,447 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއަހަރުގެ ފުރަތަމަ ތިން ހަފުތާގައި ރާއްޖެއަށް ޖުމްލަ 149,447 ފަތުރުވެރިން ޒިޔާރާތްކޮށްފައިވައިވުމުން، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ހަތް އިންސައްތައިގެ ކުރިއެރުމެކެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 7,117 ފަތުރުވެރިން ރާއްޖެ އާދެއެވެ. ރާއްޖެއަށް އައި ފަތުރުވ...

ޔުމްނާ ޢަލީ
މާދަމާ ރޯދަ ހަދިޔާ ބަހަން ފަށަނީ، އެއް އައިޑީކާޑަށް ނެގޭނީ ދެ މަސްދަޅު ކޭސް

މާދަމާ ރޯދަ ހަދިޔާ ބަހަން ފަށަނީ، އެއް އައިޑީކާޑަށް ނެގޭނީ ދެ މަސްދަޅު ކޭސް

1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަށްޓަކައި ސަރުކާރުން ކޮންމެ ގޭބިސީއަކަށް ދިނުމަށް ހަމަޖެހިފައިވާ ރޯދަ ހަދިޔާ ބަހަން މާދަމާ ފަށާއިރު، އެއް އައިޑީކާޑަށް ގިނަވެގެން ނެގޭނީ ދެ މަސްދަޅު ކޭސް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. ސަރުކާރުން ނިންމާފައިވަނީ ކޮންމެ ގޭބިސީއަކަށް 48 ދަޅު ހިމެނޭ މަސްދަޅު ކޭހެއް ހަދިޔާ ކުރުމަށެވެ. ބެހުމުގެ އިންތިޒާމުތައް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް...

ޔުމްނާ ޢަލީ
ވެލިދުއަށް ސީޕްލޭން ދަތުރުތައް ރަސްމީކޮށް ފަށައިފި

ވެލިދުއަށް ސީޕްލޭން ދަތުރުތައް ރަސްމީކޮށް ފަށައިފި

ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ނ.އަތޮޅު ވެލިދޫއަށް ރަސްމީކޮށް މިއަދު ފަށައިފިއެވެ. ވެލިދޫއަށް ސީޕްލޭންގެ ޚިދުމަތް ތަޢާރަފްކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ ރަށުގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެކެވެ. މި ޚިދުމަތާއެކު ވެލިދޫއާއި މާލެއާ ދެމެދު ކުރެވޭ ދަތުރުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. މޯލްޑިވިއަން އިން ހާމަކޮށްފައިވާ ގޮތުގައި، ވެލިދޫއަށް ކުރާ މި ދަތުރުތައް އޮންނާނީ ކޮންމެ ހަފްތާއެއްގެ ބުދަ އަދި ހުކުރު ދުވަހުއެ...

ޝިއުނާ އާދަމް
''ހެޔޮ ޢަމަލުކުރުމުގައި އިރުޝާދުދެއްވައިފައިވާ މިންގަނޑަކީ މަދުން ނަމަވެސް އެ ކަމުގައި ދެމިހުރުން''

''ހެޔޮ ޢަމަލުކުރުމުގައި އިރުޝާދުދެއްވައިފައިވާ މިންގަނޑަކީ މަދުން ނަމަވެސް އެ ކަމުގައި ދެމިހުރުން''

އިންސާނާގެ ޙަޔާތުގައި ކުރެވޭ ހެޔޮ ޢަމަލުތަކަކީ އާޚިރަތް ބާއްޖަވެރިކުރުމަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓްމަންޓެކެވެ. އިސްލާމްދީން ބާރުއަޅަނީ ހަމައެކަނި ގިނަގިނައިން ހެޔޮ ޢަމަލުކުރުމަކަށް ނޫނެވެ. އޭގެ ބަދަލުގައި، އެ ޢަމަލުތަކަކީ އިޚްލާޞްތެރިކަމާއެކު، ދާއިމީގޮތެއްގައި ކުރެވޭ ކަންތައްތަކަކަށް ހެދުމަށެވެ. ކީރިތި ރަސޫލާ ﷺ ގެ ސުންނަތުން ފެންނަން އޮތް އެންމެ މުހިންމު އެއް އުޞޫލަކީ، ކިތަންމެ މަދުން ކުރާ ކަމެއް ނަމަވެސް އެކަމެއްގައި ދެމިހުރުމެވެ. މި އަގުހުރި ދަރުސްތައް ހިމެނޭ މިއަދުގެ ހުކުރު ހުތުބާގެ މ...

ޔުމްނާ ޢަލީ
'އެކްސް' އާއި ވާދައަށް ޔޫރަޕުން 'ޑަބްލިޔު' ނަމުގައި އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ތައާރަފްކުރަނީ

'އެކްސް' އާއި ވާދައަށް ޔޫރަޕުން 'ޑަބްލިޔު' ނަމުގައި އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ތައާރަފްކުރަނީ

ޖެނުއަރީ 2026 ގައި ދާވޯސްގައި ބޭއްވުނު ވޯލްޑް އިކޮނޮމިކް ފޯރަމްގައި، ސޯޝަލް މީޑިއާގެ ދުނިޔެއަށް އާ އިންގިލާބެއް ގެނައުމުގެ މަގްސަދުގައި ‘W’ (ނުވަތަ W Social) ގެ ނަމުން ނަންދެވިފައިވާ ވިލާތުގެ އައު ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ދައްކާލައިފިއެވެ. މިއީ މަޝްހޫރު ‘އެކްސް’ (ކުރީގެ ޓުވިޓާ) ގައި ބޮޓްތަކާއި ދޮގު މައުލޫމާތު ފެތުރުމާ މެދު އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށްޓަކައި، ހަމައެކަނި ކާކުކަން ކަށަވަރުކޮށްފައިވާ މީހުންނަށް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްލެޓްފޯމެކެވެ. އަގުތަކ...

ނާޒިމާ އަލީ
އެމެރިކާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަކިވެއްޖެ

އެމެރިކާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަކިވެއްޖެ

ކޮވިޑް-19 ގެ ބަލިމަޑުކަން މެނޭޖުކުރުމުގައި އދ. ގެ ސިއްހީ އިދާރާ ނުކުޅެދިފައިވާ ކަމަށް ބުނެ، އެމެރިކާއިން ރަސްމީކޮށް ބުރާސްފަތި ދުވަހު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަކިވެއްޖެއެވެ. މިއީ މިގޮތަށް އަމަލުކުރުމުން އެމެރިކާ އާއި މުޅި ދުނިޔޭގެ އާންމު ސިއްހަތަށް ގެއްލުންވާނެ ކަމުގެ އިންޒާރުތައް ދެމުންދާތާ އަހަރެއް ފަހުން ނިންމި ނިންމުމެކެވެ.   އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ 2025 ވަނަ އަހަރު އޭނާގެ ރިޔާސީ ދައުރުގެ ފުރަތަމަ ދުވަހު، ރިޔާސީ ގަރާރެއްގެ ދަށުން އެމެރިކާ އެ […]

ނާޒިމާ އަލީ
މުހިންމު ތިން ކުޅުންތެރި ނެތި ނުކުނެ ނައިވާދޫ 8 ވަނަ ފަހަރަށް ތަށި ހޯދައިފި

މުހިންމު ތިން ކުޅުންތެރި ނެތި ނުކުނެ ނައިވާދޫ 8 ވަނަ ފަހަރަށް ތަށި ހޯދައިފި

ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ހދ. އަތޮޅުގެ ޗެމްޕިއަންކަން ނައިވާދޫ ހޯދައި 8 ވަނަ ފަހަރަށް އެ ތަށި ހޯދައިފިއެވެ. ނައިވާދޫ ހދ. ފުޓްސަލް ކިންގްގެ މަގާމު ދެމެހެއްޓީ މިރޭ ކުޅުނު ފައިނަލްގައި ނޮޅިވަރަންފަރު 4-2 އިން ބަލިކޮށްގެންނެވެ. ނައިވާދޫ މި މުބާރާތަށް ނުކުތީ ޓީމުގެ މުހިންމު ތިން ކުޅުންތެރިން ގައުމީ ފުޓްސަލް ޓީމުގައި ރާއްޖެ ތަމްސީލްކުރަން ދިޔުމުން އެ ކުޅުންތެރިން ނުލައެވެ. އެއީ އަބްދުﷲ ޝާފިއު (ޝާއްޕެ) އާއި އަބްދުﷲ ޝާފިއު (ޝާއްޕެ) އަދި […]

ޔުމްނާ ޢަލީ
ޢަބުދުﷲ ރަޝީދު އަމިއްލަގޮތުން އިންތިޚާބުގައި ވާދަކުރަށްވަފާނެކަމުގެ އަޑުތަކެއް

ޢަބުދުﷲ ރަޝީދު އަމިއްލަގޮތުން އިންތިޚާބުގައި ވާދަކުރަށްވަފާނެކަމުގެ އަޑުތަކެއް

ހއ. ދިއްދޫ ކައުންސިލްގެ މިހާރުގެ ރައީސް އަބުދުﷲ ރަޝީދު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރަށްވަފާނެކަމުގެ އަޑުތައް ފެތުރެމުން އެބަދެއެވެ. އަބުދުﷲ ރަޝީދު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރަށްވަފާނެކަމުގެ އަޑުތައް ފެތުރެމުން އެކަން ސާފުކޮށްލަން ‘’ތިލަދުން’’ އިން ސުވާލުކުރުމުން އެއީ ތެދެއްކަމެއް ނުވަތަ ދޮގެއްކަމަކަށް ވެސް ވިދާޅެއްނުވެއެވެ. ’’ތިކަމާ ނިންމާގޮތެއް ވަރަށް އަވަހަށް ޢިއުލާން ކޮށްލާނަން’’ ޢަބުދުﷲ ރަޝީދު ވިދާޅުވެފަވެއެވެ...

ޔުމްނާ ޢަލީ
ޓީމަށް ހިތްވަރު ދިނުމަށް ނޮޅިވަރަންފަރުގައި ސައިކަލް ބުރެއް

ޓީމަށް ހިތްވަރު ދިނުމަށް ނޮޅިވަރަންފަރުގައި ސައިކަލް ބުރެއް

ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ހދ. އަތޮޅުގެ ފައިނަލުގައި  މިރޭ އެއްކޮޅުން ކުޅޭ ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބަށް ހިތްވަރުދިނުމުގެ ގޮތުން އިއްޔެ އެރަށުގައި ސައިކަލް ބުރެއް ބާއްވައިފިއެވެ. ނޮޅިވަރަންފަރު ކައުންސިލުގެ އިސްނެގުމާއެކު ބޭއްވި މި ސައިކަލް ބުރުގައި އެރަށުގެ ކުދިބޮޑު ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ. ނޮޅިވަރަންފަރުގެ ލާމިގަސް ޕާކުން ފެށި މި ސައިކަލް ބުރުގައި ބޭނުންކޮށްފައި ވަނީ ނޮޅިވަރަންފަރު ސްޕޯޓްސްގެ ކުލަތަކެވެ.   މި ސައިކަލް ބުރަށްފަހު ރައްޔިތުން ވަނީ ‘’ނޮޅިވަރަންފަރުގެ ރަން ފަހަ...

ޔުމްނާ ޢަލީ
އައިންތު މިސް ނިޔާވުމުގެ ހިތާމާގައި ރައީސްގެ ތައުޒިޔާ

އައިންތު މިސް ނިޔާވުމުގެ ހިތާމާގައި ރައީސްގެ ތައުޒިޔާ

ދިވެހިބަސް އުނގަންނައި ދެއްވުމާއި، ތައުލީމީ ދާއިރާއަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި އާމިނަތު ޙަސަން (އައިންތު މިސް) ނިޔާވުމުގެ ހިތާމައިގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. އުމުރުން 58 އަހަރުގައި އައިންތު މިސް ނިޔާވެފައިވަނީ ކެންސަރުގެ އާލާސްކަންފުޅެއްގައި އައިޖީއެމްއެޗްގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ދިވެހިބަސް ކުރިއެރުވުމާއި ކިޔަވައިދިނުމުގައި އައިންތު މިސް ކުރެއްވި މަސައްކަތްތައް ފާހަ...

ޔުމްނާ ޢަލީ
ނޭޕާލު ބަލިކޮށް ރާއްޖެއިން ތަށީގެ އުންމީދު ބޮޑުކޮށްފި

ނޭޕާލު ބަލިކޮށް ރާއްޖެއިން ތަށީގެ އުންމީދު ބޮޑުކޮށްފި

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި މިއަދު ކުޅުނު މެޗުން ނޭޕާލް އަތުން 2-1 އިން މޮޅުވެ، ރާއްޖެއިން މުބާރާތުގެ ތަށި ހޯދުމުގެ އުންމީދު ބޮޑުކޮށްފިއެވެ. ތައިލެންޑުގެ ނޮންތަބުރީ ޕްރޮވިންސް ސްޓޭޑިއަމް އިންޑޯ ހޯލުގައި މިއަދު ކުޅުނު މި މެޗުން މޮޅުވެ، ރާއްޖެއިން ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓް ހޯދާފައެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ނަމަވެސް، ދެ ވަނަ […]

ޔުމްނާ ޢަލީ
މައުމޫނަށް ކުރި ރިޝްވަތުގެ ފަސް ދައުވާއިން އޭނާ ސަލާމަތްވެއްޖެ

މައުމޫނަށް ކުރި ރިޝްވަތުގެ ފަސް ދައުވާއިން އޭނާ ސަލާމަތްވެއްޖެ

މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫންގެ މައްޗަށް ކުރި ރިޝްވަތު ފަސް ދައުވާ ސާބިތުނުވެ, އޭނާ މިއަދު ސަލާމަތްވެއްޖެ އެވެ. މައުމޫންގެ މައްޗަށް ދައުލަތުން ދައުވާކުރީ ޕީޕީއެމްގެ ވެރިކަމުގައި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރަކަށް އޭނާ ހުރިއިރު 2016 ވަނަ އަހަރު މޯލްޑިވްސް ގޭހާއި މުއާމަލާތްކުރި ކުންފުންޏެއްގެ އަތުން ރިޝްވަތުގެ ގޮތުގައި ފައިސާ ނެގި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ރިޝްވަތުގެ ހަތް ދައުވާއެެއް އޭނާގެ މައްޗަށް އުފުލިއިރު,އޭގެ ތެރެއިން ދެ ދައުވާއެއް […]

ހުސައިން ހަބީބް
ޑިއުޓީގައި ހުއްޓާ ފިޓުޖެހިގެން މޫދަށް ވެއްޓުނު އެމްޕީއެލް މުވައްޒަފަކު ނިޔާވެއްޖެ

ޑިއުޓީގައި ހުއްޓާ ފިޓުޖެހިގެން މޫދަށް ވެއްޓުނު އެމްޕީއެލް މުވައްޒަފަކު ނިޔާވެއްޖެ

މާލެ ވިޔަފާރި ބަނދަރުގެ ސަރަހައްދުގައި ޑިއުޓީގައި ހުއްޓާ ފިޓުޖެހިގެން މޫދަށް ވެއްޓުނު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މުވައްޒަފަކު މިއަދު ނިޔާވެއްޖެއެވެ. މި ހާދިސާގައި ނިޔާވެފައިވަނީ ގއ. ދެއްވަދޫ، ދެކުނުގެ، އުމުރުން 30 އަހަރުގެ އަމީން ޢަބްދުލްހަމީދެވެ. ފުލުހުން ވިދާޅުވި ގޮތުގައި، އެމްޕީއެލް ފަޅުތެރޭގައި އޮތް ދެ ޓަގް ބޯޓު ދޭތެރެއަށް މީހަކު ވެއްޓިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 10:46 އެހައިކަންހާއިރުއެވެ. އޭނާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ...

ޔުމްނާ ޢަލީ
ޣައްޒާ ބަލަހައްޓަން އުފައްދާ ބޯޑަށް ރަޝިޔާއިން 1 ބިލިއަން ޑޮލަރު ދެނީ

ޣައްޒާ ބަލަހައްޓަން އުފައްދާ ބޯޑަށް ރަޝިޔާއިން 1 ބިލިއަން ޑޮލަރު ދެނީ

އެމެރިކާގެ ކުރީގެ ސަރުކާރުން ހިފަހައްޓާފައިވާ ރަޝިޔާގެ މުދަލުގެ ތެރެއިން 1 ބިލިއަން ޑޮލަރު، ރައީސް ޑޮނަލްޑް ޓްރަމްޕްގެ “ބޯޑް އޮފް ޕީސް” އަށް ދިނުމަށް ތައްޔާރަށް ހުންނެވިކަން ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިން އިޢުލާން ކުރައްވައިފިއެވެ. މި ބޯޑަކީ ޣައްޒާގެ ކަންކަން ބެލެހެއްޓުމަށްޓަކައި އުފެއްދުމަށް މަސައްކަތް ކުރަމުންދާ ބޯޑެކެވެ. ޕޫޓިން އިތުރަށް ވިދާޅުވީ، ހިފަހައްޓާފައިވާ ފައިސާގެ ތެރެއިން ބާކީ ހުރި ބައި، ރަޝިޔާ-ޔޫކްރޭން ހަނގުރާމައިގައި ސުންނާފަތިވި ސަރަހައްދުތައް އަލުން އާރާސްތުކުރުމަށް ބޭނުންކުރެވ...

ނާޒިމާ އަލީ
މާލޭގެ ގެއެއް ބަލާފާސްކޮށް ގިނަ އަދަދެއްގެ ޑްރަގާ ފައިސާ ހޯދާ ދެ މީހަކު ހައްޔަރުކޮށްފި

މާލޭގެ ގެއެއް ބަލާފާސްކޮށް ގިނަ އަދަދެއްގެ ޑްރަގާ ފައިސާ ހޯދާ ދެ މީހަކު ހައްޔަރުކޮށްފި

މާލޭގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާއާއެކު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 28 އަހަރާއި 36 އަހަރުގެ ދެ ފިރިހެނުންނެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ކޯޓު އަމުރެއްގެ ދަށުން ގަލޮޅު އަވަށުގެ ގެއެއް ބަލައިފާސްކުރިއިރު، އެ ގެއިން 266.29 ގުރާމުގެ މަސްތުވާތަކެތި ފެނިފައިވެއެވެ. މީގެ އިތުރުން، މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 80,000 އަށްވުރެ ގިނަ ރުފިޔާ ވެސް އެ ގެއި...

ޔުމްނާ ޢަލީ
ޓްރަމްޕް ދަތުރުކުރަނިކޮށް މަތިންދާ ބޯޓަށް ދިމާވި މައްސަލައަށްފަހު ސުވިޒަލޭންޑަށް ފޯރައިފި

ޓްރަމްޕް ދަތުރުކުރަނިކޮށް މަތިންދާ ބޯޓަށް ދިމާވި މައްސަލައަށްފަހު ސުވިޒަލޭންޑަށް ފޯރައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދަތުރުކުރެއްވި ރަސްމީ މަތިންދާބޯޓު “އެއަރ ފޯސް ވަން” އަށް ދިމާވި ފަންނީ މައްސަލައަކާ ގުޅިގެން ކުރިމަތިވި ބޮޑު ލަސްވުމަކަށްފަހު، ވޯލްޑް އިކޮނޮމިކް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް 21 ޖެނުއަރީ 2026 ވާ ބުދަ ދުވަހު ސުވިޒަލޭންޑުގެ ދާވޯސްއަށް ވަޑައިގެންފިއެވެ. މި ދަތުރުފުޅު ފެށުނީ އަންގާރަ ދުވަހުގެ ރޭ ދަންވަރު ބޮއިންގް 747-200B މަރުކާގެ ބޯޓު ޖޮއިންޓް ބޭސް އެންޑްރޫސްއިން ފުރި ހިސާބުންނެވެ. ނަމަވެސް އުދުހެން ފެށިތާ 45 މިނެޓު ފަހުން ބޯޓުގެ ކުރޫއިންނަށް […]

ނާޒިމާ އަލީ
ހއ.އަތޮޅުގެ ދެވަނަ އިސްލާމީ މަރުކަޒު އިހަވަންދޫގައި އަޅަން ހަވާލުކޮށްފި

ހއ.އަތޮޅުގެ ދެވަނަ އިސްލާމީ މަރުކަޒު އިހަވަންދޫގައި އަޅަން ހަވާލުކޮށްފި

ހއ. އިހަވަންދޫގައި ގާއިމުކުރަން ސަރުކާރުން ނިންމާފައިވާ އިސްލާމީ މަރުކަޒުގެ މަޝްރޫޢުގެ މަސައްކަތް މިއަދު ހަވާލުކޮށްފިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި މަޝްރޫޢު ހަވާލުކޮށްފައި ވަނީ ފެޑޯ ޕްރައިވެޓް ލިމިޓެޑާއެވެ. މި އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދެވެ. ފެޑޯގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޢަލީ ވާސިއު އެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މައުލޫމާތުދިން ގޮތުގައި މިއީ...

ޝިއުނާ އާދަމް