މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:30 އިން 23:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,381 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 258 ވަނަ ޞަފްޙާ

ބަންޑާރަ މިސްކިތާއި ގުޅޭގޮތުން ގޮތެއް ނިންމާނީ ރައްޔިތުންގެ މަޝްވަރާ ހޯދާފައި

ބަންޑާރަ މިސްކިތާއި ގުޅޭގޮތުން ގޮތެއް ނިންމާނީ ރައްޔިތުންގެ މަޝްވަރާ ހޯދާފައި

މާލޭގެ ބަންޑާރަ މިސްކިތް ނުވަތަ މަސްޖިދުއްސުލްތާން މުހައްމަދު ޝަމްސުއްދީން ހުރި ތަނުގައި އައު މިސްކިތެއް އެޅުމާއި ގުޅޭގޮތުން ގޮތެއް ނިންމާނީ ރައްޔިތުންގެ މަޝްވަރާއާ އެކުގައި ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ. ބަންޑާރަ މިސްކިތް ތަޅާލުމަށްފަހު އެތަނުގައި އައު މިސްކިތެއް އެޅުމަށް ނިންމާފައިވާކަން އިއްޔެ އިއުލާނު ކުރުމާއެކު އެ މިސްކިތަކީ އާސާރީ ތަނެއް ކަމަށް ބުނެ ތާރީހު ދިރާސާ ކުރާ ބައެއް މީހުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން […]

އައިޝަތު ޢާދަމް
އެމްޑީޕީން އުޅެނީ ގައުމު ހަލަބޮލިކުރަން: ނާއިބު ރައީސް

އެމްޑީޕީން އުޅެނީ ގައުމު ހަލަބޮލިކުރަން: ނާއިބު ރައީސް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ޕީއެންސީން ތާއީދު ކުރުމާއެކު އެމްޑީޕީން އެކަމަށް ދެކޮޅު ހަދައި މަގުމަތީގެ ހަރަކާތެއް ބޭއްވުމަށް ނިންމާފައިވާތީ އެކަމަށް އިޝާރާތް ކުރައްވައިއެމްޑީޕީން އުޅެނީ ގައުމު ހަލަބޮލި ކުރުމަށް ކަމަށް ނައިބު ރައީސް އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ. ކޮންގްރެސް ޕާޓީގެ ހދ. އަތޮޅު މާލޭ ޖަގަހަ ހުޅުވުމަށް ހުކުރު ދުވަހުގެ ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ޕީއެންސީގެ ސިޔާސަތު...

އައިޝަތު ޢާދަމް
ށ.އަތޮޅު ހޮސްޕިޓަލްގައި ސްޕީޗް ލޭންގްއޭޖް ތެރަޕީގެ ޚިދުމަތް ފަށައިފި

ށ.އަތޮޅު ހޮސްޕިޓަލްގައި ސްޕީޗް ލޭންގްއޭޖް ތެރަޕީގެ ޚިދުމަތް ފަށައިފި

ށ. އަތޮޅު ހޮސްޕިޓަލުން ވާހަކަ ދެއްކުމާއި، ބަހާއި، މުވާސަލާތުކުރުމުގައި ދަތިތަކެއް ކުރިމަތިވާ ފަރާތްތަކަށް އެހީތެރިވުމަށްޓަކައި ސްޕީޗް އެންޑް ލެންގުއޭޖް ތެރަޕީގެ ޚިދުމަތް ރަސްމީކޮށް ތައާރަފްކޮށްފިއެވެ. މި ޚިދުމަތް ފެށިކަން އެ ހޮސްޕިޓަލުން ވަނީ ބުރާސްފަތި ދުވަހު މީސްމީޑިއާ މެދުވެރިކޮށް އިއުލާނުކޮށްފައެވެ. ށ. އަތޮޅު ހޮސްޕިޓަލުން ބުނީ މި ޚިދުމަތުގެ ފައިދާ ލިބިގަންނަން ބޭނުންވާ ފަރާތްތަކަށް މިހާރު ވެއިޓިން ލިސްޓުގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ވެއިޓިން ލިސްޓުގައި ބ...

ޔުމްނާ ޢަލީ
ޕީއެންސީގެ ހދ. އަތޮޅު މާލޭ ކެމްޕޭން ޖަގަހަ ހުޅުވައިފި

ޕީއެންސީގެ ހދ. އަތޮޅު މާލޭ ކެމްޕޭން ޖަގަހަ ހުޅުވައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން، ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ހދ. އަތޮޅުގެ ކެމްޕޭނަށް ޚާއްޞަ ޖަގަހައެއް މާލޭގައި ރަސްމީކޮށް ރޭ ހުޅުވައިފިއެވެ. މި ޖަގަހަ ހުޅުއްވައިދެއްވީ ނާއިބު ރައީސް ހުސެއިން މުހައްމަދު ލަތީފެވެ. އިރުދޭމާ ހިނގުމުގައި ހުންނަ ހ. އޮއިސްޓަރގައި ޤާއިމުކުރި މި ޖަގަހައަކީ ކުރިއަށް އޮތް އިންތިޚާބުތަކަށް އަމާޒުކޮށްގެން ހދ. އަތޮޅުގެ ޕީއެންސީގެ ކެންޑިޑޭޓުންގެ...

ޔުމްނާ ޢަލީ
ރައްޔިތުން އިންތިހާބުތަކާ ދުރުކުރީ އެމްޑީޕީން: ޝުޖާއު

ރައްޔިތުން އިންތިހާބުތަކާ ދުރުކުރީ އެމްޑީޕީން: ޝުޖާއު

ކޮންގްރެސް ޕާޓީން ވާހަކަ ދައްކާނީ ހެއްކާއި އެކުގައި ކަމަށާއި ރައްޔިތުން އިންތިހާބުތަކާ ދުރުކުރުމުގެ ވިސްނުން އުފެއްދި ޕާޓީއަކީ ވެސް އަދި އެގޮތަށް އަމަލުކޮށް ރައްޔިތުން އިންތިހާބުތަކާ ދުރުކުރީވެސް އިދިކޮޅު އެމްޑީޕީން ކަމަށް ކޮންގްރެސް ޕާޓީގެ ނާއިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ. ޝުޖާއު މިފަދައިން ވިދާޅުވީ “ދިވެހީންގެ ރާއްޖެ” ޕްރޮގްރާމުގައި ބައިވެރިވަޑައިގެން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ސަރުކާރުން ނިންމީ ރައްޔިތުން...

އައިޝަތު ޢާދަމް
އިސްރާއީލު މީހުން ބިރުން ''ބިމު އަޑީގައި'' ދިރިއުޅެން ފަށައިފި

އިސްރާއީލު މީހުން ބިރުން ''ބިމު އަޑީގައި'' ދިރިއުޅެން ފަށައިފި

އިސްރާއީލުން އަބަދުވެސް އެމީހުންގެ ހާލަތު ފޮރުވައި ހަގީގަތް އޮޅުވާލައެވެ. ފަލަސްތީނުގެ ބިންތައް ފޭރިގަނެ، އިތުރު ބިންތައް ފޭރުމަށް މެދު އިރުމަތީގައި އޮތް ހުރަހެއް ވިއްޔާ ނައްތާލުމަށް ”ދޮގާއި ފިތުނައާއި އަނިޔާވެރިކަމުގައި” އުޅެމުން އަންނަ އިސްރާއީލުން ކިތަންމެ ހަގީގަތް ފޮރުވިޔަސް އެ ގައުމުގެ ބައެއް ރައްޔިތުންނަށް ”ހާސްވެ” މީސްމީޑިއާ އަށް ދޫކޮށްލެވޭ ވީޑިއޯ ކްލިޕްތަކުން އެބައިމީހުންގެ ހާލަތު އަންނަނީ ފެންނަމުންނެވެ. އެ ވީޑިއޯ ކްލިޕްތަކާއި ގުޅިގެން އިސްރާއީލުގެ ނުފޫޒުން އެއްކިބާވެފައިވާ ބައެއް މީޑިއ...

ނާޒިމާ އަލީ
އީރާނުން ހަމަލާދީ އެމެރިކާގެ 300 މިލިއަން ޑޮލަރުގެ ރާޑަރެއް ފުނޑުފުނޑުކޮށްލައިފި

އީރާނުން ހަމަލާދީ އެމެރިކާގެ 300 މިލިއަން ޑޮލަރުގެ ރާޑަރެއް ފުނޑުފުނޑުކޮށްލައިފި

ގަލްފް ސަރަހައްދުގައި ހަރުކޮށްފައިވާ މިސައިލް ޑިފެންސް ސިސްޓަމްތައް ޑައިރެކްޓް ކުރުމަށް ބޭނުންކުރާ އެމެރިކާގެ 300 މިލިއަން ޑޮލަރުގެ މުހިއްމު ރޭޑާއެއް އީރާނުގެ ހަމަލާއެއްގައި ނައްތާލާފައިވާ ކަމަށް ބްލޫމްބާގް އިން ރިޕޯޓްކޮށްފިއެވެ. ސެޓެލައިޓް ފޮޓޯތަކާއި އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ، 7 މާރިޗު 2026 ގައި އާންމުކުރި މި ރިޕޯޓަކީ އެމެރިކާ-އިސްރާއީލް ކޯލިޝަންގެ ވައިގެ ދިފާއީ ނިޒާމަށް ލިބުނު ވަރުގަދަ ހަމަލާއެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ. މި ހަމަލާގައި ހަލާކުކޮށްލާފައިވަނީ ތާޑް (THAAD – Terminal H...

ނާޒިމާ އަލީ
ބޮޑީ ސްކޭނަރުގެ ސަބަބުން ޖަލުން އަންނަ ސްކޭމް ކޯލްތައް މަދުވާނެ: އިހުސާން

ބޮޑީ ސްކޭނަރުގެ ސަބަބުން ޖަލުން އަންނަ ސްކޭމް ކޯލްތައް މަދުވާނެ: އިހުސާން

ބޮޑީ ސްކޭނަރުގެ ސަބަބުން މާފުށީ ޖަލުން ކުރަމުން އައި ސްކޭމް ކޯލްތައް މަދުވެގެންދާނެ ކަމުގެ ޔަގީންކަން ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާން ދެއްވައިފި އެވެ. މިޔަގީންކަން ވަޒީރު ދެއްވީ ރައީސް އޮފީހުގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނެވެ. ޖަލުގެ ތެރެއަށް ސިއްރުން މަނާތަކެތި ވެއްދުން ހުއްޓުވުމަށާއި ޖަލުގެ ތެރޭން ކުރާ ސްކޭމް ކޯލުތައް ހުއްޓުވަން މާލެ އަތޮޅު މާފުށީ ޖަލުގައި ބަހައްޓާފައިވާ ބޮޑީ ސްކޭނަރު އިންސްޓޯލްކޮށް ބޭނުންކުރަން […]

އައިޝަތު ޢާދަމް
ދުޝްމަނުން އީރާނުގެ މެހެރްއާބާދު އެއާޕޯޓަށާއި އަދުލު އިންސާފާއި ފުލުހުންގެ މަރުކަޒުތަކަށް ހަމަލާދީފި

ދުޝްމަނުން އީރާނުގެ މެހެރްއާބާދު އެއާޕޯޓަށާއި އަދުލު އިންސާފާއި ފުލުހުންގެ މަރުކަޒުތަކަށް ހަމަލާދީފި

އެމެރިކާގެ “އޮޕަރޭޝަން އެޕިކް ފިއުރީ” އަދި އިސްރާއީލުގެ “އޮޕަރޭޝަން ރޯރިންގް ލަޔަން” އަށް އަށް ދުވަސް ފުރިގެންދާއިރު، އީރާނުގެ ވެރިރަށް ތެހެރާނުގައި ހުންނަ ސަރުކާރުގެ މުހިންމު އިމާރާތްތަކަށް ހަމަލާތައް ދީފިއެވެ. 2026 މާރިޗު 6 އާއި 7 ވަނަ ދުވަހު ދިން މި ހަމަލާތަކުގައި އީރާނުގެ ގާނޫނީ އަދި ސަލާމަތީ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް، އެ ގައުމުގެ ވެރިކަމުގެ ބާރުތައް މުގުރާލުމަށް ވަނީ ގަސްދުގައި ވަނީ މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން ތެހެރާނުން ލިބޭ ރިޕޯޓްތައް ކަށަވަރުކޮށްދޭ ގޮތުގައި، އެމެރިކާ-އި...

ނާޒިމާ އަލީ
މަޝްރޫއުތަކަށް ހުރަސްއަޅާ ވާހަކަ ރައީސް ވިދާޅުވާނީ ހެކި ހުރީމަ: އާދަމް ޝަރީފް

މަޝްރޫއުތަކަށް ހުރަސްއަޅާ ވާހަކަ ރައީސް ވިދާޅުވާނީ ހެކި ހުރީމަ: އާދަމް ޝަރީފް

ބިން ހަވާލުނުކޮށްގެން 57 މަޝްރޫޢުއެއް ނުފެށި އެބައޮތް ކަމަށާ އެއީ ޤަބޫލުކުރެއްވޭނެ ކަމެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ކޮންގްރެސް ޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވާނީ ހެކި ހުރީމަ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތަކުގެ ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ. ވުޒާރާގެ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހާމަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި “ދިވެހީންގެރާއްޖެ ތަރާވީސް” ގަ...

އައިޝަތު ޢާދަމް
އީރާނުގެ މަނަވަރުތަކުގެ ފަޅުވެރިން އަނބުރާ ގައުމަށް ނުފޮނުވުމަށް އެމެރިކާ އިން ލަންކާއަށް އަންގައިފި

އީރާނުގެ މަނަވަރުތަކުގެ ފަޅުވެރިން އަނބުރާ ގައުމަށް ނުފޮނުވުމަށް އެމެރިކާ އިން ލަންކާއަށް އަންގައިފި

އަޑިއަށްދިޔަ އީރާނުގެ މަނަވަރުން ސަލާމަތްވި މީހުންނާއި، ސްރީލަންކާގެ އެހީއަށް އެދުނު ދެވަނަ މަނަވަރުގެ ފަޅުވެރިން އަނބުރާ އީރާނަށް ނުފޮނުވުމަށް އެމެރިކާއިން ސްރީލަންކާއަށް ފިއްތުންތައް ކުރިމަތިކުރުވަމުންދާކަމަށް މެމޯއަކުން ހާމަވެއްޖެއެވެ. ”ރޮއިޓާސް”އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ނޫސް އެޖެންސީ އަށް ހުކުރު ދުވަހު ފެނިފައިވާ ސްޓޭޓް ޑިޕާޓްމަންޓުގެ އެތެރޭގެ ކޭބަލް މެސެޖެއްގައިވާ ގޮތުން، މި ހަފުތާގައި އެމެރިކާއިން ފައްތާލި އީރާނުގެ މަނަވަރުން ސަލާމަތްވި މީހުންނާއި، ލަންކާގެ ބެލުމުގެ ދަށުގައި އޮތް އ...

ނާޒިމާ އަލީ
ދޮޅުމަހުގެ ތެރޭގައި 7،000 ވޭޕް ސްޓިކާއި ދެ މިލިއަން ސިނގިރޭޓު އަތުލައިގެންފި

ދޮޅުމަހުގެ ތެރޭގައި 7،000 ވޭޕް ސްޓިކާއި ދެ މިލިއަން ސިނގިރޭޓު އަތުލައިގެންފި

ފާއިތުވި ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި 7،000 ވޭޕް ސްޓިކް މޯލްޑިވްސް ކަސްޓަމުން އަތުލައިގަނެފައި ވާކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވެއްޖެ އެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވަނީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ އެކި ބަހާތަކުން ކުރަމުން އަންނަ މަސައްކަތްތަކުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ނޫސްވެރިންނާ ހިއްސާކުރައްވާފަ އެވެ. އެގޮތުން ރާއްޖެއަށް މަނާ ތަކެތި އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމުން ހ...

އައިޝަތު ޢާދަމް
ދެކާރަކާއި ދެ ސައިކަލްޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ދެ މީހަކަށް ފަރުވާދެނީ

ދެކާރަކާއި ދެ ސައިކަލްޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ދެ މީހަކަށް ފަރުވާދެނީ

މާލެއާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭގައި ދެ ކާރަކާއި ދެ ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި ހާދިސާގައި އަނިޔާވި ދެ މީހަކަށް މިހާރު ދަނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ފުލުހުންގެ އިދާރާއިން މައުލޫމާތު ދޭ ގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 2026 މާރިޗު 6 ވިލޭރޭގެ ދަންވަރު 12:00 އެހާއިރު ކަމަށް ފުލުހުން ބުނެއެވެ. މި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންނަށް […]

ޔުމްނާ ޢަލީ
އެމްއެންޔޫއިން އޭދަފުށީގައި އަޅާ ކެމްޕަހުގެ އަމަލީ މަސައްކަތް ފަށައިފި

އެމްއެންޔޫއިން އޭދަފުށީގައި އަޅާ ކެމްޕަހުގެ އަމަލީ މަސައްކަތް ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)އިން ބ. އޭދަފުށީގައި އަޅާ ކެމްޕަހުގެ އަމަލީ މަސައްކަތް ފަށައިފި އެވެ. މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާ ބެހޭ ވުޒާރާއިން ބުނީ އޭދަފުށީގައި އަޅާ ކެމްޕަހުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވީ މަތީ ތައުލީމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދު ކަމަށެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫއަކީ 720 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 80.9 މިލިއަން ރުފިޔާއަށް ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި […]

އައިޝަތު ޢާދަމް
އިއްތިހާދުން ރާއްޖެއަށް ކުރާ ދަތުރުތައް މިއަދު ފަށަނީ

އިއްތިހާދުން ރާއްޖެއަށް ކުރާ ދަތުރުތައް މިއަދު ފަށަނީ

ހަނގުރާމައިގެ ސަބަބުން މެދުކަނޑާލި ޔުނައިޓެޑް އެރަބް އެމިރޭޓްސް (އޫއޭއީ) ގެ އިއްތިހާދު އެއާވޭސް ދަތުރުތައް މިއަދު އަލުން ރާއްޖެއަށް ފަށާނެކަން އެ އެއާލައިނުން ހާމަކޮށްފި އެވެ. އިއްތިހާދު އެއާވޭސް އިން ނެރުނު ބަޔާނުގައި ބުނީ މިއަދު ފެށިގެން މި ހިނގާ މާޗުމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އެ އެއާލައިނުގެ ދަތުރުތައް އަލުން ފަށަން ނިންމާފައިވަނީ ވަކި ހާއްސަ މަންޒިލުތަކަށް ކަމަށެވެ. މި ދަތުރުތައް އަލުން ފަށަން ނިންމީ ކަމާބެހޭ އިދާރާތަކާ ގުޅިގެން ސަލާމަތީ ގޮތުން ބަލަންޖެހޭ […]

އައިޝަތު ޢާދަމް
ޒިކުރާ މިސްކިތް ހުރި ތަނުގައި ޒަމާނީ މިސްކިތެއް އަޅަން 27 ވިލޭރޭ ބިންގާ އަޅާނީ

ޒިކުރާ މިސްކިތް ހުރި ތަނުގައި ޒަމާނީ މިސްކިތެއް އަޅަން 27 ވިލޭރޭ ބިންގާ އަޅާނީ

މާލޭގެ މަޖީދީ މަގުގައި ގިނަ ދުވަސްތަކެއްވަންދެން ވަގުތީ މިސްކިތެއްގެ ގޮތުގައި ހުރި ޒިކުރާ މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމަށް މި ރަމަޟާން މަހުގެ 27 ވިލޭރޭ ބިންގާ އަޅާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ. މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވަޒީރު ވިދާޅުވީ މާލޭގެ މަޖީދީ މަގުގައި ގިނަ ދުވަސްތަކެއްވަންދެން ވަގުތީ މިސްކިތެއްގެ ގޮތުގައި ހުރި ޒިކުރާ މިސްކިތް ހުރި ތަނުގައި ޒަމާނީ […]

އައިޝަތު ޢާދަމް
ރަމަޟާންމަހު އެމެރިކާ އާއި އިސްރާއީލުން ކުރަމުންދަނީ އިސްލާމީ ދުނިޔެ ބައިބައިކުރުމުގެ މަސައްކަތް: ރަޝިޔާ

ރަމަޟާންމަހު އެމެރިކާ އާއި އިސްރާއީލުން ކުރަމުންދަނީ އިސްލާމީ ދުނިޔެ ބައިބައިކުރުމުގެ މަސައްކަތް: ރަޝިޔާ

ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްވަރު އެމެރިކާ އާއި އިސްރާއީލުން ގުޅިގެން ހިންގާ އަސްކަރީ ހަރަކާތްތަކަކީ މުޅި އިސްލާމީ އުންމަތަށް ދެވޭ ސީދާ ފުރައްސާރައެއް ކަމަށް ބުނެ ރަޝިޔާއިން ވަރުގަދަ ބަޔާނެއް ނެރެފިއެވެ. ރަޝިޔާގެ ފޮރިން މިނިސްޓްރީން ހާމަކުރި ގޮތުގައި، މިހާރު ކުރިއަށްދާ “އޮޕަރޭޝަން އެޕިކް ފިއުރީ” އަކީ މުސްލިމުންގެ އެންމެ މާތް އެއް މައްސަރުގައި ގަސްތުގައި ހިންގާ ނުރައްކާތެރި އަމަލެކެވެ. ރަޝިޔާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާރިއާ ޒަޚަރޯވާ ވިދާޅުވި ގޮތުގައި، މި އަސްކަރީ ކެމްޕޭނުގެ އަސްލު [...

ނާޒިމާ އަލީ
ދެ އިންތިޚާބު އެއްދުވަހު ބޭއްވުމަކީ ހިންގުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމެއް: އާދަމް ޝަރީފް

ދެ އިންތިޚާބު އެއްދުވަހު ބޭއްވުމަކީ ހިންގުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމެއް: އާދަމް ޝަރީފް

ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ ރާއްޖޭގެ ހިންގުމަށް ހެޔޮ ބަދަލެއް އަންނާނެ ކަމެއް ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ އެއްދުވަހެއްގައި ދެ އިންތިޚާބު ބާއްވަނީ އެކަމަށް ކުރަންޖެހޭ ޚަރަދުތައް ބޮޑުވާތީ ކަމަށެވެ. ”އެއް ދުވަހު, އިންތިޚާބު އެޑ...

އައިޝަތު ޢާދަމް